ހުކުރު20201127

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް މަންމާއިދަރިފުޅު މާބަނޑުދުވަސްވަރު މާބަނޑު ދުވަސްވަރު ނިދަން އެންމެ ރަނގަޅީ ކޮންގޮތަކަށް

މާބަނޑު ދުވަސްވަރު ނިދަން އެންމެ ރަނގަޅީ ކޮންގޮތަކަށް

nidhan-ragalhee-kon-gothei-131މާބަނޑު ދުވަސްވަރު ބަންޑުން ނުވަތަ އުއްޑުން ނިދުމަކީ ފަސޭހަކަމެއް ނޫނެވެ. އަދި އެހާ ރައްކާތެރި ގޮތެއްވެސް ނޫނެވެ. ވުމާއެކު ނިދަން ރަނގަޅީ އަރިއަކަށެވެ. ކަނާތްފަރާތަށް (ކަނާތް މައްޗަށްވާ ގޮތަށް) ނިދުމަކީ އެއްވެސް ގެއްލުމެއް ނެތް ގޮތެއްނަމަވެސް ނިދަން އެންމެ ރަނަގަޅީ ވާތްފަރާތަށެވެ. ވާތް މައްޗަށްވާގޮތަށެވެ. އެއީ މިގޮތަށް ނިދުމުން މައިމީހާ އަށާއި ބަނޑުގައިވާ ދަރިފުޅަށް ފައިދާ ކުރާނެއެވެ. ހަށިގަނޑުގެ ލޭހިނގުން ރަނގަޅުވެ ދަރިފުޅުގެ މަހަށް ލޭގެންގޮސްދޭ މިންވަރު އިތުރުވާނެއެވެ.

އަދި ކުޑަދަރިފުޅަށް ބޭނުންވާ ކާނާ ފަސޭހަކަމާއި އެކު ގެންގޮސްދޭނެއެވެ. މީގެއިތުރުން ގުރުދާ ނުވަތަ ކިޑުނީ އަށްވެސް މިގޮތަށް ނިދުމުން ކުރާ ފައިދާ ބޮޑުވާނެއެވެ. އެއީ ގުރުދާއަށް ގިނަ ލޭގެންގޮސްދިނުމުން ލޭގައިހުންނަ ބޭކާރު މާއްދާތަށް ސާފުކޮށް ކުޑަކަމުދާ އެއްޗެތީގެ ތެރެއަށް ފޮނުވައިދޭނެއެވެ. އަދި ހަށިގަނޑުގައި އިތުރުވާ ދިޔާއެއްޗެތިވެސް ސާފުކޮށްދޭނެއެވެ. ވުމާއެކު އަތްފައި ދުޅަވުން ކުޑަކޮށްދޭނެއެވެ. ބަލިވެއިންނަތާ ކުރީކޮޅުއްސުރެ މިގޮތަށް ނިދަން އާދަކޮށްފިނަމަ ބަނޑުބޮޑުވެ އެހެންގޮތަކަށް އޮވެ ނުނިދޭ ހިސާބަށް ދާއިރު މިގޮތަށް އޮންނާނީ ފަރިތަވެފައެވެ.

ބަނޑަށް 4 މަސްވުމަށްފަހު އުއްޑުންއޮވެ އެއްގޮތަކަށްވެސް ނުނިދާށެވެ. އެއީ މިގޮތަށް އޮވެ ނިދުމުން ބޮޑުވެފެއިވާ ރަހިމުގެ ބަރުން ބުރިކަށްޓާއި ބުރިކަށީގެ މަސްތައް އަދި ހިމަގޮހޮރާއި ހިތަށް ލޭ ގެންގޮސްދޭ މައި ލޭހޮޅިއަށް ބަރުވެ ފިތޭގޮތް ދިމާވެއެވެ. ވުމާއެކު ބުރަކަށީގައި ރިއްސުމާއި ފުރަގަސްފަރާތުން ލޭ އައިސް ފުރަގަސްފަރާތް ފޭބުމާއި ކާއްއެއްޗެތި ރަނގަޅަށް ހަޖަމް ނުވުމާއި ނޭވާލާން އުދަގޫވުމާއި ލޭގެ ހިނގުމަށް ހުރަސް އެޅޭގޮތް ދިމާވުމުގެ ފުރުޞަތު ބޮޑުވެއެވެ. އަދި ލޭގެ ޕުރެޝަރަށް ބަދަލު އަންނަގޮތްވެސް ދިމާވެއެވެ. ލޭގެހިގުން ދައްވެ މޫނުމައްޗަށް އަދިރި އަޅާގޮތް ބައެއް މީހުންނަށް ދިމާވާއިރު އަނެއްބައިމީހުންގެ ލޭމައްޗަށްދާގޮތްވެސް ދިމާވެއެވެ.

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.