އާދީއްތަ20201122

އާކުރެވުނީ: 08:43:52

މާބަނޑު ދުވަސްވަރު ކުރެވޭ ޓެސްޓުތައް

kurevey-test-tha-88މާބަނޑު ދުވަސްވަރު ކުރެވޭ ޓެސްޓުތަކަކީ މައިމީހާއާއި ދަރިފުޅުގެ ސިއްހަތު ދަނީ ރަނގަޅަށްތޯ ބެލުމަށްޓަކައި ބެލެވޭ ބެލުންތަކުގެ ތެރެއިން އެއްކަމެވެ. ބަލިވެއިނުމަށްފަހު އެންމެފުރަތަމަ ޑޮކުޓަރަށް ދިއުމުން ބަނޑާއި ދަށްބަނޑު އަދި ހަށީގަނޑު ޑޮކުޓަރު ބަލައި ޗެކުކުރާނެއެވެ. މިގޮތުން ބަލާބެލުމުގައި ކުރިމަތިފަރާތަށް އެއްޗެއް ކޮއްޕައިގެން ރަހިމުގެ ކަރުން އެތިކޮޅެއް ނެގުމަކީ އެކަށީގެންވާ ކަމެކެވެ. އެއީ ރަހިމުގެ ކަރުގެ ހަތާތަކުގެ ތެރޭގައި އެއްވެސް ބަލިހަތާއެއް ނުވަތަ ޠަބީޢީނޫން ހަތާއެއް ހުރިތޯ ބެލުމަށެވެ.

kurevey-test-tha-88* ފުރަތަމަ ތިންމަހު ކުރެވޭ ޓެސްޓުތައް.

* ދެވަނަ ތިންމަހު ކުރެވޭ ޓެސްޓުތައް.

* ފަހުތިންމަހު ކުރެވޭ ޓެސްޓުތައް.

ފުރަތަމަ ތިންމަހު ކުރެވޭ ޓެސްޓުތައް.

މާބަނޑު ދުވަސްވަރު ކުރެވޭ ޓެސްޓުތަކަކީ މައިމީހާއާއި ދަރިފުޅުގެ ސިއްހަތު ދަނީ ރަނގަޅަށްތޯ ބެލުމަށްޓަކައި ބެލެވޭ ބެލުންތަކުގެ ތެރެއިން އެއްކަމެވެ. ބަލިވެއިނުމަށްފަހު އެންމެފުރަތަމަ ޑޮކުޓަރަށް ދިއުމުން ބަނޑާއި ދަށްބަނޑު އަދި ހަށީގަނޑު ޑޮކުޓަރު ބަލައި ޗެކުކުރާނެއެވެ. މިގޮތުން ބަލާބެލުމުގައި ކުރިމަތިފަރާތަށް އެއްޗެއް ކޮއްޕައިގެން ރަހިމުގެ ކަރުން އެތިކޮޅެއް ނެގުމަކީ އެކަށީގެންވާ ކަމެކެވެ. އެއީ ރަހިމުގެ ކަރުގެ ހަތާތަކުގެ ތެރޭގައި އެއްވެސް ބަލިހަތާއެއް ނުވަތަ ޠަބީޢީނޫން ހަތާއެއް ހުރިތޯ ބެލުމަށެވެ. ހަމައެފަދައިން މިހަތާތައް މުޑުވަށްކޮށްގެން ކަލަމީޑިއާ ނުވަތަ ގޮނޯރިއާ ފަދަ ބެކުޓީރިއާއެއް ހުރިތޯ ބެލުމަކީވެސް އެކަށިގެންވާ ކަމެކެވެ.

ދެވަނައަށް ކުރެވޭ ޓެސްޓަކީ ލޭގެޓެސްޓުތަކެވެ. މިގޮތުން ލޭދަށްވެފައި ހުރިތޯ ނުވަތަ ނޫންތޯ އަދި ރީސަސް ޕޮޒިޓިވުތޯ ނުވަތަ ނެގެޓިވުތޯ ބަލާނެއެވެ.

މީގެއިތުރުން ތިރީގައި އެވާ ޓެސްޓުތައް ކުރުމަށް ޑޮކުޓަރު އިރުޝާދު ދިނުމަކީ އެކަށީގެންވާކަމެކެވެ.

- ސިފިލިސް.

- ހެޕަޓައިޓިސް ބީ.

- ވިލާތު ހިމަބިހީގެ ދިފާއީބާރު ހުރިތޯބެލުން.

- ފާނަބަސަންދުގެ ދިފާއީބާރު ހުރިތީބެލުން.

( ފަހުދެޓެސްޓު ކުރާނީ ކުރިން މިބަލި ޖެހިފައި ނުވާނަމ ނުވަތަ މިބަލީގެ ވެކުސިން ޖަހައިފައި ނުވާނަމައެވެ.)

އިސްވެދިޔަ ޓެސްޓުތަކަކީ ލޭނައިގައިގެން ކުރެވޭ ޓެސްޓުތަކެކެވެ. ލޭގެ ޓެސްޓުތަކުގެ އިތުރުން ފުރަތަމަ ތިންމަހު ކުޑަކަމުދާ އެއްޗެތިވެސް ތެސްޓު ކުރާނެއެވެ. މިގޮތުން ގުރުދާ ނުވަތަ ކިޑުނީ ރަނގަޅަށް މަސައްކަތް ކުރޭތޯއާއި ކުޑަކަމުދާ އެއްޗެތީގައި މައްސަލައެއް ހުރިތޯއާއި ކުޑަކަމުދާ ނިޒާމަށް ބެކުޓީރިޔާފަދަ ދިރޭއެއްޗެއްގެ ސަބަބުން ބައްޔެއް ޖެހިފައި ހުރިތޯބަލާނެއެވެ.

އާއިލާގެ އެހެންމީހަކަށް ހަކުރުބަލި ޖެހިފައިވާނަމަ ނުވަތަ ކުރިން ލިބުނު ކުއްޖަކު ހަތަރު އުފަންވިއިރު 4 ކިލޯއަށްވުރެ ބަރުނަމަ ނުވަތަ ހަކުރުބަލި ޖެހުމުގެ ފުރުޞަތު ބޮޑުކަމަށް ޝައްކުކުރެވޭނަމަ ހަކުރުބަލި ހުރިތޯ ބެލުމަށް ފުރަތަމަ ޑޮކުޓަރަށް ދެއްކުމުންވެސް ޓެސްޓު ކުރުމަކީ އެކަށީގެންވާކަމެކެވެ.

އަދި ބައެއް ހާލަތްތަކުގައި ޓީބީ ހުރިތޯ ބެލުމަށް އަތުގެ މުލައްދަޑިގެ ހަންގަޑުގެ ދަށަށް އިންޖެކުޝަނެއް ޖެހުމަކީވެސް އެކަށީގެންވާ ކަމެކެވެ.

އަދި ޓެސްޓު ކުރެވެން ހުރިނަމަ ވިރާސީބައްޔެއް ނުވަތަ އުފެދުމުގެ ބައްޔެއް ހުރިތޯ ބެލުމަށް ތަފާތު ޓެސްޓުތައް ކުރުމަކީވެސް އެކަށީގެންވާ ކަމެކެވެ. މިގޮތުން ފުރަތަމަ ތިންމަހު ކުރެވޭ ޓެސްޓުތަކުގެތެރޭގައި ބަނޑަށް 9-13 ހަފުތާގައި ކުރެވޭ ލޭގެ ބައެއް ޓެސްޓުތައް ހިމެނެއެވެ. އަދި ކުރެވަން ހުރިނަމަ 11-13 ހަފުތާގައި ނިއުކަލް ޓްރާސްލިއުސެންސީ ސްކްރީނިން ޓެސްޓު ހެދުމަކީވެސް އެކަށީގެންވާ ކަމެކެވެ. މިއީ ސްކޭންގެ ވައްތަރެކެވެ. މިޓެސްޓުތަކުގެ އެހީގައި ދަރިފުޅުގެ އުފެދުމުގެ ބައްޔެއް ނުވަތަ ވިރާސީ ބައްޔެއް ހުރިތޯ ބަލައި ޗެކުކުރާނެއެވެ.

އަދި މައިމީހާގެ ސިއްހީ ތާރީހާއި އާއިލާގެ ސިއްހީތާރީހުގެ މައްޗަށް ބަލައި މައިމީހާއަކީ އެއްވެސް ވިރާސީ ބައްޔެއް އުފުލާ މީހެއްތޯ ބެލުމަށް ތެސްޓު ކުރުމަކީވެސް އެކަށީގެންވާ ކަމެކެވެ. މިގޮތުން ލޭގެ ބައެއް ބަލިތައް ކަމުގައިވާ ތެލެސީމިޔާ، ސިކަލްސެއްބަލި އަދި މީގެއިތުރުން ސިސްޓިކު ފައިބްރޯސިސް ފަދަ ބައްޔެއް އުފުލާމީހެއްތޯ ބެލުމަށް ޓެސްޓު ކުރުމަކީ އެކަށީގެންވާ ކަމެކެވެ.

ދެވަނަ ތިންމަހު ކުރެވޭ ޓެސްޓުތައް.

ދެވަނަ ތިންމަހު ޑިކުޓަރަށް ދައްކާ ކޮންމެފަހަރަކު ކުޑަކަމުދާ އެއްޗެތި ޓެސްޓު ކުރުމަކީ އެކަށީގެންވާކަމެކެވެ. އެއީ މާބަނޑަށް ވިހަވުމުގެ އެއްވެސް އަލާމާތެއް ހުރިތޯ ބެލުމަށެވެ. މީގެއިތުރުން ކުޑަކަމުދާނިޒާމުގައި އެއްވެސް ވައްތަރެއްގަ ނުރައްކާތެރި ބެކުޓީރިއާއެއް އުޅޭތޯ ބެލުމަށެވެ.

އާއްމުގޮތެއްގައި ވަރަށް ގިނަ ޑޮކުޓަރުން ބަނޑަށް 16-20 ހަފުތާގައި ބަނޑު ސްކޭން ކުރާނެއެވެ. އެއީ ދަރިފުޅުގެ އެއްވެސް ޖިސްމާނީ ބައްޔެއް ހުރިތޯ ބެލުމަށާއި ވިހެކަމަށް ލަފާ ކުރާ ދުވަސް ބެލުމަށެވެ.

ބަނޑަށް 24-28 ހަފުތާގައި ބަލިވެއިނުމުން ބައެއް މީހުންނަށް ޖެހޭ ހަކުރުބަލި ހުރިތޯ ނުވަތަ ނޫންތޯ ބެލުމަށް ގުލްކޯޒް ސްކްރީން ޓެސްޓެއް އާއްމުގިތެއްގައި ހައްދާނެއެވެ. ހަމައެފަދައިން ލޭދަށްވެފައިހުރިތޯ ނުވަތަ ނޫންތޯ ބެލުމަށް ލޭގެޓެސްޓެއްވެސް ހެދުމަކީ އެކަށީގެންވާ ކަމެކެކެވެ.

މައިމީހާގެ ލެޔަކީ ރީސަސް ނެގެޓިވު ލެއިނަމަ އަދި ފިރިމީހާގެ ލެޔަކީ ރީސަސް ޕޮޒިޓިވު ލޭނަމަ ގާތްގަޑަކަށް ބަނޑަށް 28 ހަފުތާގައި ހަށިގަނޑުގައި ހަށިގަނޑުގައި ރީސަސް އެންޓިބޮޑީ ހުރިމިންވަރު ބެލުމަށް ޓެސްތު ކުރުމަކީ އެކަށީގެންވާ ކަމެކެވެ. އަދި މިއެންޓިބޮޑީ ހުންނަންވާވރަށް ވުރެ ގިނަނަމަ ރީސަސް އިމިއުން ގުލޮބިއުލިން ޑޯޒެއް މައިމީހާއަށް ދޭން ޖެހޭނެއެވެ.

ދަރިފުޅުގެ އުފެދުމުގެ ނުވަތަ ވިރާސީ އެއްވެސް ބައްޔެއް ހުރިތޯ ބެލުމަށް ބަނޑަށް 15 ވަނަ ހަފުތާއާއި 18 ވަނަ ހަފުތާއާއި ދޭތެރޭގައި ލޭގެޓެސްޓުތަކެއް ހެއްދުމަކީ އެކަށީގެންވާ ކަމެކެވެ. މިގޮތުން ކުރެވޭ ޓެސްޓުތަކުގެ ތެރޭގައި އިންޓަރގުރޭޓަޑު ޓެސްޓު ނުވަތަ ސިކުއެންޝަލް ސްކްރީނިން ޓެސްޓުފަދަ ޓެސްޓުތައް ހިމެނެއެވެ.

ފަހުތިންމަހު ކުރެވޭ ޓެސްޓުތައް.

ފަހުތިންމަހުގައިވެސް އެންމެއާއްމުކޮށް ކުރެވޭ ޓެސްޓުތަކުގެތެރޭގައި ކުޑަކަމުދާ އެއްޗެތި ތެސްތު ކުރުން ހިމެނެއެވެ. އެއީ ހަމަ ކުރިންވެސް ޓެސްޓު ކުރެވުނު ފަދައިން މާބަނޑަށް ވިހަވުމުގެ އެއްވެސް އަލާމާތެއް ހުރިތޯ ބެލުމަށާއި ކުޑަކަމުދާ ނިޒާމުގައި ނުރައްކާތެރި އެއްވެސް ބެކުޓީރިއާއެއް ހުރިތޯ ބެލުމަށެވެ.

މާބަނޑަށް 35-37 ހަފުތާއާއި ދޭތެރޭގައި މައިމީހާގެ ހަށިގަނޑުގައި ގުރޫޕު ބީ ސްޓްރެޕު ހުރިތޯ ބެލުމަށް ޓެސްޓު ކުރާނެއެވެ. އަދި މިބެކުޓީރިއާ ހުރިނަމަ މިބެކުޓީރިއާ މެރުމަށްތަކައި ވިހާއިރު ނުވަތަ ވިހެއުމުގެ ކުރިން ބޭސްދޭނެއެވެ.

ތިރީގައި އެވަނީ އިސްވެދިޔަ ޓެސްޓުތަކުގެ އިތުރުން ކުރެވޭ ބައެއް ޓެސްޓުތަކެވެ.

- ހަކުރުބަލި ހުރިތޯ ބެލުމަށް ކުރާ ގުލްކޯޒު ޗެލެންޖު ޓެސްޓުން ހަށިގަނޑުގައި ހަކުރު ހުރިމިންވަތު މަތިކަމަށް ދައްކާނަމަ ބަލިވެއިނުމުން ޖެހޭ ހަކުރުބަލި ހުރިތޯ ބެލުމަށް ގުލްކޯޒު ޓޮލަރެންސް ޓެސްޓު ހެދުން.

- ލޭދަށްވެފައި ހުރިތޯ ބެލުމަށް ޅޭޓެސްޓު ކުރުން. ހާއްސަކޮށް މިއން ދުވަހެއްގައި ނުވަތަ ދެވަނަ ތިންމަހުގައި މިފަދަ ޓެސްޓެއް ކުރެވިފައި ނެތްނަމަ މިޓެސްޓު ކުރުން ވަރަށް މުހިއްމުވާނެއެވެ.

- ސިފިލިސް، ކަލަމީޑިއާ، ގޮނޯރިއާ އަދި އެއިޑުސް ފަދަ ޖިންސީ ގުލޫމުގެ ޒަރީއާއިން އަރާބައްޔެއް ޖެހިދާނެ ކަމުގެ ފުރުޞަތު އޮތްނަމަ ނުވަތަ ޝައްކުކުރެވޭނަމަ މިއިން ބައްޔެއް ހުރިތޯ ޓެސްޓު ކުރުން.

- ބަނޑަށް ކުރީކޮޅު ކުރާ ސްކޭނުން މަސް އިންނަންވާ ތަން ނޫން ތަނެއްގައި އިންނަމަ މިހާރު އަލުން ސްކޭން ކޮށްގެން މަސްއިންތަން ބެލުމަށް ޓެސްޓު ކުރާނެއެވެ.

މީގެއިތުރުން މާބަނޑުގައި އެއްވެސް ނުރައްކަލެއް ހުރިނަމަ އިތުރު ޓެސްޓުތައްވެސް ހަދަން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.