އަންގާރަ20171107

އާކުރެވުނީ: 09:46:14

މ - م

އ   ބ   ތ   ޘ   ޖ   ޙ   ޚ   ދ   ޛ   ރ   ޒ   ސ   ޝ   ޞ   ޟ   ޠ   ޡ   ޢ   ޣ   ފ   ޤ   ކ   ލ   މ   ނ   ހ   ވ   ޔ

މާޖިދާ : މަތިވެރި / ޢިއްޒަތްތެރި / ގަދަ މީހާ

މާދިޙާ : މަދަޙަކިޔާ މީހާ / ތައުރީފުކުރާ މީހާ

މާރިޔާ : ރީތި ދޮން އަންހެންކުއްޖާ / ފުއްލާގެ ވައްތަރެއް / ކީރިތި ރަސޫލާގެ ޖާރިޔާއެއްގެ ނަން (އެކަމަނާ އަކީ އަނބިކަނބަލެއް ކަމަށް ވެސް ބުނެވޭ)

މާނިޙާ : ދޭ މީހާ (އެއްޗެއް ދޭ މީހާ)

މާޒިނާ : ވާރޭވެހޭ ވިލާ / އަލިމޫނެއްގެ ވެރި / ދީލަތި

މާއިސާ :  ޗާލު ނަލަ / ފަޚުރުވެރި ހިނގުމެއްގެވެރިޔާ

މައާލް : ނިމިދާތަން

މާހިރާ : ހުނަރުވެރި / މޮޅު

މާހިލާ : ހެޔޮކަމުގައި ކުރިއަރައިދާ މީހާ

މަޖީދާ : މަތިވެރި މީހާ / ޢިއްޒަތްތެރި މީހާ / ގަދަ މީހާ

މުޙްސިނާ : ދީލަތި މީހާ / ހެޔޮ ކަންތައް ކުރާ  މީހާ / އިޙްސާންތެރި މީހާ

މުދްރިކާ : ފުރާވަރަށް އެޅި ކުއްޖާ / ކަންކަން ދަންނަ މީހާ

މުރްސިލާ : ފޮނުވާ މީހާ

މުރީދާ : ކަމެއް ބޭނުންވާ މީހާ / ޞޫފީންގެ ފުރަތަމަ ދަރަޖަ

މުޢުތަޞިމާ : ނުބައިކަންތަކުން ދުރުވެ ރައްކާތެރިވެ ހުންނަ / ރައްކާތެރިވެ ހުންނާ މީހާ

މަޙްފޫޡާ : ރައްކާތެރިކުރެވިފައިވާ

މަޙްސޫނާ : ރީތި ސިފަތަކުގެ ވެރިޔާ

މަރްޒޫޤާ : ނަސީބުވެރި /  ރިޒުޤު ތަނަވަސް

މަޙްމޫދާ : ޘަނާ ކިޔެވޭ ފަދަ ރީތި ސިފަތަކެއްގެ ވެރިއާ

މަބްރޫކާ : ބަރަކާތްތެރި / އިތުރު

މަފްލޫޙާ : ކާމިޔާބުކުރާ މީހާ / ދިންނެވޭ މީހާ

މަނޫޙާ :  ގިނަގިނައިން މީހުންނަށް އެއްޗެހި ހިބަކޮށް ދޭ މީހާ

މަބްސިމް : ހިނިތުން

މަޙާސިން : މީހެއްގެ ގައިގާ ހުންނަ ރީތި ސިފަތައް

މަދީޙާ : މަދަޙައާއި ސަނާ ކިޔޭ މީހާ

މުރާދާ : އެހެންމީހުންނަށްވުރެ މޮޅު / އެ މީހަކަށް ނުވަތަ އެއްޗަކަށް

މުރޫއާ : މުރުއްވަތްތެރިކަން

މަރަޙް : މަޖާ / އުފާ

މަރާމް : މަޤްޞަދު / ބޭނުން / ލަނޑުދަނޑި

މުރްޝިދާ : މަގުދައްކައިދޭ މީހާ

މަރްމަރް : ސަންގުމަރުމަރު

މަރްޖާން : މުރަކަ

މައިމަނާ : ކަނާތްފަރާތް / ބަރަކާތް

މަރްވާ(ތ) : މީރުވަސް ދުވާ ގަހެއް / ހަރުހިލައެއް

މަރްވާ(ޔ) : ފެންބޯން ލިބޭތަން

މަޖްދާ : މަތިވެރިކަން / ޢިއްޒަތްތެރިކަން / ގަދަކަން

މަރްޔަމް : ޢީސާގެފާނުގެ މަންމާފުޅު

މުޒްނު : ވާރޭ ހުންން ވިލާ

މުޒްނާ : ވާރޭ ހުންން ވިލާ

މުޒައިނާ : މުޒްނުގެ ކުޑަގޮތް، މާނައަކީ : ވާރޭ ހުންން ވިލާ

މިއްނާ : މީހަކަށް ވެދޭ އިޙްސާންތެރިކަން

މިއްނަތުﷲ : ﷲ ވެ ދެއްވާ އިޙްސާން

މަޒްޔޫނާ : ޒީނަތްތެރިކޮށް ޗާލު ކުރެވިފައިވާ

މިޒްޔާން : ރީތި ކުއްޖާ / ނުހަނު ޒީނަތްތެރިވެގެން ހުންނަ މީހާ

މަޒްޔޫނާ : / ނުހަނު ޒީނަތްތެރި ކުރެވިފައިވާ

މަޒިއްޔާ : އެހެން މީހުންގެ ގައިގާ ނުހުންނަ އޭނާގެ ގައިގާ ހުންނަ ފާހަގަކުރެވޭ ރީތިސިފަ

މަސްރޫރާ : އުފާވެރި

މަސްޢޫދާ : އަބަދުވެސް އުފާވެރި / ނަސީބުވެރި / ބަރަކާތް ލިބިފައިވާ

މަޢްޞޫމާ : ރައްކާތެރިކުރެވިފައިވާ / އެއްގޮތަކަށްވެސް ކުށްފާފަ ނުކުރާ

 

މަޘްވާ : މަންޒިލް

މިޝްކާ(ތ) :ފާނޫޒު ނުވަތަ ބައްތީގެ ހުޅުކޮޅުޖަހާފައިހުންނަ ވޮށް

މަޝާޢިލް : މިޝްޢަލްގެ ގިނަ ގޮތް ، މާނައަކީ : ބައްތި / ދަންމަރު / އަލިފާން ރޯކުރާ

އެތި

މަޝާޢީލް: މިޝްޢަލް މި ބަސް ގިނަކުރުމުގެ ގޮތުން ބޭނުން ކުރެވޭ ގޮތެއް.

މުޢީނާ : އެހީތެރިޔާ

މުޖީބާ : ގޮވާލުމަށް އިޖާބަދޭމީހާ

މުފްލިޙާ : ކާމިޔާބުމީހާ / ދިންނެވޭ މީހާ

މުފީދާ : ފައިދާހުރި

މަކާރިމް : ރީތި ކަންތައްތައް / ރީތި ސިފަތައް

މަލާކް : މަލާއިކަތް / ތާހިރު

މަލަކާ : ހުނަރު / ފިޠުރަތުގައި ހުންނަ ސިފަތައް

މަލްސާ(އ) : އޮމާން (އަންހެން ކުއްޖަކަށް ނިސްބަތް ކުރުމުން މާނައަކީ އޮމާން ރީތި

ކުއްޖާ)

މުސްލިމާ : މުސްލިމު އަންހެނާ

މުސައްލިމާ : ކިޔަމަންގަނެ ބޯ ލަނބާ މީހާ

މުސްޢިދާ : އެހެން މީހުން އުފާކޮށްދޭ މީހާ

މަލިކާ : ރާނީ

މަލީކާ: ރާނީ

މުލައިކާ : ރާނީ (މަލިކާގެ ކުޑަގޮތް)

މަލީޙާ  ރީތިކަމާއި ޗާލުކަން ލިބިގެންވާމީހާ

މުލައިޙާ : މަލީޙާ ގެ ކުޑަ ގޮތް

މަމްދޫޙާ : ސަނާކިޔޭފަދަ ރީތިސިފަތަކުގެ ވެރިޔާ

މަކްނޫން : ފޮރުވި ރައްކާތެރިކުރެވިފައިވާ

މަޞޫން : ރައްކާތެރިކުރެވިފައިވާ

މަންވާ(ޔ) : މަޤުޞަދު / ލަނޑުދަނޑި

މަންހަލް : ފެން ލިބޭތަން

މުނާ : ބޭނުންވާ ގޮތް / އެދޭކަންތައްތައް

މަނާލް : ޙާޞިލުވާ އެއްޗެއް

މަނާރް : އައްޔެއްގެ މަސްދަރު / މަގުދައްކައިދޭން ޖަހާފައި ހުންނަ ބައްތި

މަސާރް : މަގު / އެއްޗެއް ނުވަތަ ކަމެއް ދާންވާ ގޮތް

މުންތަހާ : ނިމުން / އެއްމެފަސް

މުންޞިފާ : އިންސާފުކޮށްދޭ މީހާ / ޢަދުލުވެރިޔާ

މުންޢިމާ : މީހުންނަށް އިޙްސާންތެރިވާ މީހާ / ނިޢްމަތެއް ދޭ މީހާ

 

 

މަންޝޫދާ : ބޭނުންވެފައިވާ / އެދެވޭ

މަންދޫޙާ : ތަނަވަސް ފުޅާ

މަންސިމް : އަލާމާތް / މަގު

މަންޝަމް : މީރުވަސްދުވާ އޮށެއް

މައިޘާ(އ) : ތަނަވަސް ދިރިއުޅުމެއް އުޅޭ މީހާ / ރަނގަޅު ބިން

މައިޝާ : މިއީ މަޢީޝާ މި ބަސް ފުރޮޅައިގެން ނުބައިކޮށް މީހުން ކިޔާ ނަމެއް. މަޢީޝާ ގެ މާނައައަކީ ދިރިއުޅުން

މުނީފާ : އުސް، މަތި / އިސްކޮޅާއި ސިފަ ރީތި އަންހެނާ

މުނީބާ : ތައުބާވާ މީހާ / ބޯވާރޭ

މުނީރާ : : ވިދާ / ދިއްލިފައިވާ މީހާ / ރީތިމޫނު

މަހާ(ތ) : ފުއްލާގެ ވައްތަރެއް(ވަލު ބަކަރި)، އެ ސޮރު މަޝްހޫރުވެފައި ވަނީ ލޮލުގެ

މަޙާސިން : މީހެއްގެ ކިބައިގައި ހުންނަ ރީތި ސިފަތައް / ހުންނަ ހެޔޮކަންތައް

ރީތިކަމަށް / ރީތިލޮލެއްގެ ވެރިޔާ / ބިއްލޫރި

މަހްދިއްޔާ : ތެދުމަގު ލިބިފައިވާ މީހާ

މައުޖޫދާ : ނެތުމުގެ އިދިކޮޅު

މުއުނިސާ : ހިތްހަމަ ޖައްސައިދޭ މީހާ / އެކަނިވެރިކަން ފިލުވައިދޭ މީހާ

މޫނިސާ : މުއުނިސާ މި ނަން ދިވެހިން ބަދަލުކޮށްގެން ކިޔައި އުޅޭ ގޮތެއް

މައިސް : ފަރި  ގޮތަކަށް ހިނގުން  / ހިކި މޭބިސްކަދުރުގެ ބާވަތަކަށް ކިޔާ ނަމެއް

/ ގަހަކަށް ވެސް ކިޔާ ނަމެއް (ދިވެހިން އެއީ ކޮން ގަހެއް ކަމެއް ނޭނގޭ)

މީސަމް : ޢަލާމާތް / ރީތިކަން

މައިސާ(އު) : ޗާލު ނަލަ / ފަރި ހިނގުމެއްގެވެރިޔާ (ޢަރަބި ބަހުން މިބަސް ބޭނުން

ކުރަނީ ރީތި ފޮނި ގޮތަކަށް ހިނގުމަށެވެ. މިސާލަކަށް އެ ސިންގާ ނުވަތަ އަސް އެއީ

''މައްޔާސް'' އެކޭ ބުނެފިނަމަ މާނައަކީ އެ އަސް ނުވަތަ ސިންގާ ހިނގަނީ ވަކި

ތަރުތީބަކަށް ފައި އަޅަމުން ފަރިކަމާއެކުގައެވެ. އަންހެނުން ވެސް އެ މީހުން އެ

ހިނގާ ފޮނި ގޮތަށް ހިނގީމާ އެއީ މައިސާ އެކޭ ބުނެއެވެ.)

މައިސާން : އަލިގަދަ ކޮންމެ ތަރިއެއް / ފަރި ހިނގުމެއްގެވެރިޔާ

މީސަމް :ޢަލާމާތް / އަންހެނާގެ ރީތިކަން

މައިސޫން : ރީތިމޫނަކާއި ރީތި އިސްކޮޅެއްގެ ވެރި

މައިމޫނާ : ބަރަކާތްލިބިފައިވާ

މައިސަރާ : ވާތްފަރާތް / ފަސޭހަކަން / މުއްސަނދިކަން / ތަނަވަސްކަން

މިސްކް : ގޮމަކަސްތޫރި

މެހެނާޒް/ މަހްނާޒް :  ހަނދުގެ ފަޚުރު (ފާރިސީ)

 

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.