ބުރާސްފަތި20180705

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް މަންމާއިދަރިފުޅު މާބަނޑުދުވަސްވަރު މާބަނޑު ދުވަސްވަރު އިސްތަށްޓާއި ނިޔަފައްޗަށް އަންނަ ބަދަލުތައް

މާބަނޑު ދުވަސްވަރު އިސްތަށްޓާއި ނިޔަފައްޗަށް އަންނަ ބަދަލުތައް

niyafachai-anna-badhalu-16* މާބަނޑުދުވަސްވަރު އިސްތަށިތައް ވަރުގަދަ ވުމަކީ ޠަބީޢީ ކަމެއްތަ؟

* މާބަނޑު ދުވަސްވަރު ހަށިގަނޑާއި މޫނުގައި ގިނައިން އިސްތަށި ފެޅުމަކީ ޔަބީޢީ ކަމެއްތަ؟

* މާބަނޑު ދުވަސްވަރު ނިޔަފަތި އަވަހަށް ދިގުވުމަކީ ޠަބީޢީ ކަމެއްތަ؟

މާބަނޑުދުވަސްވަރު އިސްތަށިތައް ވަރުގަދަ ވުމަކީ ޠަބީޢީ ކަމެއްތަ؟

މާބަނޑު ދުވަސްވަރު އިސްތަށި ވަރުގަދަވާ ކަމާއި އަދި އިސްތަށި ގިނަވާކަން ވަރަށް ގިނަ އަންހެނުން ފާހަގަ ކުރެއެވެ. ނަމަވެސް ހަގީގަތުގައި އިސްތަށި ފަޅާވަރު ގިނައެއް ނުވާނެއެވެ. އެކަމަކު އިސްތަށި ފައިބާ ވަރު ކުރިއަށްވުރެ މަދުވާނެއެވެ. ވުމާއެކު އިސްތަށި ގިނަވާހެން ހީވަނީއެވެ.

ހަށިގަނޑުގައިވާ އިސްތަށިތަކުގެ އުމުރު ދެބަޔަކަށް ބަހާލެވެއެވެ. އެއީ ދިގުވަމުންދާ އިސްތަށްޓާއި ދިގުވުން ހުއްޓިފައިވާ އިސްތައްޓެވެ. ނުވަތަ ބޮޑުވަމުންދާ އިސްތައްޓާއި ބޮޑުވެ ފުރިހަމަވެފައިވާ އިސްތަށްޓެވެ. ހަށިގަނޑުގެ އިސްތަށިތަކުގެ ތެރެއިން 85% - 95% އިސްތަށްޓަކީ ދިގުވަމުންދެއެވެ. ބާކީ 5-15% އިސްތަށި އޭގެ އުމުރު ފުރިހަމަ ވުމަށްފަހު ދިގުވުން ހުއްޓިފައި ހުރެއެވެ. އަދި ފަހުން މިސްތަށިތައް ފައިބައެވެ. އާއްމުގޮތެއްގައި ފުނާއަޅާއިރު ނުވަތަ ބޯދޮންނައިރުއެވެ. އަދި އޭގެ ބަދަލުގައި އާއިސްތަށި ފަޅަން ފަށާނެއެވެ. އެވުރެޖުގޮތެއްގައި އަންހެނެއްގެ ބޮލުން ދުވާލަކު 100 އިސްތަށި ފައިބައެވެ.

މާބަނޑު ދުވަސްވަރު ހޯމޯންތަކަށް އަންނަ ބަދަލުގެ ސަބަބުން އިސްތަށި ދިގުވާ މަރުހަލާގައި މާގިނަ ދުވަސްވެއެވެ. ވުމާއެކު ދިގުވެ ފުރިހަމަ ވެފައި ނުވަތަ ދިގުވުނވ ހުއްޓިފައި ހުންނަ މަރުހަލާގައި ހުންނަ އިސްތަށި ނިސްބަތުން މާބަނޑު ދުވަސްވަރު މަދުވާނެއެވެ. ނަތީޖާއެއްގެ ގޮތުން ކޮންމެ ދުވަހަކުވެސް ފައިބާ އިސްތަށިގެ އަދަދު ނިސްބަތުން މަދުވާނެއެވެ. ހަމައެއާއި އެކު ފުރަތަމަ މަރުހަލާގެ މުއްދަތު ދިގުވުމުގެ ސަބަބުން އިސްތަށިތައް ފަލަވެ ވަރުގަދަވެއެވެ. އަދި އޮމާންކަންމާއި ރީތިކަންވެސް ބޮޑުވެގެންދެއެވެ. ވިހެއުމަށްފަހު ހަށިގަނޑުގައި ހުންނަ އެސްޓްރޯޖަން ހޯމޯންގެ މިންވަރު ދަށަށްދިއުމުގެ ސަބަބުން ދެވަނަ މަރުހަލާ ނުވަތަ ދިގުވުން ހުއްޓޭ މަރުހަލާއަށްދާ އިސްތަށީގެ އަދަދު ވަރަށް ބޮޑުތަން އިތުރު ވެއެވެ. ވީމާ ވިހެއުމަށްފަހު އިސްތަށިފައިބާ މިންވަރު އިތުރުވާކަން އާއްމުގޮތެއްގައި ފާހަގަ ކުރެވޭނެއެވެ.

ބަލިވެއިނުމަށް ފަހު އަދި ވިހއުމަށްފަހު އިސްތަށްޓަށް މިދެންނެވި ބަދަލުތައް އަންނަކަން އާއްމުގޮތެއްގައި ހިރުހާ އަންހެނުންނަށްވެސް ފާހަގަ ކުރެވެއެވެ. ވުމާއެކު އިސްތަށިގަނޑު ދިގުމީހުންނަށް މިކަމުގެ އަސަރު ކުރާމިންވަރު އެހެން މީހުންނަށް ވުރެ ބޮޑުވާނެއެވެ.

މާބަނޑު ދުވަސްވަރު ހަށިގަނޑާއި މޫނުގައި ގިނައިން އިސްތަށި ފެޅުމަކީ ޠަބީޢީ ކަމެއްތަ؟

މާބަނޑު ދުވަސްވަރު މޫނާއި ހަށިގަނޑުގައި ހުންނަ އޮސްތަށިތައް ދިގުވާރޭޓު އަވަސްވެއެވެ. އެއީ ހަށިގަނޑުގައި އިތުރުވާ އެންޑްރޯޖަން ހޯމޯންގެ ސަބަބުންނެވެ. ހަމައެފަދައިން މޫނުގައި އިތުރަށް އިސްތަށި ފެޅުމަކީވެސް އެކަށީގެންވާ ކަމެކެވެ. މީގެއިތުރުން ބައެއްފަހަރު އުރަމައްޗާއި ބަނޑުގައި އަދި ބުރިކަށީގައި އަލަށް އިސްތަށި ފެޅުމަކީވެސް އެކަށީގެންވާ ކަމެކެވެ. މިކަމުގެ އުދަގޫވާނަމަ އިސްތަށި ބޭލުމާއި އަދި ލޭޒަރ ބޭނުންކޮށްގެން އިސްތަށި ނުފަޅާގޮތްވެސް ހެދިދާނެއެވެ. އާއްމުގިތެއްގައި އެއްވެސް ކަމެއް ނުކުރިޔަސް މިގޮތަށް އިތުރަށް ފަޅާއިސްތަށި ވިހެއުމަށްފަހު 3-6 މަހުގެ ތެރޭގައި ފައިބާ ކުރިން ހުރިގޮތަށް ބަދަލުވާނެއެވެ.

މާބަނޑު ދުވަސްވަރު ނިޔަފަތި އަވަހަށް ދިގުވުމަކީ ޠަބީޢީ ކަމެއްތަ؟

އާއްމުގޮތެއްގައި މާބަނޑު ދުވަސްވަރު ނިޔަފަތި ދިގުވާ މިންވަރު އަވަސްވެއެވެ. އެހެނަސް މިތަފާތު މާބޮޑަކަށް އިހުސާސެއް ނުކުރެވޭނެއެވެ. އަދި ބައެއް މީހުން ބަލިވެއިނުމުން ނިޔަފަތިތައް ބޯވެ ހަރުވެއެވެ. މިއާޚިލާފަށް ބައެއް މީހުންގެ ނިޔަފަތިތައް މަޑުވެ ކުރަކިވެސް ވެއެވެ. މާބަނޑު ދުވަސްވަރު މިގޮތަށް ނިޔަފައްޗަށް އަންނަ ބަދަލުތަކަކީ ވަގުތީ ބަދަލު ތަކެކެވެ. ވިހެއުމަށްފަހު ކުރިން ހުރިގޮތަށް އާއްމުގޮތެއްގައި ބަދަލުވާނެއެވެ. މާބަނޑު ދުވަސްވަރު ނިޔަފަތި ހިމާޔަތް ކުރުމަށްޓަކައި ތަށިދޮންނައިރު ނުވަތަ މިފަދަ ކަމެއް ކުރާއިރު އަތަށް ރަނބަރު އަންގި ލައްވައިގެން ކުރުން ރަނގަޅުވާނެއެވެ.

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.