މާބަނޑުދުވަސްވަރު ނިދުމުގައި ދިމާވާ އުދަގޫތަކުގެ ތެރެއިން... ރޭގަނޑު ކަސްރަތު ކުރުމުން ނިދިނައުން
- ޑރ. މުޙައްމަދު ފައިޞަލް
- 01 ފެބްރުއަރީ 2010
މިހެންދިމާވަނީ ކީއްވެ؟
މާބަނޑު ދުވަސްވަރު ގަވައިދުން ކަސްރަތު ކުރުމަކީ ޖިސްމާނީގޮތުންނާއި ނަފުސާނީ ގޮތުން މީހާގެ ސިއްހަތު ރަނގަޅުކޮށް ދުޅަހެޔޮ ކުރުވާ ކަމެކެވެ. އަދި މިއީ އަރާމުގައި ނިދުމަށްވެސް އެހީތެރިވެދޭ ކަމެކެވެ. ނަމަވެސް އެއީ ރަނަގަޅު ގޮތުގައި ރަނގަޅު ވަގުތުތަކުގައި ކަސްރަތު ކުރާނަމައެވެ.
ނިދާގަޑިއާއި މާގާތްކޮށް ކަސްރަތުކުރުމަކީ މީހާ ވަރުބަލި ކުރުވާކަމެކެވެ. އަދި ބައެއްފަހަރު ނިދިން މަހުރޫމު ކުރުމަށް ދިމާވާ ސަބަބެއްވެސްމެއެވެ. ތަޖުރިބާކާރުން ބުނާގޮތުގައި ނިދާގަޑިއާއި މާގާތްކޮށް ކަސްރަތު ކުރުމަކީ މީހާގެ ޠަބީޢީ ނިންޖަށް ބުރޫއަރުވާ ކަމެކެވެ. ބައެއްފަހަރު ނިދި ނައުމުގެ ސަބަބުންނެވެ. އަދި ބައެއްފަހަރު މާގަދަޔަށް ނިދިއައިސް ފުންކޮށް ނިދުމުގެސަބަބުންނެވެ.
މިކަން ހައްލުކުރާނީ ކިހިނެއް؟
ނިދާގަޑިއާއި މާގާތްކޮށް ކަސްރަތު ނުކުރާށެވެ. ކަސްރަތު ކުރާއިރު ހެދުނާއި މެންދުރުފަހު ނުވަތަ އަސުރު ފަހުން މާބޮޑަށް ހަވީރު ނުވަނީސް ކަސްރަތު ކުރާށެވެ. އެންމެ މަދުވެގެން ނިދަން އޮށޯވުމުގެ 4 ގަޑިއިރު ކުރިން ކަސްރަތު ކުރުން ހުއްޓާލާންވާނެއެވެ. ކަސްރަތު ކުރުމާއި ބެހޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް މާބަނޑުދުވަސްވަރު ދުޅަހެޔޮކޮށް ހުރުމަށްޓަކައި ކުރެވިދާނެ ކަސްރަތުތައް ކިޔާށެވެ.