ހޮނިހިރު20201128

އާކުރެވުނީ: 08:43:52

މާބަނޑު މީހުންނަށް ނިދުމަށް އެހީއެއް.

nidhumai-ehee-eh-100ބަނޑާއި ބުރަކަށްޓަށް ފަސޭހަވާގޮތަށް ބާލީސް ބޭނުން ކޮށްގެން މާބަނޑު ދުވަސްވަރުވެސް މައިމީހާއަށް އަރާމުކޮށް ނިދާލެވިދާނެއެވެ. އަރިއަކާސް ނިދަން އޮށޯވެ އޮންނައިރު ގުދުކޮށްލެވިފައިވާ ދެކަކޫ ހުޅުދޭތެރެއަށް ބާލީސް ލައިގެން ބުރިކަށީގައިވެސް ބާލީސް ޖެހޭގޮތަށް ބާއްވައިގެން ނިދާށެވެ. މިގޮތަށް ހަދައިފައިހުންނަ މާބަނޑުމީހުންނަށް ހާއްސަ ބާލީސް ހުރެއެވެ. އަމިއްލައަށްވެސް މިފަދަ ބާލީހެއް ތައްޔާރު ކުރެވިދާނެއެވެ. މިފަދަ ބައެއްބާލީހުގެ ނަމޫނާ ތިރީގައި އެވަނީއެވެ.

 

 maabadu-meehun-nidhuma-ehee1maabadu-meehun-nidhuma-ehee2

ކާނާ އާއި ނިދުމާއި ހުރި ގުޅުން.

ކާއެއްޗިއްސާއި ކާވަގުތަކީ މާބަނޑުމީހުންގެ ނިދުމަށް އަސަރު ކުރުވާ ކަމެކެވެ. އަވަހަށް އަރާމުގައި ނިދާލަން ބޭނުންނަމަ ހޫނު ކިރުތައްޓެއް ބޯލާށެވެ. އެއީ ކިރުގައި ހުންނަ އަމައިނޯ އެސިޑެއްކަމަށްވާ އެލް-ޓްރިޕްޓޮފެން ގެސަބަބުން ނިދިޖައައުމަށް އެހީވެދޭ ސިކުޑީގައި ހުންނަ މާއްދާއެއް ކަމަށްވާ ސެރަޓޮނިން އިތުރުކޮށްދެއެވެ. ވުމާއެކު އަވަހަށް ނިދިއައިސް އަރާމުގައި ނިދުމަށް ވަރަށް ބޮޑު އެހީއަކަށް ކިރުވެއެވެ. ކިރުގައި ނޫނަސް ވިލާތުކުކުޅު (ޓާރކީ) ބިސް ފަދަ ކާބޯތަކެތީގައިވެސް އެލް-ޓްރިޕްޓޮފެން ހުރެއެވެ. ނަމަވެސް ހަނދާން ކުރާށެވެ. ނިދިނަޔަސް ނިދުމަށްޓަކައި އެލް-ޓްރިޕްޓޮފެން ހުންނަ ގުޅަބޭސް ބޭނުން ނުކުރާށެވެ. އެއީ މާބަނޑު ދުވަސްވަރު ނެގުން ރައްކާތެރި ބޭހެއް ނޫނެވެ.

ނިދާއިރު ގިނައިން ހުވަފެން ފެނުމާއި ބޮލުގައި ރިއްސުމާއި މުޅިގައިން ދާހިއްލާނަމަ ހަށިގަނޑުގައި ހުންނަން ޖެހޭވަރަށްވުރެ ހަކުރު ދައްވެފައި ވުމަކީ ވަރަށް ގާތްކަމެކެވެ. މިކަން ރަނގަޅުކުރުމަށް ނިދުމުގެ ކުރިން ޕްރޮޓީން ގިނަ ކާނާ ބޭނުން ކުރުން ރަނގަޅުވާނެއެވެ. މިގޮތުން ބިސް، މަސް އަދި ޕީނަޓު ބަޓަރ ފަދަ ކާނާ ބޭނުން ކުރުން ރަނގަޅުވާނެއެވެ. މިފަދަ ކާނާ ބޭނުން ކުރުމުން ހަށިގަނޑުގައި ހަކުރު ހުންނަ މިންވަރު ރަނގަޅު ކޮށްދޭނެއެވެ.

ވަރުބަލިކަމާއި ނުތަނަވަސްކަން ފިލުވާލާނީ ކިހިނެއް؟

ހަށިގަނޑު ވަރުބަލިވެ ނުތަނަވަސް ވެފައިވާނަމަ އަރާމު ނިންޖެއް ނިދާލުމަކީ ދަތިކަމެކެވެ. ތިރީގައި އެވަނީ މިފަދަ ހާލަތުގައި އަރާމު ކޮށްލުމަށް ކުރެވިދާނެ ބައެއް ކަންތައްތަކަވަ.

- މަސާޖު ކުރުން.

މަސާޖު ކުރުމަކީ ވަރުބަލިވެފައިވާ މަސްތަކަށް ލުއިކަން ގެނެސްދީ ހަށިގަނޑަށް އަރާމުކޮށްދޭ ކަމެކެވެ. މަސާޖުކުރުމުގައި ފިރިމީހާގެ އެހީ ހޯދިދާނެއެވެ. މިގޮތުން ނިދުމުގެ ކުރިން އަތާއި ފައި އަދި ކަރުގެ މަސާޖުތައް ކުރެވިދާނެއެވެ.

- ފުންކޮށް ނޭވާލުން.

ފުންކޮށް އެއްދުރުމިނެއްގައި އެއްވަރަކަށް ނެވާލުމަކީ މަސްތަކަށް ދޫކަންލިބި، އަވަސްވެފައިވާ ހިތުގެ ހިގުން ހަމަޔަކަށް އަޅުވައިދީ، އަވަހަށް ނިދުމަށް އެހީތެރިވެދޭ ކަމެކެވެ. އެނދުގައި ނުވަތަ ތިރީގައި އަތާއި ފައި ފުޅާކޮށްގެން އޮށޯވެ އޮންނާށެވެ. ބަނޑަށް 4 މަސްވެފައިވާނަމަ ބަނޑުދަށަށް ބާލީހެއްލައިގެން އަރިއަކަށް އޮވެވިދާނެއެވެ. ދެން އަނގަ ލައްޕައިގެން ލަސްލަހުން ފުންކޮށް ނޭފަތުން ނޭވާލާށެވެ. އެތެރެއަށް ނޭވާލާއިރު ބަނޑު ބޮޑުވުމާއިއެކު މެޔަށް ވައިވަންނަކަން އިހުސާސް ކުރެވޭނެއެވެ. ނޭފަތުން ނޭވާބޭރުކޮށްލުމުގެ ކުރިން ސިކުންތެއްވަންދެން ނޭވާ ހިފަހައްޓާލާށެވެ.

- ކަސްރަތުކުރުން.

މާބަނޑުދުވަސްވަރު ގަވައިދުން ކަސްރަތު ކުރުމަކީ ޖިސްމާނީގޮތުންނާއި ނަފުސާނީގޮތުން މައިމީހާގެ ސިއްހަތު ދުޅަހެޔޮކޮށް ބަހައްޓައިދޭ ކަމެކެވެ. އަދި މިއީ އަރާމުގައި ނިދާލުމަށްވެސް އެހީތެރިވެދޭ ކަމެކެވެ. ނަމަވެސް މިގޮތައް ކުރާ ކަސްރަތުގެ ތެރޭގެއި މާބޮޑަށް ވަރުބަލިވާފަދަ ކަސްރަތު ކުރުން ރަނގަޅެއް ނޫނެވެ. ހާއްސަކޮށް ނިދާގަޑިއާއި މާގާތްކޮށްފަ މިފަދަ ބުރަ ކަސްރަތެއް ނުކުރާށެވެ. އެއީ މިފަދަ ގޮތަކަށް ކަސްރަތު ކޮށްފިނަމަ މާބޮޑަށް ނިދި ނިދީގެ ޠަބީޢަތުގެއްލިދާނެތީއެވެ. އަދި އާއްމުކޮށް ނިދާގަޑިތަކުގައި ނިދަން އުދަގޫވެދާނެތީއެވެ.

ނިދުމަށްޓަކައި ބޭސް ބޭނުން ކުރެވިދާނެތަ؟

މާބަނޑު ދުވަސްވަރު ޑޮކުޓަރެއްގެ ލަފަޔާއެކު ކޮންމެހެން ބޭނުން ކުރަންޖެހޭ ބޭހެއް ނޫން އެއްވެސް ބޭހެއް ބޭނުން ކުރުމަކީ ރަނގަޅު ކަމެއް ނޫނެވެ. އެއީ ޠަބީއީ ނުވަތަ ދިވެހި ބޭހެއްކަމުގައި ވިޔަސް ބޭނުން ކުރުން ރަނގަޅެއް ނޫނެވެ. އެއީ މިފަދަ ގިނަ ބޭސްތަކަކީ މިބޭސްތަކުން ބަނޑުގައިވާ ދަރިފުޅަށް ކުރާ އަސަރު ޓެސްޓު ކުރެވި ދިރާސާ ކުރެވިފައިވާ ބޭސްތަކަކަށް ނުވާތީއެވެ. ނިދުމަށް ވަރަށް ބޮޑަށް އުދަގޫ ވާނަމަ ބަނޑަށް 4 މަސް ވުމަށް ފަހު ޑޮކުޓަރެއްގެ ލަފަޔާއި އެކު ބޭހެއް ބޭނުން ކުރެވިދާނެއެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.