ބުރާސްފަތި20201029

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް މަންމާއިދަރިފުޅު މާބަނޑުދުވަސްވަރު މާބަނޑު ދުވަސްވަރު ހަންގަނޑަށް ރައްކާތެރިވުން

މާބަނޑު ދުވަސްވަރު ހަންގަނޑަށް ރައްކާތެރިވުން

hangada-akatherivun-15މާބަނޑު ދުވަސްވަރު ކެއިން ބުއިމުގައި ބޭނުން ކުރާ ނުވަތަ ނުކުރާ އެއްޗެތީގެ ސަބަބުން ބަނޑުގައިވާ ދަރިފުޅަށް އަސަރު ކުރާކަން ގިނަ މާބަނޑު މީހުން ދަނެއެވެ. މިސާލަކަށް ޕްރޮޓީން ގިނަ ކާނާ ބޭނުން ކުރުމަކީ ދަރިފުޅަށް ފައިދާކުރާ ކަމެއް ކަމާއި އަދި ގިނައިން ކެފެއިން ހުންނަ ކާނާ ބޭނުން ކުރުމަކީ ދަރިފުޅަށް ގެއްލުންވާ ކަމެއްކަން ގިނަމީހުން ދަނެއެވެ.

ނަމަވެސް ވަރަށް މާބަނޑު ދުވަސްވަރު ހަންގަޑުގައި ބޭނުން ކުރާ ތަފާތު ކްރީމާއި ލޯޝަން އަދި ކެމިކަލްތަކުގެ ސަބަބުން ބަނޑުގައިވާ ދަރިފުޅަށް އަސަރު ކުރާކަން ގިނަ މާބަނޑު މީހުންނަކަށް ނޭގެއެވެ.

އާއްމުގޮތެއްގައި ކޮންމެ ދުވަހަކުވެސް އެތައްފަހަރަކު ހަންގަޑުގައި މިފަދަ ތަކެތި ބޭނުން ކުރެވެއެވެ. ނަމަވެސް ހަންގަޑުގައި ބޭނުން ކުރާ މިތަކެއްޗަކީ ހަންގަޑުން ފޭދިގެން ހަށިގަނޑުގެ އެތެރެއަށް ގޮސް ބަނޑުގައިވާ ދަރިފުޅަށް މިއިން އަސަރު ކުރާކަން ގިނަމީހުންނަކަށް ނޭގެއެވެ. ނުވަތަ އިހުސާސެއްވެސް އަދި ފިކުރެއްވެސް މިކަމާއި މެދު ނުކުރެވެއެވެ. އަދި މިގޮތުން ބޭނުން ކުރެވޭ ބައެއް ތަކެއްޗަކީ ދަރިފުޅަށް ވަރަށް ގެއްލުން ހުރި ތަކެތިކަން ދަންނަ މީހުން މަދެވެ.

އަބަދުވެސް ވިސްނާށެވެ. ކެއުމުގައި ބޭނުން ކުރާތަކެތިން އަދި ހަށިގަނޑުގައި އުގުޅާ ތަކެއްޗަކީ އޭގެ ސަބަބުން ދަރިފުޅަށް އަސަރު ކުރާއެއްޗަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.

ހަންގަޑުގައި ބޭނުންކުރާ ބައެއް ތަކެއްޗަކީ ހަންގަޑުން ފޭދިގެން ލޭގެތެރެއަށްދާ އެއްޗިއްސެވެ. ވުމާއެކު މިފަދަ އެއްޗެއް ބޭނުން ކުރުމުގައި މާބަނޑު ދުވަސްވަރު ފަރުވާތެރި ވާން ޖެހޭނެއެވެ. އެއެއްޗެއްގެ ސަބަބުން ބޮޑަށް އަސަރު ކުރާ ނުވަތަ ބާރުގަދަ އެއްޗެއް ބޭނުން ކުރާނަމަ ބޮޑަށް ފަރުވާތެރިވާން ޖެހޭނެއެވެ.

އާއްމުގޮތެއްގައި ހަންގަޑުގައި ބޭނުން ކުރާ ގިނަ ތަކެއްޗަކީ ރައްކާތެރި ތަކެއްޗެވެ. ނުވަތަ އެއިން ދަރިފުޅަށް ގެއްލުންވާ އެއްޗިއްސެއް ނޫނެވެ. ނަމަވެސް ހަމުގައިބޭނުންކުރާ ރައްކާތެރި ނޫން ވަރަށް ގިނަ އެއްޗެތި ހުރެއެވެ. ވުމާއެކު މިފަދަ އެއްޗެއް ބޭނުން ކުރުމުގެ ކުރިން ނުވަތަ ގަތުމުގެ ކުރިން އޭގައި ހިމެނެނީ ކޮން އެއްޗެއްތޯ ބެލުމަކީ ވަރަށް މުހިއްމުކަމެކެވެ. ތިރީގައި އެވަނީ ހަންގަޑުގައި ބޭނުން ކުރާ ތަފާތު ލޯޝަން، ކްރީމް އަދި ކެމިކަންފަދަ ތަކެތި އުފެއްދުމުގައި ބޭނުން ކޮށްފައި ހުންނަ އެއްޗިއްސާއި އޭގެ ބައެއް މުހިއްމު މައުލޫމާތެވެ.

* ރެޓިނޮއިޑްސް

* ސެލިސައިލިކު އެސިޑު

* ސޯޔާ ނުވަތަ ސޯއި

* ބިއްސާއި ގުޅުން ހުރި ތަކެތި

* އިސްތަށި ބޭލުމަށާއި މަދުކުރުމަށް ބޭނުން ކުރާ ތަކެތި

* އަވިހިމާޔަތް

* މޭކަޕް

* ރެޓިނޮއިޑްސް

މިއީ ވަރަށް ބާރުގަދަ މާއްދާއެކެވެ. ހަންގަޑު ހިކުނަ ނުދިނުމަށް ބޭނުން ކުރާ ބައެއް ކްރީމް އަދި ލޯޝަންގައި މި ބޭނުން ކޮށްފައި ހުރެއެވެ. މިއީ ހަންގަޑު ވާންކޮށް ރޫޖެހުނަ ނުދިނުމަށް ބޭނުން ކުރާ މާއްދާއެކެވެ. ރެޓިނޮއިޑަކީ ވިޓަމިން އޭގެ ވައްތަރެކެވެ. މިމާއްދާ ބޭނުންކުރުމުން ހަތާތައް ނުވަތަ ސެލްތައް އިތުރުވާލެއް އަވަސްވެއެވެ. ވުމާއެކު ހަންގަނޑުގެ ހަތާތައް އާކޮށްދެއެވެ. އަދި ހަންގަޑުގައި ހުންނަ ކޮއްލޭޖަން ހަލާކުވުން މިމާއްދާއިން ކުޑަކޮށްދެއެވެ.

ނަމަވެސް މިމާއްދާއަކީ މާބަނޑުދުވަސްވަރު ބޭނުންކުރުން ރަނގަޅު މާއްދާއެއް ނޫނެވެ. ބައެއް ދިރާސާތަކުން ދައްކާގޮތުގައި މާބަނޑު ދުވަސްވަރު ގިނައިން ވިޓަމިން އޭ ބޭނުން ކުރުމަކީ ބަނޑުގައިވާ ދަރިފުޅަށް ގެއްލުންވާ ކަމެކެވެ. ދިރާސާތަކުން ދައްކާގޮތުގައި އަގައިން ބޭނުން ކުރާ ރެޓިނޮއިޑުގެ މާއްދާއެއް ކަމުގައިވާ އައިޒޯޓްރެޓިނޮއިން (Isotretinoin) އަދި އެކުޔުޓާން (Accutane) ބޭނުން ކުރުމަކީ ދަރިފުޅުގެ ބައެއް ގުނަވަންތައް އުފެދުމުގައި އުނިވާ ކަމެކެވެ.

ބޭނުންކުރާ އެއްވެސް ލޯޝަނެއް ނުވަތަ ކްރީމެއްގައި ރެޓިނޮއިޑުގެ މާއްދާއެއް ހުއްޓަސް ހާސްނުވާށެވެ. މާބަނޑު ދުވަސްވަރު ހަމުގައި އުގުޅާ އެއްޗެއްގައި މިފަދަ މާއްދާއެއް ހުއްޓަސް ގެއްލުންވާކަން މިހާތަނައް ސާބިތު ކުރެވިފައެއް ނުވެއެވެ. ގިނަފަހަރު މިފަދަ މާއްދާއެއް ހުންނަ އެއްޗެއް ބޭނުން ކުރުން މަނާ ކުރުމަކީ ރައްކާތެރި ވުމަށްޓަކައި އެޅޭ ތަންކޮޅެއް ބޮޑު ފިޔަވަޅެކެވެ.

ތަފާތު ލޯޝަން ކްރީމުފަދަ ތަކެތީގެ ރެޓިނޮއިޑު ތަފާތު ނަންނަމުގައި ލިޔެފައި ހުރެއެވެ. ތިރީގައި އެވަނީ މިގޮތުން ބޭނުން ކުރެވިފައި ހުންނަ ތަފާތު ނަންނަމެވެ.

ޑިފެރިން (އެޑަޕިލީން) Differin (adapelene)
ރެޓިންއޭ،ރިނޯވާ (ޓްރެޓިނޮއިން) Retin-A, Renova (tretinoin)
ރެޓިނޮއިކު އެސިޑު Retinoic acid
ރެޓިނޯލް Retinol
ރެޓިނައިލް ލިނޯލިއޭޓު Retinyl linoleate
ރެޓިނައިލް ޕަލްމިޓޭޓް Retinyl palmitate
ޓަޒޮރެކު އަދި އަވޭޖު (ޓަޒަރޯޓީން) Tazorac and avage (Tazarotene)

* ބޮޑަށް ރަނގަޅީ މިފަދަ މާއްދާއެއް ހުންނަ އެއްޗެއް މާބަނޑު ދުވަސްވަރު ބޭނުން ނުކުރުމެވެ.

ސެލިސައިލިކު އެސިޑު

މިއީ ހަމުގެ ބައެއް ހާލަތްތަކަށް ފަރުވާ ކުރުމަށް ބޭނުން ކުރެވޭ އާދައިގެ އެސިޑެކެވެ. ހަމުގައި ބޭނުން ކުރެވޭ ބައެއް ތަކެތީގައި މިމާއްދާ ބޭނުން ކޮށްފައި ހުރެއެވެ. މިއީ ހަންގަޑު ހުރަސްކޮށް ހަމުގެ ދަށުގައިވާ މަރުވެފައިހުންނަ ހަތާތައް ސާފުކޮށްދިނުމުގެ ބާރު ހުންނަ މާއްދާއެކެވެ. މިއީ އެސްޕިރިން އާއިލާގެ މާއްދާއެކެވެ. ވުމާއެކު ހަމުގައި ހުންނަ އަނިޔާ ނުވަތަ ބަލީގެ އަސަރު ކުޑަކޮށްދިނުމުގައި މިމާއްދާ އެހީތެރިވެދެއެވެ. ބީޓާ ހައިޑްރޮކްސީ އެސިޑަކީވެސް މިމާއްދާގެ ސެލިސައިލިކު އެސިޑުގެ ވައްތަރެކެވެ.

މާބަނޑު ދުވަސްވަރު އަގައިގެ ޒަރީއާއިން މިމާއްދާ ބޭނުން ކުރުމަކީ ބަނޑުގައިވާ ދަރިފުޅަށް ތަފާތު ގެއްލުންތައްވާ ކަމެކެވެ. ނަމަވެސް ހަމުގައި މިމާއްދާ ހުންނަ އެއްޗެއް ބޭނުން ކުރުމުން ބަނޑުގައިވާ ދަރިފުޅަށް ގެއްލުންވާކަން މިހާތަނަށް ޔަގީން ކުރެވިފައެއް ނުވެއެވެ. ވުމާއެކު ޑޮކުޓަރުން ވިދާޅުވަނީ މިމާއްދާހުންނަ އެއްޗެއް ހަމުގައި ދުވާލަކު ދެފަހަރުވަރު ބޭނުން ކުރުމަކުން ދަރިފުޅަކަށް ގެއްލުމެއް ނުވާނެއެވެ. ނަމަވެސް ބައެއްފަހަރު މިމާއްދާއާއި އެކު ހުންނަ ބައެއް އެހެން މާއްދާތަކުގެ ސަބަބުން ހަންގަޑު ހުރަސްކޮށް ލޭގެ ތެރެއަށް މިމާއްދާ ފޭދިގެންދާ މިންވަރު އިތުރުވެއެވެ. މިފަދަ ހާލަތުގައި މިއީ މާބަނޑު ދުވަސްވަރު ބޭނުން ކުރުން ރައްކާތެރި ކަމެއް ނޫނެވެ.

މިމާއްދާވެސް ތަފާތު ނަންނަމުގައި ލިޔެފައި ހުރެއެވެ. ތިރީގައި އެވަނީ މިގޮތުން ލިޔެވިފައި ހުންނަ ތަފާތު ނަންނަމެވެ.

ސެލިސައިލިކު އެސިޑު Salicylic acid
ބީޓާ ހައިޑްރޮކުސީ އެސިޑު Beta hydroxy acid
ބީއެޗުއޭ BHA

* ބޮޑަށް ރަނގަޅީ މިފަދަ މާއްދާއެއް ހުންނަ އެއްޗެއް މާބަނޑު ދުވަސްވަރު ބޭނުން ނުކުރުމެވެ.

* ސޯޔާ ނުވަތަ ސޯއި

ބައެއް މައިން ޠަބީޢީ އެއްޗެތިން ތައްޔާރު ކޮށްފައި ހުންނަ ތަފާތު ލޯޝަނާއި ކްރީމް ފަދަ އެއްޗެތި ބޭނުން ކުރެއެވެ. މިފަދަ އެއްޗެތި ބޭނުން ކުރުމުން ބަނޑުގައިވާ ދަރިފުޅަށް އެއްވެސް ނުރައްކަލެއް ނުވަތަ ގެއްލުމެއް ނުވާނެކަމަށް ބަލާފައެވެ. ނަމަވެސް ކޮންމެ ފަހަރަކު މިހެންވާކަށް ނުޖެހެއެވެ. ނުވަތަ ޠަބީޢީ އެއްޗެތިން ތައްޔާރުކޮށްފައި ހުންނަ މިފަދަ ހުރިހާ އެއްޗަކީ ރައްކާތެރި އެއްޗިއްސެއް ނޫނެވެ.

އާއްމުގޮތެއްގައި ސޯޔާ ނުވަތަ ސޯއި ބޭނުންކޮށްގެން ތައްޔާރުކޮށްފައި ހުންނަ ކްރީމާއި ލޯޝަނަކީ ބޭނުން ކުރުން ރައްކާތެރި އެއްޗެކެވެ. ނަމަވެސް ސޯޔާ އަކީ މާބަނޑު ދުވަސްވަރު ވަރަށް ގިނަ މައިންނަށް ދިމާވާ ހަންގަޑު ކަޅުވުން ނުވަތަ ލަފު ނެގުމުގެ ކަންތައް އިތުރަށް ގޯސް ކުރާ ކަމެކެވެ. އެއި ސޯޔާ ގައި ހިމެނޭ އެސްޓްރޯޖަން ހޯމޯންގެ އަސަރުގެ ސަބަބުންނެވެ. ވުމާއެކު މިއަސަރު ކަޑުވައިފައި ހުންނަ ސޯޔާ ބޭނުން ކުރުމަކުން މައްސަލައެއް ނެތެވެ.

މިމާއްދާވެސް ތަފާތު ނަންނަމުގައި ލިޔެފައި ހުރެއެވެ. ތިރީގައި އެވަނީ މިގޮތުން ލިޔެވިފައި ހުންނަ ތަފާތު ނަންނަމެވެ.

ލެތިސިން Lethicin
ފޮސްފޮޓައިޑީލްލޯލިން Phosphatidylcholine
ސޯއި Soy
ޓީވީޕީ Textured vegetable protein (TVP)

* މާބަނޑު ދުވަސްވަރު ހަންގަނޑުކަލުވާނަމަ ނުވަތަ ހަންގަޑުގައި ކަޅު ލަފު ނަގާނަމަ ނުވަތަ ކަޅުމީހުން މިމާއްދާ ހުންނަ ތަކެތި ބޭނުން ކުރުން ރަނގަޅެއް ނޫނެވެ. މިފަދަ ކަމެއް ނެތްމީހުން މިމާއްދާ ހުންނަ ތަކެތި ބޭނުން ކުރުމަކުން ގެއްލުމެއް ނެތެވެ.

* ބިއްސާއި ގުޅުން ހުރި ތަކެތި

މާބަނޑު ދުވަސްވަރު ގިނައިން ބިހި ނެގުމަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ ކަމެކެވެ. މިފަދަ ހާލަތުގައި ޑޮކުޓަރެއްގެ ލަފަޔާއި އެކު ނޫނީ އެއްވެސް އެއްޗެއް ބޭނުން ނުކުރާށެވެ. ބިހިނެގުން މަދުކުރުމަށް ނުވަތަ ބިހި ފިލުވުމަށް ބާޒާރުގައި ތަފާތު ވައްތަރުގެ ލޯޝަނާއި ކްރީމު ވިއްކަން ހުރެއެވެ. ތިރީގައިއެވަނީ މިގޮތުން މިފަދަ ކްރޯމާއި ލޯޝަން އަދި ޖެލް ފަދަ ތަކެތި އުފެއްދުމުގައި ބޭނުން ކޮށްފައި ހުންނަ މާއްދާތަކެވެ.

ބީޓާ ހައިޑްރޮކްސީ އެސިޑް Beta hydroxy acid
ބީއެޗްއޭ BHA
ޑިފެރިން (އެޑަޕިލިން) Differin (adapelene)
ރެޓިން އޭ، ރިނޯވާ (ޓްރެޓިނޮއިން) Retin-A, Renova (tretinoin)
ރެޓިނޮއިކް އެސިޑް Retinoic acid
ރެޓިނޯލް Retinol
ރެޓިނައިލް ލިނޯލިއޭޓު Retinyl linoleate
ސެލިސައިލިކު އެސިޑް Salicylic acid
ޓަޒޮރެކް އަދި އަވޭޖު (ޓަޒަރޯޓިން) Tazorac and avage (Tazarotene)
ޓްރެޓިނޮއިން Tretinoin

*މިފަދަ މާއްދާއެއް ބޭނުން ކުރިޔަސް ވަރަށް މަދުންނޫނީ ބޭނުން ނުކުރާށެވެ.

* އިސްތަށި ބޭލުމަށާއި މަދުކުރުމަށް ބޭނުން ކުރާ ތަކެތި

އާއްމުގޮތެއްގައި އިސްތަށި ބޭލުމަށްޓަކައި ނުވަތަ އިސްތަށި މަދުކުރުމަށްޓަކައި ހަމުގައި ބޭނުން ކުރެވޭ ތަފާތު ކެމިކަލް ތަކަކީ ބަނޑުގައިވާ ދަރިފުޅަށް އެއްވެސް ނުރައްކަލެއްވާ ކެމިކަލް ތަކެއް ނޫނެވެ. މިފަދަ ކެމިކަލް ތަކުން ލިބޭ ހަމައެކަނި ގެއްލުމަކީ އާއްމުގޮތެއްގައި ހަންގަޑާއި ނުގުޅުމެވެ. ނުވަތަ އެލާޖީ ވުމެވެ. އެއި މިފަދަ ކެމިކަލް ތަކަކީ ހަންގަޑު ހުރަސްކޮށް ހަށިގަނޑަށް ފޭދޭ އެއްޗެއް ނޫނެވެ. ވުމާއެކު މައިމީހާއަށް ވެސް އަދި ބަނޑުގައިވާ ދަރިފުޅަށްވެސް ގެއްލުމެއް ނުވާނެއެވެ. ހަމައެކަނި އޭގެ އަސަރު ހުންނާނީ ހަންގަޑުގައެވެ.

ނަމަވެސް މިފަދަ ބައެއް ކެމިކަލްތަކަކީ ބައެއް އަންހެނުންގެ ހަންގަޑާއި ނުގުޅޭ އެއްޗެކެވެ. ނުވަތަ އެލާޖީވާ އެއްޗެކެވެ. ހާއްސަކޮށް މާބަނޑު ދުވަސްވަރު އެވެ. ބަލިވެއިނުމުގެ ކުރިން ބޭނުން ކުރާ މިފަދަ ކެމިކަލަކަށް އެލާޖީވާނަމަ ބަލިވެއިނުމަށްފަހު އެކެމިކަލެއް ބޭނުން ކުރުން އެއްގޮތަކަށްވެސް ރަނގަޅެއް ނޫނެވެ. އަދި ކުރިން އެލާޖީ ނުވާ ކެމިކަލަކަށް ބަލިވެ އިނުމަށްފަހު އެލާޖީ ވުމަކީވެސް ވެދާނެ ކަމެކެވެ. މިފަދަ ހާލަތުގައިވެސް އެކެމިކަލެއް ބޭނުން ކުރުން ރަނގަޅެއް ނޫނެވެ. ވުމާއެކު އަލަށް މިފަދަ އެއްޗެއް ބޭނުން ކުރާނަމަ ރަނގަޅުގޮތަކީ ފުރަތަމަ ފައިގެ ތަންކޮޅެއްގައި ބޭނުންކޮށްފައި 42 ގަޑިއިރުވަރު ވަންދެން އެއިން ކުރާއަސަރު ބެލުމަށް ނުވަތަ އެލާޖީވޭތޯ ބެލުމަށް މަޑުކޮށްލުމެވެ. އެލާޖީ ނުވާނަމަ ބޭނުން ކުރުމަކުން މައްސަލައެއް ނެތެވެ.

މިފަދަ ކެމިކަލްތައްވެސް ތަފާތު ނަންނަމުގައި ހުރެއެވެ. ތިރީގައި އެވަނީ މިގޮތުން ބޭނުންކުރެވޭ ބައެއް ކެމިކަލްތަކުގެ ނަންތަކެވެ.

ޕޮޓޭސިއަމް ތިއޯގުލައިކޮލޭޓް Potassium Thioglycolate
ކެލްސިއަމް ތިއޯގުލައިކޮލޭޓް CalciuThioglycolate
ސޯޑިއަމް ހައިޑްރޮކްސައިޑް Sodium Hydroxide
ހައިޑްރޮލައިޒްޑް ސޯއި ޕްރޮޓީން Hydrolyzed Soy Protein

މިފަދަ ކެމިކަލްތައް ބޭނުން ކުރުމަކުން ބަނޑުގައިވާ ދަރިފުޅަށް ގެއްލުމެއް ނެތެވެ.

*  އަވިހިމާޔަތް (Sunscreens)

އަވިން ހިމާޔަތްވުމަށްޓަކައި ބޭނުން ކުރާ ލޯޝަނާއި ކްރީމަކީ މާބަނޑު ދުވަސްވަރު ބޭނުން ކުރުން ރައްކާތެރި އެއްޗެކެވެ. އަދި ކިއެއްތަ ބައެއް ހާލަތްތަކުގައި ބޭނުން ކުރުން އެދެވިގެންވާ އެއްޗެކެވެ. މިސާލަކަށް ރާއްޖެފަދަ އަވިގަދަ ތަންތަނުގައި ބޭރަށް ނުކުމެ އުޅޭނަމަ މިފަދަ ލޯޝަނެއް ބޭނުން ކުރުމަކީ ވަރަށް ބޭނުން ތެރި ކަމެކެވެ. ހާއްސަކޮށް ބަލިވެއިނުމުން ހަންގަނޑު ކަޅުވާނަމަ ނުވަތަ ލަފު ނަގާނަމައެވެ. އަވިންހަންގަޑު ހިމާޔަތްކޮށްދޭ ލޯޝަނާއި ކްރީމުތައް ތަފާތު މާއްދާތަކުން އުފައްދައިފައި ހުރެއެވެ. ތިރީގައިއެވަނީ މިގޮތުން ބޭނުން ކޮށްފައި ހުންނަ ތަފާތު ބައެއް މާއްދާތަކެވެ.

ޓިންޓެނިއަމް ޑިއޮކުސައިޑު Titanium dioxide
ޒިންކް އޮކުސައިޑު Zinc oxide
އެވޯބެންޒޯން (ޕަރްސޯލް 1789) Avobenzone (Parsol 1789)
އޮކްސީބެންޒޯން Oxybenzone
ޑިއޮކްސީބެންޒޯން Dioxybenzone
ބެންޒޯފިނޯން Benzophenone
އޮކްޓީލް މިތޮކްސީސިނަމޭޓު Octyl methoxycinnamate (OMC)
ޕާރާއަމައިނޯބެންޒޮއިކު އެސިޑު Para-aminobenzoic acid (PABA)
އޮކުޓޯކުރައިލީން Octocrylene

*މިއީ މާބަނޑު ދުވަސްވަރު ބޭނުން ކުރުން ރައްކާތެރި ބާވަތްތަކެކެވެ.

* މޭކަޕް

އާއްމުގޮތެއްގައި މޭކަޕު ސެތުތަކުގައި ހުންނަ މާއްދާތަކަކީ މާބަނޑު ދުވަސްވަރު ބޭނުން ކުރުން ރައްކާތެރި މާއްދާތަކެކެވެ. ނަމަވެސް ބައެއް މޭކަޕު ސަޓުތަކުގައި ސެލިސައޮލިކު އެސިޑާއި ރެޓިނޯލްފަދަ މާއްދާތައް ހިމެނިފައި ހުރެއެވެ. މިފަދަ މާއްދާއެއް ހުންނަ މޭކަޕު މާބަނޑު ދުވަސްވަރު ބޭނުން ކުރުން ރަނގަޅެއް ނޫނެވެ. ތިރީގައި އެވަނީ މޭކަޕު އުފެއްދުމުގައި ހިމެނިފައި ހުންނަ ބައެއް މާދާތަކެވެ.

ޑިފެރިން (އެޑަޕިލީން) Differin (adapelene)
ޜެޓީން، ރިނޯވާ (ޓްރެޓިނޮއިން) Retin-A, Renova (tretinoin)
ރެޓިނޮއިކު އެސިޑު Retinoic acid
ރެޓިނޯލް Retinol
ރެޓިނައިލް ލިނޯލޭޓު Retinyl linoleate
ރެޓިނައިލް ޕަލްމިޓޭޓް Retinyl palmitate
ޓަޒޮރެކު އަދި އަވޭޖު (ޓަޒަރޯޓީން) Tazorac and avage (Tazarotene)
ޓްރެޓިނޮއިން Tretinoin

* ރެޓިނޯލް އާއި ސެލިސައިލިކު އެސިޑު ހުންނަ މޭކަޕު ބޭނުން ނުކުރާށެވެ. އެހެން ވައްތަރުތަކަކީ ރައްކާތެރި ވައްތަރު ތަކެކެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.