ހޯމަ20180924

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް މަންމާއިދަރިފުޅު މާބަނޑުދުވަސްވަރު ވިޓަމިން އޭ... މާބަނޑުމީހުން ގިނައިން ބޭނުން ކުރުން ރަނގަޅު ނޫނީ ކީއްވެ؟

ވިޓަމިން އޭ... މާބަނޑުމީހުން ގިނައިން ބޭނުން ކުރުން ރަނގަޅު ނޫނީ ކީއްވެ؟

vitamine-a-124މާބަނޑު މީހުންނަށް ވިޓަމިން އޭ ބޭނުންވަނީ ކީއްވެ؟

ވިޓަމިން އޭ ހަށިގަނޑުގައި ރައްކާ ކުރެވިފައި ހުންނަނީ ޗަސްމޭގައެވެ. މިއީ ހަށިގަނޑަށް ވަރަށް ބޭނުންތެރި މާއްދާއެކެވެ. ވިޓަމިން އޭ ހަށިގަނޑަށް ބޭނުންވަނީ ލޮލާއި، ހިތާއި، އަތްފައި އަދި ކަންފަތާއި ހަންގަނޑުގެ ހަތާތައް އުފެދި ބޮޑުވުމަށެވެ. އަދި ކަށި ބޮޑުވުމަށާއި ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށާއި ސަރުބީ ހަޖަމް ކުރުމަށްވެސް ވިޓަމިން އޭ ބޭނުންވެއެވެ. އަދި މިއީ މާބަނޑު ކޮންމެ އަންހެނަކަށްވެސް ކޮންމެހެންވެސް ބޭނުން މާއްދާއެކެވެ. އެއީ މިވިޓަމިނަކީ ވިހެއުމަށްފަހު ވިހެއުމުގެ ބަލިން ފަސޭހަވުމަށާއި ލޮލުގެ ފެނުން ރަނގަޅު ކުރުމަށާއި ވިހެއުމަށްފަހު ހަށިގަނޑަށް އަންނަ ނުރައްކާތެރި ބެކުޓީރިއާތަކާއި ދެކޮޅަށް ހަމަލެދޭ އެއްޗެކެވެ.

މާބަނޑު މީހަކަށް ދުވާލަކު ކިހާ ވިޓަމިނެއް ބޭނުންވޭ؟

މާބަނޑު އަންހެނުންނަށް ވިޓަމިން އޭ ދުވާލަކު ބޭނުންވަނީ 8000 އިންޓަނޭޝަނަލް ޔުނިޓެވެ. އެއީ ގާތްގަނޑަކަށް 2.4 މިލިގުރާމެވެ. އާއްމުގޮތެއްގައި ވިޓަމިން އޭ ބޭނުން ވަރަށް ހޯދުމަކީ ވަރަށް ފަސޭހަކަމެވެ. އެއީ ކެއިން ބުއިމުގާ ބޭނުން ކުރާ ވަރަށް ގިނަ ބާވަތްތަކަކީ ވިޓަމިން އޭ ގިނަ ބާވަތް ތަކެކެވެ. މަސް، ބިސް ކިރު އަދި ފެހިކުލަގަދަ ފަތާއި ކެރެޓަކީ ވިޓަމިން އޭ ގިނަ ބާވަތް ތަކެކެވެ.

ކާނާގެ އިތުރުން ވިޓަމިން އޭ ބޭނުން ކުރަން ޖެހޭނެތަ؟

އާއްމުގޮތެއްގައި ކާ ކާނާގެ ގިނަ ބާވަތްތަކުން ވިޓަމިން އޭ ހަށިގަނޑަށް ބޭނުންވާ ވަރަށް ލިބެއެވެ. ވުމާއެކު ކާނާގެ އިތުރުން ވިޓަމިން އޭ ނަގާކަށް ނުޖެހެއެވެ. އަދި ވިޓަމިންއޭ އިތުރަށް ނަގަން ޖެހުނަސް ރަނގަޅު ގޮތަކީ ބީޓާ ކެރޮޓިން (ހަށިގަނޑުން ހަޖަމް ކުރުމަށް ފަހު ވިޓަމިން އޭ އަށް ބަދަލު ކުރާ މާއްދާއެއް) ނެގުމެވެ.

ވިޓަމިން އޭ ގިނައިން ލިބޭ ކާބޯތަކެއްޗަކީ ކޮބާ؟

ތަރުކާރީއާއި މޭވާ އަކީ ވިޓަމިން އޭ ހޯދުމަށް އެންމެ ރަނގަޅު ކާނާއެވެ. އެއީ މިބާވަތްތަކުގައި ބީޓާ ކެރޮޓީން ވަރަށް ގިނަވާނެއެވެ. ހާއްސަކޮށް އޮރެންޖުކުލައާއި ރީދޫ ކުލައިގެ ތަރުކާރީއާއި މޭވާއިންނެވެ.

ކިރާއި މެޔާއި މަސްފަދަ ބާވަތްތަކަކީވެސް ވިޓަމިން އޭ ގިނަ ބާވަތްތަކެކެވެ. ތިރީގައި އެވަނީ ވިޓަމިން އޭ ލިބޭ ބައެއް ކާބޯ ތަކެއްޗެވެ.

- ކައްޓަލަ (އާދައިގެ ކައްޓަލައެއްގައި ގާތްގަޑަކަށް 28058 IU ހުންނާނެއެވެ.)

- ކެރެޓް (އާދައިގެ ކެރެޓެއްގައި ގާތްގަޑަކަށް 26835 IU ހުންނާނެއެވެ.)

- ބަބުކެޔޮ (ފޮއްޗެއްގައި ގާތްގަޑަކަށް 12431 IU ހުންނާނެއެވެ.)

- މޭ (މަހުމެޔެއްގައި ގާތްގަޑަކަށް 12500 IU ހުންނާނެއެވެ.)

ވިޓަމިން އޭ ހަށިގަނޑުން މަދުވުމުން ފެންނަ އަލާމާތްތަކަކީ ކޮބާ؟

ވިޓަމިން އޭ ހަށިގަނޑުން މަދުވުމަކީ ރޭގަނޑު ލޮލަށް ނުފެނުމާއި ދިފާއީ ނިޒާމު ބަލިކަށި ވުމާއި ހަންގަނޑު ހިކި ކުރަކިވާކަމެކެވެ.

ވިޓަމިން އޭ ހަށީގަނޑަށް ބޭނުންވާ ވަރަށްވުރެ ގިނަވެއްޖެނަމަ ވާ ގެއްލުންތަކަކީ ކޮބާ؟

މާބަނޑު ދުވަސްވަރު ހަށިގަނޑަށް ބޭނުންވާ ވަރަށްވުރެ ގިނައިން ވިޓަމިން އޭ ބޭނުން ކުރުމަކީ ރަނގަޅު ކަމެއް ނޫނެވެ. އެއީ ވިޓަމިން އޭ ހިސާބަށްވުރެ ހަށިގަނޑުގައި ގިނަ ވުމަކީ ޗަސްމޭ ވިހަވާ ކަމެކެވެ. ވުމާއެކު ދުވާލަކަށް 100000 IU އަށްވުރެ ގިނައިން ވިޓަމިން އޭ ބޭނުންކޮށްގެން ނުވާނެއެވެ.

ނަމަވެސް ދިވެހިރާއްޖެ ފަދަ ގައުމެއްގައި ވިޓަމިން އޭއަށް ވިހަވުމަކީ ވަރަށް މަދުން ނުނީ ނުވާނެ ކަމެކެވެ. އެއީ އެވުރެޖުކޮށް މަހުމެއި ފަދަ ކާނާ އާއްމު ކާނާ ގައި ހިމެނި ކަމުގައި ވިޔަސް ވެހެވެ. އެއީ ދިވެހިންނަކީ ފަތްޕިލާވެލި އާއްމުކާނާގައި އެހާ ގިނައިން ހިމަނާ ބައެއް ނޫނެވެ. ނަމަވެސް ޔޫރަޕާއި އެމެރިކާ ފަދަ ގައުމުތަކުގައި މެއި އާއްމުކޮށް ކެއުން ބުއްދިވެރިއެއް ނުވާނެއެވެ. އެއީ ވިޓަމިން އޭ ގިނަ ވަރަށް ގިނަ ބާވަތްތަކުގެ ކާނާ މިފަދަ ގައުމުތަކުގެ މީހުން ކާތީއެވެ.

އާއްމުގޮތެއްގައި ވިތަމިން އޭއަށް ވިހަވަނީ ކާނާގެ އިތުރުން ވިޓަމިން އޭ ނަގާމީހން އެކަންޏެވެ. އެއީ ކާނާގައި ވިޓަމިން އޭ ހިމެނުމާއި އެކު މިފަދަ ގޮތަކަށް ވިޓަމިން އޭ ބޭނުން ކުރުމުންނެވެ. ވިޓަމިން އޭ އަށް ވިހަވުމުން ހަންގަޑުގެ ކުލަ އޮރެންޖު ކުލަ ނުވަތަ ރީދޫ ކުލަޔަކަށް ބަދަލުވެއެވެ. ހާއްސަކޮށް އަތްތިލައާއި ފައިތިލައިގެ ހުދުހަމުގެ ކުލައެވެ. ތިރީގައި އެވަނީ ވިޓަމިން އޭ އަށް ވިހަވުމުން ފެންނަ ބައެއް އަލާމާތްތަކެވެ.

- މޭނުބައި ކުރުން.

- ހޮޑުލެވުން

- ކާހިތް ނުވުން

- ނުތަނަވަސް ވުން

- ކަމަކަށް ފުންކޮށް ވިސްނަން އުދަގޫވުން

- ބަނޑުގައި ރިއްސުން.

- ލޯ އަދިރިވުން

- ބޮލުގައި ރިއްސުން.

- މަސްތަކުގައި ރިއްސުން

- އިސްތަށި ފެއިބުން

- ހަންގަޑު ހިކި ކުރަކި ވުން

- ތުންފަތް ފާރުވުން.

- ގައި ކެހުން ނުވަތަ ހިރުވުން

- ހުންއައުން.

- ނިދިނައުން.

- އަވަހަށް ވާޅުވުން

- ލޭދައްވުން

- ބަނޑު ދިޔާވުން.

- މައްސަރުކަންތައް އިންތިޒަމު ނުވުން

- ނޭފަތުން ލޭއައުން.

- ނިޔަފަތި ފީވުން.

- އަތް ތުރުތުރު އެޅުން

- ފޮއްސިވުން.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.