ހޯމަ20181112

އާކުރެވުނީ: 08:43:52

ޠަބީޢީކޮށް ވިހެއުން

thabee-ee-ko-viheun-77* ޠަބީޢީކޮށް ވިހެއުމުން ލިބޭ ފައިދާ އަކީ ކޮބާ؟

* ބޭހަކާއި ނުލައި ޠަބީޢީކޮށް ވިހެއުމުން ލިބޭ ގެއްލުމަކީ ކޮބާ؟

* ޠަބީޢީކޮށް ވިހެއުމަށް ތައްޔާރުވާނީ ކިހިނެއް؟

* ޠަބީޢީކޮށް ވިހެއުމަށް އެހީތެރިޔަކު ހުރުން.

* ވިހާއިރު އިންނާނެ ނުވަތަ ހުންނާނެ ގޮތާއި ހަރަކާތްތައް.

* ވިސްނުން ކުޑަކުރުން.

* މަސާޖުކުރުމާއި ހޫނުފެނުން ނުވަތަ ފިނިފެނުން ބޮޑިތާން ކުރުން.

* މޫދުގައި ވިހެއުން.

ޠަބީޢީކޮށް ވިހެއުމުން ލިބޭ ފައިދާ އަކީ ކޮބާ؟

- މިގޮތަށް ވިހާއިއިރު މައިމީހާގެ އިހުސާސްތައް ހުންނާނީ ސަލާމަތުންނެވެ. ވުމާއެކު ވިހާއިރު ވިހަން ފަސޭހަ ގޮތަކަށް ހަރަކާތް ކުރުމަށް ފަސޭހަވާނެއެވެ. އަދި މިކަމުން ދަރިފުޅު އަވަހަށް ވިހެއުމަށް އެހީތެރި ވެވޭނެއެވެ.

- ވިހާއިރު އައިވީއާއި ތަފާތު މެޝިންތައް މައިމީހާއާއި ގުޅައިފައެއް ނުހުންނާނެއެވެ. ވުމާއެކު ވިހެއުމުގެ ތަދު ބޮޑުވާން ފެށުމުްވެސް ނނުވަތަ ވިހަން ކައިރި ވިޔަސް ހަރަކާތްތެރިވެ ފެންވަރައި ތާޒާވެލުމަށް ފުރުޞަތު އޮންނާނެއެވެ.

- ވިހެއުމަށް އެހީތެރިވުމަށް ނުވަތަ ދަރިފުޅު ބޭރުކުރުމަށް ބޭނުން ކުރާ ތަފާތު ވައްތަރުގެ އެއްޗެތި ބޭނުން ކުރަން ޖެހުމުގެ ފުރުޞަތު ކުޑަވާނެއެވެ.

- ވިހެއުމުގެ ކުރިން ނޭވައިލުމުގެ ކަސްރަތު ތަކާއި ތަފާތުކަމަކަށް ވިސްނުން އަނބުރައިލުން ފަދަ ވިހެއުމަށް އެހީތެރިވެދޭނެ ކަންތައް ވިހެއުމުގެ ކުރިން ކުުރމުގެ ފުރުޞަތު އޮންނާނެއެވެ. އަދި ވިހެއުމަށްފަހު އަވަހަށް ގާތުން ދިނުމަށް ފަސޭހަވާނެއެވެ.

- ވިހާއިރުވާ ތަދުކުޑަކުރުމުގައި އެހީތެޔާގެ (ފޫޅުމައި ނުވަތަ ފިރިމީހާ) އެހީތެރިކަން ލިބޭނެއެވެ.

- އަރިމަތީ އަސަރުތައް (Side effects) ކުޑަވާނެއެވެ.

އައްސިކުރުމާއި ނުލައި ޠަބީޢީކޮށް ވިހެއުމުން ލިބޭ ގެއްލުމަކީ ކޮބާ؟

ޠަބީޢީކޮށް ވިހާއިރުވާ އެންމެ ބޮޑު އުދަނގުލަކީ ތަދުވުމެވެ. ވޭނުގައި ވިހަން ބޭނުން ނުވާމީހަކު ޠަބީޢީކޮށް ވިހެއުމަށްވުރެ އައްސިކޮށްގެން ވިހެއުން ރަނގަޅުވާނެއެވެ. ހަމއެއާއިއެކު އުދަގުލުންވިހާ ހާލަތްތަކުގައި ޠަބީޢީކޮށް ވިހެއުމަކީ އެހާ ރައްކާތެރި ކަމެއްނޫނެވެ. އަދިވިހާއިރު އެހީތެރިވެދޭންވެއް އުނދަގޫ ކަމެކެވެ. އެއީ ވިހެއުމުގެ ތަދުގައި ގިނައިރުވެ ވަރުބަލިވުމުން އޮންނާނީ އަރާމުކުރަން ނުވަތަ ނިދާލަން ބޭނުން ވެފައެވެ. މިފަދަ ހާލަތުގައި އައްސިކުރުން ރަނގަޅުވާނެއެވެ.

ޠަބީޢީކޮށް ވިހެއުމަށް ތައްޔާރުވާނީ ކިހިނެއް؟

ވިހެއުމަކީ މައިމީހާއަށް ދިމާވާ އެންމެބޮޑު އެއްކަމަށްވާއިރު މިކަމަށް ތައްޔާރުވުމަކީ ވަރަށް މުހިންމުކަމެކެވެ. ހާއްސަކޮށް ގޭގައި ނުވަތަ ހޮސްޕިޓަލުގައި ނަމަވެސް އައްސިކުރުމަކާއިނުލައި ޠަބީޢީކޮށް ވިހަން ބޭނުންނަމައެވެ. ވުމާއެކު ރަނަގޅު މާހައުލަކާއި ރަނގަޅު ފޫޅުމައެއް ނުވަތަ ޑޮކުޓަރެއް ހިޔާރުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި ވިހެއުމާއި ގުޅުން ހުރި މައުލޫމާތު ގިނައިން ހޯދައި ވިހެއުމުގެ ޘަޤާފަތް އިތުރު ކުރުމަކީ ބޭނުންތެރި ކަމެކެވެ.

ޠަބީޢީކޮށް ވިހަންބޭނުން ނަމަވެސް ހޮސްޕިޓަލެއްގައި ވިހެއުން ބުއްދިވެރިއެވެ. އަދި ގޭގައިވިހާނަމަވެސް ކުއްލިހާލަތެއް ދިމާވެއްޖެ ހާލަތުގައި ފަސޭހައިން ހޮސްޕިޓަލަކަށް ދެވޭނެ އިންތިޒާމު ހަމަޖައްސައިފައި ބެހެއްޓުމަކީ އެދެވިގެންވާ ކަމެކެވެ. ހާއްސަކޮށް އަލަތު ދަރިފުޅު ވިހާއިރު އެވެ. އެއީ ވިހެއުމުގައި ދިމާވާ ބައެއް ކަންތަކަކީ ގޭގައި ފަރުވާ ކުރަން އުނދަގޫ އަދި ހާއްސަ ސިއްހީ އެހީތެރިކަން ބޭނުންވާ ކަންތަކެވެ.

ޠަބީޢީކޮށް ވިހެއުމަށް އެހީތެރިޔަކު ހުރުން.

ޠަބީޢީކޮށް ވިހާއިރު ފޫޅުމައިގެ އިތުރުން ފިރިމީހާ ނުވަތަ ކުރިން މިގޮތަށް ވިހައި ތަޖުރިބާލިބިފައިވާ ތިމާގެ މީހަކު ހާއްސަކޮށް މަންމަ ނުވަތަ ދައްތަ ހުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި މިއީ މާބަނޑުމީހާ ވިހާއިރު ވަރަށް ބޮޑު ލުއިކަމެއް ގެނެސްދޭ ހިތަށް ފިނިކަން ގެނެސްދޭ ވިހެއުމަށް ފަސޭހަވާ ކަމެކެވެ.

ދިރާސާތަކުން ދައްކާގޮތުގައި މިފަދަ އެހީތެރިކަން ލިބޭ މައިންނަށް ތަދު ކަޑުވަން ބޭސްދޭން ޖެހުމުގެ ފުރުޞަތު ކުޑަވެއެވެ. އަދި މައިމީހާގެ ނުތަނަވަސްކަންވެސް ކުޑަވެގެންދެއެވެ.

ވިހާއިރު އިންނާނެ ނުވަތަ ހުންނާނެ ގޮތާއި ހަރަކާތްތައް.

ޠަބީޢީކޮށް ވިހާއިރު ތަފާތު ގޮތްގޮތަށް އިށީދެ އޮށޯވެއޮތުމާއި އަދި ތަފާތު ހަރަކާތްތައް ކުރުމުގެ ފުރުޞަތު އޮވެއެވެ. ވިހަން ކައިރިވުމުން ކޮޅަށް ހުރެވިދާނެއެވެ. އަދި ފިރިމީހާ ނުވަތަ އެހީތެރިޔާގެ އެހީގައި ކޮޅަށް ކުރިއަށް ގުދުވެގެންވެސް ހުރެވިދާނެއެވެ. މީގެއިތުރުން އިށީދެގެން ނުވަތަ ކަކޫމައްޗަށް އޮށޯވެގެންވެސް އޮވެވިދާނެއެވެ. އަދި ވަށައިގެން ހިނގުމާއި މިނޫން ހަރަކާތްތައްވެސް ކުރެވިދާނެއެވެ. މިފަދަ ހަރަކާތްތަކަކީ ހަށިގަނޑަށް ލުއިކަމާއި ފަސޭހަކަން އަދި ހަމަޖެހުން ގެނެސްދީ ތަދާއި ވޭނާއި ނުތަނަވަސްކަން ކުޑަކުރާ ކަމެކެވެ.

ދަރިފުޅު ބޭރަށް ނުކުމެގެން އަންނައިރު ބޯކޮލު ކުޑަކޮށް ހިއްލައިގެން ހުރުމުން ދަރިފުޅު ފައިބަން ފަސޭހަވާނެއެވެ. އަދި ކަކޫމައްޗަށް އޮށޯވެ އޮންނައިރު ތިރިން ދަރިފުޅު ނިކުމެގެން އަންނަ މަގު ބޮޑަށް ހުޅުވޭނެއެވެ. ނަމަވެސް މިއިން އެއްވެސް ގޮތަކީ މާބޮޑު ތަފާތުތަކެއް އަންނަ ގޮތްތަކެއް ނޫނެވެ. ވުމާއެކު ވިހާއިރު އެންމެ ރަނގަޅުވާނީ މައިމީހާއަށް އެންމެ ފަސޭހަގޮތަކަށް އިށީދެ އިނުން ނުވަތަ އޮށޯވެ އޮތުމެވެ. ނުވަތަ ތަފާތު ގޮތްގޮތަށް އިށީދެ އޮށޯވެ އޮތުމެވެ.

ވިސްނުން ކުޑަކުރުން.

ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ވިހާއިރު ވީވަރަކުން ވިހެއުމާއި ތަދާއިމެދު ފިކުރު ކުރުން ދުރުކޮށް އެހެންކަމަކުން ސިކުޑި މަޝްޣޫލު ކުރުމަކީ ވިހެއުމުގެ ތަދު ކުޑަވެ ދަށްބަނޑުގެ މަސްތަކަށް ދޫކަންއައިސް ލުއިކަންލިބި ވިހަން ފަސޭހަވާ ކަމެކެވެ.

މަސާޖުކުރުމާއި ހޫނުފެނުން ނުވަތަ ފިނިފެނުން ބޮޑިތާން ކުރުން.

މަސާޖުކުރުމަކީ ހަށިގަނޑަށް ލުއިކަން ލިބި ވާންވެފައިވާ މަސްތައް ދޫކޮށް ވިހެއުމުގެ ތަދު ކުޑަކުރާކަމެކެވެ. މިކަމުގައި ފޫޅުމައިމީހާ ނުވަތަ އެހީތެރިޔާ އަދި ފިރިމީހާއަށްވެސް އެހީތެރިވެދެވިދާނެއެވެ. މިކަމުގައި ބޮޑަށް ރަނގަޅީ މާބަނޑުމީހާ ބޮޑަށް ލޯބިވާ މީހަކު ކުރުމެވެ. އެއީ އެފަދަ މީހެއްގެ ބީހިލުމަކީ މާބަނޑުމީހާގެ ނުތަނަވަސްކަން ކުޑަވާނެކަމެކެވެ. އަދި މަސާޖުކުރާއިރު ލުއިލުއި ހަރކާތްތަކުން ބައެއް އަންހެނުންނަށް ފަސޭހަކަން ގެނެސްދޭއިރު އަނެއްބައި އަންހެނުންނަށް ރަނގަޅީ ވަރުގަދައަށް މަސްތަކުގައި ހިފައި މަސާޖު ކުރުމުންނެވެ.

އަދިވަރަށް ގިނަމައިންނަށް މަސާޖުކުރާއިރު ހޫނުފެން ނުވަތަ ތާފަނާ ފެނުން ބޮޑިތާން ކުރުމަކީ ލުއިކަން ގެނެސްދޭ ކަމެކެވެ. އަދިބައެއް އަންހެނުންނަށް ފިނިފެނުން ބޮޑިތާން ކުރުމުން ލުއިކަން ގެނެސްދޭއިރު އިތުރު ބައެއް އަންހެނުންނަށް ހޫނުފެނުންނާއި ފިނިފެނުން ބޮޑިތާން ކުރުމަކީ ލުއިކަން ގެނެސްދޭ ކަމެކެވެ.

މޫދުގައި ވިހެއުން.

މޫދުގައި ނުވަތަ ފެނުގައި ވިހެއުމަކީވެސް ވިހެއުމުގެ ނުތަނަވަސްކަން ކުޑަކޮށްދޭ ކަމެކެވެ. ހާއްސަކޮށް ވިހެއުމުގެ ކުރީމަރުހަލާގައި ބިލިގާ ނުވަތަ މޫދުގެ ބޭނުން ކުރެވިދާނެއެވެ. ފެނުގެ ތެރޭގައި ވިހެއުމަކީ މަސްތަކަށް ލުއިކަމާއި ދޫކަން ގެނެސްދޭ ކަމެކެވެ. އަދި ނުތަނަވަސްކަން ކުޑަކުރާ ކަމެކެވެ. ނަމަވެސް މިހާތަނަށް މިކަމާއިބެހޭގޮތުން އެކަށީގެންވާވަރަށް ދިރާސާ ކުރެވިފައެއް ނުވެއެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.