ހުކުރު20171110

އާކުރެވުނީ: 09:46:14

ބ - ب

އ   ބ   ތ   ޘ   ޖ   ޙ   ޚ   ދ   ޛ   ރ   ޒ   ސ   ޝ   ޞ   ޟ   ޠ   ޡ   ޢ   ޣ   ފ   ޤ   ކ   ލ   މ   ނ   ހ   ވ   ޔ

ބާސިލާ : ހިތްވަރުގަދަ އަންހެންކުއްޖާ

ބާސިމާ : ހިނިތުންވާ މީހާ

ބާދީ : އެއްޗެއްގެ ފުރަތަމަ / ވިސްނުންތެރި

ބާހިރާ : އަލިގަދަ / މޮޅު / ރީތި

ބާނާ : އިސްތިވާއީ ސަރަހައްދުގައި ހެދޭ ރީތި ދިގު ގަހެއް . (އަންހެނުންނަށް މި ނަން ނިސްބަތްކޮށް

ސިފަކުރެވެނީ، އެ ކަނބަލުންގެ އިސްކޮޅާއި ބައްޓަން ރީއްޗޭ ބުނުމުގެ ގޮތުން)

ބަތުލާ (އ) : ޖެހިލުން ނުވާ ޢަޒުމްވަރުގަދަ އަންހެނާ

ބަތޫލް : ކައިވެނި ކުރުން ފަދަ ހުރިހާކަމަކުން ދުރުވެ، ﷲ އަޅުކަންކުރަން ހުސްވެ ހުންނަ ޒާހިދު މީހާ / މަރްޔަމްގެފާނަށް ''އަލްބަތޫލް'' އޭ ކިޔެއެވެ. އެއީ އެ ކަމަނާ، ކައިވެންޏާ ދުރުވެވަޑައިގެން، ﷲ އަށް އަޅުކަން ކުރުންމަތީ ދެމިހުންނެވީމައެވެ.

 

ބަތީލް، ބަތީލާ : ކައިވެނި ކުރުން ފަދަ ހުރިހާކަމަކުން ދުރުވެ، ﷲ އަޅުކަންކުރަން ހުސްވެ ހުންނަ މީހާ / މޭވާ

އެލިފައިވާ ގަސް / ހިމަ އުނަގަނޑު

ބަދްރާ : ދިހަހާސް ދިރުހަމް / ގިނަ ފައިސާ / ފައިސާ އަޅާ ކޮތަޅު

ބަދްރް : ސާދަވިލޭރޭގެ ހަނދު

ބަދްރިއްޔާ : ބަދްރު (ފުރިހަމަ ހަނދު) އަށް ނިސްބަތްކޮށް

ބަދީޢާ : އާދަޔާއި ޚިލާފަށް ރީތި އަންހެނާ / އަލަށް އެއްޗެއް އުފައްދާ މީހާ

ބަރްޝާ : ހަމުގެ ކުލައާއި ތަފާތު ތިކިތަކެއް ހުންނަ

ބަރަކާ : ބަރަކާތް / އިތުރުވެ ގިނަވުން

ބަރާ(އު) : ބަރީއަ، ކުށެއް ނުކުރާ މީހާ / މަހެއްގެ ފުރަތަމަ ރޭ ނުވަތަ ފަހުރޭ

ބަރާޢިމް :  ޅަ ނިރު /  ނުފޮޅޭ މާ

ބަޒްލާ(އ) : ބުއްދިވެރި، ކަންކަމުގައި ރައުޔު ރަނގަޅު އަންހެނާ

ބަޘްނާ : ދޮން ރީތި އަންހެނާ

ބުޘައިނާ :  ބަޘްނާ ގެ ކުޑަ ގޮތް

ބަސީނާ : ބުރުސޫރަ ރީތި އަންހެނާ

ބަސްމާ : ހިނިތުން

ބަސޫމް : ގިނައިން ހިނިތުންވާ މީހާ، އުފާވެފައި ހުންނަ މީހާ

ބަސްމަލާ : ބިސްމި

ބަސީމާ : ގިނައިން ހިނިތުންވާ މީހާ، އުފާވެފައި ހުންނަ މީހާ

ބަސާލާ : ހިތްވަރުގަދަކަން

ބަޝާޝާ : މޫނުގެ އުޖާލާކަން / މޫނުގައިވާ އުފާވެރިކަން

ބަޝާމާ : މީރުވަސްދުވާ ގަހެއް

ބުޝްރާ : އުފާވެރި ޚަބަރު

ބަޝީރާ : އުޖާލާ ރީތިމޫނެއްގެ ވެރި / އުފާވެރިޚަބަރު ދޭމީހާ

ބަޝާރާ : ރީތި، ނަލަ / އުފާވެރި ޚަބަރު

ބަޞީރާ : ރަނގަޅަށް ފެންނަ މީހާ / ދުރުފެންނަ ވިސްނޭ މީހާ

ބަލްޤީސް : ސުލައިމާންގެފާނު ދުވަސްވަރު ޔަމަނުގެ ސަބައުގެ ރަނިކަމަނާ، ފަހުން ސުލައިމާނުގެފާނަށް އީމާންވެވަޑައިގަތް.

ބުލްބުލް : އަޑު ރީތި  ކަމަށް މަޝްހޫރު ދޫންޏެއް

ބަނާން :  އިނގިލިތަކުގެ ކޮޅު

ބަނާނާ : އިނގިލީގެ ކޮޅު

ބަޔާން : ހާމަކަން ބޮޑު، ބަޔާންކަން

ބުނާނާ : ފެހިބަގީޗާ

ބަހާ : ރީތި، ނަލަ

ބަހާރް : ރީތިކަން / މީރުވަސްދުވާ ގަހެއް / ބަހާރު މޫސުމް (އުރުދޫ، ދިވެހި)

ބަހްޖާ : އުފާވެރިކަން / ރީތިކަން / ނަލަކަން

ބަހިއްޔާ : ސިފަރީތި ނަލަމީހާ / ވިސްނުންތޫނު

ބަހީރާ : ޤަދަރުވެރި އަންހެނާ / ދީލަތި

ބައިޟާއު : ހުދު، ދޮން، ސާފު، ތާހިރު

ބައިޟޫން : ދޮން ރީތި ކުއްޖާ

 

 

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.