ބުރާސްފަތި20171109

އާކުރެވުނީ: 09:46:14

ޢ - ع

އ   ބ   ތ   ޘ   ޖ   ޙ   ޚ   ދ   ޛ   ރ   ޒ   ސ   ޝ   ޞ   ޟ   ޠ   ޡ   ޢ   ޣ   ފ   ޤ   ކ   ލ   މ   ނ   ހ   ވ   ޔ

ޢާއިދާ : އެނބުރި އަންނަމީހާ / ތައުބާވާމީހާ / ބަލިމީހާއަށް ޒިޔާރަތްކުރާ މީހާ

ޢާއިޝާ : ކީރިތި ރަސޫލާގެ އަނބިކަނބަލެއްގެ ނަންފުޅު / ދިރުމެއްގެ ވެރި / ޙަޔާތް / ރަނގަޅު ފަސޭހަ ދިރިއުޅުމެއް އުޅޭ މީހާ

ޢާބިދާ : އަޅުކަންކުރާ މީހާ

ޢާތިކާ : ދީލަތި / ކުލަތަކުގެ ތެރެއިން އޭގައި އެއްވެސް ގަޑުބަޑުކަމެއްނެތް ސާފު ކުލަ / ވަރަށް ގިނައިން އަތަރު ބޭނުން ކުރާ އަންހެނާ

ޢާދިލާ : ޢަދްލުވެރިޔާ

ޢާރިފާ : އެނގޭމީހާ / ދަންނަ މީހާ

ޢާޞިފާ : ގަދަވައި

ޢާޞިމާ : ރައްކާތެރިކުރާ މީހާ / ނުބައިކަންތަކާއި ފާފަތަކުން ދުރުވެ ހުންނަ މީހާ / ވެރިރަށް

ޢާފިޔާ : ފުރިހަމަ ޞިއްޙަތެއްގެ ވެރި / ދުޅަހެޔޮ

ޢާޠިރާ : މީރުވަސްދުވާ ހުވަނދު ނުވަތަ އަތަރެއް ލައިގެން ހުންނަ މީހާ

ޢާޠިފާ : އޯގާތެރި އަންހެނާ/ ކުލުނުބަހައްޓާ މީހާ

ޢާޤިޞާ : ބޮލުގެ އިސްތަށިގަނޑު ގަތާ މީހާ

ޢާޤިލާ : ބުއްދިވެރިޔާ

ޢާކިފާ : އިޢްތިކާފަށް އިންނަ މީހާ / ކަމަކުން މަނާވެގަންނަ މީހާ

ޢާލިމާ : ޢިލްމުވެރި އަންހެނާ

ޢާލިޔާ : އުސް / ޤަދަރުވެރި

ޢާމިރާ : އާބާދުވެފައިވާ / ޢުމުރުދިގު މީހާ / ދިރުމެއްވާ

ޢަބްލާ(އ) : ހުދުހިލަ

ޢަބީރް : މީރުވަސް ދުވާ ހުވަނދު

ޢުބޫރް : ހުރަސްކުރުން

ޢުދްވާ(ތ) : އުސްތަން / ވާދީގެ އައްސޭރި

ޢަދީލާ : އެއްޗަކާ ނުވަތަ މީހަކާ އެއްފަދަ / އެއްގޮތް

ޢަޛްރާ(އ) : ބިކުރުވެރި އަންހެނާ / ޢިއްފަތްތެރި އަންހެނާ

ޢަރީފާ : ކަންތައްތައް ދަންނަ މީހާ

ޢަރޫބް : ޢުރްބު ގެ ގިނަ ގޮތް، މާނައަކީ ފިރިމީހާގެ ހިތަށް ލޮބޮވެތި އަނބިމީހާ

ޢަޒޫފާ : ކަމަކުން ދުރުވެގެން ހުންނަ މީހާ

ޢައްޒާ : ޅަ އަންހެން ފުއްލާ / ކީރިތި ރަސޫލާގެ އަނބިކަނބަލުން އުއްމު ޙަބީބާގެ އަންހެން ކޮއްކޮއަށް ވެސް ކިޔެނީ ޢައްޒާ

ޢަޒާ(އ) : ދިމާވާ ބޮޑެތި ކަންކަމަށް ވާ ކެއްތެރިކަން

ޢަޒްމާ : ޢަޒްމު

ޢަޒީމާ : ޢަޒުމް ވަރުގަދަ

ޢަޒީޒާ : ޢިއްޒަތްތެރި / ވަރުގަދަ

ޢިޞްމާ (ތ) : ނުބައިކަންތަކުންދުރުވެ ރައްކާތެރިވާ މީހާ / ރައްކާތެރިކަން

ޢިޞްމަތު : މަނާވެ ރައްކާތެރިވެގަތުން / ނުބައިކަންތަކުން ދުރުވެ ރައްކާތެރިވުން

ޢިއްފަތު : ޢިއްފަތްތެރި (ތުރުކީ)

ޢަޠްފާ : އޯގާތެރިކަން

ޢަޠްވާ : ކައިރި

ޢަޠޫފް : އޯގާތެރި މީހާ

ޢަފާ : މަޢާފް

ޢަފާފް : ޢިއްފަތްތެރި / ހަޑިހުތުރު ކޮންމެކަމަކުން ދުރުހެލިވާ މީހާ

ޢަފްރާ(އު) : ހުދުކަންގަދަ ފުއްލާއެއް

ޢަފީފާ : ޢިއްފަތްތެރި

ޢަޤީލާ : ޤަދަރުވެރި އަންހެނާ

ޢަލްވާ(ޔ) : އުސް، މަތި

ޢުރްވާ : ހިފެހެއްޓޭ އެއްޗެއް / ގެއްލިގެން ދިޔަ ނުދިނުމައްޓަކައި ހިފެހެއްޓޭ އެއްޗެއް / ގަސްތަކުގެ ތެރެއިން ފަތް ނުވެއްޓޭ ގަސް

ޢަލްޔާ(އ) : ޤަދަރުވެރި މަތިވެރި އަންހެނާ / އުސް /ޝަރަފާއި ޤަދަރުވެރިކަން

ޢަނާން : ވިލާ / އުޑަށް ބަލާލުމުން ފެންނަ އެންމެ އުހެއް

ޢަނާނާ : ވިލާ

ޢުމައިރާ : ޢުމުރުދިގު

ޢުވައިނާ : ޢައުން ގެ ކުޑަގޮތް މާނައަކީ: އެހީ

ޢިނާޔާ : އަޅާލުން / އަހައްމިއްޔަތު ކަމެއް ދިނުން

ޢިނާޔަތު : އަޅާލުން / އަހައްމިއްޔަތު ކަމެއް ދިނުން (ފާރިސީ، ތުރުކީ ބަހުން ޢިނާޔާ މިނަން ކިޔާ ގޮތް)

ޢަނޫދް : ދެރަ ޤަބޫލު ނުކުރާ / ބޯ ހަރު / ފަސޭހައިން ނުހިފޭ ފުއްލާ

ޢިނާސް : މޫނުބަލާ ލޯގަނޑު

ޢަންބަރާ : މާވަހަރު

ޢަންބަރް : ހުވަނދު / މާވަހަރު

ޢުލާ(އ) : މަތިވެރިކަން / ޝަރަފުވެރިކަން

ޢައިލަމް : ފެންގިނަ ވަޅު / ބިމުއަޑީގައިވާ ފެން

ޢައިނާ(އ) : ލޯބޮޑުކުއްޖާ

ޢަވާޠިފް : ޢާޠިފާގެ ގިނަ ގޮތް، މާނައަކީ: ޢާޠިފާ / އޯގާތެރިކަން / ޝުޢޫރާއި އިޙްސާސްތައް

ޢީޝާ : ޢާއިޝާ ކިޔޭ އެހެންގޮތެއް / ދިރިއުޅުމެއް

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.