އާދީއްތަ20181111

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް މަންމާއިދަރިފުޅު މާބަނޑުދުވަސްވަރު މާބަނޑުމީހުންނަށް ކެލްސިއަމް އެހާ މުހިއްމީ ކީއްވެ؟

މާބަނޑުމީހުންނަށް ކެލްސިއަމް އެހާ މުހިއްމީ ކީއްވެ؟

calcium-beynumee-keeve-33* މާބަނޑު މީނުންނަށް ކެލްސިއަމް ބޭނުންވަނީ ކީއްވެ؟

* މާބަނޑު މީހުންނަށް ބޭނުންވަނީ ކިހާ ކެލްސިއަމެއް؟

* ކެލްސިއަމް ގިނަ ކާބޯތަކެއްޗަކީ ކޮބާ؟

* ކެއިންބުއިމުގެ އިތުރުން ކެލްސިއަމް ބޭނުން ކުރަން ޖެހޭނެތަ؟

މާބަނޑު މީނުންނަށް ކެލްސިއަމް ބޭނުންވަނީ ކީއްވެ؟

މާބަނޑު މީހުންނަށް ކެލްސިއަމް ބޭނުންވަނީ ބަނޑުގައިވާ ދަރިފުޅުގެ ވަރަށްގިނަ ގުނަވަންތައް އުފެދި ބޮޑުވުމަށް ކެލްސިއަމް ބޭނުން ވާތީއެވެ. އުފެދި ބޮޑުވުމަށް ކެލްސިއަމް ބޭނުންވާ ގުނަވަންތަކުގަ ތަރޭގައި ކަށި، ދަތް، ހިތް، ނާރުތައް އަދި މަސްތައް ހިމެނެއެވެ. މީގެއިތުރުން ހިތުގެ ހިގުމާއި ލޭގަޑުވުމަށްވެސް ކެލްސިއަމަކީ ވަރަށް ބޭނުންތެރި މާއްދާއެކެވެ.

ދަރިފުޅުގެ ގުނަވަންތައް އުފެދި ބޮޑުވުމަށް އެކަށީގެންވާ ވަރަށް މާބަނޑު މީހާ ކެެލްސިއަމް ބޭނުން ނުކުރާނަމަ ދަރިފުޅު ކެލްސިއަމް ހޯދާނީ މައިމީހާގެ ކަށި ވިރުވައިގެންނެވެ. މިއީ މައިމީހާގެ ސިއްހަތަށް ވަރަށް ބޮޑަށް ގެއްލުންވާ ކަމެކެވެ. އަދި ކަށި ފީވުން އަވަސް ކުރާ ކަމެކެވެ.

މާބަނޑު މީހުންނަށް ބޭނުންވަނީ ކިހާ ކެލްސިއަމެއް؟

މާބަނޑު އަންހެނަކަށް ދުވާލަކު 1000- 1200 މިލިގުރާމު ކެލްސިއަމް ބޭނުން ވެއެވެ. ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި 1000 މިލިގުރާމް ކެލްސިއަމުން ދުވާލަކަށް ފުދޭނެއެވެ. އަދި މިއަށްވުރެ ގިނައިން ބޭނުން ކުރިޔަސް އެ އިތުރުވާބައި ބޮޑުކަމުދާއިރު ނަޖިހާއި އެކު ބޭރުވެގެން ދާނެއެވެ.

މާބަނޑު އަންހެނުން ވިހެއުމަށްފަހު އަދި ގާތުން ދިނުން ހުއްޓާލުމަށް ފަހުވެސް ކެލްސިއަމް ގިނަ ކާބޯތަކެތި ކާންޖެހެއެވެ. އެއީ މާބަނޑު ދުވަސްވަރު އަދި ގާތުން ދޭ ދުވަސްވަރު ހަށިގަނޑުން ވަރަށް ގިނަ ކެލްސިއަމް ދަރިފުޅަށް ގެންގޮސް ދެއެވެ. ވުމާއިއެކު ހަށިގަނޑުގައި ރައްކާ ކުރެވިފައި ހުންނަ ކެލްސިއަމް ހުންނާނީ ވަރަށް މަދުވެފައެވެ. މިމަދުވިބައި އަލުން ނުހޯދައި ފިނަމަ ދުވަސްވާ ވަރަކަށް ކަށިތައް ފީވެ ބަލިކަށިވުމަކީ ވަރަށް ގާތް ކަމެކެވެ.

ކެލްސިއަމް ގިނަ ކާބޯތަކެއްޗަކީ ކޮބާ؟

ކިރަކީ ކެލްސިއަމް ގިނަ ބޭނުން ކުރަން އެންމެ ރަނގަޅު އެއް ކާނާއެވެ. މީގެ އިތުރުންވެސް ކެއިން ބުއިމުގައި ބޭނުން ކުރާ ވަރަށް ގިނަ ކާބޯތަކެތީގައި ކެލްސިއަމް ހުރެއެވެ. ތިރީގައި އެވަނީ ކެލްސިއަމް ގިނަ ބައެއް ކާނާއެވެ.

- ކިރު (ކިރުތައްޓެއްގައި ގާތްގަޑަކަށް 302 މިލިގުރާމު ކެލްސިއަމް ހުރެއެވެ.)

- ޔޯގަޓު (ޔޯގަޓު ތައްޓެއްގައި ގާތްގަޑަކަށް 414 މިލިގުރާމު ކެލްސިއަމް ހުރެއެވެ.)

- ކެލްސިއަމް އަޅާފައި ހުންނަ އޮރެންޖު ޖޫސް (މީގައި ގާތްގަޑަކަށް 300 މިލިގުރާމު ކެލްސިއަމް ހުރެއެވެ.)

- ޗީޒް

- ކެލްސިއަމް އަޅައިގެން ހަދާފައި ހުންނަ ބަނަސް.

- މަސް

ކެއިންބުއިމުގެ އިތުރުން ކެލްސިއަމް ބޭނުން ކުރަން ޖެހޭނެތަ؟

އާއްމުގޮތެއްގައި މާބަނޑު ދުވަސްވަރު ބޭނުންކުރާ ވިޓަމިން ނުވަތަ މަލްޓިވިޓަމިން ގައި ކެލްސިއަމް ހުންނާނެއެވެ. މިފަދަ ގުޅަބޭސް ތަކުގައި އާއްމުގޮތެއްގައި 150-200 މިލިގުރާމު ކެލްސިއަމް ހުންނާނެއެވެ. މިފަދަ ބޭހުގައި ކެލްސިއަމް ނުހުންނަ ނަމަ ކެލްސިއަމް އިތުރުން ބޭނުން ކުރެވިދާނެއެވެ. މިގޮތުން ބޭނުން ކުރަން އެންމެ ރަނގަޅީ ކެލްސިއަމް ކާރބޮނޭޓެވެ.

އެއީ އެންމެ ފަސާހައި ހަށިގަޑަށް ހަޖަމް ކޮށްދެނި މިވައްތަރުގެ ކެލްސިއަމްއެވެ. ބޭނުން ކުރާ އެލްސިއަމް އަކީ ފަސޭހައިން ހަށިގަނޑަށް ހަޖަމް ކުރެވޭ ކެލްސިއަމެއްތޯ ބެލުމަށް އެންމެ ރަނގަޅު ގޮތަކީ ވިނިގަރ ތައްޓަކަށް ލުމެވެ. ވިނިގަރ ތައްޓަށްލާ ކެލްސިއަމް ގުޅަ 10 މިނިޓުގެ ތެރޭގައި ވިރިގެންދިޔަނަމަ އެއީ ބޭނުން ކުރަން ރަނގަޅު ކެލްސިއަމެކެވެ. 10 މިނިޓުގެ ތެރޭގައި ވިރިގެން ނުދިޔަނަމަ އެހެން ވައްތަރެއްގެ ކެއްސިއަމެއް ނަގާށެވެ.

ކޮންމެ ވައްތަރެއްގެ ކެލްސިއަމެއް ނެގިކަމުގައި ވިޔަސް އޭގައި ލީޑް ނުހުންނަކަން ޔަގީން ކުރާށެވެ. އެއީ ލީޑަކީ މައިމީހާއަށާއި ދަރިފުޅަށް ވަރަށް ގެއްލުން ހުރި މާއްދާއެކެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.