އަންގާރަ20171107

އާކުރެވުނީ: 09:46:14

އ - ا

އ   ބ   ތ   ޘ   ޖ   ޙ   ޚ   ދ   ޛ   ރ   ޒ   ސ   ޝ   ޞ   ޟ   ޠ   ޡ   ޢ   ޣ   ފ   ޤ   ކ   ލ   މ   ނ   ހ   ވ   ޔ

އާސިޔާ : ފިރިޢައުނުގެ ދަށުގައި ހުންނެވި ޞާލިޙް އަނބިކަނބަލުން، އެ ކަމަނާއަށްޓަކައި ސުވަރުގޭގައި ގަނޑުވަރެއް ބިނާ ކުރެވިފައިވެއެވެ. / ފަރުވާދޭ އަންހެނާ / މުޑި

އާޞާލް : ޢަޞްރާއި މަޣްރިބާއި ދެމެދުގެ ވަގުތު

އާލާ (އު) : ނިޢްމަތްތައް

އާމާލް : އަމަލް ގެ ގިނަ ގޮތް، މާނައަކީ އުއްމީދުތައް / އެދޭ އެދުން

އާނާ (އު) : ވަގުތު ( މިސާލަކަށް އާނާއު އައްލައިލް ގެ މާނައަކީ ރޭގަނޑުގެ ވަގުތުގައި)

އާނާ (އު) : އަނާއުގެ އެހެން މާނައެއް. މާނައަކީ، ރުޅިމަޑުކަން

އާނިސާ : އޭނާއާއި އެކުގައި އުޅޭ މީހާގެ އެކަނިވެރިކަން ފިލައިދާ މީހާ / އެކުވެރިޔާ / ބައިވެރިޔާ / މުނިއަވަސް ފިލުވައިދޭ މީހާ

އާސީ : ހިތާމައިގައި ބައިވެރިވެ، ހަމްދަރުދީވާ މީހާ

 

އާރާ (އު) : ރައުޔުގެ ގިނަ ގޮތް، މާނައަކީ ފެންނަ ގޮތް ، ދެކޭ ގޮތް

އާފްރީން : އެންމެ ރީތި / ސާބާސް

އާރާމް : ރިއުމް އަދި ރީމް ގެ ގިނަ ގޮތް ، މި ދެބަހުގެ މާނައަކީވެސް ހުދު ފުއްލާ

އާމިނާ : ހިތްހަމަޖެހިފައިވާ މީހާ / އަމާން / ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ މަންމާފުޅުގެ ނަން (އާމިނަތު ބިންތު ވަހުބު)

އާޔާ : ޢަލާމާތް ، ދަލީލު

އާޝާ : އުންމީދު (ހިންދީ)

އާޔާތު : އާޔާ ގެ ގިނަ ގޮތް

އަބްހާ (ޔ) : ރީތި ކަމާއި ޗާލުކަން / އެންމެ ރީތި ޗާލު

އަބްކާރް : މިއީ ބިކުރު މި ބަހުގެ ގިނަ ގޮތް ، ބިކުރު ގެ މާނައަކީ ބިކުރުވެރި އަންހެން

ކުއްޖާ / ކޮންމެ އެއްޗެއްގެ ވެސް އާ އެތި

އަބްލާ : ބޭނުން، އެދުން

އަބްރާރް : މިއީ '' ބާއްރު '' ގެ ގިނަ ގޮތް ، މާނައަކީ ޞާލިހު ރަނގަޅު މީހާ،

ހެޔޮކަން ގިނަ މީހާ،

އަބިއްޔާ : ނަފްސު ޢިއްޒަތްތެރި/ ނިކަމެތިކަން ޤަބޫލުނުކުރާ

އިބާނާ : ހާމަކޮށް ދިނުން ، ސާފުކޮށް ދިނުން ، އޮޅުން ފިލުވައި ދިނުން

އަބްޔާން: ހާމަ، ސާފު، ދޫ ހެލޭ

އަރްމާ(އު) : ރަމިއްޔު ގެ ގިނަ ގޮތް، މާނައަކީ: ތިކި ބޮޑު ވާރޭ ވެހޭ ވިލާގަނޑު

އިބްތިސާމް : ހިނިތުން

އިބްތިސާމާ : ހިނިތުން

އިބްތިހާލް : މަޑުމޮޅިކަމާއި އެކު ﷲ އަށް ކުރާ ދުޢާ

އިބްތިހާޖް : އުފާވެރިކަން

 

 

އިބްތިހާ(އ) : ފަޚުރުވެރިވުން

އިބްތިލާލް : ބަލިން ޝިފާވުން ، ފެނުން ތެތް ވުން

އިބްރައިސަމް : އެންމެ މޮޅު ފަށުވި ( ފާރިސީ ބަހެއް )

އިބްދާ(އ) : ހާމަކޮށް ދިނުން ، ފާޅުކުރުން

އިބްދާރް : ހަނދުވަރު ރެއެއްގައި ދަތުރު ކުރުން

އިބްހާ(އ) : ރީތި ކަމާއި ޗާލުކަން

އިޘްރާ(އ) ފައިސާގެ ތަނަވަސް ކަމާއި މުއްސަނދިކަން

އަޘާލް : ވާރުތަވެފައިވާ ފައިސާއާއި މަތިވެރިކަން

އަޘީލް : މީހާއަކީ ކޮން އަސްލެއްގެ ކޮން ހަސަބެއްގެ މީހެއްކަން އެނގޭ

ޝަރަފުވެރި މީހާ (ފިރިހެން)

އަޘީލާ : މީހާއަކީ ކޮން އަސްލެއްގެ ކޮން ހަސަބެއްގެ މީހެއްކަން އެނގޭ

ޝަރަފުވެރި މީހާ (އަންހެން)

އަޘީން : އަސްލު ރަނގަޅު މީހާ

އަޖްލާ(ޔ) : '' ޖަލްވާ '' މި ބަހުން ނެގިފައި، މާނައަކީ ރީތި މޫނު / ފާޅުކަން ބޮޑު

އަބިއްޔާ : ނިކަމެތިކަން ޤަބޫލުނުކުރާ މީހާ / ޤަދަރުވެރި އަންހެނާ

އާމަލް : އުއްމީދު/ އެދޭ އެދުން

އިޙްތިޝާމް : ޢިއްފަތްތެރި / ލަދުވެތި / ފޮރުވިރައްކާތެރިވުން

އިޙްސާސް : އިހުސާސް ، އެނގުން

އަޙްލާމް : ހުވަފެންތައް (ޙުލްމު ގެ ގިނަ ގޮތް) / ބުއްދިވެރި ، އަދި ރުޅި އިސްނުކުރާ މީހާ (ޙިލްމު ގެ ގިނަ ގޮތް)

އަޙްލާ (ޔ) : މިއީ ޙުލްވު މި ބަހުން ނެގިފައިވާ ބެހެއް، މާނައަކީ އެންމެ ފޮނި / އެންމެ މީރު/ އެންމެ ރީތި

އަޢްޞަމް : އެންމެ ރައްކާތެރިވެފައިވާ

އިރާދާ : އިރާދަ ، ކަމެއް ކުރަން ބޭނުންވާ ވުން

އިރްތިވާ(އ) : ކަރުހިއްކުން ފިލާވަރަށް ފެން ބުއިން

އިރްވާ(އ) : ކަރުހިއްކާ ވަރަށް ފެން ދިނުން

އަދްފާ: ތާފަނާކަން ބޮޑު

އަރީޖް : މީރު ވަސް

އަރްވާޙް : މަޑުވައި / ރޫޙުތައް (ރޫޙް ގެ ގިނަ ގޮތް)

އަރްވާ (ޔ) : މި ބަސް ކަމެއްގެ ގޮތުގައި ބޭނުންކޮއްފިޔާ މާނައަކީ: ކަރުހިއްކުން ފިލާވަރަށް ފެންބުއިން / ނަމެއްގެ ގޮތުގައި ބޭނުންކޮށްފިއްޔާ މާނައަކީ: ވަލުބަކަރީގެ އަންހެން ވައްތަރު / އަދި އަރްވާ ބިންތު ޙާރިޘް އަކީ ޞަޙާބީ ބޭކަނބަލެއް / އަރްވާ ބިންތު ޢަބްދުލްމުއްޠަލިބް އަކީ ރަސޫލު -ޞައްލައްﷲ ޢަލައިހި ވަސައްލަމަ- ގެ ބޮޑުދައިތާފުޅެއް/ އަދި ޢުޘްމާނުގެފާނުގެ ދަރިކަނބަލަކަށް ވެސް އަރްވާ ކިޔާ.

އަރޫމާ : އެއްޗެއްގެ އަސްލު / ޙަސަބާއި ނަސަބު

އަރޫމް : އެއްޗެއްގެ އަސްލު / ޙަސަބާއި ނަސަބު

އަޒްހާރް : މައުތައް

އަޒްޔާން : ޒީނަތްތައް

އަޒްހާ : މިއީ '' ޒަހާ '' މި ބަހުން ނެގިފައިވާ ބަހެއް، މާނައަކީ މާ ފޮޅުން / ދިއްލުން / ސާފުވުން / ބޮޑުވުން

އިސްރާ(އު) : ރޭގަނޑު ހިނގުން ނުވަތަ ރޭގަނޑު ދަތުރު ކުރުން ނުވަތަ ތަނަކަށްދިއުން

އަސްމާ(ޔ) : އެންމެ މަތިވެރި / އެންމެ ޝަރަފުވެރި

އަސްމާ(އު) : މަތިވެރި / ޝަރަފުވެރި / ޤަދަރުވެރި / މި ނަން ކިޔާ ޞަޙާބީބޭކަނބަލުންގެ ތެރޭގައި: އަސްމާއު ބިންތު އަބީބަކުރު، އަސްމާއު ބިންތު ޢުމައިސް ހިމެނިވަޑައިގަންނަވާ/ އަދި މިއީ އިސްމު ގެ ގިނަ ގޮތް ވެސް މެ، މާނައަކީ: ނަންތައް

އަސްޙާރު : ސަޙަރް ގެ ގިނަ ގޮތް، މާނައަކީ ހާރު ދަން

އަޔާ : އަލި *

އަސީލާ : ހަމަ ، އޮމާން

އަސީލް : ހަމަ ، އޮމާން

އަސްރާރް :  ސިއްރުތައް

 

 

 

އުސްވާ (ތ) : ރަނގަޅުކަމުގެ މިސާލަކަށްބެލޭ މީހާ / ނަމޫނާ މީހާ

އުޝްނާން : ގަހަކަށް ކިޔާ ނަމެއް

އަޞާލާ : އެއްޗެއްގެ އެންމެ މޮޅު / ޝަރަފާއި ނަސަބު ރަނގަޅު

އަޞީލާ : ނަސަބާއި ޙަސަބާއި އަޞްލު ރަނގަޅު ކުއްޖާ

އަޞްލާން : ނަސަބާއި ޙަސަބާއި އަޞްލު ރަނގަޅު ކުއްޖާ

އަޟްވާ(އު) : ޟައުއު ގެ ގިނަ ގޮތް : މާނައަކީ އަލި

އަޝްވާޤް : ޝައުޤުތައް

އަފްރާޙް : އުފާތައް

އަފްނާން : ސީދާ ގޮފިތައް / ސީދާ ދިގު އިސްތަށި

އަފްނޫން : ސީދާ ގޮފިތައް / ސީދާ ދިގު އިސްތަށި

އަފްޝާން : ވިދުން (އުރުދޫ، ފާރިސީ)

އަފްލާކް : ފަލަކް ގެ ގިނަ ގޮތް / ފުލްކު ގެ ގިނަ ގޮތް ( ފުލްކުގެ މާނައަކީ ކަނޑު މަތީ އުޅަނދު )

އާލާ ( އު) : ނިޢްމަތްތައް (އައްރަޙްމާން ސޫރަތުގެ އަތަކެއް އާޔަތެއްގައި

އައިސްފައިވާ ބަހެއް)

އުލްފަތު : ގާތްގަން / ރަޙްމަތްތެރި / ގުޅުން / ލޯބި (ތުރުކީ ބަހުން މި ޢަރަބި ބަސް ކިޔާގޮތް)

އުލްފާ (ތ) : ގާތްގަން / ރަޙްމަތްތެރި / ގުޅުން / ލޯބި

އަލްމާސް : އަލިމަސް

އަލްމާ: ލަމްޔާ ގެ މާނަ . މާނައަކީ ތުންފަތުގައި ކަޅުކަމެއް ހުންނަ މީހާ

އަލްޠާފް : ހަދިޔާ / ނާޒުކު ލަޠީފީ

އިލްހާމް : އިލްހާމު

އިލްހާމާ : އިލްހާމު

އިޝްފާޤް : އޯގާތެރިވުން

އަލީފާ : ގާތްކަން، އެކުވެރިކަން، ރަޙްމަތްތެރިކަން

އަލީފް : : ގާތްކަން، އެކުވެރިކަން، ރަޙްމަތްތެރިކަން

އަލޫފް :ގާތް، އެކުވެރި، ރަޙްމަތްތެރި

އުއްމު ކުލްޘޫމް :ކުލްޘޫމް ގެ މާނައަކީ މޫނާއި ކޮލުގައި މަސްޖަހާފައި ހުންނަ އަންހެން ކުއްޖާ / އަދި މިއީ ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ދަރިކަނބަލުންގެ ނަންފުޅެއް ވެސްމެ.

އަމާނީ : އުއްމީދުތައް ( އުމްނިޔާގެ ގިނަގޮތް )

އަމާނަތު : އަމާނާތްތެރި (ތުރުކީ)

އަމީމް : ރީތި އިސްކޮޅެއްގެ ވެރިއާ

އިމްތިނާން : ޝުކުރު، ތަޤްދީރު

އަމަލް : އުއްމީދު

އަމްލޫދާ : މަޑު އޮމާން (މި ބަސް އަންހެނަކަށް ނިސްބަތް ކުރުމުން އޭގެ

މާނައަކީ ހަންގަނޑު އޮމާން، ރީތި ފެން އެރިފައިވާ އަންހެނާ)

އަންވާރް : އަލިކަމާއި އުޖާލާކަން / މާތައް

އަންޖަލް : ރީތި ބޮޑު ދެލޮލެއްގެ ވެރި އަންހެނާ

އަނޫފް : ނަފްސު ޢިއްޒަތްތެރި/ ނިކަމެތިކަން ޤަބޫލުނުކުރާ

އަނޫޝާ : އުފަލާ ހިތްހަމަޖެހުން (ފާރިސީ)

އުމްނިޔާ : އެދުން / އުއްމީދު

އުމްދޫޙާ : ޘަނާއާއި މަދަޙަ

އުމައިމާ : އުއްމުގެ ކުޑަގޮތް (އުއްމުގެ މާނައަކީ މަންމަ) / އުމައިމާ ބިންތު ޢަބްދުލްމުއްޠަލިބް އަކީ ރަސޫލު -ޞައްލައްﷲ ޢަލައިހި ވަސައްލަމަ- ގެ ބޮޑުދައިތާފުޅެއް.

އުމާމާ : ތިންސަތޭކަ ޖަމަލު (ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ކާފަ ދަރިކަނބަލެއްގެ ނަންފުޅު

އިހްމައިމާ : ހުމައިމާ މިބަސް ލިޔެވޭ އެހެން ގޮތެއް. މާނައަކީ: ކުރަން ޢަޒުމްކަނަޑައަޅާ ކަމެއް، ގަދަ ޢަޒުމް

އަހްމީމާ : ހީވާގޮތުން މިއީ ދިވެހިން އިހްމައިމާ ފިލި ފުރޮޅާލައިގެން ކިޔާ ގޮތެއް.

އުހްބާ: ތައްޔާރު

އަމަތުﷲ : ޢަބްދުﷲ ގެ އަންހެން ގޮތް ، މާނައަކީ ﷲ ގެ އަޅު އަންހެނާ

އަމަތުއް ރަޙްމާން : މާނައަކީ ރަޙްމާންވަންތަ ﷲ ގެ އަޅު އަންހެނާ

އުމައްޔާ : އަމަތު ގެ ކުޑަގޮތް

އަމީނާ : އަމާނާތްތެރިޔާ

އަޔާމީން : އައިމަންގެ  ގިނަގޮތް

އަމީރާ : އަމީރާ

އަންސާމް : މަޑުމަޑުން ޖެހޭ ވައި (ނަސީމުގެ ގިނަގޮތް)

އަންވާރް : އަލިތައް ، ދޯދިތައް

އަންޣާމް : ރީތި ނަލަ މިއުޒިކް، ރާގުތައް

އަނާމް : ޚަލްޤުތައް

އަމާން : އަމާންކަން

އަނާރް : 'އަނާރަ' މިކަން ނަމެއްގެ ގޮތުގައި ބޭނުންކުރެވޭ ގޮތެއް. މާނައަކީ: އަލިކޮށް އުޖާލާކޮށްފި

އަނާރާ : މަތީގައިވާ ނަމުގެ ފަހަތަށް ތާއެއް ލައިގެން

އަނީސާ : އޭނާއާއި އެކުގައި އުޅޭ މީހާގެ އެކަނިވެރިކަން ފިލައިދާ މީހާ / އެކުވެރިޔާ / ބައިވެރިޔާ / މުނިއަވަސް ފިލުވައިދޭ މީހާ

އަނީޤާ : ރީތިވެ ޗާލުވެގެން ހުންނަ އަންހެނާ

އުންޝޫދާ : ލަވަ، ޅެން

އީމާން : އީމާންކަން

އައިމަން : ބަރަކާތްތެރި މީހާ / ކަނާތްތެރިއާ / ކަނާތް

އައިރީން : ސަލާމާއި ޞުލްޙަމަސަލަސްކަން (ޔޫނާނީ)

އީނާސް : އެކަނިވެރިކަން ފިލުވުން / އެކުވެރިކަން

އިންޢާމް : ﷲ ގެ ނިޢްމަތް

އަންޢަމް : އެންމެ ބޮޑަށް ނިޢްމަތާއި ތަނަވަސްކަމުގައި އުޅޭ މީހާ

އީލާފް : އެކުވެރިވުން / ޢަހުދު / ކަމެއް ބީރައްޓެހި ނޫން އާދައަކަށް ވުން

އީވާ : ޙައްވާގެފާނަށް ލެޓިން ބަހުން ކިޔައި އުޅޭގޮތެއް

އިފާ (އ) : ޢަހުދު ފުއްދުން / މީހަކަށް ދޭންޖެހޭ އެއްޗެއް ފުރިހަމައަށް ބަރާބަރަށް ދިނުން

 

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.