ހޮނިހިރު20180922

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް މަންމާއިދަރިފުޅު މާބަނޑުދުވަސްވަރު މާބަނޑުދުވަސްވަރު ވެކުސިން ޖެހުމަކީ ކޮންކަހަލަ ކަމެއް؟

މާބަނޑުދުވަސްވަރު ވެކުސިން ޖެހުމަކީ ކޮންކަހަލަ ކަމެއް؟

vaccine-71* ވެކުސިން ދެނީ ކީއްކުރަން؟

* މާބަނޑު މީހުންނަށް ވެކުސިން ދޭނީ ކޮންކޮން ހާލަތެއްގައި؟

* މާބަނޑު މީނުންނަށް ދިނުން ރަނގަޅު ވަކުސިންތަކަކީ ކޮބާ؟

* މާބަނޑުމީހުންނަށް ދިނުން މަނާ ވެކުސިން ތަކަކީކޮބާ؟

* ދިނުމުގައި ފަރުވާތެރިވާން ޖެހޭ ވަކިވެކުސިންތަކެއް ހުރޭތަ؟

ނުރައްކާތެރި ބަލިތަކުން މައިމީހާއާއި ދަރިފުޅު ހިމާޔަތް ކުރުމަށްޓަކައި ވެކުސިން ދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ. ވުމާއެކު ދައްކަވަމުން ގެންދަވާ ޑޮކުޓަރާއި މަޝްވަރާ ކުރުމަށް ފަހު ވެކުސިން ޖެހުން ރަނގަޅުވާނެއެވެ. ނަމަވެސް ވެކުސިން ޖެހުމުގެ ކުރިން އެއިން ލިބޭ ފައިދާ އާއި ގެއްލުމުގެ މައްޗަށް ބެލުން ވަރަށް މުހިއްމެވެ.

ވެކުސިން ދެނީ ކީއްކުރަން؟

ހަށިގަނޑަށް ވަންނަ ވަރަށް ކުދިކުދި ބައެއް ވައިރަސް ތަކުގެ ސަބަބުން މީހާ ބަލިކޮށްލައެވެ. ހަށިގަނޑަށް މިފަދަ ވައިރަސްތައް ވަނުމުން ހަށިގަނޑުގެ ދިފާއީ ނިޒާމުން މިއަށް ހަމަލަދެއެވެ. މިގޮތަށް ހަމަލަ ދިނުމަށް ހަށިގަނޑުގެ ދިފައީ ނިޒާމުން އުފައްދާ މާއްދާއަށް ކިޔަނީ އެންޓިބޮޑީއެވެ. މިގޮތަށް އުފައްދާ އެންޓިބޮޑީއަކީ ހަށިގަނޑަށް ވަންނަ ވަކި ވައިރަސް އަކަށް ހަމަލަ ދިނުމަށް އުފައްދާ ހާއްސަ މާއްދާއެކެވެ. މިގޮތުން ހަމަލަދޭނީ ހަމަލަދިނުމަށް އެއުފެއްދި ވައްތަރުގެ ވައިރަސްއަކާއި ދެކޮޅަށެވެ. މިގޮތުން ވަކިވައްތަރެއްގެ އެންޓިބޮޑީ އުފެއްދުމަށްފަހު އެވައްތަރުގެ ވައިރަސް އެއް މުސްތަގުބަލްގައި ހަށިގަނޑަށް ވަދެއްޖެ ނަމަ ހަށިގަނޑު ބަލިކަށި ކުރުމުގެ ކުރިން އެވައިރަސް އެއްމަރާލައެވެ. ވުމާއެކު ފުރަތަމަ ފަހަރުގައި ވައިރަސް ވަދެގެން ބަލިޖެހުނު ކަމުގައިވީނަމަވެސް މުސްތަގުބަލް ގައި މިބަލި ދެވަނަފަހަރަކަށް ނުޖެހޭނެއެވެ. ނުވަތަ ޖެހުނަސް ނުރައްކަލެއް ނުވާނެއެވެ.

ވެކުސިނަކީ މިފަދަ ބަލިތަކުން ހަށިގަނޑު ދިފައު ކުރުމަށް ޓަކައި ދެވޭ އެއްޗެކެވެ. ވެކުސިންގައި ހުންނާނީ ޖެނެޓިކު އިންޖިނިއަރިން ބޭނުންކޮށްގެން އުފައްދައިފައި ހުންނަ ބެކުޓީރިއާ ނުވަތަ ވައިރަސް އެވެ. މިވެކުސިންގެ ގޮތުގައި ހަށިގަނޑަށް ޖެހުމުން ބަލިޖެހުމާއި ނުލައި ހަށިގަނޑުން މިވައްތަރުގެ ވައިރަސް އާއި ދެކޮޅަށް ހަމަލަދޭ އެންޓިބޮޑީ އުފައްދައެވެ. ވުމާއިއެކު މުސްތަގުބަލްގައި މިވައްތަރުގެ ބަލި ނުޖެހި ހަށިގަނޑު ހިމާޔަތް ކޮށްދޭނެއެވެ. ަދި ދިފާއީ ނިޒަމު ވަރުގަދަ ކޮށްދޭނެއެވެ.

ވެކުސިންގެ ހުންނަނީ މައިގަޑު ދެވައްތަރެވެ. އެއީ ދިރޭ ވައިރަސް ނުވަތަ ބެކުޓީރިއާ ހިމެނޭ ވެކުސިނާއި މަރައިފައި ހުންނަ ވައިރަސް ނުވަތަ ބެކުޓީރިއާ ހުންނަ ވެކުސިނެވެ. އާއްމުގޮތެއްގައި ދިރޭ ވައިރަސް ނުވަތަ ބެކުޓީރިއާ ބޭނުންކޮށްގެން ހަދާފައި ހުންނަ ވެކުސިން މާބަނޑު މީހުންނަށް ދިނުން ރައްކަލެއް ނުވާނެއެވެ.

މާބަނޑު މީހުންނަށް ވެކުސިން ދޭނީ ކޮންކޮން ހާލަތެއްގައި؟

ހަގީގަތުގައި އެންމެ ރަނގަޅު ގޮތަކީ ބަލިވެއިންނަން ބޭނުންނަމަ ބަލިވެއިނުމުގެ ކުރިން ވެކުސިން ޖެހުމެވެ. އެއީ ބަލިވެއިނުމުން މައިމީހާއާއި ދަރިފުޅު ހިމާޔަތް ކުރުމަށެވެ. އެއީ ބައެއް ބަލިތަކަކީ މައިމީހާއާއި ބަނޑުގައިވާ ކުޑަދަރިފުޅަށް ވަރަށް ގެއްލުން ހުރި ބަލިތަކެކެވެ. އަދި ބައެއްފަހަރު މުޖުތަމައު ގައި ފެތުރޭ ބައެއް ބަލިތަކަކީ އެބަލިތަކަށް މާބަނޑު ދުވަސް ވަރު ވެކުސިން ޖެހުންތޯ ނުވަތަ ނުޖެހުންތޯ ކަޑައަޅަން ދަތިވާ ބަލިތަކެކެވެ. ވުމާއިއެކު ބަލިވެއިނުމުގެ ކުރިން މިފަދަ ބަލިތަކަށް ވެކުސިން ޖެހުން ބުއްދިވެރިއެވެ.

އެއްވެސް މަޔަކު ވެކުސިންނެއް ޖަހައިގެން ބޭނުމެއްނެތް ނުރައްކަލަކަށް ދާން ބޭނުމެއް ނުވާނެއެވެ. ހަމައެފަދައިން ނުރައްކަލެއްވާ ކަހަލަ އެއްވެސް ބައްޔެއްވެސް ޖެހޭކަށް ބޭނުމެއް ނުވާނެއެވެ. ވިސްނާށެވެ. މުޅިން ރައްކާތެރި އެއްވެސް ވެކުސިނެއް ނުހުރެއެވެ. ބަލިން ހިމާޔަތް ކުރެވޭނެ ކަމުގެ %100 ޔަގީންކަން އޮންނަ ވެކުސިނެއް ނުހުންނަ ފަދައިންނެވެ. އަދި ކޮންމެ ވެކުސިނެއްގައިވެސް ފައިދާއާއި ގެއްލުން ހުރެއެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި ބަލިޖެހުމުގެ ނުރައްކާ ބޮޑުނަމަ ވެކުސިނުން ބައެއް ގެއްލުން ހުއްޓަސް ވެކުސިން ޖަހަން ޖެހިދާނެއެވެ. އެހެނަސް ބަލިޖެހުމުގެ އެއްވެސް ނުރައްކަލެއް ނެތްނަމަ ބޭނުމެއްނެތް ކިތައްމެ ކުޑަ ގެއްލުމެއްވެސް ވެދާނެ ވެކުސިނެއް ޖެހުމުގެ މާނައެއް ނެތެވެ. ވުމާއިއެކު ވެކުސިން ޖެހުމުގައި ޑޮކުޓަރާއި މަޝްވަރާ ކުރުން ވަރަށް ރަނގަޅު ވާނެއެވެ.

މާބަނޑު މީނުންނަށް ދިނުން ރަނގަޅު ވަކުސިންތަކަކީ ކޮބާ؟

ބައެއް ވެކުސިންތަކަކީ މާބަނޑު ދުވަސްވަރު ބަލިޖެހުމުގެ ނުރައްކާ އޮތްނަމަ ދިނުން ރަނގަޅު ވެކުސިންތަކެކެވެ. ތިރީގައި އެވަނީ މިގޮތުން ދިނުން ރަނގަޅު ވެކުސިން ތަކެކެވެ.

- ހެޕަޓައިޓިސް ބީ ވެކުސިން ( މިއީ ބަލިޖެހުމުގެ ނުރައްކާ އޮންނަ މާބަނޑު މީހުންނަށް ދިނުން އެދެވިގެންވާ ވެކުސިނެކެވެ.)

- އިންފުލުއެންޒާ ވެކުސިން (މިއީ ރޯގާޖެހުމުގެ ސަބަބުން ވަރަށް ބޮޑަށް ބަލިވަ މީހުންނަށް ރޯގާ ރަށުތެރެއަށް ފެތުރިގެން އުޅޭ ދުވަސްވަރު ދިނުން ރަނގަޅު ވެކުސިނެކެވެ.)

- ޓެޓުނަސް ވެކުސިން (މިއީ ހުރިހާ މައިންނަށްވެސް ދިނުން ރަނގަޅު ވެކުސިނެކެވެ. އަދި ހާއްސަކޮށް ހޮސްޕިޓަލަށް ނުގޮސް ގޭގައިވިހާ މައިން ކޮންމެހެންވެސް ޖަހަންޖެހޭ ވެކުސިނެކެވެ.)

- މެނިންޖޯކޮއްކަލް (މިއީ ސިކުޑިއަށް ޖެހޭ ބައްޔަކަށް ދޭ ވެކުސިނެކެވެ. )

- ރޭބީސް ވެކުސިން ( މިއީ ރާއްޖޭގައި ޖެހޭ ބައްޔެއް ނޫނެވެ. މިއީ ކުއްތާ ދަތް އެޅުމުން ޖެހޭ ބައްޔެކެވެ. ނަމަވެސް ރާއްޖޭން ބޭރުގައިއުޅޭ ނަމަ ކުއްތާއެއް ދަތް އަޅައިފިނަމަ މާބަނޑު އަންހެނުންނަށްވެސް ދޭން ޖެހޭނެއެވެ.)

މާބަނޑުމީހުންނަށް ދިނުން މަނާ ވެކުސިން ތަކަކީކޮބާ؟

ބައެއް ވެކުސިންތަކަކީ މާބަނޑު ދުވަސްވަރު ދިނުން މުޅިން މަނާ ވެކުސިން ތަކެކެވެ. ތިރީގައި އެވަނީ މިގޮތުން މާބަނޑު މީހުންނަށް ދިނުން މަނާ ވެކުސިންތަކެކެވެ.

- މީސަލްސް ވެކުސިން (މިއީ ހިމަބިއްސަށް ދޭ ވެކުސިނެކެވެ. )

- މަންޕްސް ވެކުސިން (މިއީ ކޯފުއްޕިއަށް ދޭ ވެކުސިނެކެވެ.)

- ރުބެއްލާ ވެކުސިން (މިއީ ހިމަބިހީގެ ވައްތަރަކަށް ދޭ ވެކުސިނެކެވެ.)

- ވަރިސެއްލާ ވެކުސިން (މިއީ ފާނުބަސަންތަށް ދެ ވެކުސިނެކެވެ.)

- ބީސީޖީ (މިއީ ޓީބީއަށް ދޭ ވެކުސިނެކެވެ.)

- ދިރޭ ވައިރަސް އަޅައިފައި ހުންނަ އިންފުލުއެންޒާ ވެކުސިން.

ދިނުމުގައި ފަރުވާތެރިވާން ޖެހޭ ވަކިވެކުސިންތަކެއް ހުރޭތަ؟

ތިރީގައި އެވާ ވެކުސިންތަކަކީ ވެކުސިން ޖެހުމުން ބަނޑުގައިވާ ދަރިފުޅަށް ގެއްލުންވާކަން ނުވަތަ ނުވާކަން ޔަގީން ކުރެވިފައި ނުވާ ވެކުސިންތަކެކެވެ.

- ހެޕަޓައިޓިސް އޭ.

- ނިއުމޯކޮއްކަލް ވެކުސިން.

- ޕޯލިއޯ ވެކުސިން.

- އެންތުރެކްސް ވެކުސިން.

- ޖަޕަނީސް އެންސިފެލައިޓިސް ވެކުސިން.

- ޓައިފޮއިޑު ވެކުސިން.

- ރީދޫ ހުމުގެ ވެކުސިން.

- ވެކްސިނިއާ ވެކުސިން.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.