ބަލިވެއިނުމުގެ ކުރިން މައިމީހާގެ ކެއުމުގައި ބޭނުންކުރާ ހުރިހާ ބާވަތަކީ ހަޖަމްކުރުމުގެ ނިޒާމުގެ ތެރެއިންލާފައި ލޭގެތެރެއަށް ދާނެ އެއްޗެކެވެ. އަދި ލޭގެތެރެއަށް ދާ ކޮންމެ ބާވަތެއްގެ މާއްދާއަކީވެސް ހަށިގަނޑުގެ ހަތާތަކުގެ އެތެރެއަށް ވަންނާނަ މާއްދާއެކެވެ. އަދި ހަށިގަނޑުގެ ހޯމޯންތަކާއި ދަރިފުޅު އުފެއްދުމުގެ ނިޒާމަށް އަސަރު ކުރާނެ މާއްދާއެކެވެ. ވުމާއެކު ސަލާމަތް ސިއްހަތެއްގެ ދުޅަހެޔޮ ކުއްޖަކު ހޯދުމަށްޓަކައި ކެއުމުގެ އާދަކާދައަށް ނުވަތަ ވައްޓަފާޅިއަށް ބަދަލު ގެންނަން ޖެހެނީ ބަލިވެއިނުމަށްފަހުގައެއް ނޫނެވެ.
ބާވަތް | ދުވާލަކަށް ބޭނުންވާ މިންވަރު |
އިތުރުން ބޭނުންކުރަންޖެހޭތަ؟ |
ލިބޭފައިދާ |
މިބާވަތް ލިބޭ ބައެއް ކާނާ |
---|---|---|---|---|
ކެލްސިއަމް |
1000 މިލިގުރާމް |
ނޫން |
ދަރިފުޅުގެ ކަށި، ދަތް، ނާރުތައް، ހިތް އަދި މަސްތައް އުފެދި ބޮޑުވުން އަދި ހިތްހިގުމާއި ލޭ ގަޑުކޮށް ދިނުމަށް އެހީތެރި ވެދެއެވެ. |
- ކިރު - ބަތް - މަސް - ޔޯގަޓު - ޗީޒް |
ކުރޯމިއުމް | 30 މައިކުރޯ ގުރާމް | ނޫން |
- ލޭގައި ހަކުރު ހުންނަ މިންވަރު ހެއުވަރު ކޮށްދިނުން. - ޕްރޮޓީން އުފެއްދުމަށް ބާރުއެޅުން. |
ކުކުޅު - ޕީނަޓު ބަޓަރ - ބަނަސް |
ކޮޕަރ | 1 މިލި ގުރާމް | ނޫން | - ހިތާއި ކަށިތައް އަދި ނާރުތަކާއި ލޭހޯލިތަކަށް އެހީތެރިވެދެއެވެ. | - ބައެއް ވައްތަރުގެ މަސް - ބަތް - ބީންސް |
ފްލޯރައިޑް | 3 މިލި ގުރާމް | ނޫން | - ދަތްތައް އުފެދުމަށް | - އާފަލު |
ފޯލިކު އެސިޑް | ބަލިވެއިނުމުން 600-800 މައިކުރޯ ގުރާމް އަދި އޭގެ ކުރިން 400 މައިކުރޯގުރާމް | ކާނާގެ އިތުރުން ބޭނުންކުރަންޖެހޭ |
- ސިކުޑީގެ ވަޒީފާ ރަނގަޅު ކުރުން. -ސިކުޑީގެ ފެން އުފެއްދުމަށް އެހީތެރިވެ ދިނުން - މައިބަދައިގެ ކަށިތަކުގެ އުނިކަމެއް އުފެދުނަ ނުދިނުން -ޑީއެންއޭ އުފެއްދުމަށް އެހީތެރިވެ ދިނުން |
- ފެހިކުލަގަދަ ފަތް. - އޮށް - އޮރެންޖު - ލިބޯ |
އަޔޮޑިން | 220 މައިކުރޯ ގުރާމް | ނޫން | ނާރުތައް އުފެދުމަށް އެހީތެރިވެދިނުން |
-އަޔޮޑިން އެޅި ލޮނު -ބޯފެން (ވަޅުފެން)
|
ދަގަނޑު |
27 މިލިގުރާމް | ހަތަރުވަނަ މަހުން ފެށިގެން ދުވާލަކު 30-60މިލިގުރާމު ކާނާގެ އިތުރުން ބޭނުންކުރަންޖެހެއެވެ. |
- ލޭގެ ރަތް ހަތާތައް އުފެއްދުން - ހަތާތަކަށް ބޮޑުވުމަށާއި ހަކަތަ ހޯދައި ދިނުމަށް ބޭނުންވާ އޮކުސިޖަން ގެންގޮސް ދިނުން. |
- ފެހިކުލަ ގަދަ ފަތް - ސްޕެނިޗް |
މެގުނީޒިއަމް | 250-360 މިލިގުރާމް | ނޫން |
- ކައްޓާއި ދަތް އުފެއްދުމަށް އެހީތެރިވެދިނުން - ލޭގައި ހަކުރު ހެއުވަރުކޮށް ދިނުން - ހަލާކުވާ ހަތާތައް ރަނގަޅު ކޮށްދިނުން |
- ބަބުކެޔޮ - ސްޕެނިޗް - އޮށް |
މަންގެނީޒް | 2 މިލިގުރާމް | ނޫން |
- ކާބޯހައިޑުރޭޓާއި ފެޓު އުފެއްދުމަށް އެހީތެރިވެ ދިނުން |
- ބަތް - ކަޅު ބީންސް |
ޕެންޓޯތެނިކު އެސިޑު | 6 މިލިގުރާމް | ނޫން |
- ގުރުދާމަތީ ގުލޭންޑުގެ ވަޒީފާއަށް އެހީތެރިވެދިނުން - ދިފާއީ ނިޒާމު ވަރުގަދަ ކޮށްދިނުން - ކައްޓާއި ދަތް އުފެދުމަށް އެހީތެރުވެދިނުން |
- ބިސް - ކިރު |
ފޮސްފެރަސް |
700 މިލިގުރާމް | ނޫން |
އެހީތެރިވެދިނުން - ހިތް ހިގުމާއި ލޭގަޑުކުރުމަށް އެހީތެރިވެ ދިނުން |
- މަސް - ބީންސް - ކިރު - ކަޅު ބީންސް |
ޕޮޓޭސިއަމް | 2000 މިލިގުރާމް | ނޫން | - މަސްތަކާއި ނާރުތަކު ވަޒީފާއަށް އެހީތެރިވެދިނުން | - އަލުވި - އެޕްރިކޮޓް |
ރިބޯފުލޭވިން | 1.4 މިލިގުރާމް | ނޫން | - ކަށްޓާއި ނާރުތަކާއި މަސްތައް އުފެދުމަށް އެހީތެރިވެދިނުން - ބޮޑުވުމަށް އެހީތެރިވުން - ލޮލުގެ ފެނުން ރަނގަޅުކޮށް ދިނުން. |
- ޔޯގަޓް - އަސްދޫނިމަސް - މަޝްރޫމް |
ތިއެމިމް (ވިޓަމިން ބީ1) |
1.4 މިލިގުރާމް | ނޫން |
- ކާބޯހައޑުރޭޓް ހަކަތައަށް ބަދަލު ކުރުން - ސިކުޑި އުފެދުމަށް އެހީތެރިވެދިނުން - ހިތާއި ނާރުތައް އުފެދުމަށް އެހީތެރިވެދިނުން. |
- ޔީސްޓް - ސްޕެނިޗް - ޕިއާޒް |
ވިޓަމިމް އޭ | 770 | ނޫން |
- ލޮލުގެ ހަތާތައް އުފެއްދުން -ހަންގަޑުގެ ސިއްހަތު ރަނގަޅު ކޮށް އޮމާންކުރުން -ކަށިއުފެއްދުމަށް އެހީތެރިވެ ދިނުން |
- ކައްޓަލަ - ކެރެޓު - ސްޕެނިޗް - މަހުގެ މެއި |
ވިޓަމިން ބީ6 | މައިކުރޯގުރާމް | ނޫން |
-ހަޖަމްކުރުމަށް އެހީތެރިވެދިނުން - ލެޔާއި ސިކުޑީގެ ހަތާތައް އުފެދުމަށް އެހީތެރިވެ ދިނުން |
- ދޮންކެޔޮ - އަލުވި - ކުކުޅުމަސް |
ވިޓަމިން ސީ | 1.9 މިލިގުރާމް | ނޫން | - ހަލާކުވާ ހަތާތައް ރަނގަޅު ކޮށްދިނުން - ކައްޓާއި ދަތް ބޮޑުވުމަށް އެހީތެރިވެދިނުން |
- ފޭރު - އޮރެންޖު - ޓޮމާޓޯ - ސްޓޯބެރީ |
ވިޓަމިން ޑީ | 85 މިލިގުރާމް | ނޫން | - ކަށްޓާއި ދަތް ބޮޑުވުމަށް އެހީތެރިވެދިނުން | - ކަނޑުމަސް - ކިރު |
ޒިންކް | 11 މިލިގުރާމް | ބޭނުންވޭ | - އެތެރެހަށީގެ ގުނަވަންތަކާއި ކަށިތަކާއި ނާރުތައް އުފެދުމަށް އެހީތެރިވެދިނުން. | - ގެރިމަސް - ކަނޑުމަސް - ކަކުނި |