އަންގާރަ20171107

އާކުރެވުނީ: 09:46:14

ސ - س

އ   ބ   ތ   ޘ   ޖ   ޙ   ޚ   ދ   ޛ   ރ   ޒ   ސ   ޝ   ޞ   ޟ   ޠ   ޡ   ޢ   ޣ   ފ   ޤ   ކ   ލ   މ   ނ   ހ   ވ   ޔ

ސާއިބް : އުފައްދާމީހާ / ބާރަށް ހިނގާމީހާ

ސާއިދް : ރައީސް / މުޅި ރޭގަނޑު ހިނގާމީހާ / އަބަދު ކަމެއްކުރާމީހާ / އާއްމު

ސާއިޙް : ފަތުރުވެރިޔާ / ރޯދަވެރިޔާ / ދުވެދުވެ އޮންނަ ފެންގަނޑު

ސާބިޣް : ތަނަވަސްފުޅާ / ފުރިހަމަ

ސާބިޤް : އެހެންމީހުން ފަހަނައަޅައި ކުރިއަރައިގެން ދާމީހާ /  ހެޔޮކަންތަކުގައި ކުރިއަރައިދާ މީހާ

ސާތިރް : ފަރުދާ ކުރާ މީހާ

ސާޖިޢް : ސީދާ / ތެދު

ސާޖިދް : ސަޖިދަ ކުރާ މިހާ

ސާޖީ : މަޑު، އޮމާން ، ހަލަބޮލިނުން

ސާދިޙް : އަބަދުވެސް ފެހި

ސާދިން : ގެފުޅަށް ޚިދުމަތްކުރާ މީހާ / ދޮރުވާން

ސާރިޙް : ޝަރަފްވެރި / ދީލަތި / ރޭގަނޑު ހިނގާމީހާ

ސާރީ : ރޭގަނޑު ހިނގއިރު އެހީތެރިވެދީ އެކުގައިދާ މީހާ / ކުނބު

ސާރިޔާ : ރޭގަނޑު އަންނަ ވާރޭ ވިލާ

ސާޠިޢް : ދިއްލިފައިވާ / ވިދާ

ސާޢީ : ރަނގަޅަށް މަސައްކަތްކުރާ މީހާ / ރަނގަޅު ކަމަކަށްއެދި

މަސައްކަތްކުރާ މީހާ

ސާޤީ : ދީލަތި މީހާ / ފެންދޭމީހާ

ސާކިން : ހިމޭންވެފައިވާ / ގޭގެ ވަޒަންވެރިޔާ

ސާލިމް : އައިބެއް ނެތް / ސަލާމަތްކަން ހުރި / ބަލިނުން / ރައްކާތެރިވެވިފައިވާ

ސާމް : ނޫޙުގެފާނުގެ ދަރިކަލެއްގެ ނަން (ސާމީ ދަރިކޮޅު ނިސްބަތްވަނީ މި ކަލޭގެފާނަށް)

ސާމިޙް : ދީލަތިމީހާ / މައާފުކުރާ މީހާ

ސާމިދް : ބޯ އުފުލައިގެން ހުންނަމީހާ

ސާމިރް : ރޭގަނޑު ހޭލާހުރެ ވާހަކަދައްކަން ހުންނަމީހާ

ސާމިޢް : އަޑުއަހާ މީހާ / އެއްޗެއް އަޑުއަހާ ކިޔަމަންތެރިވާމީހާ

ސާމިލް : ފީވެ ބާވެފައިވާ

ސާމީ : މަތިވެރި / ޤަދަރުވެރި / ޝަރަފުވެރި / އުފުލިފައިވާ / އުސް

ސާހިދް : ނިދި މަދުވެފައިވާ މީހާ

ސާހިރް : ނުނިދާ ހޭލާ ހުންނަމީހާ

ސުބައިޢް : ސަބްޢް ގެ ކުޑަ ގޮތް (ހަތެއް)

ސަޙާބް : ވިލާ

ސަޙްމާން : ގަދަ ކަޅު

ސަޚާ(އު) : ދީލަތި

ސަޖީދް : ކިޔަމަންތެރިކަން ބޮޑު /  ސަޖިދަޖެހުން ގިނަ މީހާ

ސަޖޫދް : ކިޔަމަންތެރިކަން ބޮޑު /  ސަޖިދަޖެހުން ގިނަ މީހާ

ސަދީދް : ރަނގަޅު ، ތެދު

ސަދީރް : ވިނަ

ސަދީފް : އަނދިރިކަން / އަލިކަން

ސަދީލް : ފަރުދާ / އަނދިރިކަން

ސަދީމް : ތުނިވިލާ / ދުރުގައިވާ ވިލާގަނޑެއްފަދައިން ފެންނަ ތަރިތަކެއް

ސަރާ(އު) : ގަހެއްގެ ނަން

ސަވާދް : ކަޅު / ގިނަ ފައިސާ / ބައިވަރު މީހުންތައް

ސަރާބް : އަވާމެންދުރު

ސަރްފަރާޒް : ޢިއްޒަތްތެރި، ޝަރަފުވެރި/ ނިކަމެތި ނުވާ މީހާ (އުރުދޫ)

ސިރާޖް : ބައްތި / އަލި /  އިރު

ސިރާޖުއްދީން : ދީނުގެ އަލިކަން

ސިރްޙާން : ހިޔަޅު / ގިނައިން އައިސް ގޮސް ހަދާ މީހާ /  ބައެއް ޢަރަބި ޤަބީލާތަކުގެ މީހުން ގާތު ސިރުޙާނަކީ ސިންގާ

ސަރްމަދް : އަބަދު

ސުރޫރް : އުފާތައް ، ހިތްހަމަޖެހުން

ސިރްޔާޙް : ދިގު

ސުރައިޖް : ކަނޑި / އަލިގަދަބައްތި

ސިޠާމް : ކަނޑީގެ މިޔަ

ސަޢްދު : އުފާވެރި/  ނަސީބު / ބަރަކާތް / އެތަކެއް ޞަހާބީ ބޭކަލެއްގެ ނަންފުޅު (ސަޢްދު ބިން އަބީ ވައްޤާޞް، ސަޢްދު ބިން މުޢާޛް)

ސަޢްދޫން : ސަޢްދު ގެ ގިނަ ގޮތް

ސަޢްދާން : އުފާވެރި/  ނަސީބު / ބަރަކާތް / ހިތްހަމަޖެހުން

ސުޢޫދް : ސަޢްދުގެ ގިނަ ގޮތް

ސަޢީދް : އުފާވެރިއާ

ސައްޔާފް : ކަނޑި ހަދާ މީހާ / ކަނޑިން ބުރިކުރާ މީހާ

ސުފްޔާން : އަވަހަށް ހިނގާމީހާ / ވައި

ސަލާމް : ސަލާމް / ބަރީއަ

ސުލްޠާން : ވެރިއާ / ރަސްގެފާނު / ހުއްޖަތް / ދަލީލް

ސަލްމާން : ސަލާމަތްކަން ގިނަ / ބަލިން ސަލާމަތްވެފައިވާ / ޞަޙާބީ ބޭކަލެއްގެ ނަންފުޅު (ސަލްމާން އަލްފާރިސީ)

ސަލީމް : އައިބެއް ނެތް / ސަލާމަތްކަން ހުރި / ބަލިނުން

ސުލައިމާން : ސުލައިމާންގެފާނަށް ނިސްބަތްކޮށް

ސަމާ : އުސް / މަތި

ސަމާހިރު : ސަމްހޫރު ގެ ގިނަ ގޮތް . މާނައަކީ ހަރު ވަރުގަދަ ލޮންސި

ސަމާޙް : ދީލަތި / މާފުކުރާ

ސަމްޙާން : ގިނަގިނައިން މައާފުކުރާ މީހާ އަދި ގިނަގިނައިން ދީލަތިވާ މީހާ

ސަމީޢް : އަޑުއަހާމީހާ

ސަނީމް : ޤަދަރާއި މަޤާމް މަތިވެރި

ސަމްޢާން : ގިނައިން އަޑު އަހާ މީހާ / މީހުންގެ މެދުގައި ރަނގަޅުކަމަށް އަޑުފެތުރިފައިވާ މީހާ

ސަމްޢޫން : ގިނަ ސަމީޢް

ސަމީޙް : ދީލަތި / މާފުކުރާމީހާ / ހަރުކަށިނޫން

ސަމީރް :   ރޭގަނޑު ވާހަކަ ދައްކަން އެކުގައި ހުންނަ މީހާ / ޒަމާން

ސިނާން : ތުނޑު

ސުންބުލް : ކުރާގަނޑު

ސަނިއްޔު : މަތިވެރި މަޤާމް / ޤަދަރުވެރި / ގަދަރުވެރި

ސުހާދް : ރޭގަނޑު ނިދިމަދުވުން

ސަހްރާން : ރޭގަނޑު ނުނިދާ ހުންނަމީހާ

ސަހްލު : ފަސޭހަ / ފަސޭހަކަން / ހަރުކަމާއި ކުރަކިކަންނެތުން

ސަހްލާން : ފަސޭހަކަން ބޮޑު

ސުހައިލް : އުޑުގައިވާ އަލިގަދަ  ރަތްކުލައިގެ ތަރިއެއް / ސަހްލު ގެ ކުޑަގޮތް

ސުހައިމް : ސަހްމުގެ ކުޑަގޮތް ( ސަހްމު ގެ މާނަ އަކީ ދުނި )

ސުވައިދް : ކަޅު މީހާ

ސައިފް : ކަނޑި

ސައިފުލް އިސްލާމް : އިސްލާމްދީނުގެ ކަނޑި، މީގެ މާނައަކީ އޭނާއަކީ ދީނުގެ ދިފާޢުގައިވާ ކަނޑިއެކޭ. (ލީބިޔާގެ ޒަޢީމް މުޢައްމަރުލް ޤައްޛާފީގެ ދަރިކަލެއްގެ ނަން)

ސައިފުއްދީން : އިސްލާމްދީނުގެ ކަނޑި، މީގެ މާނައަކީ އޭނާއަކީ ދީނުގެ ދިފާޢުގައިވާ ކަނޑިއެކޭ.

ސައިފާން : ކަނޑިއެއްފަދައިން ތެދު ދިގު އިސްކޮޅެއްގެ ވެރިމީހާ

ސައިމާން : ބިންމަތީގައި ދުވެދުވެ އޮންނަ ފެންގަނޑު

ސިކަންދަރު : އިސްކަންދަރު ލިޔެވޭ އެހެން ގޮތެއް.

 

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.