ހޮނިހިރު20171014

އާކުރެވުނީ: 09:46:14

ޤާނޫނު

ސާބިތުކޮށްދިނުމުގެ މުހިންމުކަން

saabithu-kodhinunސާބިތުކޮށްދިނުމަކީ އެހާ މުހިންމުކަމެއްކަމުގައިވުމުން، ޤާޟީގެ ކުރިމައްޗަށް ހުށަހެޅޭ ހުރިހާ މައްސަލަތަކަކަށް ޢަދާލަތު ޤާއިމުކޮށްދިނުމަށް ބޭނުންވާ ވަސީލަތްތައް އިންތިޒާމުކޮށްދިނުމަށް ހުރިހާ ތަޝްރީޢުތަކެއްގައިވެސްވަނީ ވަރަށްބޮޑު ސަމާލުކަމެއްދީފައެވެ. މިގޮތުން، މި ލަނޑުދަނޑިއަށް ވާޞިލުވުމަށްޓަކައި، ޤާނޫނީ އިންތިޒާމުތަކުގައި ގެންގުޅެވެނީ އަންނަނިވި ތިން ނިޒާމުންކުރެ ނިޒާމެކެވެ. ފުރަތަމަ ނިޒާމަކީ، ޙަޤީޤަތް ހޯދައި ދެނެގަތުމަށްޓަކައި، ބޭނުން ވަސީލަތެއްގައި ހިފުމަށް، ޤާޟީއަށް މަގު މުޅިން މިނިވަންކޮށްލާފައިބޭއްވުމެވެ. 

ތަފްޞީލު...



ޤާނޫނު އަސާސީ

Constitutional Lawދިވެހިރާއްޖޭގެ ކޯޓުތަކުގެ އިޚުތިޞާޞުގެ އެންމެ މުހިއްމު ބަޔަކީ ޤާނޫނުތަކުގެ ދުސްތޫރިއްޔަތު ކަނޑައެޅުމެވެ. ދިވެހިރާއްޖޭގެ ޤާނޫނު އަސާސީތަކުގެ ތެރެއިން 2008ވަނަ އަހަރު ތަޞްދީޤުކުރެވުނު ޤާނޫނު އަސާސީއަކީ އެންމެ ފުރަތަމަ ފަހަރަށް އެފަދައިން ޤާނޫނުގެ ދުސްތޫރިއްޔަތު ކަށަވަރުކުރުމުގެ ވާހަކަ ބަޔާންކުރާ ދުސްތޫރެވެ. މިހާރު ރައްޔިތުން މަޖިލީހުން ހަދާ ހުރިހާ ޤާނޫނުތަކާއި އެޤާނޫނުތަކުން ބާރު ލިބިގެން ހަދާ ހުރިހާ ޤަވާޢިދުތަކެއް ވާންވާނީ ޤާނޫނު އަސާސީން ދުސްތޫރިއްޔަތު ލިބޭ ޤާނޫނުތަކެއް އަދި ޤަވާޢިދުތަކެއް ކަމުގައެވެ. އެކަން ޔަޤީންކުރާނީ ކޯޓުންނެވެ.

ތަފްޞީލު...



މިސްރާބު

misraabޤާނޫނަކީ ދުނިޔޭގައި ކަންތައްތައް ވަކި ތަރުތީބަކުން ޤަވާޢިދަކުން ހިގަމުންދާ ގޮތުގެ ނިޒަމަށް ކިޔާނަމެކެވެ. މިގޮތުން ރޭދުވާ ތަކުރާރުވުމާއި އުފަންވެ މަރުވެދާ ދިއުމަކީ މި މާނާގައި ޤާނޫނޭ ކިޔޭ ކަންތަކެވެ. މިކަންތައްތަކަކީ ތަކުރާރު ވަމުންދާ ދިއުމުގައި ބަދަލުވުމެއް ދެގޮތްވުމެއް ނެތި ހިގަމުންދާ ކަންތަކެވެ. އެއީ ދުނިޔޭގެ ތަބީޢަތެވެ. އިލާހީޤާނޫނެވެ. ﷲގެ އަމުރުފުޅެވެ. ދުނިޔެ ދެކެމުންދާ ހަޤީޤަތެވެ. މިދުނިޔެއަކީވެސް ނިމި ފަނާވަނިވި ތަނެކެވެ. މިކަންކަން (ރޭދުވާ) މި ނޫން ގޮތަކަށް ބަދަލުވުމަކީ ދުނިޔެވެސް ނިމިދިއުމެވެ. މިއީ އުފަންވުމާއި ނިމުމުގެ ޤާނޫނުގެ ދަށުން ހިގާދަނިވި ނިމުމެކެވެ. މިއީވެސް ޤާނޫނެއްކަން ޔަޤީނެވެ.

ތަފްޞީލު...



ޤާނޫނުގެ ކުރިމަތީގައި ހުއްޓިހުންނަ މީހާ

legal_character''ޝަޚްސިއްޔަތު'' މިލަފްޒު ބަހުގެގޮތުން ރައްދުވަނީ އިންސާނާއަށެވެ. ނަމަވެސް ޤާނޫނުގެ ކުރިމަތީގައި އެއީ ހަމައެކަނި އިންސާނާއެއް ނޫނެވެ. އެއީ ޙައްގުތަކެއް ލިބިގަތުމާއިއެކު ވާޖިބްތަކެއް އުފުލުމުގެ ޞަލާޙިއްޔަތުހުރި ކޮންމެ މީހެކެވެ. ނުވަތަ ތަނެކެވެ. މިގޮތުން ޝަޚްސިއްޔަތު ދެބަޔަކަށް ބަހާލެވެއެވެ. އެއީ ޠަބީޢީ ޝަޚްސިއްޔަތާއި މަޢްނަވީ ޝަޚްސިއްޔަތެވެ.

ތަފްޞީލު...



ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.