ބުދަ20201202

އާކުރެވުނީ: 08:43:52

މާބަނޑު ދުވަސްވަރު ކިހާ ފެނެއް ބޯން ޖެހޭތަ؟

kihaa-fenei-boanjehey-tha-61ފެނަކީ ހަށިގަނޑަށް ވަރަށް މުހިއްމު ބޭނުންތެރި އެއްޗެކެވެ. ހާއްސަކޮށް މާބަނޑު ދުވަސްވަރުގައެވެ. މައިމީހާ ކާ ކާނާ ދަރިފުޅަށް ރަހިމުންލާފައި ގެންގޮސްދެނީ ފެނުގެ އެހީގައެވެ. ގިނައިން ފެންބުއިމުން ކުޑަކަމުދާ ނިޒާމަށް ޖެހޭ ބަލިތައް މަދުވެގެންދެއެވެ. އެއީ ކުޑަކަމުދާ އެއްޗެތި ގިނަވުމުން މިނިޒާމަށް ވަންނަ ބެކުޓީރާ ފަދަ ތަކެތި ދޮވެލާތީއެވެ.

ފެންބުއިމަކީ ބަނޑުހިކުންވެސް ކުޑަކުރާ ކަމެކެވެ. ފެނަކީ މިނޫނަސް ވަރަށް ގިނަ ފައިދާ ކުރާއެއްޗެކެވެ.

މިހުރިހާ ސަބަބުތަކަށްޓަކައި މާބަނޑު

ދުވަސްވަރު ފެންބޯވަރު ގިނަ ކުރަން ޖެހެއެވެ. މާބަނޑު އަންހެނަކު ދުވާލަކު 1.5-2 ލިޓަރުގެ ފެން ބޯން ޖެހޭނެއެވެ. އަދި އާދައިގެ މަސައްކަތެއް ކުރާނަމަ މަސައްކަތެއް ކުރާ ކޮންމެ ގަޑިއަކު 250 މިލިލީޓަރުގެ ފެން އިތުރަށް ބޯން ޖެހޭނެއެވެ. ފެނުގެ ބަދަލުގައި ޖޫސް ކިރުފަދަ ބުއިމެއްވެސް ބޭނުން ކުރެވިދާނެއެވެ. ނަމަވެސް ކޮފީ، ސައި އަދި ކޯލާ ފެންބޯ މިންވަރުގެ ތެރޭގައި ހިމަނައިގެން ނުވާނެއެވެ. އެއީ މިއީ ދިޔާއެއްޗެތި ކަމުގައި ވީނަމަވެސް އެއިން ހަށިގަނޑަށް ނަގާ ފެން މަދުކުރާ ކުޑަކަމުދާ އެއްޗެތި އިތުރު ކުރާ ބާވަތްތަކެކެވެ. ވުމާއެކު ހަށިގަނޑުން ފެން މަދުވުމަކީވެސް މިބާވަތްތައް ބޭނުން ކުރާނަމަ ވެދާނެ ކަމެކެވެ.

ފެންބޯހިތް ނުވާނަމަ ޖޫސް ނުވަތަ ކިރު ބުއިމަކީ ރަނގަޅުކަމެކެވެ. އަދި ދުވާލަކު ބޮވޭ ފެނުގެ މިންވަރު ނޭގޭނަމަ ދޮޅުލިޓަރުގެ ނުވަތަ ދެލިޓަރުގެ ފުޅިއަކަށް ފެން އެޅުމަށްފަހު އެވަރުގެ ފުޅިއެއްގެ ފެން ދުވާލަކު ބޮވޭތޯ ބަލާށެވެ. ފެނބޯއިރު އެއްފަހަރާ ގިނައިން ފެން ބުއިމުގެ ބަދަލުގައި އެކިފަހަރުމަތިން މަދުމަދުން ފެން ބޯށެވެ. އެއްފަހަރާ ގިނައިން ފެންބުއިމަކީ ރަނގަޅު ކަމެއް ނޫނެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.