ބުދަ20171108

އާކުރެވުނީ: 09:46:14

ނަން ހޯއްދެވުމުގެ ކުރިން..

ކަވާސާ.ކޮމް، އިން ތައްޔާރުކޮށްފައިވާ މި ޞަފްޙާއަކީ، ތިޔަބޭފުޅުންގެ ލޮބޮވެތި ކޮއިފުޅުންނަށް ރީތި ނަމެއް އިޚްތިޔާރު ކުރެއްވުމުގައި އެހީތެރިވުމުގެ ގޮތުން ހެދިފައިވާ ބައެކެވެ. ވީމާ މި ނަންތަކުގެ ތެރެއިން، ތި ބޭފުޅުންނަށް ރީތި ނަމެއް ފެންންނާނެ ކަމަށް އުއްމީދުކުރަމެވެ. ކިތަންމެ މަސައްކަތެއް ކުރިއަސް ހުރިހާ ނަމެއްގެ މާނަ މި ޞަފްޙާތަކުގައި ހިމެނުމަކީ ދަތިކަމެކެވެ. އެހެންވެ މިތާ  ނެތް ވަރަށް ރީތި ނަންވެސް ހުރެދާނެއެވެ. އަމިއްލަ ނަމުގެ މާނަ އެނގިލައްވާ ބޭފުޅުން، އަދި ނަމެއްގެ މާނަ އެނގިލައްވާ ބޭފުޅުން، އެ ނަން ފޮނުއްވުން އެދެމެވެ. އޭރުން އަޅުގަނޑުމެންގެ މި ޞަފްޙާއަށް އިތުރު ފުރިހަމަކަމެއް ލިބޭނެކަމާމެދު ޝައްކެއް ނެތެވެ.

* މިސާލަކަށް 'އައިމަން' ކަހަލަ ބައެއް ނަންނަމަކީ ދެ ޖިންސަށް ކިއިދާނެ ނަންނަމެވެ. މިހެންވެ ދެ ބައިގައިވެސް މިފަދަ ނަންތައް ހިމަނާފައި ވާނެއެވެ. ބޮޑަށް މުނާސިބީ ކޮން ޖިންސަކަށް ކިޔަންކަން ނިންމެވުން، އެއީ ތި ބޭފުޅުންނަށް ދޫކޮށްލެވިފައިވާ ކަމެކެވެ.

* މިފަހުން އާ ނަންތަކެއް ޖެހިއިރު، ފާރިސީ އުރުދޫ ބައެއް ނަންތައް ވެސް ހިމަނާފައިވާނެއެވެ. ފާރިސީ، އުރުދޫ ނަމަކީ ވެސް މުސްލިމުންނަށް ކިޔާ ނަންތަކަށް ވާތީ، ދިވެހިން ޒަމާނުއްސުރެ މި ދެބަހުން އައިސްފައިވާ ނަންތައް ކުދިންނަށް ކިޔައިއުޅެއެވެ.

* ނަމަކަށް ކިޔަން ކަމުނުދާ މާނަ ހިމެނޭ ބަސްތައް ވެސް މަދު މަދުން މީގައި ހުންނާނެއެވެ. އޭގެ ބޭނުމަކީ، މީހުންނަށް އެ ލަފްޒުތަކުގެ މާނަ ހާމަކޮށްދިނުމެވެ.

* ނަންތައް ބެއްލެވުމުގެ ކުރިން އަންނަނިވި ނުކުތާތަކާއި ރަމްޒުތަކަށް ސަމާލުކަން ދެއްވުން މުހިއްމެވެ.

/ = އެއްބަހެއްގައި ހިމެނޭ ގިނަ މާނަތަކެއް.

(އ) = ނަން ނިމެނީ ކޮން އަކުރަކަށް ކަމާމެދު ޝައްކުވެދާނެ ޙާލަތެއްގައި، ކުރުއަލިފަކުން ކަން ބަޔާންކުރަން. މިސާލަކަށް ޢަލްޔާ(އ)

(ތ) = ނަން ނިމެނީ ކޮން އަކުރަކަށް ކަމާމެދު ޝައްކުވެދާނެ ޙާލަތެއްގައި، އަކުރުކޮޅުތާ އަކަށް ކަން ބަޔާންކުރަން. މިސާލަކަށް ނަޢްމާ(ތ)

(ޔ) = ނަން ނިމެނީ ކޮން އަކުރަކަށް ކަމާމެދު ޝައްކުވެދާނެ ޙާލަތެއްގައި، ޔާ  އަކަށް ކަން ބަޔާންކުރަން. މިސާލަކަށް ނަޖްވާ (ޔ)

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.