ހުކުރު20201127

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް މަންމާއިދަރިފުޅު މާބަނޑުދުވަސްވަރު މާބަނޑު ދުވަސްވަރު ނިދުމުގައި ދިމާވާ އުދަގޫތަކުގެ ތެރެއިން... ނިދިނައުން

މާބަނޑު ދުވަސްވަރު ނިދުމުގައި ދިމާވާ އުދަގޫތަކުގެ ތެރެއިން... ނިދިނައުން

nidhi-naun-107މިހެންދިމާވަނީ ކީއްވެ؟

އާއްމުގޮތެއްގައި ނިދިނާންނަނީ ނުވަތަ ނިދިން ހޭލެވެނީ ނިދަން އޮށޯވެ އޮންނަގޮތެއްގެ ސަބަބުން، ކުޑަކަމުދާން ޖެހިގެން، ފައިގަރިއްސާތީ ނުވަތަ މިފަދަ އެހެންވެސް ކަމެއް ދިމާވެގެންނެވެ. އަދި ބައެއްފަހަރު ފިކުރުބޮޑުވެ ނުތަނަވަސް ވުމަކީ ނިދިން ނައުމަށް ދިމާވާ އެއްސަބަބެވެ. ވުމާއިއެކު އާއްމުގޮތެއްގައި ނިދިނާންނަނީ ޖިސްމާނީގޮތުންނާއި ނަފުސާނީގޮތުން ދިމާވާ ނުތަނަވަސް ކަމެއްގެ ސަބަބުންނެވެ. ހާސްނުވާށެވެ. މާބަނޑުމީހުންގެ ތެރެއިން 78% މީހުންނަށް ނިދިނައުމާއި އަދިވެސް ނިދުމުގައިދިމާވާ މިފަދަ އުދަގޫތައް ދިމާވެއެވެ. އަދި މިކަމުގެ އުދާގޫ ގަޑީގެ ކަށްޓަށް ބަލަމުންދާނަމަ އިތުރަށް ބޮޑުވެގެންދާނެއެވެ. އެއީ ގަޑިއަށްބެލުމުން ނުތަނަވަސްކަން ދާނީ ހައްތަހާ އިތުރު ވަމުންނެވެ.

މިކަން ހައްލު ކުރާނީ ކިހިނެއް؟

މިކަމަށް ހައްލުހޯދަން ބޭނުންނަމަ ފުރަތަމަ ކަމަކަށް ގަޑިއަށް ބެލުން ހުއްޓާލާށެވެ. އެއީ ގަޑިއަށް ބެލުމުން މިނެޓަކަށްފަހު މިނެޓަކު ނުތަނަވަސްކަމާއި ހާސްކަން ދާނީ އިތުރުވަމުންނެވެ. އަދި ނިދި ދާނީ އިރެއްއިރެކަށް ލޮލާއި ދުރުވަމުންނެވެ. ވުމާއިއެކު ލޯމަރާލައިގެން ނިދޭތޯ މަސައްކަތްކޮށްލާށެވެ. މިގޮތުން ނުނިދިއްޖެނަމަ ތެދުވެ ތާފަނާ ފެނުން ފެންވަރާލާށެވެ. އަދި ދެމަފިރިންނަށް ފޫހިކަމަކަށް ނުވަތަ އުދަގުލަކަށް ނުވާނަމަ ފިރިމީހާގެ އެހީޔާއި އެކު ގައި މަސާޖުކޮށް ބޮޑިތާން ކޮށްލާށެވެ.

އަދި ނިދަން އޮށޯވުމުގެ ކުރިން ކޮޓަރީގެ މާހައުލު ހުރީ ނިދަން އެކަށީގެންވާ ގޮތަށް ތައްޔާރު ކުރެވިފައިތޯ ބަލާށެވެ. ފިނިހޫނުމިނާއި އަދިރިކަން މިގޮތުން ބަލާލުން ބުއްދިވެރިއެވެ. އަދި އެކިއެކި އަޑުތަށް ކޮޓަރިއަށް ނުއިވޭގޮތަށް ހަދާށެވެ. މިއީ ހައްތަހާވެސް ނިދުމަށް ހުރަސް އަޅާކަންތައްތަކެކެވެ.

މިހުރިހާކަމަކަމެއް ކުރުމާއިއެކުވެސް ނިދަން އޮށޯވެ ބައިގަޑިއެއްހާއިރުވާއިރު ނިދިނައިނަމަ އެނދުންތެދުވާށެވެ. އަދިބޭރުގެއަށްގޮސް ވާހަކަފޮތެއް ނުވަތަ މަޖައްލާއެއް ކިޔާލާށެވެ. އިސާހިތަކު ލޮލަށް ނިދިބަރުވެދާނެއެވެ.

ދެންވެސް ނިދިނައިނަމަ ހާސް ނުވާށެވެ. މާދަމަޔާއިމެދު ނުވިސްނާށެވެ. މިކަމާއިމެދު ވިސްނާވަރަކަށް ދާނީ ގޯސްވަމުންނެވެ. އަދި ފަހަރުގައި ޑޮކުޓަރެއްގެ ލަފާވެސް ހޯދަން ޖެހިދާނެއެވެ.


ގުޅުންހުރި:

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.