ހޮނިހިރު20170513

އާކުރެވުނީ: 06:25:19

މާބަނޑު ދުވަސްވަރު – ބަނޑުހިކުން

maabadu baduhikunމިއީ ބަލިވެއިންނަ %50އިންސައްތަ އަންހެނުން ކުރާ ޝަކުވާއެކެވެ. ބަލިވެ އިނުމަށްފަހު ކޮންމެވެސް ދުވަސްވަރެއްގައި މާބަނޑު މީހުންނަށް ބަނޑުހަރުވުން ކުރިމަތިވާކަން ފާހަގަ ކުރެވެއެވެ. ބަނޑުހިކުމަކީ އޭގެ ސަބަބުން މާބޮޑު ނުރައްކާތަކެއް ކުރިމަތިވާ ކަމެއް ނޫނެވެ. ނަމަވެސް ފުރަގަސް ފަރާތް ފައިބައިފައިވާ މީހުންނަށް ބަނޑުހަރުވުމަކީ އިތުރު އުދަނގޫތައް ތަހައްމަލުކުރަންޖެހޭނެ ކަމެކެވެ.

ސަބަބުތައް

އާންމު ނަޒަރަކުން ބަލާއިރު، ހާސްވެކަންބޮޑުވުމާއި، ފިކުރުބޮޑުވުން، ހެލިފެލިވެއުޅުން މަދުވުން، އަދި ކާނާގައި ފައިބަރު ހިމެނޭ މިންވަރު މަދުވުމަކީ ބަނޑުހިކުން ކުރިމަތިކޮށްފާނެ ކަންތައްތަކެވެ. ބަލިވެއިނުމާއި ވިދިގެން ރަހިމު ބޮޑުވެ، ފުޅާވުމުން ފުރަގަސް ފަރާތްފިތޭގޮތްވުމާއި، ޕްރޯޖެސްޓަރޯން ހޯރމޯން އިތުރުވުމާއި ގުޅިގެން، ބަނޑާއި ގޮހޮރުގެ މަސްތައް ފިތިކުރުގެޅުމުގެ ބަދަލުގައި، ފުޅާވެ ހަމައަކަށް އެޅުމުން، ހަޖަމުކުރާ ނިޒާމް ގައި ކާތަކެތި ހަރަކާތްކުރުން ދަށްކޮށްލައެވެ. މިއީ ބަނޑުހިކުން މެދުވެރިކުރުވާ މައިގަނޑު ސަބަބުތަކެވެ. އިސްވެދެންނެވުނު ގޮތަށް ހަޖަމުކުރާ ނިޒާމްގައި ކާތަކެތި ހިގުން ނުވަތަ ހަރަކާތްކުރުން ދަށްވުމުން ކާތަކެތި ގޮހޮރުގައި ހުންނަ ވަގުތު އިތުރުވެ، ފެން ހަށިގަނޑަށް ދަމާމިންވަރު ގިނަވެއެވެ. ނަތީޖާއެއްގެ ގޮތުން ގޮހޮރުގައި ހުރި ތަކެތި ހަރުވެ، ބޭރުވާން އުދަގޫވެއެވެ. ބަނޑުހިކުމުގެ މައިގަނޑު ސިއްރަކީ މިއީ އެވެ.

ބައެއް ފަހަރު މާބަނޑު ދުވަސްވަރު ކެއުމަށް ލަފާދޭ ދަގަނޑު ބޭހުގެ ސަބަބުން ވެސް ބަނޑުހަރުވުމަކީ ވެދާނެ ގޮތެކެވެ. އެހެންކަމުން ދަގަނޑު ބޭސް ބޭނުންކުރާނަމަ، އެކަށޭނަ ވަރަށް ދިޔާތަކެތި (ފެން) ބޭނުންކުރުމަކީ މުހިއްމު ކަމެކެވެ. ބަނޑު ހަރުވުމުގެ ފުރުޞަތު ކުޑަހެން ހީވާ ކަހަލަ ދަގަނޑު ބޭހުގެ ވައްތަރެއް ޑޮކްޓަރުގެ ލަފާގެ ދަށުން ބޭނުންކުރެވިދާނެ އެވެ.

އަލާމާތްތައް :

- ބޮޑުކަމު ދެވުން މަދުވެފައި، ބަނޑުހިކި ހަރުކޮށް ފާޚާނާއަށް ދެވުން

- ބަނޑުހިކުމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައް

މާބަނޑު ދުވަސްވަރު ކުރިމަތިވާ ބަނޑުހިކުމުގެ އުދަނގޫތައް ކުޑަކޮށް، އެކަމުން ރައްކާތެރިވެ ހުރުމަށް އަންނަނިވި ކަންތައްތައް އެހީއެއްގެ ގޮތުގައި ބޭނުންކުރެވިދާނެ އެވެ.

- ފައިބަރުން މުއްސަދި ކާނާގެ ބާވަތްތައް ބޭނުންކުރުން : ފައިބަރު އެކުލެވޭ ކާނާގެ ބާވަތްތަކުގެ ތެރޭގައި މޭވާ އާއި، ތަރުކާރީގެ ބާވަތްތައް، ސީރިއަލް، ޕާން، ފަދަ ގޮދަނުން ހަދާފައި ހުންނަ ބާވަތްތައް، އަދި ފަތްޕިލާވެލީގެ ބާވަތްތައް ހިމެނެއެވެ. ރޯމޭވާ،ތަރުކާރީ،ގްރެއިން ސެރެލްސް،ޕާން ފަދަ ފައިބަރު އެކުލެވޭ ކާނާ ބޭނުންކުރާ އިރު މޭވާ، ނުވަތަ ތަރުކާރީ އެކުލެވޭ ޖޫސް ބޭނުން ކުރެވިދާނެއެވެ. މިގޮތުން ދުވާލަކު 1 ނުވަތަ 2ތަށި ޖޫސް ބޯށެވެ.މިގޮތުން ޕްރޫން ޖޫހަކީ ވަރަށް ފައިދާހުރި އެއްޗެކެވެ. •

- ގިނައިން ފެނާއި، ދިޔާތަކެތި ބުއިން : ފައިބަރުން މުއްސަދި ކާނާ ބޭނުންކުރާއިރު ގިނައިން ދިޔާތަކެތި ބުއިމަކީ ވަކިން މުހިއްމު ކަމެކެވެ. އެގޮތުން ދުވާލަކު 12-8 ތަށީގެ ދިޔާތަކެތި (ފެން) ބުއިމަށް ސަމާލުކަންދިނުން މުހިއްމެވެ. ބަނޑުހިކުން ލުއިކުރުމަށް އެންމެ ފަސޭހަ ގޮތަކީ ފައިބަރުން މުއްސަދި ކާނާ ބޭނުންކުރުމާއި، ދިޔާތަކެތި ގިނައިން ބޭނުންކުރުމެވެ. އެގޮތުން ކޮންމެ ދުވަހަކު މޭވާ ޖޫސް ތަށްޓެއް (ޚާއްޞަކޮށް ޕްރޫން ޖޫސް) ބޭނުންކުރުމަކީ ބަނޑުހިކުން ކުޑަކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. ދިޔާ އެއްޗެތީގެގޮތުގައި ކޮފީ، ކަޅުސައި، ކޯލާ، އެނާޖީ ޑްރިންކް، އަދި ފިޒީ ޑްރިންކްގެ ބާވަތްތައް ބޭނުންކުރުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ. މިސަބަބަކީ މިފަދަ ބުއިންތަކުގެ ސަބަބުން ހަށިގަނޑުން ލޮނާއި، ފެން ބޭރުވާ މިންވަރު އިތުރުވެ، އިތުރަށް ހަށިގަނޑުން ލޮނާ ފެން މަދުވެގެންދާގޮތް ވެއެވެ.

- ގަވާއިދުން ކަސްރަތުކުރުން : ހެލިފެލިވެއުޅުން މަދުވުމަކީ ބަނޑުހަރުވުމަށް މަގުފަހިވާނެ ކަމެކެވެ. ހިނގުން، ފެތުން ކަސްރަތީ ބައިސްކަލް ދުއްވުން، ފަދަ ކަސްރަތުތަކަކީ ގޮހޮރުގެ ހަރަކާތް އިތުރުކޮށްދޭ، ކަންކަމެވެ. ހަފްތާއަކު 5 ދުވަހު ދުވާލަކު މަދުވެގެން ½ ހާއިރު ކަސްރަތުކުރުމަކީ އެދެވިގެންވާ ކަމެކެވެ. ގަވާއިދުން ކަސްރަތުކުރާނަމަ، ބަނޑުހަރުވުމާ ދުރުކޮށްދެއެވެ.

- ދަގަނޑު ބޭސް ބޭނުންކުރާ މިންވަރު މަދުކުރުން : ދަގަނޑު ބޭސް ބޭނުންކުރުމަކީ ބަނޑުހަރުވެދާނެ ކަމެކެވެ. މާބަނޑު ދުވަސްވަރު ދަގަނޑުން މުއްސަދި ފައިދާހުރި ކާނާގެ ބާވަތްތައް ބޭނުންކުރުން މުހިއްމެވެ. ދަގަނޑު ބޭސް އެއްފަހަރާ ނެގުމުގެ ބަދަލުގައި ދުވާލުގެ އެކި އިރަށް ބަހާލައިގެން ނެގޭނެ ގޮތެއް އޮތްނަމަ، ޑޮކްޓަރުގެ ލަފާގެ މަތިން އެގޮތަކަށް ބަދަލުކުރެވިދާނެ އެވެ.

- އަމިއްލައަށް ބޭސް ނަގައިގެން ބޭނުންނުކުރުން : މާބަނޑު ދުވަސްވަރު ބަނޑުހިކުން ލުއިކުރުމަށް ޑޮކްޓަރުގެ ލަފަޔާނުލައި، އެއްވެސް ބޭހެއް ބޭނުންކުރުމަކީ ރަގަޅު ގޮތެއް ނޫނެވެ. ސަބަބަކީ އެގޮތުން ބޭނުންކުރާ ބޭހެއްގެ ސަބަބުން އޭގެ ނޭދެވޭ އަސަރު ބަނޑުގައިވާ ދަރިފުޅަށް ކޮށްފާނެތީ އެވެ. ބަނޑުދިޔާކުރުމަށްދޭ ޖުއްލާބު ގުޅަ ފަދަ ތަކެތި މާބަނޑު ދުވަސްވަރު ޑޮކްޓަރެއްގެ ލަފަޔާ ނުލާ ބޭނުންކުރުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ. އެއީ އެކަމުގެ ސަބަބުން ވޭންވަރު އައިސް، (ރިހުން އައިސް) ހަށިގަނޑުން ފެނާއި، ލޮނު މަދުވާގޮތް ވެދާނެތީ އެވެ.

- ބޮޑުކަމުދާން ޖެހުމުން ނުގޮސް ހިފަހައްޓައިގެން ނުހުރުން : މިގޮތަށް ބޮޑުކަމުދާން ޖެހުމުން ނުގޮސް މަޑުކުރުމަކީ ބަނޑުހިކުމަށް މެދުވެރިވެދާނެ ކަމެކެވެ.

- މާގިނަ ދުވަހު އުނދަގޫވާނަމަ ޑޮކްޓަރަށް ދެއްކުން

ބަނޑުހިކުން ލުއިކުރުމަށް ކުރެވިދާނެ ބައެއް ކަންތައްތައް

  • ހެދުނު ހޭލައިގެން ހައިބަނޑާހުރެ، ތާފަނާ ފެން ތަށްޓަކަށް ލުނބޯ ފޮއްޗެއް ވައްޓާލުމަށްފަހު އިރުކޮޅެއްކޮށްފައި ބުއިން
  • އޮރެންޖު، ގުރޭޕް ފުރުޓް، މޭބިސްކަދުރު، ޔޫސުފުއަފަންދީ ފަދަ މޭވާގެ ބާވަތްތައް ބޭނުންކުރުން
  • ހިއްކި ޕްރޫން، ހިއްކި އެޕްރިކޮޓް، އަދި ހިކި މޭބިސްކަދުރު ބޭނުންކުރުން
  • ސިލެރީ، ބޯވެލިފަތް، ކެބެޖް، ކޮޕީ ފަތް، ކުއްޅަފިލާފަތް ފަދަ ފަތްޕިލާވެލީގެ ބާވަތްތައް ބޭނުންކުރުން
  • އޮށާއި، މުގާއި، މަދުގެ ބާވަތްތައް ބޭނުންކުރުން
  • އިސްޕަގުލަ ފެން، ނުވަތަ ފަނި ބޭނުންކުރުން

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.