އަންގާރަ20171107

އާކުރެވުނީ: 09:46:14

ފ- ف

އ   ބ   ތ   ޘ   ޖ   ޙ   ޚ   ދ   ޛ   ރ   ޒ   ސ   ޝ   ޞ   ޟ   ޠ   ޡ   ޢ   ޣ   ފ   ޤ   ކ   ލ   މ   ނ   ހ   ވ   ޔ

ފާއިޤް : އެއްޗެއްގެ އެއްމެ މޮޅުވައްތަރު / ތީރު / ކަނދުރާއާއި ބޮލާގުޅޭ ތަން

ފާއިޒް : ކާމިޔާބުހޯދާ މީހާ / ގެއްލުމުން ސަލާމަތްވާ މީހާ / ދިންނަވާ މީހާ

ފާތިޙް : ފަތަޙަ ހޯދާ މީހާ، ނަޞްރު ހޯދާ މީހާ

ފާޙިޞް : ކަންކަމުގެ އެއްމެކުދި ތަފްޞީލަށްދާންދެން ބަލާ ހޯދާ މީހާ

ފާދީ : ފިދާވާ މީހާ

ފާޚިރް : ކޮންމެއެއްޗެއްގެވެސް އެއްމެމޮޅު / މޮޅުކަމަކަށް ނުވަތަ މޮޅު ސިފައަކަށް ފަޚްރުވެރިވާ މީހާ

ފާރިޙް : އުފާވެފައިވާ މީހާ

ފާރިސް : އަސްވާރު / ކުޅަދާނަ ހަނގުރާމަވެރިޔާ / ކަމެއް ދަންނަ މީހާ

ފާރިޢް : އުސް / ދިގު

ފާރޫޤް : ޙައްޤާއި ބާޠިލް ވަކިކުރާ މީހާ / ކަނޑި / ޢުމަރުގެފާނުގެ ލަޤަބެއް

ފާޞިލް : ވަކިކުރާ މީހާ / ކަނޑައެޅިގެން / ވަކިކުރާ އިން ނުވަތަ ހުރަސް

ފާޟިލް : މާތް މީހާ/ ފުރިހަމަ / ދަރަޖަ މަތިވެރި މީހާ

ފާޠިރް : އެއްޗެއް ދެފަޅިކުރާ މީހާ / ރޯދަވީއްލާ މީހާ

ފާކިރް : ވިސްނާ ފިކުރުކުރާ މީހާ

ފާކިހް : ޖޯކުކިޔާ މީހާ /  މަޖާ މިޒާޖެއްގެ ވެރި

ފާލިޙް : ކާމިޔާބު ހޯދާ މީހާ / މޮޅުވާ މީހާ

ފާހިދް : ދީލަތި / ރަނގަޅު

ފާހިމް : ވިސްނޭ މީހާ / ދަންނަ މީހާ

ފަތުޙް : ނަޞްރާއި ކާމިޔާބު

ފަތުޙީ : ފަތުޙަށް ނިސްބަތްކޮށް

ފަތާ : ބޮޑުވަމުންއަންނަ ޅަފުރައިގެ ކުއްޖާ / ދީލަތި މީހާ

ފަތަޔާން : ބޮޑުވަމުންއަންނަ ޅަފުރައިގެ ދެކުދިން

ފިތުޔާން : ބޮޑުވަމުންއަންނަ ޅަފުރައިގެ ކުދިން

ފަޚްރީ : ފަޚްރުވެރިކަމަށް ނިސްބަތްކޮށް

ފަޚްރުއްދީން : ދީނުގެ ފަޚުރު

ފަޚޫރް : ފަޚްރުވެރިވާ މީހާ

ފިދާ : ފިދާ

ފިދާމް : ކުރާ ފަދަ ކަންވާރުތަކުގެ ކޮޅުގައި ފެންފުރާނަން އަޅާ ދާކޮޅު

ފަރްފޫރް : ކޮކާ

ފަރްޙާން : އުފާވެރި މީހާ

ފަރްޙާތު : އުފާތައް ، އުފާވެރިކަން

ފަރޫޙް : އުފާވެރި

ފަރްދާން : އެކަނި

ފަރީދް : މިސާލެއްނެތް ފަދަ / އަގުބޮޑު ޖަވާހިރު

ފިރްދަވްސް : ފިރްދައުސް އޭ ކިޔޭ ސުވަރުގެ / ބަގީޗާ

ފިރާސް : ސިންގާ / އަސްވާރުކަމަށް ނުހަނު މޮޅު މީހާ

ފިރްނާސް : ހިތްވަރުގަދަ / ގަދަފަދަ / ސިންގާ

ފަރީޝް : އަލަށް އުފަންވެފައިވާ ޅަ އަސް

ފަސީޙް : ފުޅާ ތަނަވަސް

ފަސީލް : ޅަނިރު ، ޅަގަސް

ފަރްހަދް : ޅަނދޮޅު، ފެންއެރިފައި ރީތިކޮށް ހުންނަ ކުއްޖާ

ފަރްހާދު : ފިރްހާދު މި ބަސް ބަދަލުވެގެން ގޮސް މިހާރު ކިޔޭ ގޮތެއް

ފިރްހާދް : ޅަނދޮޅު، ފެންއެރިފައި ރީތިކޮށް ހުންނަ ކުއްޖާ

ފަޞީޙް : ދޫހެލޭ / ބަސްމޮށުންތެރި މީހާ

ފަޟީލް : ފަޟީލާ : ހެޔޮކަންބޮޑު / ދަރަޖަ މަތިވެރި / ދީލަތި، މާތް، ރަނގަޅު މީހާ

ފަޠީން : ވިސްނުންތޫނު މީހާ

ފަޠޫން : ވިސްނުންތޫނު މީހާ

ފަޠީމް : ކިރުތުނބުން ދޫކޮށްލާ ކުއްޖާ

ފަޤީހް : ޢިލްމެވެރި  ބުއްދިވެރި މޮޅު މީހާ / ފިޤުހުވެރިޔާ

ފިކްރީ : ފިކްރުކުރާ މީހާ / ބުއްދިވެރިޔާ

ފަލާޙް : ކާމިޔާބު / ސަލާމަތްވުން / ހެޔޮޙާލު

ފަލީޙް : ބޭނުންވާ ކަމެއް ގިނަގިނައިން ކާމިޔާބުކުރާ މިހާ

ފަލޫޙް : ބޭނުންވާ ކަމެއް ގިނަގިނައިން ކާމިޔާބުކުރާ މިހާ

ފައިނާން : ރތި ދިގު އިސްތަށިގަނޑު

ފަހްދް : ލެޕަޑް ( މިނިކާވަގުގެ ވައްތަރެއް )

ފަޟްލް : ހެޔޮކަން / އިތުރުކަން /  ރަނގަޅުކަން

ފަހީމް : ވިސްނޭ މީހާ ، ކަންކަން އޮޅުން ފިލާ މީހާ

ފަހްމާން : ހުރިހާކަމެއްވެސް ދަންނަ މީހާ / ޢިލްމުވެރިޔާ

ފަހްމީ : ވިސްނޭ އޮޅުންފިލާ މީހާ

ފުއާދް : ހިތް

ފައްވާޒް : ގިނަގިނައިން ކާމިޔާބުލިބޭ މީހާ /  ގިނަގިނައިން ނުރައްކަލުން މިންޖުވާމީހާ

ފައުޒާން : ގިނައިން ކާމިޔާބު ހޯދާ މީހާ

ފައުޒީ : ކާމިޔާބު ކުރާ މީހާ

ފައްޔާޙް :  މުއްސަނދި ތަނަވަސް / ދީލަތި / މީރުވަސްދުވާ

ފައްޔާޟް : ދީލަތި / ފުރިގެން ބަންޑުންވާހާ ގިނަ ފެން

ފައިޞަލް : މައްސަލަ ނިންމާ މީހާ / ޙުކުމްކުރާ މީހާ / ތޫނު ކަނޑި

ފައިލަޤް : ބޮޑުލަޝްކަރު / ބިޔަ މީހާ

ޕަރީޒާދް : ޕަރީގެ ދަރިފުޅު  (ފާރިސީ)

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.