ހުކުރު20201127

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް މަންމާއިދަރިފުޅު މާބަނޑުދުވަސްވަރު މާބަނޑު ދުވަސްވަރު އުރަމަތިން ކިރުބޭރުވުމަކީ ޠަބީޢީ ކަމެއްތަ؟

މާބަނޑު ދުވަސްވަރު އުރަމަތިން ކިރުބޭރުވުމަކީ ޠަބީޢީ ކަމެއްތަ؟

kiru-beyruvumakee--68މިއީ ވަރަށް ގިނަ މާބަނޑު މީހުންނަށް ދިމާވާ ޠަބީޢީ ކަމެކެވެ. އާއްމުގޮތެއްގައި މިގޮތަށް ކިރުފައިބަނީ ބަނޑަށް ފަހު ތިންމަހުގައެވެ. މިގޮތުން ފައިބާ ކިރަކީ ރީދޫ ކިރެވެ. ނަމަވެސް މިއީ ހުރިހާ މާބަނޑު މީހުންނަށް ދިމާވާ ކަމެއް ނޫނެވެ. މިހެން ދިމާވާ މާބަނޑު މީހުން ހެނދުން ސާފުކޮށް ބެހެއްޓުމަށްޓަކައި ގާތުންދޭ ދުވަސްވަރު އަޅާވައްތަރުގެ ބުރާ އެޅުން ރަނގަޅުވާނެއެވެ. ނުވަތަ އާދައިގެ ބުރާ އަޅާނަމަ ބުރާގެ އެތެރެއަށް ޕެޑު ނުވަތަ ކަފަ ލެއްވިދާނެއެވެ.

ރީދޫ ކިރަކީ އޮލަ އަދި ރީދޫކުލަޔަށް ހުންނަ އޭގައި ވަރަށް ގިނައިން ކުޑަދަރިފުޅު ހިމާޔަތް ކުރުމަށްޓަކައި އެންޓިބޮޑީ ހުންނަ ދިޔާއެއްޗެކެވެ. ވިހެއުމަށްފަހު ގާތްގަޑަކަށް ހަފުތާއެއްހައި ދުވަސްވަންދެން މިކިރު އަންނާނެއެވެ. މިއީ ކުޑަދަރިފުޅަށް ވަރަށް މުހިއްމު ވަރަށް ބޭނުންތެރި ކިރެކެވެ. އަދި ފުރަތަމަ ހަފުތާގައި އުރަމަތިން އަންނަ މިކިރުން ދަރިފުޅަށް ފުދޭނެއެވެ. ވަރަށް މަދުފަހަރަކު ނޫނީ އިތުރު ކާނާއެއް ބޭނުމެއް ނުވާނެއެވެ. މިކިރުގައި ވަރަށް ގިނައަދަދަކަށް ޕްރޮޓީން ހުންނާނެއެވެ. ނަމަވެސް ކާބޯހައިޑުރޭޓު ހުންނަވަރު އާދައިގެ ކިރަށްވުރެ މަދުވާނެއެވެ. މިއީ ކުޑަދަރިފުޅުގެ ބަނޑުގައި ހަޖަމް ކުރަން ވަރަށް ފަސޭހަ އަދި ދަރިފުޅަށް އެންމެ ބޭނުންވަރަށް ހުރިހާ މާއްދާއެއް ހުންނަ މިއާއި އެއްފަދަ އެހެން އެއްވެސް ކާނާއެއް ނެތް ކިރެކެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.