ހުކުރު20201016

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް މަންމާއިދަރިފުޅު މާބަނޑުދުވަސްވަރު އޮޕަރޭޝަންކޮށްގެން ދަރިފުޅު ނެގުމަށްފަހު، ބަލިވެނުއިދެ ކިހާދުވަހަކު މަޑުކުރަން ޖެހޭނެތަ؟

އޮޕަރޭޝަންކޮށްގެން ދަރިފުޅު ނެގުމަށްފަހު، ބަލިވެނުއިދެ ކިހާދުވަހަކު މަޑުކުރަން ޖެހޭނެތަ؟

operationa-fahu-baliv-nuidhe-kihaa-dhuvahaku-hunnan-jeheytha-12އާއްމުގޮތެއްގައި އޮޕަރޭޝަން ކޮށްގެން ދަރިފުޅު ނެގުމަށްފަހު ދެން ބަލިވެއިންނަންވާނީ 18-23 މަސް ފަހުންނެވެ. މިއީ ޠަބީޢީކޮށް ވިހެއިނަމަވެސް ސިއްހީގޮތުން ބަލާނަމަ މަޑުކުރަން ރަނގަޅު މުއްދަތެވެ. މިއީ ވަރަށް ދިގުމުއްދަތެއްކަމުގައި ހީވެދާނެއެވެ. ނަމަވެސް ވިހެއުމަށްފަހު އަދި ހާއްސަކޮށް ބޮޑު އޮޕަރޭޝަނަކަށްފަހު މިހާދުވަސް މަޑުކުރުން އެއީ ދިގުމުއްދަތެއް ނޫނެވެ.

ހަށިގަނޑު ކުރިންހުރި ޠަބީޢީ ހާލަތަށް ބަދަލުވުމަށް އަދި ހަށިގަނޑުން މަދުވެފައިވާ ކާނާއާއި ހަކަތަ އަބުރާ ހޯދުމަށް މިހާދުވަސް ނަގާނެއެވެ.މިސާލަކަށް ވިހެއުމަށްފަހު ހަށިގަނޑުން ލޭ މަދުވުމަކީ ވަރަށް ގާތްކަމެކެވެ. އެއީ މާބަނޑު ދުވަސްވަރު ދަރިފުޅާއި ދަރިފުޅުގެ މަހަށް މައިމީހާގެ ހަށިގަނޑުން ނަގާ ދަގަނޑުގެ ސަބަބުންނެވެ. ހަމައެއާއި އެކު ވިހާއިރު ނުވަތަ އޮޕަރޭޝަން ކުރާއިރުވެސް ވަރަށްގިނަ ލޭ މައިމީހާގަ ހަށިގަނޑުން ބޭރުވެގެންދާނެއެވެ. ޠަބީޢީކޮށްވިހާ މީހަކަށްވުރެ އޮޕަރޭޝަންކޮށްގެން ވިހާމީހެއްގެ ގައިން ބޭރުވާ ލޭ ދެގުނަ އިތުރެވެ. ގާތްގަޑަކަށް ވިހާމީހަކަށްވުރެ ދެޕައިންޓު ލޭ އިތުރަށް މިފަދަމީހުންގެ ގައިން ބޭރުވެއެވެ.

ދިރާސާތަކުންދައްކާ ގޮތުގައި އޮޕަރޭޝަންކޮށްގެން ދަރިފުޅު ނެގުމަށްފަހު 6 މަސްދުވަހުތެރޭގައި ބަލިވެއިންނަށް މީހުންނަށް ވަރަށް ގިނަ ނުރައްކަލާއި ދިމާވުމުގެ ފުރުޞަތު ވަރަށް ބޮޑެވެ. މިގޮތުން ރަހިމު ފަޅައިގެންދިއުމާއި، ދުވަސްނުފުރައި ވިހެއުމާއި އަދި އުފަންވާއިރު ހުންނަން ޖެހޭ ބަރުދަން ދަރިފުޅުގެގައިގާ ނުހުރުމަކީ މިގޮތުން އެންމެ އާއްމުގޮތެއްގައި ދިމާވާ ނުރައްކާތަކެވެ.

ނަމަވެސް 18 މަސްނުވަނިސް ބަލިވެއިނަސް ބިރުނުގަންނާށެވެ. 18-23 މަސްވަންދެން ބަލިވެނުއިދެ މަޑުކުރުމަކީ ބަލިވެއިނުމުން ދިމާވެދާނެ ނުރައްކާތައް ކުޑަކުރާން އެންމެ އެކަށީގެންވާ މުއްދަތެވެ. މިމުއްދަތު ނުވަނިސް އެތައް އަންހެނުންނެއް ބަލިވެއިދެ އުދަގޫތަކެއް ނުވެވިހައެވެ.

އުމުރުން 30 އަހަރަށްވުރެ ދޮށިވެފާ އިތުރު ކުއްޖަކު ބޭނުންނަމަ އޮޕަރޭޝަން ކުރުމަށްފަހުވިޔަސް 9-12 މަސްފަހުން ބަލިވެއިނަސް ރަނގަޅުވާނެއެވެ. އެއީ މިއުމުރަށްވުރެ ދޮށީ އަންހެނުން ބަލިވެއިންނަން އުދަގޫވުމުގެ އިތުރުން އުމުރުން ދޮށިވުމުގެ ސަބަބުން ދިމާވާ އުދަގޫތަކާއި ނުރައްކާ ވެސް ބޮޑެވެ. ހާއްސަކޮށް 35 އަހަރަށްވުރެ ދޮށިނަމަ އިތުރު ކުއްޖަކު ހޯދަން ވަރަށް ބޮޑަށް ދަތި ވުމަކީ އެކަށީގެންވާ ކަމެކެވެ. ވުމާއެކު އޮޕަރޭޝަންކުރުމަށްފަހު ބަލިވެ ނުއިދެ މަޑުކުރުން އެންމެ ރަނގަޅު މުއްދތު އެއްއަންހެނަކާއި އަނެއް އަންހެނަކާއި ތަފާތެވެ. ވީމާ އެންމެ ރަނގަޅު ގޮތަކީ ޑޮކުޓަރާއި މަޝްވަރާކުރުމެވެ.

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.