އަންގާރަ20200922

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް މަންމާއިދަރިފުޅު މާބަނޑުދުވަސްވަރު މާބަނޑުދުވަސްވަރު އަނބިމީހާގެ ވޭނުގައި ބައިވެރިވާނީ ކިހިނެއް؟

މާބަނޑުދުވަސްވަރު އަނބިމީހާގެ ވޭނުގައި ބައިވެރިވާނީ ކިހިނެއް؟

veynugai-baiverivanee-kihney-7* ސަމާލުކަންދޭށެވެ.

* އަނބިމީހާއާއި އެކު ޑޮކުޓަރަށް ދާށެވެ.

* އަނބިމީހާއާއި އެކު ރަނގަޅު ކާނާ ކެއުމަށް ސަމާލުކަންދޭށެވެ.

* އަނބިމީހާގެ ބަދަލުވަމުން އަންނަ ހަށިގަނޑަށް ތައުރީފު ކުރާށެވެ.

* އަނބިމީހާއާއި އެކު ހިނގާލަން ދާށެވެ.

* ހޮސްޕިޓަލަށް ދާންޖެހޭ ދުވަސްތައް ހަނދާނުގައި ބަހައްޓާށެވެ.

* ވިހެއުމުގައި އެހީތެރިވެދޭށެވެ.

 ސަމާލުކަންދޭށެވެ.

ފިރިމީހާއަކަށް ބަލިވެއެއް ނުއިދެވޭނެއެވެ. ނަމަވެސް މާބަނޑު އަނބިމީހާއާއި ބައިވެރި ވެވިދާނެއެވެ. އަނބިމީހާ އަށް އަންނަ ބަދަލާއި ބަނޑު ބޮޑުވަމުން އަންނަ ގޮތް ބެލުމަށް ސަމާލުކަން ދޭކަން އަނބަދުވެސް އަނބިމީހާއަށް އިހުސާސް ކޮށްދޭށެވެ. ބަނޑުގައި ދަރިފުޅު ތޮޅެން ފެށުމުން ދަރިފުޅުގެ އަޑު އަހާށެވެ. ދަރިފުޅަށް ޓަކައި އަނބިމީހާއަށް ވާހަކަ ކިޔައިދީ މުނިފޫހި ފިލުވައި ހަދައިދޭށެވެ. އަދި މަންމައާއި ބައްޕަގެ ހައިސިއްޔަތުން ދަރިފުޅާއި މެދު ކަންތައް ކުރާނެ ގޮތާއި ދިރިއުޅުމައި ދިމާވާނެ ތަފާތު ކަންތަކާއި އަދި ދިމާވަމުންދާ ކަންތަކާއި މެދު އަނބިމީހާއާއި އެކު ގިނަގިނައިން ހިޔާލު ބަދަލުކޮށް ހަދާށެވެ. އަދި ބަނޑުގައި ދަރިފުޅު ބޮޑުވަމުންދާ ގޮތާއި ސިއްހަތަށް އަންނަ ބަދަލުތައް އަނބިމިހާއާއި އެކު ކިޔައި އޮޅުންފިލުވައި ހަދާށެވެ.

 އަނބިމީހާއާއި އެކު ޑޮކުޓަރަށް ދާށެވެ.

ކޮންމެ ފަހަރަކު އަނބިމީހާއާއި އެކު ޑޮކުޓަރަށް ނުދެވުނަސް ގިނަފަހަރު ދެވޭތޯ ބަލާށެވެ. އަދި އަނބިމިހާ އާއި ބަނޑުގައިވާ ދަރިފުޅުގެ ސިއްހަތާއި ބެހޭގޮތުން ޑޮކުޓަރާއި ސުވާލުކޮށް ހަދާށެވެ. މިކަމުން ފިރިމީހާއަކީވެސް މާބަނޑު ދުވަސްވަރު އަނބިމީހާ އާއި ބައިވެރިވާ މީހެއްކަން އިހުސާސް ކޮށްދޭނެއެވެ. ސްކޭން ކުރާނަމަ ވިހެއުމުގެ ކުރިން ދަރިފުޅު ދުށުމުގެ ނަސީބު ހޯދާށެވެ. އަދި އެއްވެސް ކަހަލަ ޓެސްޓެއް ކުރާނަމަ ހާއްސަކޮށް ވިރާސީ އެއްވެސް ބައްޔެއް ނުވަތަ އުފެދުމުގެ އެއްވެސް ބައްޔެއް ހުރިތޯ ބަލަން ޓެސްޓު ކުރާނަމަ އަނބިމީހާއާއި އެކުގައިވާށެވެ.

 އަނބިމީހާއާއި އެކު ރަނގަޅު ކާނާ ކެއުމަށް ސަމާލުކަންދޭށެވެ.

ބަލިވެއިނުމަށްފަހު އަނބިމީހާ ރަނގަޅު ފައިދާ ހުރި ކާނާ ކޮންމެހެންވެސް ކާން ޖެހޭނެއެވެ. ވުމާއެކު މީރު ނުވިޔަސް ބައެއް ވައްތަރުގެ ކާނާ ކެއުމަށް ސަމާލު ކަން ދޭން ޖެހޭނެއެވެ. އަދި މީރު ބައެއް ކާނާއާއި ދުރުވަންވެސް ޖެހިދާނެއެވެ. ހާއްސަކޮށް ދުންފަތް، ސައި އަދި ކޮފީ ފަދަ ތަކެއްޗާއި އަނބިމީހާ ދުރުވަން ޖެހޭނެއެވެ. ތެދެކެވެ. ފިރިމީހާ މިފަދަ ކަންތައް ނުކުރިޔަސް އަނބިމީހާގެ ބަނޑުގައި ވާދަރިފުޅަށް ބަދަލެއް ނުއަންނާނެއެވެ. އެހެނަސް އަނބިމީހާއާއި އެކު މިފަދަ ކަންކަމުގައި ބައިވެރި ވުމަކީ އަނބިމީހާއަށް ލިބޭނެ ހިއްވަރެކެވެ. ވުމާއެކު އަނބިމީހާ ގިނައިން ފެނާއި ދިޔާއެއްޗެތި ބޯން ޖެހޭއިރު އަނބިމީހާއާއި އެކު މިކަމުގައި ބައިވެރި ވާށެވެ. އަދި ދުންފަތާއި ސަޔާއި އަދި ކޮފީ ފަދަ ތަކެއްޗާއި މުޅިން ދުރުވާށެވެ. މީގެ އިތުރުން އަނބިމީހާއާއި އެކު ކަސްރަތުކޮށް ހިގައި ދުވެ ހެދުމުގައި ބައިވެރި ވާށެވެ.އަދި އަނބިމީހާއާއި އެކު ވީހާވެސް ގިނަ ވަގުތު ހޭދަ ކުރާށެވެ.

އަނބިމީހާގެ ބަދަލުވަމުން އަންނަ ހަށިގަނޑަށް ތައުރީފު ކުރާށެވެ.

އަނބިމީހާގެ ހަށުގަނޑަށް އަންނަ ބަދަލު ބެލުމަށް މަހަކު އެއްފަހަރު ފޮޓޯ ނަގައި އަލްބަމެއް ތައްޔާރު ކުރާށެވެ. ބައެއްފަހަރު ބަލިވެއިދެ ބަނޑު ބޮޑުވަން ފެށުމުން ހަށިގަނޑުގެ ސިފަޔާއި މެދު ނުރުހުމަކީ އެކަށީގެންވާ ކަމެކެވެ. މިފަދަ ހާލަތތުގައި އަނބިމީހާ ދޫކޮށް ނުލާށެވެ. ފިރިމީހާއަށް އަނބިމީހާ އަދި ބަދަލުވަމުންއައި ސިފަޔާއި އެކު ރީތި ނުވި ކަމުގައި ވިޔަސް އަނަބަދުވެސް މިސިފަ ތަކާއި އެކުވެސް އަނބިމީހާ ރީތި ކަމަށް ބުނާށެވެ.

 އަނބިމީހާއާއި އެކު ހިނގާލަން ދާށެވެ.

ލިބެން އުޅޭ ދަރިފުޅުގެ މަންމަ އާއި އެކު ވިވަރަކުން ހިނގާލަން ނިކުންނާށެވެ. މިގޮތުން ބާޒާރަށް ދެމަފިރިން އެކީގައި ދިއުމާއި ތިމާގެ މީހުންނާއި ރައްޓެހިންނަށް ޒިޔާރަތް ކުރުމަކީ ރަނގަޅު ކަމެކެވެ. މިކަމުން ގުޅުން ބަދަހި ވުމުގެ އިތުރުން އަނބިމީހާ އަށް ކަސްރަތުވެސް ލިބޭނެއެވެ. ހިނގުމަޚި މާބަނޑު ދުވަސް ވަރު ކުރަން އެންމެ ރަނގަޅު ކަސްރަތު ތަކުގެ ތެރެއިން ކަސްރަތެކެވެ.

 ހޮސްޕިޓަލަށް ދާންޖެހޭ ދުވަސްތައް ހަނދާނުގައި ބަހައްޓާށެވެ.

މިއީ ފަހަރުގައި އުދަގޫ ކަމަކަށް ވެދާނެއެވެ. ހާއްސަކޮށް ބުރަކޮށް މަސައްކަތުގައި ނުވަތަ ވަޒީފާގައި އުޅެމުން މިކަނ ްކުރަން ދަތިވެދާނެއެވެ. އެހެނަސް ކިތައްމެ ބުރަކޮށް އުޅުނަސް އަނބިމީހާ ވިހަން ތަނައް އެރުމުން ވަގުތު ހޯދައިގެން ނަމަވެސް ހޮސްޕިޓަލަށް ދެވެއެވެ. އެއީ ދެވޭ ސަމާލުކަމުގެ ސަބަބުންނެވެ. ވުމާއެކު ވިހަންތަނަށް އެރިކަމުގައި ނުވިޔަސް އަނބިމީހާ ބަލިވެއިނުމުން މިކަމުގައި ފަރުވާތެރިވެ ސަމާލުކަން ދޭށެވެ. އާއްމުގޮތެއްގައި ސަމާލުކަން ދެވޭނަމަ ވަގުތުވެސް ހޯދޭނެއެވެ. އަދި ހަދާނުގައިވެސް ހުންނާނެއެވެ. ވަގުތަކީ ހޯދީމައި ލިބޭ އެއްޗެކެވެ. ހަނދާންވާނީ ސަމާލުކަން ދޭވަރަކުންނެވެ.

 ވިހެއުމުގައި އެހީތެރިވެދޭށެވެ.

އަނބިމީހާ ވިހާއިރު ފިރިމީހާ އަނބިމީހާގެ ވޭނުގައި ބައިވެރި ވުމަކީ ވަރަށް މުހިއްމު ކަމެކެވެ. ވުމާއެކު ވިހެއުމަކީ ކޮބައިކަމާއި ވިހެއުމުގައި ދިމާވެދާނެ ކަންތައްތައް އަނބިމީހާއާއި އެކު ފިރިމީހާވެސް އޮޅުން ފިލުވަންވާނެއެވެ. އެއީ ވިހާއިރު އަނބިމީހާގާތުގައި ފިރިމީހާ ހުންނައިރު އަމިއްލަ ނަފުސައް އޮންނަ އިތުބާރު ބޮޑުވެ އަނބިމީހާގެ ވޭނުގައި ހިއްސާކޮށް އަނބިމީހާއަށް ލުއިކަމާއި ހިތްހަމަ ޖެހުން ގެނެސްދިނުން ފަސޭހަ ވާނެކަމެކެވެ. ވިގެއުމުގައި ދިމާވާ ކަންތައްތައް ނޭގޭނަމަ އަނބިމީހާ ގާތު ހުންނައިރު ބިރުވެރިކަމާއި ނުތަނަވަސްކަން އިހުސާސް ކުރެވުމުގެ އިތުރުން އަނބިމީހާއަށް މިކަމުން ނޭދެވޭ އަސަރު ކުރުމަކީވެސް އެކަށީގެންވާ ކަމެކެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.