ހޮނިހިރު20180922

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް މަންމާއިދަރިފުޅު މާބަނޑުދުވަސްވަރު މާބަނޑު ދުވަސްވަރު ރޯބިސް ބުއިމަކީ ރައްކާތެރި ކަމެއްތަ؟

މާބަނޑު ދުވަސްވަރު ރޯބިސް ބުއިމަކީ ރައްކާތެރި ކަމެއްތަ؟

roa-bis-buin-69ބިސްއޭގެ ޒާތުގައި އެއީ އެއްވެސް ނުރައްކަލެއް ހުރި އެއްޗެއް ނޫނެވެ. އަދި މާބަނޑު ދުވަސްވަރުވިޔަސް ރޯބިސް ބުއިމަކީ ރައްކާތެރި ކަމެކެވެ. އެހެންނަމަވެސް މިއީ އެދެވިގެންވާ ކަމެއްނޫނެވެ. އެއީ ވަރަށް ގިނަފަހަރު ރޯބިހުގައި ސަލްމޮނެއްލާ އާއި ޓޮކުސޯޕްލާޒްމާ ގޮންޑީ ހުރުމަކީ އެކަށީގެންވާ ކަމެކެވެ. ސަލްމޮނެއްލާ އަކީ ބެކުޓީރިއާއެކެވެ. މިއީ ކާބޯތަކެތި ވިހަކުރާ ބެކުޓީރިއާއެކެވެ.

މިބެކުޓީރިއާ ހުންނަ ކާބޯތަކެތި ބޭނުން ކުރުމަކީ މަދުންނަމަވެސް ފުރާނައަށް ނުރައްކާވާ ކަމެކެވެ. ހާއްސަކޮށް ހަށިގަނޑު ނިކަމެތި މީހުންނަށެވެ. މާބަނޑު ދުވަސްވަރު މިބެކުޓީރިއާ ހުންނަ ކާނާ އެއް ބޭނުން ކުރުމަކީ އާއްމުގޮތެއްގައި ދަރިފުޅަށް ސީދާ ގެއްލުމެއް ދިމާވާ ކަމެއް ނޫނެވެ. ނަމަވެސް މިބެކުޓީރިއާ ހުންނަ ކާނާ ބޭނުން ކުރުމަކީ މައިމީހާއަށް ވަރަށް ބޮޑަށް ގެއްލުންވާ ކަމެކެވެ. ވަރަށް ބޮޑަށް ހުންއައުމާއި، ހޮޑުލެވުމާއި، ބޭރަށް ހިންގުމާއި އަދި ހަށިގަނޑުން ފެންމަދުވުމަކީ މިބެކުޓީރިއާ ހުންނަ ކާނާ ބޭނުން ކުރުމުން ދިމާވާ ކަމެކެވެ. މިބެކުޓީރިއާއިން ދަރިފުޅަށް ސިދާ ގެއްލުން ނުވިޔަސް މައިމީހާއަށް ލިބޭ އިސްވެދެންނެވުނު ކަންތައްތަކުގެ ސަބަބުން ދަރިފުޅު ބައިގެން ދިއުމާއި ދުވަސްނުފުރައި ވިހެއުންފަދަ ކަމެއް ދިމާވުމަކީ އެކަށީގެންވާ ކަމެކެވެ.

ޓޮކުސޯޕްލާޒްމާ ގޮންޑީ އަކީ ޓޮކުސޯޕްލާޒްމޯސިސް ކިޔާ ބައްޔެއް ޖައްސާ ފަންޏެކެވެ. މާބަނޑު ދުވަސްވަރު މިފަނި ހުންނަ ކާނާ ބޭނުން ކުރުމަކީ ދަރިފުޅު އިފެދުމުގެ ބައެއް ބަލިތައް ނުވަތަ އުފެދުމުގައި އުނިވުމުގެ ބައެއް ބަލިތައް ޖެހޭ ކަމެކެވެ.

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.