އަންގާރަ20171107

އާކުރެވުނީ: 09:46:14

ޔ - ى

އ   ބ   ތ   ޘ   ޖ   ޙ   ޚ   ދ   ޛ   ރ   ޒ   ސ   ޝ   ޞ   ޟ   ޠ   ޡ   ޢ   ޣ   ފ   ޤ   ކ   ލ   މ   ނ   ހ   ވ   ޔ

ޔާސިރް : ފަސޭހަ / ދަތިނޫން / އަތްމަތި ދަތިނޫން / މުއްސަނދި

ޔާސިމް : ހުވަނދުމާ ( ހަމަ މިމާނައިގައި ޔާސިމީންވެސް ކިޔޭ )

ޔާސީން : މިއީ ޔާސީން ސޫރަތުގެ ފެއްޓޭ އިރު އެ އޮންނަ ''ޔާސީން'' އަކީ ކީރިތި ރަސޫލާގެ ނަންފުޅުތަކުގެތެރެއިން ނަންފުޅެއް ކަމަށް ބެލި މީހުން، ކުދިންނަށް ކިޔައި އުޅޭ ނަމެއް. ނަމަވެސް ގިނަ ޢިލްމުވެރިން ވިދާޅުވަނީ ޔާސީން އަކީ ރަސޫލާގެ ނަންފުޅެއް ނޫން ކަމަށް.

ޔާފިޢް : ފުރާވަރަށް އަރަމުން އަންނަ ކުއްޖާ / އުސް / މަތި

ޔާޤޫތު : ޔާޤޫތު (އަގު ބޮޑު ވައްތަރެއްގެ ޖަވާހިރެއް)

ޔާމިން : ހެޔޮ ބަރަކާތެއްގެ ވެރި މީހާ

ޔާނިޢް : ކޮންމެ އެއްޗަކުންވެސް ރަތް / ދޮންވެ ފައްކާވެފައިވަ މޭވޭ

ޔަޙްމަދް : ހަމްދުކޮށް ޝުކުރުކުރާ މީހާ

ޔަޙްޔާ : ދިރުންހުންނަ / އަދި މިއީ ނަބީބޭކަލެއްގެ ނަންފުޅު

ޔަޒީދް : އިތުރުވާ / ގިނަވާ / އުމަވީ ޚިލާފަތުގެ ޚަލީފާއެއްގެ ނަން (ޔަޒީދް ބިން މުޢާވިޔާ) އަދި އެތަކެއް ޞަޙާބީންނަށް ވެސް ކީފައިވާ ނަމެއް

ޔަސާރް : ފަސޭހަ / ދަތިނޫން / އަތްމަތި ދަތިނޫން

ޔުސްރީ : ފަސޭހަ / ދަތިނޫން / ރޭގަނޑު ހިގާމީހާ

ޔަޢްޤޫބް : ޖެހިގެން ފަހަތުން ވިހޭ ދަރި / މިއީ އިސްޙާޤުގެފާނުގެ ދަރިކަލުންގެ ނަންފުޅު. ޔަޢްޤޫބަކީ ނަބީބޭކަލެއް. ބަނީ އިސްރާއީލުންނަކީ އެކަލޭގެފާނުގެ ދަރިފަސްކޮޅުން އައި ބައެއް. ޔަޢްޤޫބްގެފާނަކީ ޔޫސުފްގެފާނުގެ ބައްޕާފުޅު.

ޔައްމު : ކަނޑު / އަދި ބޮޑު ކޯރަށް ވެސް މިހެން ކިޔޭ / ވަލު ކޮތަރަށް ކިޔާ ނަމެއް.

ޔަމާމް : ވަލު ކޮތަރު (ޔަމާމާ ގެ ގިނަ ގޮތް )

ޔަނާލް : އެއްޗެއް ލިބުން

 

ޔަމީން : ބަރަކާތް / ކަނާއަތްފަރާތް / ހުވާ

ޔޫޙް : އިރު (އުޑުގައިވާ)

ޔޫސުފް : ޔަޢްޤޫބްގެފާނުގެ ދަރިކަލުން ޔޫސުފްގެފާނު ، އެ ކަލޭގެފާނަކީ މާތް ނަބިއްޔެއް. (ރީތިކަމާ ޢިއްފަތްތެރި ކަމުގައި މިސާލުޖެހޭ ބޭކަލެއް) ، ޤުރުއާނުގައި އެ ކަލޭގެފާނުންގެ ނަންފުޅުގައި ވާ ސޫރަތެއް އޮވޭ. އަދި ސޫރަތް ފެއްޓުނީއްސުރެ ނިމެންދެން އެއް ވާހަކައެއް އޮންނަ ހަމައެކަނި ސޫރަތަކީ ވެސް ޔޫސުފް ސޫރަތް.

ޔޫނުސް : ޔޫނުސްގެފާނަކީ މިހާރުގެ ޢިރާޤުގައި އޮންނަ ނައިނަވާ އޭ ކިޔޭ ރަށުގެ މީހުންގެ ގާތަށް ފޮނުއްވުނު ނަބީބޭކަލެއް ( ބޮޑުމަހެއްގެ ބަނޑުގައި އެތައްދުވަހެއް އޮންނަން

ޖެހުމުގެ ސަބަބުން ޛުއްނޫން ގެ ލަޤަބު ދެވިފައިވޭ)

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.