އާދީއްތަ20181111

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް މަންމާއިދަރިފުޅު މާބަނޑުދުވަސްވަރު މާބަނޑު ދުވަސްވަރު ނިދުމުގައި ދިމާވާ އުދަގޫތަކުގެތެރެއިން.. އަވަސްއަވަހަށް ކުޑަކަމުދާން ތެދުވަން ޖެހުން.

މާބަނޑު ދުވަސްވަރު ނިދުމުގައި ދިމާވާ އުދަގޫތަކުގެތެރެއިން.. އަވަސްއަވަހަށް ކުޑަކަމުދާން ތެދުވަން ޖެހުން.

kudakamudhaan-jehun-105މިހެން ދިމާވަނީ ކީއްވެ؟

ބަލިވެއިނުމަށްފަހު އާއްމުގޮތެއްގައި ފާހާނާއަށް ދާންޖެހޭ ވަރަށްވުރެ އަވަސްއަވަހަށް ފާހާނާއަށް ދާން ޖެހުމަކީ ޠަބީޢީ ކަމެކެވެ. ސުވާލަކީ މިގޮތަށް އަވަސްއަވަހަށް ފާހާނާއަށް ދާންޖެހެނީ ކީއްވެގެންހެއްޔެވެ؟ މިހެންދިމާވާ މައިގަޑު ސަބަބަކީ ބަލިވެއިނުމުން އާދަޔާ ޚިލާފަށް ހަށިގަނޑުގައި އިތުރުވެގެންދާ ލޭގެސަބަބުންނެވެ. މިކަމުގެސަބަބުން ގުރުދާއިން ފުރާނައި ސާފުކުރާ ލެޔާއި މަސާނާއަށް ގެންދާ ކުޑަކަމުދާ އެއްޗެތީގެ މިންވަރުވެސް ވަރަށް ބޮޑުތަން އިތުރު ވެގެންދެއެވެ.

އަދިވަރަށް ގިނަފަހަރު ރޭގަނޑު ދުވާލަށްވުރެ ގިނައިން ކުޑަކަމުދާން ޖެހުމަކީ އާއްމުކޮށް ދިމާވާ ކަމެކެވެ. ހާއްސަކޮށް އަތްފައި ދުޅަވެ ފޮއްސިވާނަމައެވެ. މިހެންވަނީ ނިދަން އޮށޯވުމުން ދުވާލުގަޑިގައި ހަށިގަނޑުގެ އެކިހިސާބުތަކުގައި ޖަމާވެފައިހުންނަ ދިޔާއެއްޗެތި ލޭގެތެރެއަށް ދިއުމުގެ ސަބަބުންނެވެ. އަދި އިތުރުވާ މިބައި ގުރުދާއިން ސާފުކޮށް މަސާނާއަށް ފޮނުވާތީއެވެ.

ހަމައެއާއި އެކު ބަނޑު ބޮދުވަމުންދާވަރަކަށް ބޮޑުވަމުންދާ ރަހިމުގެސަބަބުން މަސާނާފިތެމުންދާނެއެވެ. ވުމާއެކު މަސާނާގެ ޖާގަ ކުޑަވެ ފުރޭލެއްއަވަސްވެއެވެ. އަދި ކުޑަކަމުދާން ޖެހިދެއެވެ. އަދި މިކަމުގެ އުދަގޫ ބަނޑުބޮޑުވަމުން ދާވަރަކަށް ބޮޑުވަމުންދެއެވެ.

މިކަން ހައްލުކުރާނީ ކިހިނެއް؟

މިކަމަށްއޮތް އެންމެ ރަނގަޅު ހައްލަކީ ދުވާލެއްގެ މައްޗަށް ބޯންޖެހޭ ފެނުގެ ބޮޑުބައި ދުވާލުގަޑީގައި ހާއްސަކޮށް ހެނދު ބުއިމަށްފަހު ރޭގަނޑުބޯފެނުގެ މިންވަރު މަދު ކުރުމެވެ. މީގެއިތުރުން ކޮފީ ސައި ބުއިން ހުއްޓާލުމަކީވެސް ކުރަން ވަރަށް ރަނގަޅު ކަމެކެވެ. ހާއްސަކޮށް ރޭގަނޑުއެވެ. އެއީ ކޮފީއާއި ސަޔަކީ ކުޑަކަމުދާއެއްޗެތި އިތުރު ކުރާ ހޯމޯން އިތުރުކުރާ އެއްޗަކަށްވާތީއެވެ.

ކުރެވިދާނެ އަނެއްކަމަކީ ކުޑަކަމުދާއިރު މަސާނާގައި ހުންނަ ބައިއެއްކޮށް ސާފުކޮށްލެވޭތޯބެލުމެވެ. މިގޮތުން ކުޑަކަމުދާއިރު ބާރުލައިގެން ބާކީ ހުންނަބައި ބޭރުކޮށްލެވޭތޯ ބެލިދާނެއެވެ. މިގޮތަށް ކަންތައް ކުރުމުން ދެންމަސާނާ ފުރުމުގައި ތަންކޮޅެއް ގިނަވަގުތު ނަގާނެއެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.