އާދީއްތަ20201122

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް މަންމާއިދަރިފުޅު މާބަނޑުދުވަސްވަރު ވިޓަމިން ޑީ... ދަރިފުޅުގެ ކަށި އުފެދުމަށްޓަކައި ވަރަށް މުހިއްމު

ވިޓަމިން ޑީ... ދަރިފުޅުގެ ކަށި އުފެދުމަށްޓަކައި ވަރަށް މުހިއްމު

vitamine-d-muhimmu-126މާބަނޑު މީހުންނަށް ވިޓަމިން ޑީ ބޭނުންވަނީ ކީއްވެ؟

ކޮންމެ މީހެއްގެ ހަށިގަނޑަށްވެސް ވިޓަމިން ޑީ ބޭނުންވެއެވެ. ހާއްސަކޮށް މާބަނޑު މީހުންނަށެވެ. އެއީ ވިޓަމިން ޑީ އަކީ ހަށިގަނޑުގައި ކެލްސިއަމް އާއި ފޮސްފެރަސް ހުންނަން ޖެހޭ މިންވަރަށް ބެހެއްޓުމަށްޓަކައި ކޮންމަހެން ބޭނުން މާއްދާއެކެވެ. އަދި މި ދަމިނެރަލް އަކީ ބަނޑުގައިވާ ދަރިފުޅުގެ ކަށްޓާއި ދަތް އުފެއްދުމަށް ވަރަށް ބޭނުންތެރި ދެމާއްދާއެވެ.

މާބނޑު މީހުންނަށް ކިހާ ވިޓަމިން ޑީއެއް ބޭނުންވޭ؟

މާބަނޑު މީހންނަށް ދުވާލަކު 5 މައިކުރޯ ގުރާމް ވިޓަމިން ޑީ ބޭނުންވެއެވެ. ގިނައިން ކިރުބުއިމުން ދުވާލަކު ހަށިގަނޑަށް ބެނުންވާ ވަރު ލިބޭނެއެވެ.

ކާނާގެ އިތުރުން ވިޓަމިން ޑީ ބޭނުން ކުރަން ޖެހޭނެތަ؟

ނޫނެކެވެ. އާއްމުގޮތެއްގައި ބުއިމަށް ބޭނުންކުރާ ކިރުގެ ގިނަބާވަތް ތަކުގައި ހުންނާނީ ހަށިގަނޑަށް ބޭނުންވާ ވަރަށް ވިޓަމިންޑީ އަޅާފައެވެ.އަދި ދިވެހިރާއްޖެއަކީ ހައްތު އިސްތިވާގެ ގައުމަކަށް ވެފައި ދުވާލުގެ ގިނަވަގުތު އަވި ލިބޭތީ ހަށިގަނޑަށް ބޭނުންވާ ވަރަށް ދިވެހިންނަށް ވިޓަމިން ޑީ ލިބޭނެއެވެ. ހަމައެފަދައިން ވިޓަމިންޑީ ހަށިގަނޑުގައި ހުންނާވަރަށް ވުރެ ގިނަ ވުމަކީ ހަށިގަނޑު ވިހަވާ ކަމެކެވެ.

ވިޓަމިން ޑީ ގިނައިން ލިބޭ ކާބޯ ތަކެއްޗަކި ކޮބާ؟

ކަނޑުމަސް، ކުކުޅުބިސް އަދި ކިރަކީ ވިޓަމިން ޑީ ހޯދުމަށް ވަރަށް ރަނގަޅު ކާނާއެވެ. ތިރީގައި އެވަނީ ވިޓަމިން ޑީ ގިނައިން ލިބޭ ބައެއް ކާނާއެވެ.

- ކިރު (ކިރު ތަށްޓެއްގައި ގާތްގަޑަކަށް 2 މައިކުރޯ ގުރާމު ވިޓަމިން ޑީ ހުންނާނެއެވެ.)

- މަސް (ރަންދިމަސް 100 ގުރާމުގައި ގާތްގަޑަކަށް  4.7މައިކުރޯ ގުރާމު ހުންނާނެއެވެ.

ވިޓަމިން ޑީ ދަށްވުމުން ފެންނަ އަލާމާތްތަކަކީ ކޮބާ؟

ދިވެހިންގެ ތެރޭގައި ވިޓަމިން ދަށްވުމަކީ ވަރަށް ނުވާނެ ކަމެކެވެ. ވިޓަމިން ޑީދަށްވުމަކީ ކަށިތައް ބަލިވުމާއި ކަށިތަކުގައި ރިއްސާ ސަބަބެކެވެ. ކުޑަކުދިންގެ ވިޓަމިން ޑީ މަދުވެއްޖެ ނަމަ އައިބުވުމާއި ކަށި ގުދު ވުމަކީ ވެދާނެ ކަމެކެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.