ހުކުރު20181109

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް މަންމާއިދަރިފުޅު މާބަނޑުދުވަސްވަރު ވިހެއުމަށްފަހު ދުޅަހެއުކޮށް ހުރެ ހަށިގަނޑު ލުއި ކުރުމަށް ކެއުމަށް ގެނެވިދާނެ ބަދަލުތައް

ވިހެއުމަށްފަހު ދުޅަހެއުކޮށް ހުރެ ހަށިގަނޑު ލުއި ކުރުމަށް ކެއުމަށް ގެނެވިދާނެ ބަދަލުތައް

genevidhaane-badhalutha-9* ވިހެއުމަށްފަހު ހަށިގަނޑު ލުއި ކުރުމަށް ވަގުތުން ކެއުން މަދު ނުކުރާށެވެ.

* ކަސްރަތު ކުރުމަށް ފަރުވާ ކުޑަ ނުކުރާށެވެ.

* މާކަންތައް ބޮޑު ނުކުރާށެވެ.

ވިހެއުމަށްފަހު ހަށިގަނޑު ލުއި ކުރުމަށް ވަގުތުން ކެއުން މަދު ނުކުރާށެވެ.

ވިހެއުމަށްފަހު ހަށިގަނޑު ހަމައަކަށް އެޅުމަށް ވަގުތު ބޭނުންވެއެވެ. ވުމާއެކު ވިހެއުމަށްފަހު ސާޅީސް ދުވަސް ނުވަނީސް ހަކަތަ މަދު ކާނާ ކާން ފެށުމަށް ނުވިސްނާށެވެ. އަދި ގާތުންދޭނަމަ ދެމަސްދުވަސް ނުވަނީސް މިފަދަ ކާނާ އާއި މެދު ވިސްނަން ނުފަށާށެވެ.

ވިހެއުމަށްފަހު މާއަވަހަށް ހަކަތަ މަދު ކާނާ ކާން ފެށުމަކީ ކިރުއުފެދުމަށް ހުރަސް އަޅާ ކަމެކެވެ. އަދި ގައިގެ ވަރުދެރަވެ ބަލިވާ ކަމެކެވެ. މިދުވަސްވަރަކީ ކުޑަދަރިފުޅާއެކު ވަރަށް ބުރަކޮށް އުޅެން ޖެހޭނެ ދުވަސްވަރަކަށް ވާއިރު މިކަމަށްވެސް ހަކަތަ މަދު ކާނާ ކެއުމުން ހުރަސް އެޅެއެވެ. ކެއްތެރިވެލައިފިނަމަ ޠަބީޢީ ގޮތުން ހަށިގަނޑު ހިކެމުންދާ ވަރާއި މެދު އަޖާއިބުވާވަރަށް ހަށިގަނޑަށް ބަދަލު އަންނާނެއެވެ. ހާއްސަކޮށް ގާތުން ދޭނަމައެވެ.

އަބަނޑު ވެސް ހަދާން ކުރާށެވެ. ބަލިވެއިނުމުގެ ކުރިން ބަރުދަން ހުރިވަރަށް ނުވަތަ ހަށިގަނޑު ހުރި ސިފަޔަށް އައުމަކީ ފަހަރުގައި ނުވެދާނެ ކަމެކެވެ. ބަލިވެއިނުމަށް ފަހު ހަށިގަނޑަށް ވަރަށް ބޮޑެތި ބަދަލުތައް އާދެއެވެ. ބަނޑުގެ މަސްތައް ދޫވުމާއި، އުނަގަޑު ފުޅާ ވުމާއި ފަލަ ވުމަކީ ބަލިވެއިނުމަށްފަހު ތަޖުރިބާ ކުރަން ޖެހޭނެ ކަންތައްތަކެކެވެ. މިކަންތައްތަކަކީ އާއްމުގޮތެއްގައި ވިހެއުމަށްފަހު ބަލިވެއިނުމުގެ ކުރިން ހުރި ގޮތަށް ބަދަލުވާނެ ކަންތައްތަކެއް ނޫނެވެ. ދުޅަހެޔޮ އުފާވެރި މަޔަކަށް ވުން ހަށިގަނޑުގެ ބަރުދަން ވަކިވަރަށް ހުރުމާއި ބައްޓަން ވަކި ސިފަޔަކަށް ހުރުމަށްވުރެ މުހިއްމެވެ.

ކަސްރަތު ކުރުމަށް ފަރުވާ ކުޑަ ނުކުރާށެވެ.

ރަނގަނޅު ކާނާ ކެއުމާއި އެކު ގަވައިދުން ކަސްރަތު ކުރުމަށްވުރެ ހަށިގަނޑު ރީތިކުރުމާއި ލުއި ކުރުމަށް މޮޅު އެއްވެސް ކަމެއް ނުވެއެވެ. އަދި ހަކަތަ މަދު ކާނާ ކެއުމަށްވުރެ ރަނގަޅު ކާނާ ކެއުމާއި އެކު ކަސްރަތު ކުރުން ހާސްބައި ރަނގަޅެވެ. އެއީ ހަކަތަ މަދު ކާނާ ކާނަމަ ސަރުބީތައް ވިރުމާއި އެކު ގައިގެ މަސްތައްވެސް ދާނީ ކަމީނާ ވަމުން ނިކަމެތި ވަމުންނެވެ. ނަމަވެސް ކަސްރަތުކުރުމާއި އެކު ރަނގަޅު ކާނާ ކާނަމަ މަސްތައް ކަމީނާނުވެ ސަރުބީތައް ވިރެމުން ހަށީގަނޑު ހިކެމުން ލުއިވަމުން ދާނެއެވެ. ހަށިގަނޑު ފަލަ ވެފައި ހުންނަނީ އާއްމުގޮތެއްގައި މަސްޖަހައިގެންނެއް ނޫނެވެވެ. ސަރުބީ ގިނަވެގެންނެވެ.

މާކަންތައް ބޮޑު ނުކުރާށެވެ.

ހަކަތަ މަދު ކާނާ ކާން ހަށިގަނޑު ތައްޔާރު ވުމުން ކޮންމެ ދުވަހަކުވެސް ކަމުންދިޔަވަރު ކުޑަތަންކޮޅެއް މަދު ކޮށްލާށެވެ. އަދި ހަރަކާތްތައް ގިނަ ކުރާށެވެ. ނުވަތަ ކަސްރަތު އިތުރު ކުރާށެވެ. އެއީ ތަންކޮޅެއް ގިނައިން ދަރިފުޅު އުރައިގެން ހިގާލުން ކަމުގައި ވިޔަސް ރަނގަޅުވާނެއެވެ.

ކެއުން މަދުކުރާއިރުވެސް އަދި ކަސްރަތު ކުރުމުގައިވެސް މާކަންތައް ބޮޑު ނުކުރާށެވެ. ނުވަތަ މާހަރުކަށި ނުވާށެވެ. މާގިނައިން ކަސްރަތު ނުކުރާށެވެ. މާބޮޑަށް ކެއުން މަދު ނުކުރާށެވެ. އަންހެނަކަށް މަދުވެގެން ދުވާލަކު 1200 ކެލޮރީގެ ކާނާ ބޭނުންވާނެއެވެ. އާއްމުގޮތެއްގައި އާދައިގެ އަންހެނަކަށް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ދުވާލަކަށް މިއަށްވުރެވެސް ގިނައިން ބޭނުން ވާނެއެވެ. ގާތްގަޑަކަށް ދުވާލަކަށް 1800-2200 ކެލޮރީގެ ކާނާ ބޭނުންވާނެއެވެ. ހަފުތާއަކު ބައިކިލޯވަރު ލުއިވުމަށްޓަކައި ދުވާލަކު 500 ކެލޮރީވަރު ހަށިގަނޑުން މަދު ކުރާށެވެ. އެއީ ކާކާނާގެ މިންވަރު މަދު ކޮށްގެން ނުވަތަ ކަސްރަތު ގިނަކޮށްގެންނެވެ.

ކެއުމަށް ބަދަލު ގެންނައިރު ފުރަތަމަ ސަރުބީ މަދު ކާނާއިން ފަށައިގަންނާށެވެ. މޭވާއާއި ތަރުކާރީ އަކީ މިގޮތުން އެންމެ ރަނގަޅު ކާނާއެވެ. އދި މަހާއި ކުކުޅު އެއްޗެތި ކާއިރު ވެސް މިފަދަ ކާނާއާއި އެކު މޭވާ ތަރުކާރީ ގިނަކުރުން ރަނގަޅުވާނެއެވެ.

ދިރާސާތަކުން ދައްކާގޮތުގައި ކިރު ގިނައިން ބުއިމަކީވެސް ހަށިގަނޑު ލުއި ކުރުމަށް ކުރެވިދާނެ ވަރަށް ރަނގަޅު ކަމެކެވެ. އެއީ ކިރު ބުއިމުން ބަނޑު ފުރު އިތުރު ކާނާ ކާން ބަނޑުގައި ޖާގައެއް ނުއޮންނާނެއެވެ. ވުމާއެކު ގިނައިން ކެއުމުގެ ބިރު ކުޑަވާނއެވެ.

އަދި ގިނައިން ފެން ބުއިމަކީވެސް ވަރަށް ބޭނުންތެރި ކަމެކެވެ. ދުވާލަކު 8 ތަށި 9 ތަށިވަރު ފެން ބޯށެވެ. އަދި ޖޫސްއެއްޗެތި ބުއިންވެސް ރަނގަޅުވާނެއެވެ. މިފަދަ ބުއިން ތަކުން ހަށިގަނޑަށް އިތުރުވާ ކެލޮރީ މަދު ކުރެވޭނެއެވެ.

ކޮންމެ ދުވަހެއްގެ ކެއުމުގައިވެސް ތިރީގައި އެވާ ބާވަތްތައް ހިމެނުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ.

- މަދުވެގެން 150 ގުރާމުގެ ކާބޯހައިޑުރޭޓު ހުންނަ ކާނާ

- ގާތްގަޑަކަށް ތައްޓެއްގެ މޭވާ އެއިން ކޮންމެވެސް އެއްމޭވާއަކީ އޮރެންޖު ފޭރުފަދަ ވިޓަމިން ސީ ގިނަ މޭވައެއް ކަމުގައި ވާން ޖެހޭނެއެވެ.

- ގާތްގަޑަކަށް ދެތަށީގެ ތަރުކާރީއާއި ފަތް މީގެތެރޭގައި ކެރެޓު، ކައްޓަލަ ފަދަ ވިތަމިން އޭގިނަ ބާވަތެއް ހިމެނެން ޖެހޭނެއެވެ.

- 120-150 ގުރާމުގެ ޕްރޮޓީން ގިނަކާނާ މީގެތެރޭގައި މަސް، ކުކުޅު، އެއްގަމުމަސް، ބިސް ފަދަ ތަފާތު ބާވަތްތައް ހިމެނުން މުހިއްމުވާނެއެވެ.

- ކިރު، ޗީޒް އަދި ޔޯގަޑތު ފަދަ ސަރުބީމަދު ކެލްސިއަމް ގިނަ ކާނާ

- 4 ސަމުސާވަރުގެ ތަރުކާރީ ތެޔޮ މިގޮތުން ތަރުކާރީ ތެޔޮ ނޫނަސް އޮށާއި ޕީނަޓުފަދަ ތަކެތި ރަނގަޅުވާނެއެވެ. ނަމަވެސް ދަރިފުޅު އެއްވެސް އެއްޗަކަށް އެލާޖީވާނަމަ ގާތުންދޭދުވަސްވަރު ޕީނަޓާއި އޮށް ބޭނުން ކުރުން ރަނގަޅެއް ނުވާނެއެވެ.

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.