އަންގާރަ20171107

އާކުރެވުނީ: 09:46:14

އ - ا

އ   ބ   ތ   ޘ   ޖ   ޙ   ޚ   ދ   ޛ   ރ   ޒ   ސ   ޝ   ޞ   ޟ   ޠ   ޡ   ޢ   ޣ   ފ   ޤ   ކ   ލ   މ   ނ   ހ   ވ   ޔ

އާދަމް : އެންމެ ފުރަތަމަ އިންސާނާ އާދަމުގެފާނަށް ނިސްބަތް ކޮށް / އޮޅަލި ކުލައިގެ ހަންގަނޑެއް ހުންނަ މީހާ

އާސިރް : އަޚްލާޤު ރަނގަޅުމީހާ / ޝަރަފުވެރިމީހާ

އާލިފް : ގާތް ، ރަހުމަތްތެރި

އާމިރް : އަމުރުކުރާމީހާ / ވެރިމީހާ

އާނިސް : އޭނާއާއި އެކުގައި އުޅޭ މީހާގެ އެކަނިވެރިކަން ފިލައިދާ މީހާ / އެކުވެރިޔާ / ބައިވެރިޔާ / މުނިއަވަސް ފިލުވައިދޭ މީހާ

އާހިލް : މީހުން ވަޒަންވެރިވެފައިވާ ތަން / އަނބިދަރިން ލިބިފައިވާ މީހާ

އާބާދް :( އަބަދު ) ގެ ގިނަ ގޮތް ، މާނަ އަކީ ނިމުމެއް ނުވުން ، ނިމުމެއް ނެތް ޒަމާން

އާޒާދް : މިނިވަން (ފާރިސީ)

އާދީ : ފުރިހަމައަށް ހަތިޔާރު އަޅައިގެން ހުންނަ މީހާ / ބާރުދޭ މީހާ

 

އާރާބް : ލަނޑުދަނޑި ތައް / އެދޭކަންތައްތައް / ގުނަވަންތައް

އާބް : ފެން (ފާރިސީ)

އާރާސް : (ރައުސް )ގެ ގިނަ ގޮތް ،މާނައަކީ ކޮންމެއެއްޗެއްގެވެސް އެންމެ މަތި / އިސްކޮށް ހުންނަ ވެރިއާ / ބޯ / ފެށުން

އާރާމް : ރިއުމު އަދި ރީމް ގެ ގިނަ ގޮތް ، މި ދެބަހުގެ މާނައަކީވެސް ހުދު ފުއްލާ

އާފްރީން : ހިތްވަރު / ތަރުހީބު / އެންމެ ރީތި މޮޅު (އުރުދޫ)

އާފްތާބް : އިރު (ފާރިސީ)

އައްޔޫބު : ގިނަގިނައިން ތައުބާވެ ރުޖޫޢަވާމީހާ

އަފްޝީން : ވިދާ / އަލިގަދަ (ޕަޝްތޫން)

އަފްޞަޙް : އެންމެ ފަޞާޙަތްތެރި ދޫހެލޭ / އެންމް ހާަކަން ބޮޑު

އަފްރޯޒް : ވިދާ ބަބުޅާ / އަލި (ފާރިސީ)

އަފްތާބް : އިރު (ފާރިސީ)

އާފްތާބް : އަފްތާބު ކިޔޭ އެހެން ގޮތެއް

އާރިޒް : ބާރުގަދަ / ސާބިތު

އާސާދް : ސިންގާތައް ( އަސަދުގެ ގިނަ ގޮތް ، އުސޫދް ވެސް ކިޔޭ )

އާސީ : ފަރުވާދޭ މީހާ

އާފާޤް : އުދަރެސްތައް / ފަރާތް / ހިތްވެރުގަދަ ކަމުގައި ނުވަތް ދީލަތި ކަމުގައި

ނަމަވެސް އޭގެ އިނނތިހާއަށް ދިއުން

އާލާއު : ނިޢުމަތްތައް

އާމިން : ހިތްހަމަޖެހިފައިވާ މީހާ / އަމާނާތްތެރިއާ / އަމާން

އާނީ : ރުޅިގަދަނޫން ކެއްތެރިއާ

އާޔާޒް : ހެނދުނުގެ ވައި (ފާރިސީ)

އަފަންދީ : ޢިއްޒަތްތެރިއާ / މާތް ޤަދަރުހުރި މީހާ (ތުރުކީ)

އަބްރާރް : ބިއްރުގެ ގިނަގޮތް، މާނައަކީ ހެޔޮލަފާކަން / ހެޔޮލަފާމީހުން

އަބްސަލް : އެންމެ ހިތްވަރުގަދަ މީހާ

އަބްސަމް : ހިނިތުންވާ މީހާ

އަބްދަރް : ކަމަކަށް އެންމެ އަވަސް / ސާދަވިލޭރޭ ހަނދަށް ނިސްބަތްކޮށް

އަބްޝަރް : އެންމެ ރަނގަޅު ޚަބަރެއްދޭ މީހާ / ރީތިމޫނެއްގެ ވެރި

އަބްހަރް: ރީތިކަމާއި ޗާލުކަމުން މީހުން އެންމެ ބޮޑަށް އާޝޯޚުކުރުވާ

އަބްޔަން: ބަޔާންކަން ބޮޑު، ހާމަކަން ބޮޑު، ފަޞާޙަތްތެރިކަން ބޮޑު

އަޚްތަރު : ތަރި (ފާރިސީ)

އަބާން : ފާޅުކަންބޮޑު / ހާމަކަންބޮޑު / މިނަން ކިޔާފައިވާ މަޝްހޫރު އިސްމީ ޝަޚްޞިއްޔަތުތައް: އަބާން ބިން ޢުޘްމާން ބިން ޢައްފާން، އަބާން ބިން ވަލީދު ބިން އަލްޢަޤަބާ، އަބާން ބިން ސަޢީދު ބިން އަލަޢާޞް

އަބޫބަކުރު : ބަކުރު ގެ މާނައަކީ ޅަ ޖަމަލު. އަބޫ ބަކުރު މިއީ ޢަބްދުﷲ ބިން އަބޫ ޤަޙާފާ (އަބޫބަކުރުގެފާނު) ގެ ކުންޔާ . ދެން ފަހުން މީހުން ވަކި ނަމެއްގެ ގޮތުގައި މި ނަން ކުދިންނަށް ކިޔަން ފެށީ.

އަޘާލް : ވާރުތަވެފައިވާ ފައިސާއާއި މަތިވެރިކަން

އަޘީލް : ރަނގަޅު ޝަރަފެއްގެ ވެރިއާ / ބިމުގައި ގަދައަށް ސާބިތުވެ ހުންނަ

އަޖާވީދް : މީސްތަކުންގެ ތެރެއިން އެންމެ ދީލަތި މާތް މީހުން

އަޖްވާދް : ދީލަތިމީހުން / ބާރަށް ދުވާ މޮޅު އަސްތައް

އަޖްވަދް : އެންމެ ދީލަތި

އަޖްމަލް : އެންމެ ރީތި

އަޖްޔާދް : ބާރަށް ދުވާ މޮޅު އަސްތައް / ދިގު ރީތި ކަރުތައް

އަޖްޔަދް : ދިގު ރީތި ކަރެއްގެވެރިއާ

އަޖްދަލް : ބާޒު ، ވަރުގަދަ އަތުކުރި

އަޙްސަން : އެންމެ ރީތި / އެންމެ ރަނގަޅު

އަޙްނަފް : އެންމެ އިސްލާމްކަން ބޮޑު / އެންމެ ޙައްޤާއި ގާތް

އަޙްޒަމް : އެންމެ އިތުބާރާއާއިއެކު ކަމެއް ވަކިގޮތަކަށް ކަނޑައަޅާ ނިންމާ މީހާ  / އެއްވެސް ފަސްޖެހުމެއް ނެތި ކަމެއް ކުރާ މީހާ

އަޙްޝަމް : އެންމެ ލަދުރަކި

އަޙްކަމް: އެންމެ ޙިކުމަތްތެރި މީހާ

އަޙްލަމް : އެންމެ ކެތްތެރި / އެންމެ ރުޅި މަޑު / އެންމެ ބުއްދިވެރިޔާ

އަޙްމަދް : ޘަނާއާއި ޝުކުރު ހައްޤުވާމީހާ / ރަނގަޅު ސިފަތަކުގެވެރިއާ

އަޙްމަދުﷲ : ﷲ އަށް ޙަމްދު ކުރާމީހާ

އަޚްޔަރް : ހުރިހާގޮތަކުންވެސް އެންމެ ރަނގަޅު

އަދްރަމް : ދަތްވެއްޓިފައިވާ / މަސްޖަހާފައިވާ

އަދްޣަމް : ކަޅު / އެއްޗެއް އަނެކައްޗާއި އެއްކޮށްލުން

އަދްލަމް : ކަޅުކަން ގަދަ މީހާ

އަދްހަމް : ކަޅު

އަޛްލަފް : ނޭފަތް ކުޑަވެފައި ނޭފަތުގެ ކޮޅު ސީދާ މީހާ

އަރްޙަބް : އެންމެ ފުޅާ ތަނަވަސް

އަރްޙަމް : އެންމެ އޯގާތެރި ، ރަހުމް ބަހައްޓާ

އަދީމް : ހަން / ކޮންމެ އެއްޗެއްގެވެސް ބޭރު ނުވަތަ ފެންނަ ބައި

އަދީބް : ރަނގަޅު އަޚްލާޤެއްގެ ވެރިއާ / އަދީބު

އަރްސަލާން : ސިންގާ (ތުރުކީ ބަހެއް )

އަރްޝަދް : އެންމެ ބޮޑަށް ތެދުމަގުގައި ހުރި / އެންމެ ބުއްދިފުރިހަމަ

އަރީޖް : މީރުވަސް

އަރްޣަދް : އެންމެ ތަނަވަސް ، ފާގަތި ކޮށް އުޅޭ މީހާ

އަރްވަދް : ކަންކަމުގައި އަވަސް ނާރުވާ، މަޑަމަޑުން ކަންތައް ކުރާ މީހާ

އަރްހަމް : އެންމެ ފަސްގަނޑު ރަނގަޅުވެފައި މުޑުވައް ރަނގަޅު

އަރްމާން : އުއްމީދު، އެދުން (ފާރިސީ)

އަރޫން : ރަނގަޅު މިޒާޖަކާއިއެކު ހަރަކާތްތެރި / ވިހަ

އަރޫމް : އެއްޗެއްގެ އަސްލު / ޙަސަބާއި ނަސަބު

އަރީބް : ވިސްނުން ތޫނު ، ބުއްދިވެރި

އަރީޖް : މީރު ވަސް

އަޒްހަދް : އެންމެ ޒާހިދު މީހާ

އަޒްހަރް : ދޮން ރީތި މީހާ ، އުޖާލާ މޫނެއްގެވެރި / ހަނދު / ހުކުރުދުވަސް

އުސާމާ : ސިންގާއަށް ކިޔޭ ނަންތަކުގެ ތެރެއިން ނަމެއް / އެތަކެއް ޞަޙާބީބޭކަލުންނަށް ކީފައިވާ ނަމެއް، މިސާލަކަށް: އުސާމާ ބިން ޒައިދު، އުސާމާ ބިން އަޚްދަރީ އައްތަމީމީ

އަސަދް : ސިންގާ / ހިތްވަރުގަދަ ، ބާރުގަދަ މީހާ

އަސަދުﷲ : ހިތްވަރާއި ބާރު މާތް ﷲ ދެއްވާފައިވާ މީހާ

އަސްޢަދް : އެންމެ އުފާވެރި މީހާ / ބަރަކާތްހުރި

އަސްމަރް : އޮޅަލި މީހާ / އޮޅަލި ކުލަ

އަސްލަމް : އެންމެ ރައްކާތެރި ސަލާމަތްކަން ބޮޑު / އިސްލާމްކަން ބޮޑު

އަސްމަޙް : އެންމެ ދީލަތި މީހުންނަށް މަޢާފްކުރާ މީހާ

އަސްހަބް : އަހަށް ނިސްބަތްކޮށްފިއްޔާ މާނައަކީ އިން އެންމެ ބާރަށް ދުވާ އަސް / މީހަކަށް ނިސްބަތްކޮށްފިއްޔާ މާނައަކީ އެންމެ ދީލަތި މީހާ

އަސްހަދް : އެންމެ ފަރުވާތެރިވެ ހޭލާ ހުންނަ މީހާ

އަސްހަމް : ހިއްސާވާމީހާ

އަސްހަލް : އެންމެ ފަސޭހަ

އަޝްޖަޢް : އެންމެ ހިތްވަރުގަދަ މީހާ

އުސައިދް : އަސަދުގެ ކުޑަ ގޮތް (ސިންގާ )

އަސްވަދް : ކަޅު / ހަރުފަ

އަސީލް : ހަމަ / އޮމާން

އަޝްރަފް : އެންމެ ޝަރަފުވެރި ޤަދަރުވެރި، މަތިވެރި މީހާ

އަޝްފާޤް : އޯގާތެރި

އަޝްހާދް : ޝަހީދުން / ހެކިވެރިން

އަޝްހަމް : ބުއްދިވެރި / ޢިއްޒަތުއް ނަފްސު

އަޝްޢަލް : އެންމެ އަލިގަދަ

އަޝްޔަމް : މަތިވެރި އަޚްލާޤެއްގެ ވެރިމީހާ

އަޝްވާޤް : ޝައުޤު

އަޝްޔަމް : ގައިގައި ކަޅުތިލަ ހުންނަ މީހާ

އަޞީލް : ޢަޞްރާއި މަޣްރިބާއި ދެމެދުގެ ވަގުތު / ހަސަބު ރަނގަޅު މީހާ

އުޞްލާން : ޢަޞްރާއި މަޣްރިބާއި ދެމެދުގެ ވަގުތު / ހަސަބު ރަނގަޅު މީހާ (ގިނަ ގޮތް)

އަޞްލާން : ނަސަބާއި އަސްލެއްގެ ވެރި

އަޞްބަރް : އެންމެ ކެތްތެރި މީހާ

އަޞްހަބް : ރަތްކުލައަކަށްދާ ދޮން މީހާ / ސިންގާ

އަޞްލަޙް : އެންމެ ހެޔޮލަފާ / ކަމަކަށް އެންމެ އެކަށީގެންވާ

އަޢްޞަމް : ފައެއްގައި ހުދު ލަފައެއްހުރެފައި ގައިގެ ކުލަ ކަޅު ނުވަތަ ރަތް ފުއްލާ

އަފްރާޙް : އުފާތައް

އަފްރަސް : އެންމެ ބޮޑަށް ކަންތައްތައް އެގޭ ދަންނަ މީހާ

އަފްޞަޙް : އެންމެ ބަސްމޮށުންތެރި މީހާ

އަފްޟަލް : އެނމެ މޮޅު ރަނގަޅު

އަފްނާން : ސީދާ ގޮފިތައް / ސީދާ ދިގު އިސްތަށި

އަފްލާޙް : ކާމިޔާބުލިބޭމީހުން

އަފްޔާ(އ) : (ފައިއު ގެ ގިނަ ގޮތް) މާނައަކީ ހިޔަނި / ޣަނީމާ / އަބުރާ އައުން

އަފްޔާފް : ފެންނެތް ސަހަރާ

އަކްޘަމް : ރަނގަޅަށް ފެންބޮއެގެން ހުންނަ މީހާ / ފުޅާ މަގު

އަކްރަމް : އެންމެ ދީލަތި މީހާ / ގޯސްކަންތަކުން ނަފްސު ދުރުކުރާ މީހާ

އަކްމަލް : އެންމެ ފުރިހަމަ

އަކްނާން : ގެތައް

އިލްޔާސް : ނަބީބޭކަލެއްގެ ނަންފުޅު

އަލްޙާން : ރާގުތައް

އަލީފް : އެކުގައި އުޅޭ އެކުވެރިއާ / ދަންނަ އެކުގައި އުޅޭ

އިލްހާމް : އިލްހާމް

އަލްސަން : ދޫ ފަސޭހަ ވާހަކަދެއްކުންތެރިއާ

އަމްޖަދް : އެންމެ މާތް މަތިވެރި މީހާ

އަމްޖާދް : ޝަރަފާއި މާތްކަމާއި ގަދަކަން (މަޖްދުގެ ގިނަގޮތް)

އަމްލަދް : މަޑު އޮމާން، މިސާލަކަށް މީހެއްގެ ރީތި ސިފައަކަށްވެސް މިބަސް ބުނެވިދާނެ، ނޫނީ ގަހެއްވެސް ރީތިކޮށް ރޯ ކޮށް ހުރުމުން މި ބަސް ކިޔޭނެ .

އަމީރް : އަމީރު

އަމީމް : ރީތި އިސްކޮޅެއްގެ ވެރިއާ

އަމީން : އަމާނާތްތެރިއާ

އަމާން : އަމާންކަން

އަމާނުﷲ : ﷲ ގެ ރައްކާތެރިކަމާ ބެލެހެއްޓެވުން

އަނަސް : އޭނާއާއި އެކުގައި އުޅޭ މީހާގެ އެކަނިވެރިކަން ފިލައިދާ މީހާ /  އެކުގައި އުޅެން ފަސޭހަ ޚުލްޤު ރަނގަޅު މީހާ /އެތަކެއް ޞަޙާބީންނަށް ކީފައިވާ ނަމެއް، މިސާލަކަށް: އަނަސް ބިން މާލިކް

އަނޫސް : އެމީހަކާ އެކުއުޅުމުން އެ އެކަނިވެރިކަން ގިނައިން ފިލާ މީހާ

އަންވަރް : އެންމެ އަލިކަންގަދަ ، ސާފުކަން ބޮޑު ، އަލިވެފައިވާ

އަންޞާރް : ނަޞްރުދޭ މީހުން

އަންބާޒް : ބައިވެރިޔާ ، އެކުވެރިޔާ (ފާރިސީ)

އަނީސް : އޭނާއާއި އެކުގައި އުޅޭ މީހާގެ އެކަނިވެރިކަން ފިލައިދާ މީހާ / އެކުވެރިޔާ / ބައިވެރިޔާ / މުނިއަވަސް ފިލުވައިދޭ މީހާ

އުނައިސް : އަނީސް ގެ ކުޑަގޮތް

އަނީޤް : ހަށިގަޑާއި ، ބުރުސޫރަ ރީތި މީހާ

އަހްދަބް : އެސްފިޔަ ދިގުމީހާ

އަހްޔަމް : ވަރަށް ގަދައަށް ކަރުހިއްކައިގެންފައި ވުން

އައުސް : ދެވޭ އެއްޗެއް / ބަދަލު / ހިޔަޅު (ޖަނަވާރެއް) / އެތަކެއް ޞަޙާބިންނަށް ކީފައިވާ ނަމެއް (އައުސް ބިން ޘާބިތުލް އަންޞާރީ، އައުސް ބިން ސާޢިދާ އަލްއަންޞާރީ)

އުވައިސް : އައުސް ގެ ކުޑަ ގޮތް  / އިހުޒަމާނުގެ މަޝްހޫރު ޒާހިދު އަޅުވެރިއެއްގެ ނަން: އުވައިސް އަލްޤަރްނީ

އަޔާދް : އަތްތައް (ހަށިގަނޑުގެ ގުނަވަނެއް)

އައިސަރް : އެންމެ ފަސޭހަ

އައިމަން : ބަރަކާތްތެރި މީހާ / ކަނާތްތެރިއާ / ކަނާތް

އަޔާމީން : އައިމަންގެ  ގިނަގޮތް

އައިހަމް : ހިތްވަރުގަދަ / އުސްފަރުބަދަ / ތަރިނެތް ރޭރޭ / އޮމާން ހިލަ

އައިހަމް : އެންމެ ދީލަތި

އައްޔޫބް : ނަބީބޭކަލެއްގެ ނަންފުޅު / ގިނަގިނައިން ތައުބާވާ މީހާ

އިބްދާރް : ހަނދުވަރު ރެއެއްގައި ދަތުރު ކުރުން

އިބްރައިސަމް : އެންމެ މޮޅު ފަށުވި ( ފާރިސީ ބަހެއް )

އިބްލާލް : ބަލިން ޝިފާވުން ، މޭވާ އެޅުން

އިބްރާހީމް : އިބްރާހީމްގެފާނަށް ނިސްބަތްކޮށް

އިބްޝާރް : އުފާވެރި ޚަބަރެއް ދިނުން / އުފާވުން / ގަސްފެޅުން

އިޖްލާލް : މަތިވެރިކުރުން / ޤަދަރުކުރުން

އިޙްސާން : އިހުސާންތެރިކަން (ކޮށްދޭ ރަނގަޅު ކަމެއް)

އިޢްޒާޒް : ޢިއްޒަތް

އިދްރީސް : ނަބީބޭކަލެއްގެ ނަންފުޅު

އިރްޝާދް : ތެދުމަގަށް މަގުދެއްކުން

އިސްޙާޤް : ނަބީބޭކަލެއްގެ ނަންފުޅު (އިބްރާހީމްފާނުގެ ދޮށީ ދަރިކަލުން)

އިސްލާމް : މާތް ﷲ އަށް ބޯލަނބާ ކިޔަމަންގަތުން

އިސްމާޢީލް : ނަބީބޭކަލެއްގެ ނަންފުޅު (އިބްރާހީމްފާނުގެ ހަގު ދަރިކަލުން)

އިޝްރާފް : އުސްވެ މަތިވުން / ބެލެހެއްޓުން

އިޝްޢާޢް : އަލީގެ ދޯދި ފެތުރުން

އިޞްލާޙް : އިޞްލާޙުކަން

އިކްރާމް : ދީލަތިވުން

އިކްމާލް : ކަމެއް ނުވަތަ އެއްޗެއް ފުރިހަމަ ކުރުން

އިކްލީލް : މާ ނުވަތަ ޖަވާހިރުން ޒީނަތްކުރެވިފައިވާ ތާޖު

އިޤްބާލް : ކަމެއްކުރަން ފެއްޓުން /ކަމެއްކުރުން / ނަސީބު

އިޔާދް : ބާރު/ ބާރުލިބިދޭ އެއްޗެއް / ވަރުގަދަ ކިއްލާ

އިޔާސް : ދެވޭ އެއްޗެއް / ބަދަލު

އިވާން: ވެރިކަމުގެ ދަރުބާރު

އިޔާ : އަލި، ދޯދި، ރީތިކަން

އީމާން : އީމާން

އީލިޔާ: ބައިތުލް މަޤްދިސް (ޤުދުސް) އަށް ކުރިން ކިޔުނު ނަން

އީވާން: ވެރިކަމުގެ ދަރުބާރު

އީހާބް : ދީލަތި / ކުޅަދާނަ ކަން / ތައްޔާރުވުން

އިޖްތިހާދް : ގަދައަޅާ މަސައްކަތް ކުރުން / ކަމަކަށް ވީ އެންމެ ބޮޑަކަށް މަސައްކަތްކުރުން

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.