ބުދަ20171108

އާކުރެވުނީ: 09:46:14

ރ - ر

އ   ބ   ތ   ޘ   ޖ   ޙ   ޚ   ދ   ޛ   ރ   ޒ   ސ   ޝ   ޞ   ޟ   ޠ   ޡ   ޢ   ޣ   ފ   ޤ   ކ   ލ   މ   ނ   ހ   ވ   ޔ

ރިއާބް : އިޞްލާޙުކުރާ މީހާ

ރައޫފް : ރަޙްމަތް ހުންނަ މީހާ / އޯގާތެރި / ކުލުނުވެރި

ރައޫމް : އޯގާތެރި، ކުލުނުވެރި، ހަމްދަރިދީ ބަހައްޓާ

ރިއުބާލް : ސިންގާ

ރައީފް : ބޮޑަށް ރަޙްމު ބަހައްޓާ މީހާ

ރާއިބް : ސާފު / ވަރުގަދަ

ރާއިދް : ކަންކަމުގައި ކުރީގައި ހުންނަ މީހާ

ރާއިފް : ބޮޑަށް ރަޙްމު ބަހައްޓާ މީހާ

ރާއިޢް : ރީތި / ވިސްނުންތޫނު / މޮޅު

ރާއިފް : ރަޙްމު ބަހައްޓާ މީހާ / އޯގާތެރި މީހާ / ކުލުނުވެރި

ރަބީޢް : ބަހާރުމޫސުމް

ރާބިޙް : ފައިދާލިބޭ މީހާ / ކާމިޔާބުކުރާ މީހާ

ރާބީ : ގިނަވަމުން ބޮޑުވަމުން އަންނަ

ރާތިބް : ސާބިތުކޮށް ހުންނަ / މުސާރަ

ރާޖިޙް : ބުއްދިފުރިހަމަވެފައިވާ / ދޭއްޗެއް ނުވަތަ ދެކަމެއް ކިރައި ވަޒަންކޮށް ބަލާމީހާ /  ބޮޑަށް ބުރަވާ ގޮތް

ރާޖީ : އުއްމީދުކުރަނިވި

ރާޙިބް : ތަނަވަސް / ފުޅާ / ބޮޑު

ރާޙިމް : ރަޙްމުބަހައްޓާ މީހާ

ރާދިން : ކުކުން

ރާޒިން : ބުއްދި ރަނގަޅު، ޚިޔާލު ރަނގަޅު މީހާ/ ހައިބަތެއް ހުންނަ މީހާ / މަޑުމައިތިރި

ރަޒީން : ބުއްދި ރަނގަޅު، ޚިޔާލު ރަނގަޅު މީހާ/ ހައިބަތެއް ހުންނަ އަބުއި މީހާ / މަޑުމައިތިރި  / ސާބިތު

ރަޒާން : ބުއްދި ރަނގަޅު، ޚިޔާލު ރަނގަޅު މީހާ/ ހައިބަތެއް ހުންނަ އަބުއި މީހާ / މަޑުމައިތިރި  / ސާބިތު

ރާޒީ : ރުޅިމަޑު / ޢިއްފަތްތެރި / ތަޖުރިބާކުރާ މީހާ

ރާސިޚް : ސާބިތު / ދީލަތި

ރާސިލް : ދިގު / ކަމަކާއިގެން ފޮނުވޭ މީހާ / ސިޓީ / ފޮނިފެން

ރާސީ : ސާބިތުވެ ހުންނަ މީހާ

ރާޝިދް : ވިސްނުންތެރި / ބުއްދިފުރިހަމަވެފައިވާ މީހާ / ތެދުމަގުގައި ހިފަހައްޓާ މީހާ

ރާޟީ : ހިތްހަމަޖެހިފައި ހުންނަ މީހާ / ފުދިގެން ހުންނަ މީހާ

ރާޢީ : އަޅާލާ ބަލަހައްޓާ މީހާ / ރައްކާތެރިކޮށް ބަލަހައްޓާ މީހާ

ރާޣިބް : އެއްޗެއް ނުވަތަ ކަމަކަށް އެދޭމީހާ

ރާޣިދް : ތަނަވަސް މީހާ، ފަސޭހަ ދިރިއުޅުމެއްގެ ވެރިއެއް

ރާފިދް : ކޯރަށް ފެންއަންނަ ތަން / އެހީތެރިޔާ / ދީލަތި މީހާ

ރާފިޢް : އެއްޗެއް އުފުލާ މައްޗަށްނަގާ މީހާ / ވިދާ / އުސް

ރާފިޣް : ތަނަވަސް ދިރިއުޅުމެއްގެ ވެރިޔާ

ރާފިލް : ތަނަވަސް ،  މުއްސަނދި / ނިޢުމަތުގައި އުޅޭ މީހާ

ރާފިހް : އަރާމުކޮށް އުޅޭ މީހާ

ރާފީ : އިޞްލާޙުކުރާ މީހާ

ރާޤިބް : ވިސްނާ ބަލަހައްޓާ މީހާ

ރާޤީ : މޮޅު / އުސް

ރާކިދް :  މަޑުމައިތިރި / ޙަރަކާތެއް ނުކުރާ / ހިމޭން

ރާކިޒް : ސާބިތު

ރާކިން : މަޑުމައިތިރި

ރާމް : ގަހަކަށް ކިޔާނަމެއް

ރާމިޙް : ދުނިއުކާ މީހާ / ދުނިއުކަން ކުޅަދާނަ މީހާ

ރާމިޒް : އިޝާރާތްކުރާ މީހާ / އިޝާރާތްކޮށްދޭ

ރާމިޝް : އެސްފިޔަ ޖަހާމީހާ

ރާމިޤް : ފަރުވާތެރިކޮށް ބަލާ މީހާ /

ރާމީ : ކަމަކަށް އެދޭ މީހާ / އެއްޗެއްއުކާ، އެއްލާ މީހާ

ރާވީ : ރިވާކުރާ މީހާ

ރާހީ : ތަނަވަސް ދިރިއުޅުމާއި ކާބޯތަކެތި ތިޔާގިކަމުގައި އުޅޭމީހާ

ރާނީ : ބަލާ މީހާ / ކަޅިޖަހާނުލާ އެއްޗަކަށް ބަލަހައްޓާ މީހާ

ރާހިފް : މަޑު / އޮމާން / ލުއި

ރާޔާ : ދިދަ

ރާޔިސް : ޤަދަރުއުފުލިގެންވާ މީހާ / ބައެއްގެ ވެރިޔާ

ރަބާޙް : އަބަދުވެސް ފައިދާ ހޯދާ، ފައިދާ ލިބޭމީހާ

ރަބީޒް : ހުނަރުވެރި / ފަންނެއްގައި މޮޅު

ރަބީޢް : ބަހާރު މޫސުމް

ރަބީޙް : ކާމިޔާބުކުރާ މީހާ / ފައިދާވާ މީހާ

ރަތީމް : ހިމަ ނޭފަތް

ރަޖާއު : އުއްމީދު / އެދުން

ރަޖާއީ : އުއްމީދަށް ނިސްބަތްކޮށް

ރަޖަބު : ރަޖަބުމަސް

ރަޖުވާން : ގިނަގިނައިން އުއްމީދުކުރާ ނުވަތަ ކުރުވަނިވި

ރަޖީޙް : ބުއްދިވެރި ވިސްނުންތޫނު

ރައްޙާލް : ދަތުރުވެރިޔާ

ރަޙީލް : ފުރުން / ދިއުން

ރަޙީމް : ރަޙްމު ބަހައްޓާ މީހާ

ރަޙީޤް : މަލުގެ ފޮނި /  އެއްޗަކުން ހޮވާލެވޭ އެންމެ މޮޅު ބައި

ރަޙްމާނީ : ރަޙްމަތަށް ނިސްބަތްކޮށް: މާނައަކީ ރަޙްމު ބަހައްޓާ މީހާ

ރަޚާއު : ތަނަވަސް ދިރިއުޅުން / މަޑުމަޑު ވައިރޯޅި

ރަޚީމް : މަޑު / ފަސޭހަ / އަޑުރީތި

ރަޖާ(އ) : އެދުން، އުއްމީދު

ރަދީފް : މީހެއްގެ ފަހަތުން ދަތުރުކުރަމުންދާ މީހާ

ރަދީން : ދުނިހަދާ މީހާ

ރިޒާމް : ހަރުކަށި މީހާ

ރުސްތުމް : ފާރިސީނަމެއް

ރަސްލާން : މިބަހުގެ އަޞްލަކީ އަރްސަލާން ، މާނައަކީ ސިންގާ

ރުސައިމް : ތެދަށްހުރެ ބާރަށް ހިނގާ މީހާ

ރަޝާދް : ތެދުކަން / ތެދުމަގު / ސީދާ

ރުޝްދް : ތެދުމަގު / ބުއްދިފުރިހަމަވާވަރަށް ބޮޑުވުން

ރުޝްދާން : ތެދުމަގު / ބުއްދިފުރިހަމަވާވަރަށް ބޮޑުވުން

ރަޝްދާން:  ބުއްދިވެރި / ތެދުމަގު

ރަޝްވާން : ރަޝާގެ ސިފަ : ރަޝާގެ މާނައަކީ: ފުއްލާގެ ހިނގާ ޙަރަކާތް ކުރެވޭވަރުގެ ކުޑަ ފުއްލާ

ރުޝްދީ : ރުޝްދްއަށް ނިސްބަތްކޮށް

ރަޝީދް : ބުއްދިވެރިޔާ / ބުއްދިފުރިހަމަވެފައިވާ މީހާ

ރަޝީފް : ކަމެއް މަޑުމަޑުން ކުރާ މީހާ

ރަޝީޤް : ތެދު ހަށިގަނޑު / ރީތި

ރަޞާން : ބުއްދިވެރި / ރަނގަޅު ޚިޔާލެއްގެ ވެރި

ރަޞީން : ހަރު ވަރުގަދަ

ރިޟާ : ހިތްހަމަ ޖެހުން / މިންވަރަށް ރުހުން

ރިޟްވާން : ހިތްހަމަ ޖެހިފައިވާ މީހާ / މިންވަރަށް ރުހޭ މީހާ

ރަޢްދް : ގުގުރި

ރިޣާބް : ފުޅާ ތަނަވަސް / ލޯބި / މަތިވެރި

ރަޣްދާން : ތަނަވަސް ދިރިއުޅުމެއް އުޅޭ މީހާ / މުއްސަނދި މީހާ

ރަޣީދް : ރަނގަޅު / މުއްސަނދި ތަނަވަސް

ރިފާ(އު) : އެއްބަސްވުން /  އިޞްލާޙުކުރާ މީހާ / ހަމަޖެހިގެން އެއްކޮށް އުޅުން

ރިފާޢާ : މަތީ މަޤާމު / ޤަދަރުވެރި

ރިފާޢީ : ޤަދަރުވެރި / މަޤާމު އުފުލިގެންވާ މީހާ

ރިފްޢަތު : ޤަދަރުވެރި / މަޤާމު އުފުލިގެންވާ މީހާ

ރަފާޙް : ނިޢްމަތް / ތަނަވަސްކަން

ރަފްހާން : އަރާމުކުރާ މީހާ / އަރާމުކޮށް އުޅޭ މީހާ

ރަފީޢް : އުސް / މަތިވެރި / ޤަދަރުވެރި

ރަފީފް : ވިދާ ބަބުޅާ / ތިރިގަސް

ރަފީޤް : އެކުވެރިޔާ / ބައިވެރިޔާ

ރަޤީޤް : ނާޒުކު / ހަރުނޫން / ތުނި

ރުކާން : ވަރަށް މަޑުމައިތިރި / ހަލަބޮލި ނޫން

ރުކްން : ތަނބު / ޢިއްޒަތް

ރައްމާޙް : ދުނިހަދާ މީހާ

ރަމީޒް : ބުއްދިވެރިޔާ / ޙަސަބުރަނގަޅު މިހާ / ޤަދަރުވެރި މީހާ

ރަމްޒީ : ރަމްޒަށް ނިސްބަތްކޮށް

ރަމަޟާން : ރޯދަމަސް

ރުމައިޙް : އަސާ

ރުމައިޒް : ރަމްޒުގެ ކުޑަގޮތް

ރަނާން : މަދު ފެން

ރަނީމް : ލަވަ / ރީތިއަޑު

ރިހާބް : ހިމަ ދުނި

ރަހީދް : ރީތި / މަޑު / ލޮބުވެތި

ރަހީފް : ރީތި އިސްކޮޅެއްގެ ވެރި / ރީތި

ރުހައިމް : ގިނައިރުވެހޭ ހިމަފޮދުވާރޭ

ރޫޙް : ރޫޙު /  މަޑުވައި

ރޫޙާން :  ދެރޫޙު

ރައުނަޤް : ރީތި ފުރިހަމަ / ނަޔާ ޗާލު

ރުވައިދް : ލަސްލަހުން ފަރުވާތެރިކަމާއިއެކު ކަންތައްކުރާ މީހާ

ރުވައިޝިދް : ރާޝިދުގެ ކުޑަގޮތް (ރާޝިދުގެ މާނަ ބަލާ)

ރިޔާޙް : ވައި

ރިޔާދް : ޒަޢީމު / އިސްމީހާ

ރައްޔާން : ފެންއެރިފައިވާ ރީތި މޫނެއްގެ ވެރިޔާ /  ރަނގަޅަށް ފެންބޮއިގެން ހުންނަ މީހާ / ފެން ލިބި ފެހިވެފައިވާ ގޮފި

ރަސްނާން : ފަޚްރުވެރިކަމާއިއެކު ހިނގާ މީހާ

ރަސްވާން : ސާބިތު ވަރުގަދަ، ނުގުޑާ / މީހުން ޞުލްޙާކުރާ މީހާ

ރީމާޒް : ބުއްދިވެރިޔާ / ވިސްނުންތޫނުމީހާ

ރިޒްނީ : ބުއްދި ރަނގަޅު، ޚިޔާލު ރަނގަޅު މީހާ/ ހައިބަތެއް ހުންނަ އަބުއި މީހާ / މަޑުމައިތިރި  / ސާބިތު

 

 

 

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.