އާދީއްތަ20171119

އާކުރެވުނީ: 09:46:14

ޝ - ش

އ   ބ   ތ   ޘ   ޖ   ޙ   ޚ   ދ   ޛ   ރ   ޒ   ސ   ޝ   ޞ   ޟ   ޠ   ޡ   ޢ   ޣ   ފ   ޤ   ކ   ލ   މ   ނ   ހ   ވ   ޔ

ޝާބިލާ : ތަނަވަސް ކަމުގައި ބޮޑުވާ ކުއްޖާ

ޝާދިޔާ : ރީތިއަޑުން ލަވަކިޔާ މީހާ

ޝާދިޔާ : އުފާ  (ފާރިސީ)

ޝާޛިޔާ : ގަދަ މީރުވަސް

ޝާފިޔާ : ޝިފާ (ފަރުވާ ) ދޭ މީހާ

ޝާފިޢާ : ޝަފާޢަތްދޭ މީހާ / މެދުވެރިވެ ކަމެއްކޮށްދޭ މީހާ

ޝާޢިރާ : ޅެންވެރިޔާ / ކަމެއް ޝުޢޫރުވާ މީހާ

ޝާއިފާ : ބަލާ މީހާ

ޝާއިޤާ : ޝައުޤުވާ މީހާ / އެމީހެއްގެ ރީތިކަމާއިނަލަކަމުން މީހުން އޭނާއާމެދު ޝައުޤުވާ މީހާ

ޝާކިރާ : ޝުކުރުކުރާމީހާ

ޝާމިޚާ : އުސް / މަތި / ޤަދަރުވެރި / ޢިއްޒަތުއްނަފްސުގައި ހިފަހައްޓާ މީހާ

ޝާމިލާ : ރީތި ރަނގަޅު ސިފަތަކެއް ހިމެނޭ މީހާ / ހުރިހާ އެއްޗެއް އެކުލެވިގެންވާ

ޝާލިނީ :  ޢިއްފަތްތެރި / އަބުރުވެރި  (ހިންދީ)

ޝާމާ : ކަޅުތިލަ

ޝާހިދާ : ދެކޭމީހާ / ހެކިވެރިޔާ

ޝާހިޤާ : އުސް ، މަތި

ޝާދާން : އުފާވެ ހިތްހަމަޖެހިފައިވާ މީހާ (ފާރިސީ)

ޝަބްލާ(އ) : ތަނަވަސް ކަމުގައި ބޮޑުވާ ކުއްޖާ

ޝަމީލާ : ރީތި ރަނގަޅު ސިފަތަކެއް ހިމެނޭ މީހާ

ޝަރްމީލާ : ލަދުވެތި / އަބުރުވެރި (ހިންދީ)

ޝަމީމާ : އުސް / މީރު ވަސް

ޝަދާ : ރާގުލައްވާފައި ކިޔާ ރީތި ލަވަ

ޝަޛާ : ގަދަ މީރުވަސް

ޝަރަފް : ޝަރަފު / ޙަސަބު

ޝަރީފާ : ޙަސަބާއި ނަސަބު ރަނގަޅު / ޝަރަފުވެރި

ޝަރްފާނާ : އުސް، މަތި / ދަރަޖަމަތިވެރި

ޝަރޫފާ : އުސް، މަތި / ދަރަޖަމަތިވެރި

ޝުޢްލާ : ހުޅުގަނޑު / ދަންމަރު

ޝިފާ : ޝިފާ/ ދުޅަހެޔޮކަން

ޝިހާމާ : ބުއްދިވެރި

ޝަބްނަމް : ޝަބްނަމްތިކި

ޝަބީބާ : ޒުވާންކަން / ޒުވާން އަންހެންކުއްޖާ

ޝަބީނާ : ފެންއެރި ބޮޑުވެފައިވާ ޅަނދޮޅު އަންހެންކުއްޖާ

ޝަތީލާ : ކުރި، ޅަނިރު

ޝަހްޒާދީ : ރާޖްކުމާރީ (ރަނިކަމަނާ)  (ފާރިސީ)

ޝާއިސްތާ : އަދަބުވެރި / މަޑުމައިތިރި  (ފާރިސީ)

ޝަބާނާ: ރޭގަނޑުގެ ވަގުތުގައި / ޒުވާން އަންހެނާ (ފާރިސީ)

ޝައިދާ: ޢާޝިޤު (ފާރިސީ)

ޝަފްޢާ : ޝަފާޢަތްތެރިވާ މީހާ

ޝަފްޤާ : އޯގާތެރި

ޝަފީޢާ : ޝަފާޢަތްތެރިވާ މީހާ (ޝަފާޢަތަކީ، އެހެންމީހެއްގެ އެހީ  މެދުވެރިކޮށް ކަމެއް ޙާސިލް ކުރުން)

ޝަފީޤާ : އޯގާތެރިޔާ / ރަޙުމް ބަހައްޓާ، ކުލުނު ހުންނަ

ޝުފައިޤ : ޝަފީޤާގެ ކުޑަގޮތް

ޝުކްރާނާ : ޝުކުރުވެރިވާ މީހާ

ޝަކީމާ : ޢަޒުމު ވަރުގަދަ / ދެރަ ޤަބޫލު ނުކުރާ

ޝަކީބާ : ދީލަތި މީހާ

ޝަކީލާ : ޗާލު ނަލަ މީހާ

ޝައްމާ(އ) : ޤަދަރުވެރި އަންހެނާ / ޢިއްޒަތުއްނަފްސު ވަރުގަދަ

ޝަމްޢާ : އުއްބައްތި

ޝަމްލާ : އެއްޗެއް އޮޅާލަން ބޭނުންކުރާ ފޮތިގަނޑު / ޝާމިލުވުން

ޝުމައިސާ :ޝަމްސުގެ ކުޑަގޮތް (ޝަމްސަކީ އިރު) /  ދޮން ހަންގަނޑެއްގެވެރި

ޝުވައިމާ : ޝާމާގެ ކުޑަ ގޮތް

ޝުވައިކާރް : ރީތި އަންހެނާ (ފާރިސީ)

ޝަމާއިލް : ޚުލްޤު

ޝަހާމާ : ޢިއްޒަތުއްނަފްސު / ވިސްނުންތޫނުކަން / ނަންދިރުވޭފަދަ ރަނގަޅު އަމަލު ކުރުން /  ދީލަތިކަން

ޝަހްބާ(އު) : ހުދުކަންގަދަ / ސްނޯ ގިނަ އަހަރު / ވަރުގަދަ

ޝަހްދާ : ހަތާއިން ވަކިނުކޮށް ހުންނަ މާމުއި

ޝަހީދާ : ޝަހީދުވާ އަންހެނާ

ޝަހްލާ(އ) : ނޫކުލައަކަށްދާ ކަޅުކުލައެއް ލޮލުގައި ހުންނަ މީހާ

ޝަޢްފާ : ފެންތިކި / ލުއި ވާރޭ

ޝަހީމާ : ޢިއްޒަތުއްނަފްސު / ވިސްނުންތޫނުކަން

ޝައިމާ(އ) : ރަނގަޅު އަޚްލާޤީ ސިފަތަކެއްގެ ވެރިޔާ /  ގައިގައި ކަޅުތިލަ ހުންނަ މީހާ (ރީތި ކަމަށް ބުނެވޭ ސިފައެއް)

ޝީރީން : ފޮނިކަން / ރީތިކަން (ފާރިސީ)

ޝިރްމީން :  ލަދުވެތި (ފާރިސީ)

ޝީނާޒް : ރީތި (ފާރިސީ)

ޝީޒާ : އަލި (ފާރިސީ)

ޝެހެނާޒް (ޝާހްނާޒް) : ރަސްގެފާނުގެ ފަޚްރު ނުވަތަ ރަނިކަމަނާ (ފާރިސީ)

ޝީމާ(ތ) : ރަނގަޅު ސިފަތައް / ޚުލުޤު ރަނގަޅު

ޝީލާ : އަދަބުވެރި / އަޚްލާޤު (ހިންދީ)

ޝިމްލާ : ކަޝްމީރުގައި އޮންނަ ރީތިކަމަށް މަޝްހޫރު ރަށެއް

ޝުމޫޚް : އުސް / މަތި / ޤަދަރުވެރި / ޢިއްޒަތުއްނަފްސުގައި ހިފަހެއްޓުން

ޝިޔަމް : ރަނގަޅު ސިފަތައް / ޚުލުޤު ރަނގަޅު (ގިނަ ގޮތް)

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.