ބުދަ20200930

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް މަންމާއިދަރިފުޅު މާބަނޑުދުވަސްވަރު މާބަނޑު ދުވަސްވަރު ވައިގެ މަގުން ދަތުރުކުރުން

މާބަނޑު ދުވަސްވަރު ވައިގެ މަގުން ދަތުރުކުރުން

vaigemagun-dhathurukurun-10* މާބަނޑު ދުވަސްވަރު ވައިގެ މަގުން ދަތުރު ކުރުމުގައި ސަމާލުވާން ޖެހޭ ކަންތައްތައް.

* މާބަނޑު މީހުން ވައިގެ މަގުން ދަތުރު ކުރުމުގައި އެކި ކުންފުނިތަކުން ގެންގުޅޭ ސިޔާސަތު

މާބަނޑު ދުވަސްވަރު ވައިގެ މަގުން ދަތުރު ކުރުމުގައި ސަމާލުވާން ޖެހޭ ކަންތައްތައް.

މާބަނޑު ދުވަސްވަރު ވައިގެމަގުން ދަތުރު ކުރުމަކީ އެހެން މީހުންނާ ޚިލާފަށް މައިމީހާއަށާއި ބަނޑުގައިވާ ދަރިފުޅަށް ވަރަށް ބޮޑަށް ނުރައްކާ ވެދާނެ ކަމެކެވެ. ތިރީގައި އެވަނީ މިގޮތުން ފާހަގަ ކުރެވޭ ބައެއް ކަންތައްތަކެވެ.

- އެތެރޭގެ ލޭހޮޅިއެއްގައި ލޭކޮޅެއް ގަޑުވުމުގެ ފުރުޞަތު މާބަނޑު ދުވަސްވަރު ވައިގެ މަގުން ދަތުރު ކުރުމުން ވަރަށް ބޮޑަށް އިތުރު ވެއެވެ. ހާއްސަކޮށް ފިނިގަދަ ވުމަކީ މިކަމުގެ ފުރުޞަތު އިތުރަށް ބޮޑުވާ ކަމެކެވެ. އެތެރޭގެ ލޭހޮޅިއެއްގައި ލޭކޮޅެއް ގަޑުވުމަކީ ފުރާނައަށް ނުރައްކާ ވެދާނެ ކަމެކެވެ. އެއީ މިފަދަ ލޭކޮޅެއް ސިކުޑި، ހިތް އަދި ފުއްޕާމެއި ފަދަ މުހިއްމު ގިނަވަނެއްގެ މުހިއްމު ލޭހޮޅިއަކަށް ގޮސްފިނަމަ އެލޭހޮޅީގެ ލޭހިގުން ހުއްޓި އެތަނެއް މަރުވާގޮތް ވުމަކީ ވަރަށް ގާތް ކަމެކެވެ. ވީމާ މާބަނޑު ދުވަސްވަރު ވައިގެ މަގުން ދަތުރު ކުރާއިރު ރަޖާގަޑެއްފަދަ އެއްޗަކުން ހަށިގަނޑު ހޫނުކަންމަތީ ބެހެއްޓުމަކީ ވަރަށް މުހިއްމު ކަމެކެވެ. އަދި ގިނަވަގުތު އެއްގޮތަކަށް އިށީދެ އިނުމުގެ ބަދަލުގައި އިންނަގޮތް ބަދަލު ކުރުންވެސް ވަރަށް މުހިއްމެވެ.

- މަތިން ދަތުރު ކުރުމަކީ ރޭޑިއޭޝަނުގެ އަސަރުވެސް ހަށިގަނޑަށް ކުރާވަރު އިތުރުވާ ކަމެކެވެ. މިއީ ފަހަރުގައި ބަނޑުގައިވާ ދަރިފުޅަށް ވަރަށް ނުރައްކާ ވެދާނެ ކަމެކެވެ. ވުމާއެކު ބަނޑަށް 3 މަސްނުވަނިސް މަތިން ދަތުރު ކުރުން އެއްގޮތަކަށްވެސް ރަނގަޅެއްނޫނެވެ.

- ސީޓުބެލްޓުގެ ބަނޑުގައި އެޅުވުމަކީ ނުރައްކާވެދާނެ ކަމެކެވެ. ވުމާއެކު ސީޓު ބެލްޓު އަޅަންވާނީ ބަނޑުން ތިރީގައެވެ.

- ގިނައިރު އިށީދެގެން އިނުމަކީ މާބަނޑުމީހުންގެ ފައިގާ ލޭ ޖަމާވާ ކަމެކެވެ. އަދިމިއީ ލޭގެ ދިޔާކަން ކުޑަކޮށް ލޭއޮލަވާ ކަމެކެވެ. ވީމާ އިރުއިރުކޮޅާ ތެދުވެ ބޯޓުތެރޭގައި ހިގާލުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ.

- ބަނޑަށް ބަރު ކާނާ ބޯޓުމަތީގައި ކެއުމަކީ ރަނގަޅު ކަމެއް ނޫނެވެ. އެއީ މިފަދަ ކާނާގެ ސަބަބުން ބަނޑަށް އުދަގޫވެ ބަޑުގައި ރިއްސުމާއި މެއިން ގިނިނެގުމަކީ ވެދާނެ ކަމެކެވެ. ވީމާ ލުއިކާނާއާއި އެކު ގިނައިން ފެން ބޯށެވެ.

މާބަނޑު މީހުން ވައިގެމަގުން ދަތުރު ކުރުމުގައި އެކި ކުންފުނިތަކުން ގެންގުޅޭ ސިޔާސަތު

އާއްމުގޮތެއްގައި ބަނޑަށް ފުރަތަމަ 6 މަހުގައި މާބަނޑު މީހުން ދަތުރު ކުރުމުގައި އެއާލައިންތަކުން އިތުރު ހިފެހެއްޓުންތަކެއް ނުގެންގުޅެއެވެ.

ނަމަވެސް 6 މަސްވުމަށްފަހު އެކި ކުންފުނިތަކުން ގެންގުޅޭ ސިޔާސަތު ތަފާތެވެ. ބައެއް ކުންފުނިތަކުން ބަނޑަށް ވީދުވަހާއި ވިހާނެ ދުވަހާއި އަދި މައިމީހާއާއި ބަނޑުގައިވާ ދަރިފުޅުގެ ހާލަތު އެނގޭނެ ޑޮކުޓަރުގެ ހާއްސަ ސެޓުފިކެޓެއް ބޭނުންވެއެވެ. އަދި ބައެއް ކުންފުނިތަކުން ޑޮކުޓަރުގެ ސެތުފިކެޓުގެ އިތުރުން އެކުންފުންޏެއްގެ ޑޮކުޓަރެއްގެ ލަފާގައި ނޫނީ މިފަދަ މީހުންނަށް ދަތުރު ކުރާކަށް ހުއްދައެއް ނުދެއެވެ. ތިރީގައި އެވަނީ މާބަނޑު މީހުން އުފުލުމުގައި ބައެއް ކުންފުނިތަކުން ގެންގުޅޭ ސިޔާސަތުތެކެވެ.

އިމާރާތު:

މާބަނޑު އަންހުނުން ބަނޑަށް 28 ހަފުތާ ވުމުގެ ކުރިން ދަތުރު ކުރުމުގައި އެމިރޭޓްއިން ހިފެހެއްޓުންތަކެއް ނުގެންގުޅެއެވެ. ނަމަވެސް 28 ހަފުތާ ވުމަށްފަހު ކަޑައެޅިފައިވާ ފުލައިޓުން ވައިގެ މަގުން ދަތުރު ކުރުމުގައި ނުރައްކަލެއް ނެތްކަމާއި ބަނޑަށް ވީދުވަހާއި ވިހާނެކަމަށް ލަފާކުރާދުވަސް އެގޭނެ އަންހެނުންގެ ހާއްސަ ޑޮކުޓަރެއްގެ ޑޮކުޓަރ ސެޓުފިކެތު ހުށައަޅަން ޖެހޭނެއެވެ. ބަނޑަށް 36 ހަފުތާވުމަށްފަހު ދަތުރު ކުރެވޭނީ އިސްވެދެންނެވުނު ސެޓުފިކެޓުގެ އިތުރުން އެމިރޭޓްސްގެ މެޑިކަލް ޑިޕާޓުމަންޓުގެ ހުއްދައާއި އެކުއެވެ. އަދި އެއްމާބަނޑު ކުދިންނަށް ބަލިވެއިންނަމަ ބަނޑަށް 32 ހަފުތާއަށްފަހު ދަތުރު ކުރެވޭނީ މެޑިކަލް ޑިޕާޓްމަންޓުގެ ހުއްދަ ލިބުމަށްފަހުގައެވެ.

ޤަޠަރިއްޔާ:

ބަނޑަށްވީ ދުވަސްދަތުރު ކުރުމުގެ ހުއްދަ ދެވޭގޮތް
1-28 ހަފުތާ އިތުރު ލިޔެކިޔުމަކާއި ނުލައި ދަތުރު ކުރެވިދާނެއެވެ.
29-32 ހަފުތާ ދަތުރު ކުރެވިދާނެއެވެ. ނަމަވެސް ދަތުރުކުރަން ކަޑައެޅިފައިވާ ދުވަހަށް 7 ދުވަހަށްވުރެ އިތުރުވެފައި ނުވާ އަންހެނުންގެ ހާއްސަ ޑޮކުޓަރެއްގެ ޑޮކުޓަރ ސެޓުފިކެޓު ހުށައަޅަންވާނެއެވެ. މިސެޓުފިކެޓު ހުށައެޅުމަށްފަހު ޤަޠަރިއްޔާގެ ޑޮކުޓަރެއްގެ ލިޔުމެއް ކޮންމެހެން ބޭނުމެއް ނުވާނެއެވެ.
33-36 ހަފުތާ ދަތުރު ކުރަން ހުއްދަ ދެވޭނެއެވެ. އެހެނަސް ސިއްހީ ހާއްސަ ހާލަތެއްގެ ގޮތުގައެވެ. އަދި ތިރީގައިއެވާ ޝަރުތުތަކާއި އެކުއެވެ.
1- އަންހެނުންނާއި ވިއްސުމުގެ ހާއްސަ ތަޖުރިބާކާރު ޑޮކުޓަރެއްގެ ޑޮކުޓަރ ސެޓުފިކެޓު ހުށައަޅަން ވާނެއެވެ. އަދި ސެޓުފިކުޓު ވާންވާނީ ފުރަން ކަޑައެޅިފައިވާ މުއްދަތަށް 7 ދުވަސް ވެފައިނުވާ ސެޓުފިކެޓަކަށެވެ.
2- މިސެޓުފިކެޓު ދޯހާގައި ހުންނަ ޤަޠަރިއްޔާގެ ސިއްހީ މޭޒަށް ފެކްސްކޮށް ހުއްދަ ހޯދަންޖެހޭނެއެވެ.
63 ހަފުތާއަށްފަހު ދަތުރު ކުރަން ހުއްދައެއް ނުދެއެވެ.

 

އިންޑިއަން އެއާލައިންސް:

- ސިއްހީގޮތުން ޠަބީޢީ މާބަނޑު މީހުން: މިފަދަ މީހުންނަށް ބަނޑަށް 35 ހަފުތާވަންދެން އިތުރު ލިޔެކިޔުމަކާއި ނުލައި ދަތުރު ކުރުމުގެ ހުއްދަ ދެވޭނެއެވެ. ނަމަވެސް މިގޮތުން ހުއްދަ ދެވޭނީ ކުރިން ސިއްހީގޮތުން މައްސަލައެއް ދިމާނުވާ އަދި ފުރިހަމަ ސިއްހަތެއްގައިވާ ބަނޑަށް 35 ހަފުތާއަށްވުރެ އިތުރު ވެފައި ނުވާމާބަނޑު މީހުންނަށެވެ. ބަނޑަށް 36 ހަފުތާވެފައި އެހެނަސް 38 ހަފުތާއަށްވުރެ އިތުރު ވެފައި ނުވާނަމަ ޑޮކުޓަރުގެ ސެތުފިކެޓާއި އެކު ދަތުރު ކުރަން ހުއްދަ ދެވޭނެއެވެ. ޑޮކުޓަރުގެ ސެޓުފިކެޓުގައި ބަޔާން ކުރެވިފައިވާ މާބަނޑު މީހާ ކަޑައެޅިފައިވާ ދުވަހުގައި ދަތުރު ކުރުމުގައި ސިއްހީގޮތުން ނުރައްކަލެއް ނެތްކަމާއި އަދި އިށީދެ އިދެ ދަތުރު ކުރުމުން ގެއްލުމެއް ނެތްކަންވެސް ބަޔާން ކޮށްފައި އޮންނަން ވާނެއެވެ. އަދި ޑޮކުޓަރަކީ ވިއްސުމުގެ ހާއްސަ ޑޮކުޓަރަކަށް ވާން ޖެހޭނެއެވެ.

- ހާއްސަހާލަތުގެ މާބަނޑު މީހުން: މިފަދަ މީހުންނަށް ދަތުރު ކުރުމުގެ ހުއްދަ ދެވޭނީ ވިއްސުމގެ ހާއްސަ ޑޮކުޓަރެއްގެ ޑޮކުޓަރ ސެޓުފިކެޓު ހުށައެޅުމަށް ފަހުގައެވެ. މިސެޓުފިކެޓުގައި ކަޑައެޅިފައިވާ ދުވަހުގައި ދަތުރު ކުރުމަކުން ނުރައްކަލެއް ނެތްކަމާއި އިށީދެ އިދެ ދަތުރު ދަތުރު ކުރުމަކުން ގެއްލުމެއް ނެތްކަން ބަޔާން ކޮށްފައި އޮންނަންވާނެއެވެ. އަދި މިސެޓުފިކެޓަކީ ފުރަން ކަޑައެޅިފައިވާ ދުވަހަށް 7 ދުވަސް ވެފައި ނުވާ ސެޓުފިކެޓަކަށް ވާން ޖެހޭނެއެވެ.

މެލޭޝިޔާ އެއާލައިން:

- ސިއްހީގޮތުން އެއްވެސް މައްސަލައެއް ހުންނަ މާބަނޑު މީހެއްނަމަ ވައިގެމަގުން ދަތުރު ކުރުމަކުން ނުރައްކަލެއް ނެތްކަން ބަޔާން ކޮށްފައިވާ ޑޮކުޓަރ ސެޓުފިކެޓެއް ހުށައަޅަން ޖެހޭނެއެވެ.

- ސިއްހީގޮތުން މައްސަލައެއް ނެތް މާބަނޑު މީހެއްނަމަ ބަނޑަށް 8 މަސް ވުމަށްފަހު މިފަދަ ސެޓުފިކެޓެއް ހުށައަޅަންވާނެއެވެ.

- ބަނޑަށް 28 ހަފުތާވުމަށްފަހު މާބަނޑު މީހުންނަށް ދަތުރު ކުރެވޭނީ ދަތުރު ކުރުމުން ނުރައްކަލެއް ނެތްކަމާއި ވިހާދުވަސް އެގޭނެ ޑޮކުޓަރު ސެޓުފިކެޓެއް ހުށައެޅުމުންނެވެ.

- ވިހަން މަސްދުވަހަށް ވުމަށްފަހު އަދި ވިހައިގެން 7 ދުވަސްވަންދެން މާބަނޑު މީހުން ދަތުރު ކުރަން މެލޭޝިއަން އެއާލައިން އިން ނޭދެއެވެ.

ސިންގަޕޫރު އެއާލައިން:

މާބަނޑު މީހުން ފުރިހަމަ ސިއްހަތެއްގައި ވާނަމަ އަންނަނިވި ހާލަތްތަކުގައި ދަތުރު ކުރަން ފުރުޞަތު ދެވެއެވެ.

- އާދައިގެ މާބަނޑު މީހުން ބަނޑަށް 35 ހަފުތާވަންދެން ދަތުރު ކުރުމުގެ ފުރުޞަތު ދޭވެއެވެ. އެއަށްފަހު ދަތުރު ކުރަން ފުރުޞަތު ދެވޭނި ވައިގެމަގުން ދަތުރު ކުރުމުން ގެއްލުމެއް ނެތްކަން ބަޔާންކޮށްފައިވާ ޑޮކުޓަރ ސެޓުފިކެޓެއް ހުށައެޅުމަށްފަހުގައެވެ.

- އެއްމާބަނޑު ކުދިންނަށް ބަލިވެއިންނަމަ މިފަދަ މީހުންނަށް ބަނޑަށް 32 ހަފުތާވަންދެން ދަތުރު ކުރުމުގެ ފުރުޞަތު ދެވެއެވެ.

- ހުށައެޅާ ސެޓުފިކެޓަށް ފުރަން ކަޑައެޅިފައިވާ ދުވަހަށް މަސްދުވަސް ވެފައިވާނަމަ އާ ސެޓުފިކެޓެއް ހުށައަޅަން ޖެހޭނެއެވެ.

- އެމެޖެންސީ ހާލަތްތަކުގައި އިސްވެ ބަޔާން ކުރެވިފައިވާ ދުވަހަށްވުރެ ބަނޑަށް ދުވަސް އިތުރު ވެފައިވިޔަސް ދަތުރު ކުރަން ހުއްދަ ދެވޭނެއެވެ. ނަމަވެސް ސިންގަޕޯރ އެއާލައިންގެ ޑޮކުޓަރެއްގެ ހުއްދައާއި އެކުއެވެ. އަދި މިފަދަ ހާލަތުގައި މާބަނޑު މިހާއާއި އެކު ޑޮކުޓަރެއް ނުވަތަ ނަރުހެއް ދަތުރު ކުރަން ޖެހޭނެއެވެ.

- ވިހެއުމަށްފަހު ދަތުރު ކުރަން ބޭނުންނަމަ 7 ދުވަސް ނުވާ ކުޑަދަރިފުޅު ގޮވައިގެން ދަތުރު ކުރެވޭނީ ސިންގަޕޯރ އެއާލައިންގެ ޑޮކުޓަރެއްގެ ހުއްދައާއި އެކުއެވެ. އަދި މިފަދަ ހާލަތުގައި ދަރިފުޅަށް ބޭނުންވާ ނެޕީއާއި އަދި ބުއްފުޅިދޭނަމަ ބުއްފުޅިދޭން ބޭނުންވާ ކިރާއި ފުޅިފަދަ ތަކެތި ގެންދަން ވާނެއެވެ. ބޯޓުން މިފަދަ އެއްޗިއްސެއް ނުދެވޭނެއެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.