ބުދަ20171108

އާކުރެވުނީ: 09:46:14

ހ - ه

އ   ބ   ތ   ޘ   ޖ   ޙ   ޚ   ދ   ޛ   ރ   ޒ   ސ   ޝ   ޞ   ޟ   ޠ   ޡ   ޢ   ޣ   ފ   ޤ   ކ   ލ   މ   ނ   ހ   ވ   ޔ

ހާދީ : މަގު ދައްކައިދޭ މީހާ / ސިންގާ

ހާޝިމް : ދީލަތި މީހާ / ކިރުފެލާމީހާ

ހާނީ : އުފާވެރިކަމުގައި ދިރި އުޅޭ މީހާ / ޚާދިމް

ހާއިބް : ހައިބަތް ހުންނަ  މީހާ

ހައްބާރު : ތޫނު ކަނޑި

ހުތާފް : ގަދައަޑު / ހަޅޭއް / ގޮވާލުން

ހަޖީރް : މެންދުރު ވަގުތު/ ގަދަ ހޫނު

ހާޖިދް : ރޭ އަޅުކަން ކުރާ މީހާ ، ދަންވަރު ނަމާދު ކުރާ މީހާ

ހާޛިލް : މެންދަން

ހަޖީމް : ބޮޑު/ ބިޔަ

ހިދާޔަތް : ތެދުމަގު / ރަގަޅު ގޮތް

ހަދީދް : ދިގު މީހާ

ހަދާދް : މަޑުމައިތިރިކޮށް / މަޑުމަޑުން

ހަދްވާން : މަޑުމައިތިރި (ހުދޫއު) / ހިދާޔަތްތެރި

ހަދްޔާން : ތެދުމަގުގެ ސިފަ

ހަދީލް : ކޮތަރު ލައްވާ އަޑު / އިސްތަށި ގިނަ މީހާ/ ބަރު

ހުޛާމް : ހިތްވަރުގަދަ / ތޫނު

ހިޛްރާމް : ވާހަކަ ގިނަ މީހާ (ގިނައިން ވާހަކަ ދައްކާ)

ހާޛިރް : ގަދަ ހޫނު

ހުޛްލޫލް : ހަރަކާތް ލުއިމީހާ

ހަރްޘަމް : ސިންގާ

ހިރްމާސް : ގަދަފަދަ ސިންގާ

ހުރްމާން :  ބުއްދި

ހަޒާރް :  އަޑު ރީތި ދޫންޏެއް

ހަޒްހާޒް : ދުވެދުވެ އޮންނަ ބޮޑު ފެންގަނޑު

ހިޒާޢު : ހަމައެންމެ (އެންމެއެއްޗެއް)

ހަޒީމް : ގުގުރި / ގަދަ ގުގުރީގެ އަޑު / އަޑުގަދަ އަސް / އަހުގެ ދުވެލީގެ އަޑު

ހައިޒަމް : ހަރު ، ވަރުގަދަ  / ސިންގާ

ހަސީސް :ސިއްރުން ދައްކާ ވާހަކަ / ކުދިކުދި ވެފައި ހުންނަ ކުނޑި

ހިޝާމް : ދީލަތިކަން

ހަޝީމް : ހިކިފައި ހުންނަ ފަތް  ، ގަސް / ވަރުދެރަ ހަށިގަޑު

ހާޞިރް : ސިންގާ

ހަޞޫރް :  ސިންގާ

ހައްފާފް : ވިދާ  / ތުނި ، ލުއި

ހައްފާން : މީހަކު ދިޔަ ގޮތް ބަލައިގެން ފަހަތުން ދާ މީހާ

ހަފްހާފް :  ބަނޑު ހިނދި މީހާ / ފެންބޮވައިގެންފައިވާ މީހާ / ތުނި ، ލުއި

ހާފީ :  ބަނޑު ހައިވެފައިވާމީހާ

ހައިޤަމް : ބޮޑު ފުޅާ ކަނޑު / ކަނޑު ގަދަވީމަ އުފެދޭ އަޑު

ހައިކަލް : ފްރޭމް ގަޑު / ފައްޅީގެ ގުރުބާން ދެވޭތަން

ހަލާލް : ވާރޭގެ ފުރަތަމަ ފޮދުވަރު

ހިލާލް : ހުޅެވި ހަނދު

ހުލްހުލް : ގަނޑު ފެން

ހައިލަމާން : ގިނަ މުދާ

ހުމާމް : ދީލަތި ހިތްވަރުގަދަ ޤަދަރުވެރިޔާ

ހައްމާމް : ހިތްމަތާއި ޢަޒުމް ވަރުގަދަ މީހާ / ހިތުލައިފި ކަމެއް ކުރާމީހާ

ހަމަޛާން : ވާހަކަގިނަ މީހާ / ސަހަރަކަށް ކިޔާ ނަމެއް

ހާމިރް  : ބަންޑުންދާ ( ފެން )

ހަމީރް : ވަރަށް މުސްކުޅި / ހަށިގަނޑު ރީތި ފުއްލާ

ހައްމާރް : ގިނައިން ވާހަކަ ދައްކާ މީހާ / ވާރޭ ގިނަ ވިލާ

ހަމީޒް : ބުއްދި ރަގަޅު މީހާ

ހަމީސް : ސިއްރުން ހިނގުން

ހާމިސް : ގަދަފަދަ

ހައްމާސް :ގަދަފަދަ ސިންގ

ހާމިޝް : ފޮތުގެ ހަވާސާ

ހިމްޔާން : ކަމަރު

ހަމްހާމް : ހިތްވަރުގަދަ / ދިލަތި މީހާ

ހިންވް : ވަގުތު

ހޫދު : ޢާދު ބާގާ ގެ މީހުން ގާތަށް ފޮނުއްވި ނަބިއްޔާގެ ނަންފުޅު

ހުވައިދު : ތައުބާވެ ޙައްޤަށް ރުޖޫޢަވުން

ހައުޒަބް : ބާޒު ހައުލާ

ހައުޒަން : ހިރަފުސް

ހައްވާސް : ޖެހިލުންކުޑަ ހިތްވަރުގަދަ މީހާ / ގަދަފަދަ ސިންގާ

ހައްވާމް : ސިންގާ

ހަނީއު :ފަސޭހައިން ދިރުވާލެވޭފަދަ މީރު ކާނާ / އުފާ ކުރުވަނިވި  / ބުރަމަސައްކަތަކާއި ނުލައި ފަސޭހައިން

ލިބޭ އެއްޗެއް

ހުނައިދު : ސަތޭކަ ޖަމަލު

ހާއިބް/ ހަޔޫބް/ ހައްޔާބް / ހައިބާން : ހައިބަތު ހުރި މަތިވެރި މީހާ

ހުޔާމް/ ހަޔާމް : މޮޔަވާ ދަރަޖައަށް ވާ ޢިޝްޤު

ހައިމާން : ލޯބީގައި ޢިޝްޤީ މޮޔާ ވާވަރަށް ލޯބި ވާ މީހާ / ކަރު ހިއްކައިގެންފައިވާ މީހާ

ހައިފާން : ގަދައަށް ކަރު ހިއްކައިގެންފައިވާ މީހާ

ހިޔާފް :  ގަދައަށް ކަރު ހިއްކުން

ހައިނަމް : ކަފަ

ހައިޘަމް : ބާޒު / ބާޒުގެ ދަރި / ސަހަރާގައި ހެދޭ ގަހެއް

ހައިޞަމް : ސިންގާ /  ވަރުގަދަ މީހާ / އޮމާން  ހަރު ހިލަ

ހައިޒަމް : ހަރު ،  ވަރުގަދަ / ސިންގާ

 

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.