ބުރާސްފަތި20171109

އާކުރެވުނީ: 09:46:14

ޢ - ع

އ   ބ   ތ   ޘ   ޖ   ޙ   ޚ   ދ   ޛ   ރ   ޒ   ސ   ޝ   ޞ   ޟ   ޠ   ޡ   ޢ   ޣ   ފ   ޤ   ކ   ލ   މ   ނ   ހ   ވ   ޔ

ޢާއިދް : އެނބުރި އަންނަމީހާ / ތައުބާވާމީހާ / ބަލިމީހާއަށް ޒިޔާރަތްކުރާ މީހާ

ޢާއިޟް : ގެއްލުން ފޫބައްދަން އެއްޗެއް ދޭމީހާ

ޢާއިޝް: / ދިރުން / ޙަޔާތް / ރަނގަޅު ފަސޭހަ ދިރިއުޅުމެއް އުޅޭ މީހާ

ޢާބިދް : އަޅުކަންކުރާމީހާ

ޢާބިދީން : ޢާބިދުގެ ގިނަގޮތް

ޢާބިރް : ހުރަސްކުރާމީހާ / ދަތުރުވެރިޔާ

ޢާތިކް : ދީލަތި / ސާފު، އެހެންއެއްވެސް އެއްޗަކާއި އެއްނުވާ

ޢާޖިލް : އަވަސް / ވަގުތުއައުމުގެ ކުރިން

ޢާދިލް : ޢަދްލުވެރިޔާ

ޢާދީ : އާދައިގެ

ޢާރިފް : އެނގޭމީހާ / ދަންނަ މީހާ

ޢާރިމް : ވަރުގަދަ / ގަދަފަދަ

ޢާޒިމް : ޢަޒްމު ކަނޑައަޅާ މީހާ ނުވަތަ ކަނޑައަޅައިގެން ހުންނަ މީހާ

ޢާޝިރް : އެކުގައިއުޅުން / ބައިވެރި / ދިހަވަނަ

ޢާޝޫރް : ޢާޝޫރާ ދުވަހަށް ނިސްބަތްކޮށް ( މުޙައްރަމް 10)

ޢާޞިފް : ލަނޑުދަނޑިން ކައްސާލާފައިވާ / ގަދަވައި

ޢާޞިމް : ރައްކާތެރިކުރާ މީހާ / ނުބައިކަންތަކާއި ފާފަތަކުން ދުރުވެ ހުންނަ މީހާ / ވެރިރަށް

ޢާޠިފް : އޯގާތެރި / ކުލުނުބަހައްޓާ މީހާ

ޢާފީ : މަޢާފަށް އެދޭމީހާ / ސަލާމަތުން ހުރި

ޢާޤިލް : ބުއްދިވެރިޔާ

ޢާކިފް : އިޢްތިކާފަށް އިންނަ މީހާ / ކަމަކުން މަނާވެގަންނަ މީހާ

ޢާލިމް : ޢިލްމުވެރިޔާ / އެނގޭ މީހާ

ޢާލީ : އުސް / މަތި

ޢާމިރް : ތަނެއްގައި ދިރިއުޅޭ މީހާ / ބިނާކުރާ މީހާ / ޢުމުރުދިގު މީހާ  އަޅުކަންކުރާ މީހާ

ޢައްބާސް : އެހެން ސިންގާތައް ބިރުގަންނަ ސިންގާ / ގިނައިން މޫނުހަދާ މީހާ

ޢައްބާދް :  ގިނައިން އަޅުކަންކުރާ މީހާ

ޢަބްދު : އަޅު

ޢަބްދޫން : ގިނަ އަޅުން

ޢުބައިދް : ޢަބްދުގެ ކުޑަގޮތް

ޢަބްދުލްބާސިޠް : ﷲގެ އަޅާ (އަލްބާސިޠް : އަޅުތަކުންނަށް ރިޒްޤު ތަނަވަސްކޮށްދެއްވާ ރަސްކަލާނގެ)

ޢަބްދުލްބާރީ : ﷲގެ އަޅާ (އަލްބާރީ : ހައްދަވާބޮޑުކުރެއްވި ރަސްކަލާނގެ)

ޢަބްދުއްތައްވާބު : ﷲގެ އަޅާ (އައްތައްވާބު : ގިނަގިނައިން ތައުބާ ޤަބޫލުކުރައްވާ ރަސްކަލާނގެ)

ޢަބްދުލްޖަލީލް : ﷲގެ އަޅާ (އަލްޖަލީލް : މަތިވެރިވަންތަ މާތްރަސްކަލާނގެ)

ޢަބްދުލްޙަލީމް : ﷲގެ އަޅާ (އަލްޙަލީމް : ޙިލްމުވެރިވަންތަ މާތްރަސްކަލާނގެ ޙިލްމުވެރިކަމަކީ ރުޅި

އިސްނުކުރުން. ނުވަތަ ރުޅި ހިފަހައްޓައި މާފު ކުރުން)

ޢަބްދުލް ޚާލިޤް : ﷲގެ އަޅާ (އަލްޚާލިޤް : ހުރިހާ އެއްޗެއް އުފެއްދެވި މާތްރަސްކަލާނގެ)

ޢަބްދުއްރަޙްމާން : ﷲގެ އަޅާ (އައްރަޙްމާން : ރަޙްމަތް ލައްވާ މާތްރަސްކަލާނގެ)

ޢަބްދުއްރަޙީމް : ﷲގެ އަޅާ (އައްރަޙީމް : ރަޙުމްވަންތަ، މާތްރަސްކަލާނގެ)

ޢަބްދުއްރައޫފް : ﷲގެ އަޅާ (އައްރައޫފް: އޯގާވަންތަ މާތްރަސްކަލާނގެ )

ޢަބްދުއްސައްތާރް : ﷲގެ އަޅާ ( އައްސައްތާރް : އަޅުތަކުންގެ ފާފަތަކާއި  އުނިސިފަތައް ފޮރުއްވަވާ މާތްރަސްކަލާނގެ)

ޢަބްދުއްސަމީޢް : ﷲގެ އަޅާ (އައްސަމީޢް : ހުރިހާ އެއްޗެއް އަޑުއައްސަވާ، ނަފްސުތަކުގައިވާ ކަންތައްތައްވެސް ދެނެވޮޑިގަންނަވާ ރަސްކަލާނގެ)

ޢަބްދުއްޞަމަދު : ﷲގެ އަޅާ (އައްޞަމަދު: ހުރިހާ މަޚްލޫޤުން އެ ކަލާނގެއަށް ބޭނުން ޖެހޭ، ނަމަވަސް އެކަލާނގެ ރަސްކަންފުޅަށް އެއްވެސް މަޚްލޫޤަކަށް ބޭނުންވެވޮޑިނުގަންނަވާ)

ޢަބްދުލްޢަޒީޒް : ﷲގެ އަޅާ (އަލްޢަޒީޒް : ހުރިހާއެއްޗެއްގެ މައްޗަށް ބާރުހިންގަވާ، ހުރިހާ އެއްޗަކަށްވުރެ ގަދަފަދަ ރަސްކަލާނގެ)

ޢަބްދުލްޣަނީ : ﷲގެ އަޅާ (އަލްޣަނީ : އެހެން އެއްވެސް އެއްޗަކަށް، ފަރާތަކަށް ބޭނުންވެވޮޑިގެންނުވާ ރަސްކަލާނގެ)

ޢަބްދުލްކަރީމް : ﷲގެ އަޅާ (އަލްކަރީމް : ދީލަތިވަންތަ މާތްރަސްކަލާނގެ)

ޢަބްދުﷲ : ﷲގެ އަޅާ

ޢަބްދުލްހާދީ : ﷲގެ އަޅާ (އަލްހާދީ : ތެދުމަގު ދައްކަވާ މާތްރަސްކަލާނގެ)

ޢަތީޤް : ބޯދާ / ދީލަތި

ޢަތީކް : ގަދަހޫނު / ދީލަތި

ޢުޘްމާން : ދޫނީގެ ވައްތަރެއް / ހަރުފަ / ޅަ ހަރުފަ

ޢަދްނާން : ތަނެއްގައި ވަޒަންވެރިވެގެން އުޅޭ މީހާ

ޢަދްލީ : ޢަދްލުވެރި

ޢަޖޫޒް : ވާރެއިން ބަރުވެފައިވާ ވިލާ

ޢަދާން : ކަނޑުގެ އައްސޭރި

ޢުދައްޔު : ޢަދުއްވުންނާއި ދެކޮޅަށް އެއްމެފުރަތަމަ ހަތިޔާރު އުފުލާ މީހާ

ޢަދީލް : : އެއްޗަކާ ނުވަތަ މީހަކާ އެއްފަދަ / އެއްގޮތް

ޢިރްފާން : ކޮށްދީފައިވާ ހެޔޮކަން / ދީފައިވާ އެތި

ޢަރަފާތު : މައްކާ ކައިރީގައިވާ ފަރުބަދައެއް

ޢަރްނާން : ތިރިބިން / ހަމަހަމަ ތަނަވަސްބިން

ޢިރްނީން : ޝަރަފުވެރިޔާ / ކޮންމެ އެއްޗެއްގެވެސް އެއްމެ ފުރަތަމަ

ޢިރްނާސް : ކޮތަރު ކަހަލަ ދޫންޏެއް

ޢުރްވާ : އަގުބޮޑުއެއްޗެއް / ސިންގާ / ރައްކާތެރިވާން ހިފަހައްޓާ އެއްޗެއް ނުވަތަ ކަމެއް

ޢަރީން : ސިންގާގެ ގެ / ފެންޑާ / ޢިއްޒަތް

ޢަރީފް : ދަންނަ މީހާ

ޢައްޒާމް : ވަރުގަދަ / ޢަޒްމުގަދަ / ސިންގާ

ޢަޒީޒް : ވަރުގަދަ / ބަލިނުކުރެވޭ / ޤަދަރުވެރި / ނާދިރު

ޢައްޒާއު : ބޯވާރޭ

ޢިއްޒަތު : ޢިއްޒަތް

ޢަޠިއްޔާ : ހަދިޔާ / ދެވޭ އެއްޗެއް

ޢިއްޒުއްދީން : ދީނުގެ ވަރުގަދަކަން (މާނައަކީ އެ މީހެއްގެ ފުށުން ދީނަށް ބާރާއި ނަސްރު ލިބިދޭ މީހާ)

ޢަޒްމީ : ޢަޒްމު ހުރި / ބާރު ހުރި

ޢަޒޫމް : ޢަޒްމުގައި ދެމިހުންނަމީހާ

ޢަޒޫފް : ކަމަކުން ދުރުވެގެން ހުންނަ މީހާ

ޢަސޫލް : ސަނާކިޔޭފަދަ ރަނގަޅު ޢަމަލުކުރާމީހާ

ޢިޞާމް : ޢަހުދު / ރައްކާތެރިކުރުން / އެއްޗެހި އައްސަން ބޭނުން ކުރާ ވާފަށް

ޢިޞްމަތު : މަނާވެ ރައްކާތެރިވެގަތުން / ނުބައިކަންތަކުން ދުރުވެ ރައްކާތެރިވުން

ޢުޞްފޫރް : ފެންފޯއް ދޫނި

ޢަޞީމް : ޝަރަފުވެރި،ޤަދަރުވެރި

ޢަޠާ : އެއްޗެއްދިނުން / ދެވޭ އެއްޗެއް

ޢަޠާﷲ : ﷲ ދެއްވި  އެއްޗެއް ނުވަތަ ދީލަތިފުޅުކަން (ކުއްޖަކަށް މި ނަން ކިއުމުން މާނައަކީ އެ ކުއްޖާއަކީ

މާތް ﷲ ދެއްވި ނިޢްމަތެކޭ)

ޢުޠާރިދް : އިރާއިއެއްމެކައިރި ޕްލެނެޓް

ޢަޠޫފް : ބޮޑަށް އޯގާތެރި

ޢިޠްފާން : ބޮޑަށް އޯގާބަހައްޓާ މީހާ

ޢަޠްވާން : ގިނަގިނައިން ދޭމީހާ / ގިނައިން  ހޭދަކުރާ މީހާ

ޢައްފާން : ކޮންމެ ހަޑިހުތުރުކަމަކުން ދުރުހެލިވެ ހުންނަމީހާ

ޢަފީފް  : ޢިއްފަތްތެރި / ހަޑިހުތުރުކަންކަމުން ދުރުހެލިވެ ހުންނަމީހާ

ޢަޤީލް : ބުއްދިވެރިޔާ/ ބައެއްގެ ތެރެއިން އެއްމެ އިސްކޮށްހުންނަ މީހާ / އެއްޗެއްގެތެރެއިން އެންމެ ރަނގަޅު އެއްޗެހި

ޢުކާޝް : ފިރިހެން ފައިދިގުމަކުނު

ޢަކްނާން : ބަނޑާއިދިމާއިން ފަލަ މީހާ

ޢަލާ(އ) : މަތިވެރިކަން / ޝަރަފުވެރިކަން

ޢައްލާމް : ޢިލްމުވެރިކަން ބޮޑު މީހާ

ޢަލްޔާން : ބޮޑު ދިގުމީހާ / އުސް

ޢާލީ : މަތީ / ޝަރަފުވެރި / ދަރަޖަމަތިވެރި

ޢަލީ : ޝަރަފުވެރި / ޤަދަރުވެރި / މާތް އަޚްލާޤުގެ ވެރި / ވަރުގަދަ / އުސް

ޢުލްވާން : ދަރަޖަ މަތިވެރި / އުސް

ޢިމާދް : ތަނބު / ވެރިޔާ

ޢިމާދުއްދީން : ދީނުގެ ތަނބު (މާނައަކީ އޭނާއަކީ ދީން ދިފާޢުކޮށް ދީނުގެ ތަނބެއްފަދަ މީހެކޭ)

ޢައްމާރް : ނަމާދުކުރުމާއި ރޯދަހިފުން ގިނަ މީހާ

އީމާންކަންވަރުގަދަ / މަޑުމައިތިރި އަޅުވެރިޔާ

ޢިމްރާން : ތަމައްދުން / މަރިޔަމްގެފާނުގެ ބައްޕާފުޅު

ޢަމްރު : ޙަޔާތުގެ މުއްދަތު

ޢުމައިރް : ޢުމަރުގެ ކުޑަގޮތް

ޢުމަރް : ޢުމުރު ދިގުމީހާ / މުސްލިމުންގެ ދެވަނަ ޚަލީފާ ޢުމަރް ބިން ޚައްޠާބުގެ ނަންފުޅު

ޢަމޫރް : ޢުމުރު ދިގުމީހާ

ޢަމީރް : މުދަލާއި ފައިސާ ގިނަ މީހާ /

ޢައިލަމް : ފެންގިނަ ވަޅު / ބިމުއަޑީގައިވާ ފެން

ޢަނާން : ކުރިމަތިން ފެންނަ އެއްޗެއް / ވިލާ

ޢަންބަރް : މާވަހަރު

ޢަންތަރް : ހަނގުރާމައިގައި ހިތްވަރުގަދަ ގަދަފަދަ މީހާ /ނޫކުލައިގެ މާބުރެއް

ޢަންނާން : ކުރިއަރައިދާމީހާ

ޢަންދަލީބް : ބުލްބުލް

ޢުވައިސް : ރޭގަނޑު ހިނގާ މީހާ / ދަރިންނަށް ކާންދޭން ބުރަމަސައްކަތްކުރާ މީހާ

ޢައުފް : މެހުމާން / ސިންގާ / ހާލު (ހާލު އަހުވާލޭ ބުނާ އިރު އޮންނަ ހާލު)  / ނަސީބު / މީރުވަސް ދުވާ ގަހެއް

ޢައުން : އެހީ

ޢިޔާޟް : ހޭދަކުރުން ގިނަ / ބަދަލު

ޢިޔާޛް : ރައްކާތެރިކަން ހޯދަން ދެވޭ ފަރާތް

ޢިޔާން : ޝައްކެއް ނެތް ގޮތުގައި ލޮލަށް ފެނުން

ޢިކްރިމާ : އަންހެން ކޮތަރު

ޢައްޔާޝް : ޢުމުރުދިގު މީހާ / ރޮށި ވިއްކާ މީހާ

ޢައްޠާރް : އަތަރު ވިއްކާ މީހާ / ގިނައިން އަތަރު ލާ މީހާ

ޢީސާ : ޢީސާގެފާނަށް ނިސްބަތްކޮށް

ޢީދް : އުފާ / ޢީދު

 

 

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.