Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް މަންމާއިދަރިފުޅު މާބަނޑުދުވަސްވަރު ވިހެއުމަށްފަހު ސަމާލުވާން ޖެހޭ އަލާމާތްތައް

ވިހެއުމަށްފަހު ސަމާލުވާން ޖެހޭ އަލާމާތްތައް

samaalu-vaanjehy-alaamai-81ވިހެއުމަށްފަހު ސަމާލުވާންޖެހޭ އަލާމާތްތަކަކީ ކޮބާ؟

ތިރީގައިއެވާ އަލާމާތްތަކުން ކުރެ އަލާމާތެއް ފެނިއްޖެ ނަމަ ޑޮކުޓަރުގެ ލަފާ ހޯދާށެވެ.

މާބޮޑަށް ހިތްދަތިވުން، އަމިއްލަ ނަފުސާއި މެދު ނުވަތަ ދަރިފުޅާއި މެދު މާބޮޑަށް ކަންބޮޑުވެ ހާސްވުން.

ވިހެއުމަށްފަހު 4 ދުވަހުގެ ތެރޭގައި ލޭއަންނަވަރު މަދުނުވުން އަދި އަންނަ ލޭގެ ކުލަ ސާފު ރަތްކުލައިގައި ހުރުން، ލޭއަންނަވަރު މަދުވެފައި އަނެއްކާ އަންނަވަރު އިތުރުވުން، ގަޑުލޭއައުން، ލެއިން ނުބައިވަސް ދުވުން.

ކިތައްމެ ކުޑަކޮށްނަމަވެސް ހުންއައުން، އާއްމުގޮތެއްގައި އާދައިގެ ވަރަކަށް ހުންއައުމަކީ ޠަބީޢީ ކަމެކެވެ. ނަމަވެސް ފަހަރުގައި މިއީ ނުރައްކާތެރި އިންފެޝަން އެއް ނުވަތަ ބައްޔެއްގެ ފެށުން ކަމުގައިވެސް ވެދާނެއެވެ. ވުމާއެކު ކިތައްމެ ކުޑަކޮށްނަމަވެސް ހުންއަތުވެއްޖެ ނަމަ ފަރުވާ ކުޑަނުކޮށް ޑޮކުޓަރުގެ ލަފާ ހޯދާށެވެ.

ބަނޑުގައި މާބޮޑަށް ރިއްސުން، މެދުނުކެޑި ބަނޑުގައި ރިއްސުން، ބަނޑުގައި ރިއްސާފައި ރަނގަޅުވެފައި ފަހުން ރިހުން ގޯސްވަމުން ދިއުން.

އޮޕަރޭޝަންކޮށްގެން ދަރިފުޅު ނެގިނަމަ އޮޕަރޭޝަން ކުރި ލަކުނުގައި މެދުނުކެޑި ތަދުވުން، ތަދު ބޮޑުވަމުން ދިއުން، ނުވަތަ ލަކުނު ރަތްވުން، ދުޅަވުން، ލަކުނުން ލޭނުވަތަ ދޮސް ނުވަތަ ދިޔާއެއްޗެތި ފޭބުން.

ވިހެއިކަމުގައިވާނަމަ ކުރިމަތިފަރާތުގައި މާބޮޑަށް ރިއްސުން، ރިހުން ބޮޑުވަމުންދިއުން، ކުރިމަތިފަރާތުން ފަޅައިގެން ގޮސްފައިވާނަމަ ފަޅައިގެންދިޔަ ތަން ދުޅަވުން، ލޭނުވަތަ ދިޔާއެއްޗެތި ފޭބުން.

އުރަމަތީގައި ނުވަތަ އުރަމަތީގެ ތަންކޮޅެއްގައި ރިއްސުން، ގާތުން ދިނުމުންވެސް ނުވަތަ ހޫނު ފެނުން ބޮޑިތާން ކުރުމުންވެސް މިތަދު ކުޑަނުވުން، އުރަމަތި ދުޅަވުން، ރަތްވުން، އުރަމަތީގައި ތަތުވުމާއެކު ރޯގާ ޖެހުމުންވާގޮތަށް ބަލިވުން.

ކުޑަކަމުދާއިރު ތަދުވުން ނުވަތަ ގިނިނެގުން، އަވަސްއަވަހަށް ކުޑަކަމުދާން ޖެހުމާއެކު ކުޑަކަމުދާއިރު ވަރަށް މަދުންނޫނީ ކުޑަކަމުދާއެއްޗެތި ނުފޭބުން، ކުޑަކަމުދާއެއްޗެތި މަދުވުމާއެކު ކުލަ ގަދަވުން، ލޭފޭބުން، ނުވަތަ މިފަދަ އެހެންކަމެއްވެސް ދިމާވުން.

ފައިގެ ވަކިހިސާބެއްގައި މާބޮޑަށް ތަދުވުން، މެދުނުކެޑި ތަދުވުން، ނޫފައިގަތުން، ރަތްވުން، ހޫނުވެފައި ހުރުން، އެއްފަޔަށްވުރެ ބޮޑަށް އަނެއްފައި ދުޅަވުން.

މާބޮޑަށް ނުވަތަ މެދުނުކެޑި ބޮލުގައި ރިއްސުން.

ލޮލުގެ ފެނުމަށް ބަދަލު އައުން، ލޯއަދިރި ވުން، ލޮލަށް ނުފެނުން، ލޮލުގެ ކުރިމަތިން އަލިތިކިތަކެއް ދާހެން ފެނުން.

މާބޮޑަށް ނުވަތަ މެދުނުކެޑި ހޮޑުލެވުން.

އައިވީ ގުޅައިފައި ހުރިތަން ރަތްވުން، ދުޅަވުން، ތަދުވުން، ނޫފައިގަތުން.

ޑޮކުޓަރަށް ވަގުތުން ދާންޖެހޭނީ ކޮންކަހަލަ އަލާމާތްތަކެއް ފެނުމުންތަ؟

ތިރީގައިވާ އަލާމާތްތަކުން އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ވަގުތުން ހޮސްޕިޓަލަށް ގޮސް ފަރުވާ ހޯދާށެވެ.

ނޭވާ ކުރުވުން، ނޭވާލާ އުދަގޫވުން، މޭގައި ރިއްސުން، ކެއްސާއިރު ލޭއައުން.

އާދަޔާ ޚިލާފަށް ލޭފެއިބުން.

ބޮލުގައި ރިއްސުން+ހަށިގަނޑު ބަލިކަށިވުން+ ހިތުގެ ހިގުން އަވަސްވުން+ އަވަހަށް ނުވަތަ ފުންކޮށް ނޭވާ ލެވުން+ ހަންގަނޑު ތެތްވެ ކުލަ ފަޑުވުން

 

Comments