ބުރާސްފަތި20171123

އާކުރެވުނީ: 09:46:14

ސ - س

އ   ބ   ތ   ޘ   ޖ   ޙ   ޚ   ދ   ޛ   ރ   ޒ   ސ   ޝ   ޞ   ޟ   ޠ   ޡ   ޢ   ޣ   ފ   ޤ   ކ   ލ   މ   ނ   ހ   ވ   ޔ

ސާއިޙާ : ފަތުރުވެރިޔާ / ރޯދަވެރިޔާ / ދުވެދުވެ އޮންނަ ފެންގަނޑު

ސާބިޙާ :  ފަތާމީހާ / އުޑުގައި ދުވާ ތަރި / ކަނޑުގައި ދުވާ ނައު

ސާތިރާ : ރައްކާތެރިވާ (މިސާލަކަށް، ޝަރަފަށް ނުވަތަ މުދަލަށް)

ސާޖިދާ : ސަޖިދަ ކުރާ މިހާ

ސާޖިޔާ :  މަޑުމައިތިރި ، ހަލަބޮލިނުން

ސާޖިޢާ : މޫނުގެ ބުރުސޫރަ ރީތި

ސާމިރާ : ރޭގަނޑުގެ ވަގުތެއްގައި ވާހަކަ ދައްކަން އިންނަ މީހާ

ސާރާ : މިއީ ޢިބްރީ ނަމެއް. މާނައަކީ: އަމީރާ / ޤައުމުގެ ޝަރަފުވެރި މާތް އަންހެނާ / ވެރިޔާ  / އިބްރާހީމްގެފާނުގެ އަނބިކަނބަލުން، އަދި އިސްޙާޤުގެ މަންނާފުޅު

ސާޠިޢާ : ވިދާ ބަބުޅާ

ސާކިނާ : ހިމޭންވެފައިވާ / ގޭގެ ވަޒަންވެރިޔާ

ސާލިމާ : އައިބެއް ނެތް / ސަލާމަތްކަން ހުރި / ބަލިނުން / ރައްކާތެރިވެވިފައިވާ

ސާމިޙާ : މަޢާފުކުރާ މީހާ / ދީލަތި މީހާ

ސާމިޔާ  : މަތިވެރި / ޤަދަރުވެރި / ޝަރަފުވެރި / އުފުލިފައިވާ / އުސް

ސާމިރާ : ރޭގަނޑު ވާހަކަ ދައްކަން ހުންނަ މީހާ

ސާރިޔާ : ރޭގަނޑުގެ ވަގުތުގައި އަންނަ ވިލާގަނޑު / ރޭގަނޑުވެހޭ ވާރޭ / ރޭގަނޑު އަންނަ..

ސާނިޙާ :  ބަރަކާތް /ކަނާތްފަރާތުން އަންނަ / ފުރުސަތު /

ސާހިރާ : ހޭލާ ހުންނަ މީހާ / ދުވެދުވެ އޮންނަ ފެންގަނޑު

ސަބްލާ(އު) : މި ބަސް އަންހެނަކަށް ނިސްބަތް ކޮށްފިނަމަ މާނައަކީ، ތުންފަތް މަތީ

އިސްތަށި ހުންނަ އަންހެނާ / މި ބަސް ލޮލަށް ނިސްބަތް ކޮށްފިނަމަ މާނައަކީ،

އެސްފިޔަ ދިގު ލޯ

ސަޖްވާ(ޔ) : މަޑުމައިތިރި / ހިމޭން

ސަޖީދާ : ކިޔަމަންތެރިކަން ބޮޑު /  ސަޖިދަޖެހުން ގިނަ މީހާ

ސަޖޫދާ : ކިޔަމަންތެރިކަން ބޮޑު /  ސަޖިދަޖެހުން ގިނަ މީހާ

ސަޙާބް : ވިލާ

ސަޙަރް : ރޭގަނޑުގެ ފަހުވަގުތު

ސަޚާ(އު) : ދީލަތިކަން

ސަޚިއްޔާ : ދީލަތި މީހާ

ސަދާ(ޔ):  ޝަބްނަމްތިކި

ސަދްފާ :  އަނދިރިކަން / އަލިކަން (އިދިކޮޅު ދެ މާނައިގައި ބޭނުންކުރެވޭ ބަހެއް)

ސަރްވާ : ޝަރަފްވެރިކަމާއި ދީލަތިކަން

ސުދާ : ދިވެހިން މި ނަން ކިޔައި އުޅެނީ ހިންދީ ނަމެއްގެ ގޮތުގައި. މާނައަކީ މަލުގެ ފޮނި. ޢަރަބިން

މާނަބަލައިފިއްޔާ އަންނަނީ ތަފާތު މާނައެއް އެއީ، ބޭކާރު ކޮށްލެވިފައިވާ / ބޭކާރުކޮށް ދޫކޮށްލެވިފައިވާ

ސަރިއްޔާ : ޝަރަފްވެރި / ޤަދަރު މަތީ / ކުޑަ ކޯރު / ލަޝްކަރުގެ ބްރިގޭޑް

ސުޢާދް : އުފާވެރިކަން / ބަރަކާތް

ސަޢްދިއްޔާ : އުފާވެރިޔާ/  ނަސީބުވެރިޔާ / ބަރަކާތްތެރިޔާ / ހިތްހަމަޖެހޭ މީހާ

ސަޢްދާ : އުފާވެރި/  ނަސީބު / ބަރަކާތް / ހިތްހަމަޖެހުން

ސަރާ(ޔ) : ރޭގަނޑުގެ ވަގުތުގައި ހިނގުން

ސަޢީދާ : އުފާވެރިއާ

ސަކީނާ : މަޑުމައިތިރިކަން / ހިތް ހަމަޖެހުން

ސުލްޠާނާ : ރަނިކަމަނާ

ސުންދުސް : އޮމާން ފަށުއިގެ ބާވަތަކަށް ކިޔާނަމެއް

ސުޢްދާ : އުފާވެރިކަމާއި ބާއްޖެވެރިކަން

ސަލްމާ :  އައިބެއް ނެތް / ސަލާމަތްކަން ހުރި / ބަލިނުން

ސަލްވާ : ފަސޭހަ ދިރިއުޅުން / މާމުއި / ދޫންޏެއް / ހިތްހަމަ ޖައްސައިދެ ކޮންމެ އެއްޗެއް

ސަލްސަބީލް : ސުވަރުގޭގެ ފެން އާރެއްގެ ނަން / ބާރަށް ދެމިދެމި އޮންނަ ކޮންމެ މީރު ފެން އާރަކަށް ކިޔޭ ނަމެއް

ސަލްސަބީލާ : ސަލްސަބީލް

ސަލީމާ : އައިބެއް ނެތް / ސަލާމަތްކަން ހުރި / ބަލިނުން

ސަމާ(އ) : އުޑު/ އުސް / މަތި / މަތިވެރި މަޤާމު

ސަމަން : ފާރިސީ ނަމެއް- މާނައަކީ ހުވަނދުމާ

ސަމާޙް : މާފުކުރުން / ދީލަތި

ސަމާހިރު : ސަމްހޫރު ގެ ގިނަ ގޮތް . މާނައަކީ ހަރު ވަރުގަދަ ލޮންސި

ސަމްޙާ : ފަސޭހަ ކަމާއި ލުއިކަން

ސަމްޙާނާ : ގިނަގިނައިން މައާފުކުރާ މީހާ އަދި ގިނަގިނައިން ދީލަތިވާ މީހާ

ސަމާޙަތު : މާފު / ދީލަތި

ސަމާޙާ (ތ) : މާފު / ދީލަތި

ސަމާނާ : މިއީ ޢިބްރީ ނަމެއް، މާނައަކީ އަތަރު، މީރުވަސް

ސަމީޙާ : ދީލަތި މީހާ / މާފު ކުރާ މީހާ

ސަމީނާ : ފަލަ ސަމައްތަރު ހެޔޮ / މުޑުވަތް ރަނގަޅު ބިން

ސަމްރާ(އު) : އޮޅަލި ކުލައިގެ ކުއްޖާ

ސުމައިރާ(އު) : ސަމްރާގެ ކުޑަގޮތް

 

ސަމީރާ :  ރޭގަނޑު ވާހަކަ ދައްކަން އެކުގައި ހުންނަ މީހާ / އޮޅަލިކުލައެއްގެ މީހާ

ސަމިއްޔާ : މަތިވެރި / ފަޚްރުވެރި

ސަނާ(އު) : އަލިކަން / މަތިވެރި / ޝަރަފްވެރި / އުސް

ސަޕްނާ : ހުވަފެން (ހިންދީ)

ސުހާ : ފަނޑު ތަރިއެއް

ސުހާނާ :  ޗާލު، ރީތި / ހިތްގައިމު  (އުރުދޫ)

ސުޝީލާ : ރީތި އަޚްލާޤެއްގެ ވެރި (ހިންދީ)

ސުނީލާ : ރީތި އަޚްލާޤެއްގެ ވެރި (ހިންދީ)

ސުޝްމާ : ޗާލު އަންހެނާ

ސޫރާ : ސޫރަތް / ރީތި ދިގު އިމާރާތް / މެތިވެރި މަޤާމް / އަލާމާތް

ސޫޒާން : ލޮޓަސް މާ (މިއީ މި މަލަށް ތުރުކީ އަދި ފަރަންސޭސި ބަހުން ކިޔޭގޮތެވެ. ޢަރަބިން ކިޔަނީ ސައުސަން އެވެ.) (ފާރިސީ ބަހުގައި ސޫޒާން ގެ މާނައަކީ ރޯވެ އެނދުމެވެ. އަދި  ޢާޝިޤަށް ވެސް މިހެން ކިޔައެވެ.)

ސައުޝަން : މިއީ ސައުސަން މި ނަން ބަދަލުވެގެން ކިޔޭ ގޮތެކެވެ.

ސުހާދް : ނިދިމަދު / ވަރުބަލިކަން

ސުބްޙާ : ތަސްބީހަ ފަތި

ސަހްލާ : ފަސޭހަ / ފަސޭހަކަން / ހަރުކަމާއި ކުރަކިކަންނެތުން

ސަހްރް : ހަނދު / ނުނިދާ ހޭލާހުރުން

ސުހައިރް : ނިދިމަދުވެފައި

ސަނިއްޔާ : ޤަދަރާއި މަޤާމު މަތިވެރި / ވިދާ ބަބުޅާ

ސުހައިލާ : ސުހައިލް ގެ އަންހެން ގޮތް، ސުހައިލްގެ މާނައަކީ އުޑުގައިވާ އަލިގަދަ ތަރިއެއް / ސަހްލާ ގެ ކުޑަގޮތް

ސުހައްޔާ : އަލިފަނޑުތަރި (ސުހާގެ ކުޑަގޮތް)

ސައުސަން : ލިލީ ގަސް

ސީމާ : ޢަލާމާތް / ބުރުސޫރަ

ސިހާމް : ދުނިތައް

ސިތާރާ: ތަރި (އުރުދޫ/ ފާރިސީ)

ސޯނިއާ : ބުއްދިވެރި (ޔޫނާނީ)

ސޯފިއާ : ބުއްދިވެރި (ޔޫނާނީ)

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.