Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް މަންމާއިދަރިފުޅު މާބަނޑުދުވަސްވަރު މާބަނޑު ދުވަސްވަރު ނިދުމުގައި ދިމާވާ އުދަގޫތަކުގެ ތެރެއިން.... ނިދީގައި ގުގުރި ދެމުން

މާބަނޑު ދުވަސްވަރު ނިދުމުގައި ދިމާވާ އުދަގޫތަކުގެ ތެރެއިން.... ނިދީގައި ގުގުރި ދެމުން

nidheega-guguri-dhemun-111މިހެން ދިމާވަނީ ކީއްވެ؟

ނިދީގައި ގުގުރިދެމުމަކީ ބަލިވެއިނުމުން ވަރަށްގިނަ އަންހެނުންނަށް ދިމާވާ ކަމެކެވެ. ހާއްސަކޮށް ބަނޑަށް 6މަސް ވުމަށް ފަހުގައެވެ. ދިރާސާތަކުން ދައްކާގޮތުގައި މާބަނޑު މީހުންގެ ތެރެއިން %25 މީހުން މާބަނޑު ދުވަސްވަރު ދާއިމީގޮތެއްގައި ނިދާއިރު ގުގުރި ދަމައެވެ. އަދި އިތުރު %25 މީހުން ވިހަން ގާތްވުމުން ނިދީގައި ގުގުރި ދަމައެވެ.

ބަލިވެއިނުމުން ނިދީގައި ގުގުރިދަމާމީހުންގެ ތެރެއިން ވަރަށް ގިނަމީހުން ވިހެއުމަށްފަހު އިތުރު އެހީއަކާއި ނުލައި ނުވަތަ ފަރުވާއަކާއި ނުލައި ރަނގަޅުވެއެވެ.

އާއްމުގޮތެއްގައި ބަލިވެއިނުމުން މިހެން ދިމާވަނީ ނޭފަތުގެ އެތެރެ ބެދޭތީއެވެ. މިހެން ދިމާވަނީ ބަލިވެއިނުމުން އިތުރުވާ އަންހެން ހޯމޯން އެސްޓްރޯޖިންގެ ސަބަބުންނެވެ. މިހޯމޯނަކީ ނޭފަތުގެ އެތެރޭގެ ހަންގަޑު ނުވަތަ މިއުކަސް މެންބުރޭން ފޮއްސިކޮށް ދުޅަކުރުވާ ހޯމޯނެކެވެ. އަދި ހަމައެއާއި އެކު މިހަންގަޑުގެ ހަތާތައް އިތުރުކޮށް ހަންގަޑު ބޯކުރުމުގައިވެސް މިހޯމޯން ވަރަށް ބޮޑު ދައުރެއް އަދާ ކުރެއެވެ.

މިހޯމޯނުގެ އިތުރުން ބަލިވެއިނުމުން ހަށިގަނޑަށް އިތުރު ވެގެންދާ ލެޔަކީވެސް ގުގުރި ދެމުމުގެ ފުރުޞަތު އިތުރު ކުރުމުގައި ވަރަށްބޮޑު ރޯލެއް އަދާކުރާއެއްޗެކެވެ. އެއީ ލޭގިނަވުމުން ހަންގަނޑުގެ ދަށުގައިވާ ލޭހޮޅިތަށް ފުރި ހަންގަނޑަށްބާރުވާގޮތް ވާތީއެވެ. މިގޮތަށް ވާއިރު ނޭފަތުގެ އެތެރޭގެ ހަންގަޑުގެ ދަށުގައި ހުންނަ ލޭހޮޅިތައް ފުއްޕުމުން މިހަންގަޑުވެސް ބޯވެފޮއްސިވާގޮތް ވެއެވެ.

އަދި ހަށިގަނޑުބަރުވާ ބަރުވުމަކީވެސް މިކަމުގެ ފުރުޞަތު އިތުރު ކުރާ ކަމެކެވެ. އަދި މިއީ ނިދާއިރު ނޭވާލާން އުދަގޫކުރާ ކަމެކެވެ. އެއީ ހަށިގަނޑު ބަރުވާ ބަރުވުމުގައި ކަރާއި ނޭވާހޮޅީގައި ހަތާތައް ނުވަތަ ސެއްތަކާއި މަސްތައް އިތުރުކުރާތީއެވެ.

އަޑުގަދަކޮށް ގިނައިން ގުގުރިދެމޭނަމަ ނިދީގައި ނޭވާނުލެވުމުގެ ބަލި (sleep apnea) ހުރުމަކީ އެކަށީގެންވާ ކަމެކެވެ. މިއީ ނިދީގައި ނޭވާހޮޅި ބެދުމުގެ ސަބަބުން ދިމާވާ ކަމެކެވެ. ނިދާއިރު އެތައްފަހަރަކު މިހެން ދިމާވުމަކީ ވެދާނެކަމެކެވެ. ކޮންމެ ރެއަކު 100އަށްވުރެ ގިނަފަހަރުވެސް މިހެން ދިމާވެދާނެއެވެ. ފިރިމީހާއަށް މާބަނޑުމީހާ އާދަޔާޚިލާފަށް އަޑުގަދަކޮށް ގުގުރިދަމައި ހަދާކަން އިހުސާސް ކުރެވޭނަމަ ޑޮކުޓަރަކަށް ދައްކައިގެން ފަރުވާ ހޯދިދާނެއެވެ.

މިކަން ހައްލު ކުރާނި ކިހިނެއް؟

ނިދީގައި ގުގުރިދެމޭނަމަ އެކަން ހައްލުކުރަން އެންމެ ރަނަގަޅު ގޮތަކީ ނިދާއިރު އަރިއަކަށް އޮވެގެން ނިދަން އާދަ ކުރުމެވެ. އުއްޑުން އޮވެނިދުމަކީ ގުގުރި ދެމުން އިތުރުވާ ކަމެކެވެ. އަދި ނިދާއިރު ބޯލާކޮޅު އުސްކޮށްގެން ނިދާށެވެ. މިގޮތުން ބޯދަށަށް އިތުރު ބާލީހެއް ލެވިދާނެއެވެ. ހަމައެއާއި އެކު މަސްތުވާތަކެތި ބޭނުން ކުރުމާއި ދުންފަތުގެ އިސްތިއުމާލް ކުރުމާއި ނިދާބޭސް ބޭނުން ކުރުން މުޅިން ހުއްޓާލާށެވެ. މިހުރިހާ އެއްޗަކީވެސް ނިދުމުގައި ގުގުރި ދެމުމުގެ ފުރުޞަތު ބޮޑުކުރާ އެއްޗިއްސެވެ. އެއީ މިހުރިހާ އެއްޗިއްސަކީވެސް ނިދާއިރު ނޭވާހޮޅި ހިމަކުރުވާ އެއްޗިއްސެވެ. ވީމާ މާބަނޑު ދުވަސް ވަރު އެއްގޮތަކަށްވެސް މިއިން އެއްޗެއް ބޭނުން ކޮށްގެން ނުވާނެއެވެ. އަދި ގޭގައި ދުންފަތުގެ އިސްތިއުމާލު ކުރާމީހަކު އުޅޭނަމަވެސް ގޭގައި އެކަން ނުކުރުމަށް އެދޭށެވެ. އެއީ ދުންފަތުގެ އިސްތިއުމާލު ކުރާމީހެއްގެ ގާތުގައި ހުރުމަކީވެސް ދުންފަތުގަ ސަބަބުން ލިބޭ ހުރިހާ ގެއްލުމެއްގައި ހިއްސާވާ ކަމަކަށްވާތީއެވެ.

މިހުރިހާ ކަމެއްގެ އިތުރުން ބަލިވެއިނުމުން ނިދީގައި ގުގުރި ދަމާމީހަކުނަމަ ކޮންމެހެން ބަރުވަންޖެހޭ މިންވަރަށްވުރެ އިތުރަށް ހަށިގަންޑު ބަރުވިޔަ ނުދީވޭތޯ ބަލާށެވެ. އެއީ ހަށިގަނޑު ބަރުވުމަކީވެސް ގުގުރިދެމުން އިތުރުވާ ކަމެކެވެ.

Comments