ސިޔާސަތާއި ޤާނޫނު އިތުބާރުހުރި ދީނީ މަޢްލޫމާތު، ޞިއްޙަތު، ޚަބަރު، އަދަބާއި ޘަޤާފަތް، ތަޢްލީމް، ޢާއިލާ، ކުޑަކުދިން، ޚިޔާލު އަދި މިނޫންވެސް ތަފާތު ދާއިރާތަކުގެ ލިޔުންތައް ، މި ސައިޓުން ވިދާޅުވެވޭނެ http://kavaasaa.com/siyaasathu-qanoonu/ Sat, 03 Nov 2018 12:59:35 +0200 Joomla! - Open Source Content Management en-gb މުސްލިމުންނާއި ޣައިރުމުސްލިމުންގެ ގުޅުން... އަސްލަކީ ސަލާމްތަ ނުވަތަ ހަނގުރާމަތަ؟ http://kavaasaa.com/siyaasathu-qanoonu/siyaasee/muslim-ghair-muslimun-sulha-haguraama.html http://kavaasaa.com/siyaasathu-qanoonu/siyaasee/muslim-ghair-muslimun-sulha-haguraama.html

muslim ghair muslimun sulha haguraama

މުސްލިމުންނާއި ޢަޤީދާގެ ގޮތުން ތަފާތު މީހުންނާ އޮންނަ ގުޅުމަކީ ސަލާމްހެއްޔެވެ؟ ނުވަތަ ހަނގުރާމަހެއްޔެވެ؟ އެހެން ގޮތަކަށް ބުނާނަނަމަ، އެމީހުންގެ ފަރާތުން މުސްލިމުންނަށް ނުރައްކަލެއް އަދި ގެއްލުމެއްވެސް ނެތި، މުސްލިމުންނާ ހަނގުރާމަނުކޮށް، އަދި މުސްލިމުންގެ ޢަދުއްވަކާ ބައިވެރިނުވާ ޣައިރުމުސްލިމުންނާ، ހަނގުރާމަކުރުމަކީ ވާޖިބެއްހެއްޔެވެ؟ ނުވަތަ ވާޖިބުވެގެންވަނީ، ހަަމައެކަނި ހަނގުރާމަކުރާ، އިސްލާމްދީނަށް ވަނުމުގެ މިނިވަންކަމަށް ހުރަސްއަޅާ މީހުންނާ ހަނގުރާމަނުކުރުންހެއްޔެވެ؟

]]>
info@kavaasaa.com (ތަރުޖަމާ: އިސްމާޢީލް ނާޖީ) ސިޔާސީ Fri, 23 Mar 2018 00:43:52 +0200
ޢަދުލުވެރިކަމަކީ ދީނުގައި ޟަރޫރަތެއް http://kavaasaa.com/siyaasathu-qanoonu/insaanee-haqqu/adhuliverikan-zarooratheh.html http://kavaasaa.com/siyaasathu-qanoonu/insaanee-haqqu/adhuliverikan-zarooratheh.html

adhulu

ޢަދުލުވެރިކަމުގެ އަގަކީ އިސްލާމްދީނުގައި ވަރަށް ދަރަޖަ މަތިވެރި، އަދި އެދީން ގޮވާލާ ހުރިހާ އަގުތަކުގެ ސަފުގެ އެންމެ ކުރީގައިވާ އަގެވެ. އަދި އެއީ ޝަރީޢަތުގެ ފުރަތަމަ މަޤްޞަދެވެ. ޤުރުއާނުގައި ނުވަތަ ސުންނަތުގައި ވަކިވަކިން ނުބުންޏަސް، އެކަން ޙާޞިލުކުރުމަށް ދެވިދާނެ އަދި ހިނގިދާނެ ކޮންމެ މަގަކީ އިސްލާމީ ޝަރުޢީ މަގެކެވެ. އަހަރެމެން ބަލާލާއިރު 'އަލްޢަދްލު' އަކީ މާތް ﷲ ގެ އިސްމުފުޅެކެވެ. އެކަލާނގެ ސިފަފުޅުތަކުގެ ތެރެއިން ސިފަފުޅެކެވެ. ވީމާ މިވަރުން، އިސްލާމީ ފިކުރުގައި ޢަދުލުވެރިކަމަށް ދެވިފައިވާ އިސް މަޤާމް ހާމަވެގެންދެއެވެ.

]]>
info@kavaasaa.com (ތަރުޖަމާ: އިސްމާޢީލް ނާޖީ) އިންސާނީ ޙައްޤުތައް Mon, 05 Mar 2018 02:40:25 +0200
މިނިވަންކަމަކީ ދީނުގައި ޟަރޫރަތެއް http://kavaasaa.com/siyaasathu-qanoonu/insaanee-haqqu/human-rights-minivankan.html http://kavaasaa.com/siyaasathu-qanoonu/insaanee-haqqu/human-rights-minivankan.html

human rights minivankan birdއިންސާނާގެ މިނިވަންކަމަކީ، އެއީ ފަރުދީ ނުވަތަ ޖަމާޢީ ނުވަތަ އިޖިތިމާޢީ މާނައިގައި ކަމުގައިވިޔަސް، އިސްލާމްދީން ދެކެނީ އެއީ އެކައްޗެއް ކަމުގައެވެ. އަދި މިދީން ދެކެނީ މިއީ އިންސާނާގެ އިންސާނިއްޔަތުކަން ފުރިހަމަކުރުމަށް ބޭނުންވާ ޟަރޫރަތްތަކުގެ ތެރެއިން އެންމެ މުހިއްމު ޟަރޫރަތް ކަމަށެވެ. ކިއެއްތަ، އިންސާނާގެ ޙަޤީޤީ ދިރިހުރުން ލިއްބައިދޭ، އަދި އެ ނެތިއްޖެނަމަ މަރުވުމެކޭ އެއްފަދަވުން ކަމަށް، ދެކޭ އެއްޗަކީ މިނިވަންކަން ކަމަށް، އިސްލާމްދީން ދެކެއޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. މިނިވަންކަން ގެއްލިފައިވާ މީހަކީ، ޖަނަވާރުންހެން ކައިބޮއެ އުޅުނަސް، ބިމުގައި ހިނގައިބިނގައިވެ އުޅުނަސް، ޙަޤީޤީ ދިރުމެއްވާ މީހެއް ނޫނެވެ.

]]>
info@kavaasaa.com (ތަރުޖަމާ: އިސްމާޢީލް ނާޖީ) އިންސާނީ ޙައްޤުތައް Sat, 17 Feb 2018 18:24:30 +0200
އިސްލާމްދީނާއި ޑިމޮކްރަސީ http://kavaasaa.com/siyaasathu-qanoonu/siyaasee/islam-dheenai-democracy.html http://kavaasaa.com/siyaasathu-qanoonu/siyaasee/islam-dheenai-democracy.html

Democracy2018

 ބައެއް މުސްލިމުން، އަދި ބައެއްފަހަރު އިސްލާމީ ޖަމާޢަތްތަކަށް ނިސްބަތްވާ މަދުބައެއް ނަމަވެސް، ހައިރާންކުރުވާކަހަލަ ވާހަކައެއް ދައްކައެވެ. އެއީ އެމީހުން ބުނަނީ، ޑިމޮކްރަސީއަކީ އިސްލާމްދީނާ ފުށުއަރާ އެއްޗެކެވެ! އަދި ބައެއް ޢިލްމުވެރިން ބުނާކަމަށް އެމީހުން ބުނަނީ ޑިމޮކްރަސީއަކީ ކުފުރެއްކަމަށެވެ! މިވާހަކައިގެ ހުއްޖަތަކަށް އެމީހުން ބުނަނީ، ޑިމޮކްރަސީއަކީ ރައްޔިތުން ރައްޔިތުންނަށް ޙުކުމްކުރުމެވެ! ނަމަވެސް އިސްލާމްދީނުގައި ރައްޔިތުންނަކީ ޙުކުމްކުރާ ބައެއް ނޫނެވެ!

]]>
info@kavaasaa.com (ތަރުޖަމާ: އިސްމާޢީލް ނާޖީ ) ސިޔާސީ Tue, 06 Feb 2018 04:16:27 +0200
ކީރިތި ރަސޫލާ ޢަމަލުކުރެއްވީ އަޣްލަބިއްޔަތަށް http://kavaasaa.com/siyaasathu-qanoonu/siyaasee/rasoola-amalukurevve-ahglbabiyyathah.html http://kavaasaa.com/siyaasathu-qanoonu/siyaasee/rasoola-amalukurevve-ahglbabiyyathah.html

majorityޤުރުއާނެކޭ އެއްފަދައިން ސުންނަތުގައި ވެސް އަދި ކީރިތި ރަސޫލާގެ ސިޔަރަތުގައިވެސް، އަޣްލަބިއްޔަތަށް ބަލަންޖެހޭނެކަމަށް ނުވަތަ އަޣްލަބިއްޔަތުގެ ރައުޔުގައި ހިފައި އެމީހުންގެ ބަހަށް ތަބާވާންޖެހޭނެ ކަމަށް، ޞަރީޙަކޮށް އައިސްފައި ނެތެވެ. ހަމައެހެން، އަޣްލަބިއްޔަތަށް ބަލައިގެން ނުވާނެކަމަށް ވެސް ޞަރީޙަކޮށް ނެތެވެ. ނަމަވެސް ކީރިތި ރަސޫލާ މަޝްވަރާގެ އުސޫލު ތަންފީޒުކުރައްވާފައިވާ ގޮތަށް ބެލީމާ ފެންނަނީ، މަޝްވަރާއަކީ މަޝްވަރާދޭ ގިނަ މީހުންގެ ރައުޔަށް ތަބާވާންޖެހޭ އެއްޗެއްކަމެވެ. ތިރީގައި މިވަނީ އޭގެ ބައެއް މިސާލުތަކެވެ:

]]>
info@kavaasaa.com (އިސްމާޢީލް ނާޖީ) ސިޔާސީ Sun, 30 Jul 2017 18:16:39 +0200
އިސްލާމީ ޝޫރާގައި އޮންނަނީ އަޣްލަބިއްޔަތަށް ތަބާވުން http://kavaasaa.com/siyaasathu-qanoonu/siyaasee/majority-ah-thabaavun.html http://kavaasaa.com/siyaasathu-qanoonu/siyaasee/majority-ah-thabaavun.html

majority2މިޒަމާނުގެ ބައެއް މީހުން، ރައްޔިތުންގެ އަޣްލަބިއްޔަތަށް ފެންނަގޮތަކީ ޢަމަލުކުރަންޖެހޭ ގޮތެއް ނޫންކަން ސާބިތުކޮށްދޭން، ގިނަމީހުންގެ ރައުޔު ގޯސްކަން ހާމަވާ ބައެއް އާޔަތްތައް ޤުރުއާނުން ނަގައި ދަލީލު ދައްކައެވެ. ޤުރުއާނުގެ އާޔަތްތަކެއްގައި ބައިގިނަމީހުން –ނުވަތަ ބައެއް ބައިގިނަ މީހުން- ކުށްވެރިކޮށްފައި ވާއިރު، ހަމަ އެއާއެކު ވަރަށް ގިނަ އާޔަތްތަކުގައި 'އަލްމަލައު' ކުށްވެރިކޮށްފައި ވެއެވެ. އަލްމަލައު އަކީ ބޮޑުންގެ މީހުންނެވެ. އެއީ މުޖްތަމަޢުގައި އުޅޭ ބައިމަދު ބައެކެވެ. މި ލިޔުމަކީ، އިސްލާމީ މަޝްވަރާ ނިޒާމެއްގައި، ޢަމަލުކުރަންޖެހޭނީ އަޣްލަބިއްޔަތަށްކަން

]]>
info@kavaasaa.com (އިސްމާޢީލް ނާޖީ) ސިޔާސީ Sun, 30 Jul 2017 16:41:18 +0200
މަޝްވަރާއާ އެއްގޮތަށް ޢަމަލުކުރުން ލާޒިމުވޭތަ؟ http://kavaasaa.com/siyaasathu-qanoonu/siyaasee/shooraa-laazimu-veytha.html http://kavaasaa.com/siyaasathu-qanoonu/siyaasee/shooraa-laazimu-veytha.html

shooraaވެރިއަކު ނުވަތަ ރައީސަކު މަޝްވަރާދޭ މީހުންނާ މަޝްވަރާކޮށްފިއްޔާ، އެމީހުން ދިން މަޝްވަރާއާއި ރައުޔަކީ، އެއީ އޭގައި ހިފުން އޭނާގެ މައްޗަށް ލާޒިމުއެއްޗެއްހެއްޔެވެ؟ ނުވަތަ އެއީ ލާޒިމުނުވާ، މަޝްވަރާދޭ މީހުންނަށް ފެންނަގޮތެއް އަހާ ބެލުމަށްފަހު، މަޝްވަރާއަށް އެދުނު މީހާއަށް ފެންނަ ގޮތަކަށް، -ދިން މަޝްވަރާއާ އެއްގޮތަށް ނުވަތަ އިދިކޮޅަށް ނަމަވެސް- ނިންމުންހެއްޔެވެ؟ އިސްލާމީ ޝަރީޢަތުގައި މަޝްވަރާއަށް ކިތަންމެ ބޮޑު އަހައްމިއްޔަތުކަމެއް ދީފައި ވިޔަސް، މަޝްވަރާކުރުމަކީ ހަމައެހެން ބޭރުފުށަށް ބަލާފައި، މަޝްވަރާ މަޖުލިހަކާއި ވާހަކަދައްކާލާފައި އަމިއްލައަށް ފެންނަ ގޮތަކަށް އަމަލުކޮށްފިއްޔާ، އެއީ ޚުދުމުޚުތާރުކަމެކެވެ.

]]>
info@kavaasaa.com (އިސްމާޢީލް ނާޖީ) ސިޔާސީ Sun, 30 Jul 2017 13:56:31 +0200
އިސްލާމީންނާއި ޢަލްމާނީންގެ ގާތުގައި ދީނާއި ސިޔާސަތުގެ ގުޅުން.. http://kavaasaa.com/siyaasathu-qanoonu/siyaasee/dheen-siyaasathu2.html http://kavaasaa.com/siyaasathu-qanoonu/siyaasee/dheen-siyaasathu2.html

dheen siyaasa 2

ދީނާއި ސިޔާސަތާ ދެމެދު އޮތީ ކިހާވަރެއްގެ ގުުޅުމެއްހެއްޔެވެ؟ އެއީ، އެއިން އެކަތި އޮވެއްޖެނަމަ އަނެކަތި ނޯންނާނެ ފަދަ، އިދިކޮޅު އަދި މުޑިއަރާ ގުޅުމެއްހެއްޔެވެ؟ ނުވަތަ އެއީ، އެކަތި އަނެކައްޗާ ނުލާ ނުއުޅެވޭނެ، އެކަތި އަނެކައްޗާ ވަކިނުވާނެ މިންވަރަށް، ގުޅި ލާމެހިފައިވާ ގުޅުމެއްހެއްޔެވެ؟

ނުވަތަ އެއީ، ދީނީގޮތުން ނުވަތަ މަޛްހަބީ ގޮތުން ނުވަތަ ނަސްލުގެ ގޮތުން ނުވަތަ ޤައުމީ ގޮތުން ތަފާތު ދެ މީހަކު އެކަކުއަނެކަކު ދެނެގަނެ ހަމަޖެހިގެން އުޅޭހެން، ނުވަތަ އައިޑިއޮލޮޖީ ތަފާތު ދެ ޤައުމެއް ސުލްޙަވެރިކަމާއެކު އެކުއެކީގައި އުޅެން އެނގޭހެން، އެކުއެކީ އުޅެވޭނެ އަދި އެކަތި އަނެކައްޗަށް އެނގިދެނިވެއުޅެވޭނެ ދެ އެއްޗެއްހެއްޔެވެ؟

]]>
info@kavaasaa.com (އިސްމާޢީލް ނާޖީ) ސިޔާސީ Sat, 29 Jul 2017 23:55:10 +0200
ދީނާއި ސިޔާސަތު ވަކިކުރުން http://kavaasaa.com/siyaasathu-qanoonu/siyaasee/dheen-siyaasathu.html http://kavaasaa.com/siyaasathu-qanoonu/siyaasee/dheen-siyaasathu.html

dheen siyaasaa

ދީނާއި ސިޔާސަތާ ދެމެދު އޮންނަ ގުޅުމާމެދު ޢަލްމާނީން ދެކޭ ގޮތުގެ މައްޗަށް ބިނާކުރާ ފުރަތަމަ ކަމަކީ، ދީނުގެ ތެރެއިން ސިޔާސަތު، އަދި ސިޔާސަތުގެ ތެރެއިން ދީން އެއްކޮށް ވަކިކޮށްލުމެވެ. އަދި އެމީހުންގެ މަޝްހޫރު ޝިޢާރަކީ: "ސިޔާސަތުގައި ދީނެއް ނޯންނާނެއެވެ. އަދި ދީނުގައި ސިޔާސަތެއް ނޯންނާނެއެވެ." ނަމަވެސް މި ޝިޢާރަކީ ފާޑުކިޔައި ބަހުސްކޮށްފިނަމަ ސާބިތުވެ ހުރެވޭނެވަރުގެ ޝިޢާރެއް ނޫނެވެ.

]]>
info@kavaasaa.com (އިސްމާޢީލް ނާޖީ) ސިޔާސީ Fri, 28 Jul 2017 03:53:57 +0200
ވެރިންނާ ދެކޮޅުހެދުން ހުއްދަވުމާއި ހުއްދަނުވުން http://kavaasaa.com/siyaasathu-qanoonu/siyaasee/verinna-dhekolhu-hedhuna-hudha-hudha-noon.html http://kavaasaa.com/siyaasathu-qanoonu/siyaasee/verinna-dhekolhu-hedhuna-hudha-hudha-noon.html

siyaasa idhikolhu

ސަރުކާރާއި އަދި އިދިކޮޅުފަރާތްތައް (Government vs opposition)، މި ދޭއްޗަކީ ޙަޔާތުގެ ކައުނީ ސުންނަތެކެވެ. އަދި ޙަޔާތުގެ ޟަރޫރަތެކެވެ.  އަދި އެއީ އެއަށްވުރެ ފުޅާ އިދިކޮޅު 'ދެވަންތަ' ނުވަތަ 'ޘުނާއިއްޔާ' (ޑުއަލިޒަމް/ ޑުއަލިޓީ) ގެ ސުންނަތުގެ ތެރެއިންވާ އެއްޗެކެވެ. އެހެނީ ކައުނުގައިވާ ހުރިހާ މަޚްލޫޤާތެއްގެ މައްޗަށް ވެސް، އަދި ޙަޔާތުގެ ހުރިހާ ކަމެއްގެ މައްޗަށް ވެސް، ހިނގާ އާއްމު ޤާނޫނަކީ 'އިދިކޮޅު ޤާނޫނު' އެވެ.

]]>
info@kavaasaa.com (ތަރުޖަމާ: އިސްމާޢީލް ނާޖީ) ސިޔާސީ Wed, 26 Jul 2017 12:30:00 +0200
ސާބިތުކޮށްދިނުމުގެ މުހިންމުކަން http://kavaasaa.com/siyaasathu-qanoonu/qaanoon/saabithu-kodhinumuge-muhimmukan.html http://kavaasaa.com/siyaasathu-qanoonu/qaanoon/saabithu-kodhinumuge-muhimmukan.html

saabithu-kodhinunސާބިތުކޮށްދިނުމަކީ އެހާ މުހިންމުކަމެއްކަމުގައިވުމުން، ޤާޟީގެ ކުރިމައްޗަށް ހުށަހެޅޭ ހުރިހާ މައްސަލަތަކަކަށް ޢަދާލަތު ޤާއިމުކޮށްދިނުމަށް ބޭނުންވާ ވަސީލަތްތައް އިންތިޒާމުކޮށްދިނުމަށް ހުރިހާ ތަޝްރީޢުތަކެއްގައިވެސްވަނީ ވަރަށްބޮޑު ސަމާލުކަމެއްދީފައެވެ. މިގޮތުން، މި ލަނޑުދަނޑިއަށް ވާޞިލުވުމަށްޓަކައި، ޤާނޫނީ އިންތިޒާމުތަކުގައި ގެންގުޅެވެނީ އަންނަނިވި ތިން ނިޒާމުންކުރެ ނިޒާމެކެވެ. ފުރަތަމަ ނިޒާމަކީ، ޙަޤީޤަތް ހޯދައި ދެނެގަތުމަށްޓަކައި، ބޭނުން ވަސީލަތެއްގައި ހިފުމަށް، ޤާޟީއަށް މަގު މުޅިން މިނިވަންކޮށްލާފައިބޭއްވުމެވެ. 

]]>
moorith@kavaasaa.com (ޢަބްދުއްސައްތާރު ޢަބްދުލް ޙަމީދު) ޤާނޫނު Thu, 02 Aug 2012 17:48:30 +0200
ލާއިންސާނީ ޙައްޤުތަކުގެ ދިފާޢުގައި.. http://kavaasaa.com/siyaasathu-qanoonu/insaanee-haqqu/laa-insaanee-hagguthakuge-dhifaauga.html http://kavaasaa.com/siyaasathu-qanoonu/insaanee-haqqu/laa-insaanee-hagguthakuge-dhifaauga.html

laa-insaanee-haqquވަރަށްގިނަ އިންސާނުންގެ ކިބައިން އިންސާނީވާންތަކަން ކެނޑި ބުއްދިނެތް ޙައިވާނުންގެ ދަރަޖައަށް ވެއްޓިފައިވާ މިޒަމާނުގައި، އިންސާނީ ޙައްޤުތަކުގެ ވާހަކައަކީ ވަރަށް ބޮޑަށް ވައިގައި ހިފާފައިވާ މައުޟޫއެކެވެ. އެންމެ ފަހުގެ ނަބިއްޔާ މުޙައްމަދު –ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ރިސާލަތުގައި މުޅި އިންސާނީ ކަރާމާތް ޙިމާޔަތް ކުރެވޭނެ ޙުކުމްތައް ބަޔާން ކުރައްވާފައިވީނަމަވެސް، އެކަލޭގެފާނަށް އީމާންވީ ގިނަބަޔަކުވަނީ އެކަންކަމާ އިހުމާލުވެފައެވެ.

]]>
nooru@kavaasaa.com (އިބްރާހިމް މާހިރު މޫސާ) އިންސާނީ ޙައްޤުތައް Tue, 15 May 2012 02:28:16 +0200
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން (3) http://kavaasaa.com/siyaasathu-qanoonu/siyaasee/deenaisiyaasat-vakikurun3.html http://kavaasaa.com/siyaasathu-qanoonu/siyaasee/deenaisiyaasat-vakikurun3.html

އަލްޢައްލާމާ މުޙައްމަދު އަލްޚަޟަރު ޙުސައިން، ސިޔާސަތާ ދީން ވަކިކުރުމަށް ބައެއް ލިޔުންތެރިން ގޮވާލާ ގޮވާލުން ސިފަކުރައްވާފައިވަނީ މަގު ފުރެދުމެއްކަމުގައެވެ. މިސިފަކުރެއްވުމަކީ ޝަރުޢީ ގޮތުން ސައްޙަ ސިފަކުރެއްވުމެކެވެ. އެހެނީ މިކަމަކީ އުންމަތުގެ ކަންކަމުގައި އިތުރުކުރެވިފައިވާ އައުކަމެކެވެ. ބިދުޢަކެވެ.

]]>
shifzaan@kavaasaa.com (ތަރުޖަމާ: ޝިފްޒާން އަޙްމަދު) ސިޔާސީ Tue, 06 Sep 2011 01:32:21 +0200