ހޮނިހިރު20181103

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް މަންމާއިދަރިފުޅު މާބަނޑުދުވަސްވަރު މާބަނޑުދުވަސްވަރު ނިދުމުގައި ދިމާވާ އުދަގޫތަކުގެ ތެރެއިން... ފައިގާރިއްސައިގެން ނިދިން ހޭލެވުން

މާބަނޑުދުވަސްވަރު ނިދުމުގައި ދިމާވާ އުދަގޫތަކުގެ ތެރެއިން... ފައިގާރިއްސައިގެން ނިދިން ހޭލެވުން

faiga-rissun108މިހެންދިމާވަނީ ކީއްވެ؟

މާބަނޑުއަންހެނުން ފައިގާ ރިއްސަނީ ކަޑައެޅިގެން މިހެންނޭ ބުނާކަށް އަދި އެކަކަށްވެސް ނޭގެއެވެ. ނަމަވެސް ބަލިވެއިނުމުން ހަށިގަނޑަށް އިތުރުވެގެންދާ ބަރުދަނަކީ ސަބަބެއްކަމުގައި ވެދާނެއެވެ. މިކަމުގެސަބަބުން ފައިވާޅުވެ ލެކްޓިކު އެސިޑު ފައިގެ މަސްތަކުގާ އިތުރުވުމަކީ ވުން ވަރަށް ގާތް ކަމެކެވެ. ހަމައެފަދައިން ބަލިވެއިދެ ރަހިމު ބޮޑުވުމުގެ ސަބަބުން އޭގެބަރަށް ފަޔަށް ލޭފޮނުވައިދޭ ލޭހޮޅިތަކާއި ނާރުތައް ފިތުމުގެ ސަބަބުންވެސް މިހެން ވުމަކީ އެކަށީގެންވާ ކަމެކެވެ. އާއްމުގޮތެއްގައި ފައިގާ ރިއްސަން ފަށަނީ ބަނޑަށް 4 މަސް ވުމަށްފަހުގައެވެ. އަދި ބަނޑު ނުވަތަ ރަހިމމު ބޮޑުވަމުންދާ ވަރަކަށް މިކަމުގެ އުދަގޫދާނީ ބޮޑުވަމުންނެވެ. އަދި ބަނޑަށް 6 މަސް 7 މަސް ވުމަށްވަހު ރޭގަނޑުގެ އިތުރުން ދުވާލުގެ ގިނަ ވަގުތު ތަކުގައިވެސް ރިއްސުމަކީ އެކަށީގެންވާކަމެކެވެ.

މިކަން ހައްލުކުރާނީ ކިހިނެއް؟

މިކަންތައް ހައްލު ކުރުމަށްޓަކައި ކުރެވިދާނެ ބައެއްކަންތައްތައް ތިރީގައި އެވަނީއެވެ.

- ގިނައިރު ކޮޅަށް ނުހުންނާށެވެ.

- އިށީދެއިންނައިރުވެސް ދެފައި ހުރަސްވާ ގޮތަށް ނުވަތަ އެއްފައިމައްޗަށް އަނެއްފައި ލައިގެން ގިނައިރު ނުއިންނާށެވެ.

- ފައިގެ ކުޑަކަޅުވާގެ މަސްތަކަށް ވާންވާހެން ގަވައިދުން ކަސްރަތުކޮށް މަސާޖު ކުރާށެވެ. ހާއްސަކޮށް ނިދަންއޮށޯވުމުގެ ކުރިން މިކަން ކުރުން ރަނގަޅުވާނެއެވެ.

- އިށީދެއިންނައިރު ފަިތިލަ ކުޑަހުޅުން އަބުރާލަ އަބުރާލަ އިންނާށެވެ. އަދި އިރުއިރުކޮޅާ ފައިގެ އިނގިލިތައް ފޭކޮށް ދުރުކޮށްލާށެވެ.

- ކޮންމެދުވަހަކުވެސް ހިގުމުގެ ކަސްރަތު ކުރާށެވެ. އަދި ޑޮކުޓަރު މަނާ ނުކުރާހާ ހިދަކު މިކަން ކުރިއަށް ގެންދިއުން ރަނގަޅުވާނެއެވެ.

- ހަށިގަނޑަށް މާބޮޑަށް ބުރަވާ ޒާތުގެ ކަންތައްތައް ނުކުރާށެވެ.

- އޮށޯވެއޮންނައިރު ވާތްފަރާތަށް އޮންނާށެވެ. މިގޮތަށް އޮތުމުން ލޭގެ ހިގުން ރަނގަޅުވާނެއެވެ.

- ދުވާލުގަޑީގައި ގިނައިން ފެނާއި ދިޔާއެއްޗެތިބޯށެވެ.

- ނިދުމުގެ ކުރިން ތާފަނާ ފެނުން ފެންވަރާލާށެވެ. މިއީ ހަށިގަނޑުގެ މަސްތަކަށް ލުއިކަން ގެނެސްދޭ ކަމެކެވެ.

- ޑޮކުޓަރެއްގެ ލަފަޔާއިއެކު މެގުނީޒިއަމް ނަގާށެވެ. މިބޭސް ނެގުމުން ވަރަށް ގިނަމައިންނަށް ލުއިކަން ލިބިދެއެވެ. ނަމަވެސް ޑޮކުޓަރެއްގެ ލަފަޔާއި އެކުނޫނީ ނުނަގާށެވެ.

އަދި ކެލްސިއަމަކީވެސް މިފަދަ މައިންނަށް ދެވޭ ބޭހެކެވެ. އަދި މިއީ މިގޮތަށް ދިމާނުވާ މާބަނޑުމީހުންވެސް ނެގުން މުހިއްމު އެއްޗެކެވެ. ނަމަވެސް ފަހުގެ ދިރާސާތަކުންދައްކާ ގޮތުގައި އިތުރަށް ނަގާ ކެލްސިއަމްގެ ސަބަބުން މިކަމަށް ވަކިއިތުރު ހައްލެއް ލިއްބައެއް ނުދެއެވެ.

ފައިގަރިއްސަން ފެށުމުން ފައިގެ ކުޑަކަޅުވާއަށް ވާންވާގޮތަށް ފައިދަމާލާށެވެ. ފުރަތަމަ ފުންނާބެވެ. ދެން ފައިގެ އިނގިލިތައް މައްޗަށްވާގޮތަށް ލަބާލާށެވެ. ނުވަތަ ގުދުކޮށްލާށެވެ. ފުރަތަމަ މިހެންހަދާއިރު ތަދު ބޮޑުވުމަކީ ވެދާނެކަމެކެވެ. ނަމަވެސް އިސާހިތަކު ތަދު ކުޑަވަމުންގޮސް މުޅިން ފަސޭހަވެދާނެއެވެ.

ހަމައެފަދައިން ތަދުކުޑަކުރުމަށްޓަކައި ފައިގެ މަސްތައް މަސާޖުކުރުމަކީވެސް ވަރަށް ރަނގަޅުކަމެކެވެ. އަދި ތާފަނާފެނުން ބޮޑިތާން ކުރުމަކީވެސް ރަނގަޅުކަމެކެވެ. އަދި ކުޑަކޮށް ކޮޓަރިތެރޭގައި ހިގާލުމަކީވެސް މިކަމަށް ބައެއްފަހަރު ލުއިކަން ގެނެސްދޭ ކަމެކެވެ.

ފައިގެ ރިއްސުން މެދުނުކެޑި ހުންނަނަމަ ނުވަތަ ރިއްސުމާއިއެކު ފައިދުޅަވެ ފޮއްސިވާނަމަ އަވަހަށް ޑޮކުޓަރެއްގެ ލަފާ ހޯދާށެވެ. ފަހަރުގައި މިއީ ލޭހޮޅިއެއްގައި ލޭކޮޅެއް ގަޑުވުމުގެ ސަބަބުން ދިމާވާ ކަމަކަށްވެސް ވެދާނެއެވެ. އަދި މިއީ ވަގުތުން ފަރުވާ ހޯދަން ޖެހޭ ކަމެކެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.