Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް މަންމާއިދަރިފުޅު މާބަނޑުދުވަސްވަރު މާބަނޑު ދުވަސްވަރު އަރާމުގައި ނިދާނީ ކިހިނެއް؟

މާބަނޑު ދުވަސްވަރު އަރާމުގައި ނިދާނީ ކިހިނެއް؟

nidhaanee-kihiney-63ނިދަން އުދަގޫވާ މާބަނޑު މީހުންނަށް ކުރެވިދާނެ ކަންތަކަކީ ކޮބާ؟

ބަނޑަށް ކުރީކޮޅު ނިދުމުގައި މާބޮޑު ދަތިތަކެއް ދިމާނުވުމަކީ އެކަށީގެންވާ ކަމެކެވެ. ކޮންމެ ގޮތަކަށް އޮވެވެސް ފަސޭހަކަމާއި އެކު ނިދާލެވިދާނެއެވެ. ނަމަވެސް ބަނޑަށް 6 މަސްވުމަށްފަހު ބޮޑުވެފައިވާ ބަނޑަށް ފަސޭހަވާނެ ގޮތަކަށް ނިދުމަކީ ކުރަން އުދަގޫ ކަމެކެވެ. މިހިސާބަށް ދާއިރު އަރިޔަކަށް އޮވެގެން ނޫނީ ނިދަން ވަރަށް އުދަގީވާނެއެވެ. އަދި އެންމެ ސަލާމަތްކަން ބޮޑު ނިދަން އެންމެ ރަނގަޅު ގޮތަކީވެސް ވާތްފަރާތަށް ނިދުމެވެ.

އަރިޔަކަށް އޮވެނިދަން ފަރިތަ ކުރިޔަސް ވަރަށް ގިނަފަހަރު ތަފާތު ސަބަބުތަކާ ހުރެ އިރުއިރުކޮޅާ ހޭލެވުމަކީ ވަރަށް ގިނަ މައިންނަށް ދިމާވާ ކަމެކެވެ. ބަނޑުގައިވާ ދަރިފުޅު ތޮޅޭތީ ހޭލެވިދާނެއެވެ. އަދި މެއިން ގިނިއަރާތީ ނުވަތަ ފައިގަރިއްސާތީ ނުވަތަ އެހެން ކަމަކާއި ހުރެ ނަމަވެސް ނިދިން ހޭލެވިދާނެއެވެ.

ނިދުމުގައި ދިމާވާ ތަފާތު އުދަގޫތައް ކުޑަކުރުމަށް ތަފާތު ވައްތަރުގެ ބާލީސް ބޭނުން ކުރެވިދާނެއެވެ. ތިރީގައި އެވަނީ މިގޮތުން ބޭނުން ކުރެވިދާނެ ބައެއްވައްތަރުގެ ބާލިހުގެ ނަމޫނާތަކެކެވެ. މިވައްތަރުގެ ބާލީސް ބޭނުން ކޮށްގެން ބަނޑަށާއި ބުރިކަށްޓަށް ލުއިވާގޮތަށް ނިދަން އޮވެވިދާނެއެވެ. އަދި މިގިތަށް ނިދުމުން ބުރިކަށަށްތަށްވާ ތަދުވެސް ލުއިކޮށްދޭނެއެވެ.

މިވައްތަރުގެ ބާލީސް ނުލިބޭނަމަ އާދައިގެ ބާލީހުންވެސް ބަނޑަށާއި ބުރިކަށްޓަށް ލުއިވާގޮތައް ޖައްސައިގެން އަރާމުގައި ނިދިދާނެއެވެ.

މާބަނޑު ދުވަސްވަރު ނިދަން އެންމެ ރަނގަޅީ ކޮންގޮތަކަށް.

މާބަނޑު ދުވަސްވަރު ބަންޑުން ނުވަތަ އުއްޑުން ނިދުމަކީ ފަސޭހަކަމެއް ނޫނެވެ. އަދި އެހާ ރައްކާތެރި ގޮތެއްވެސް ނޫނެވެ. ވުމާއެކު ނިދަން ރަނގަޅީ އަރިއަކަށެވެ. ކަނާތްފަރާތަށް (ކަނާތް މައްޗަށްވާ ގޮތަށް) ނިދުމަކީ އެއްވެސް ގެއްލުމެއް ނެތް ގޮތެއްނަމަވެސް ނިދަން އެންމެ ރަނަގަޅީ ވާތްފަރާތަށެވެ. ވާތް މައްޗަށްވާގޮތަށެވެ. އެއީ މިގޮތަށް ނިދުމުން މައިމީހާ އަށާއި ބަނޑުގައިވާ ދަރިފުޅަށް ފައިދާ ކުރާނެއެވެ. ހަށިގަނޑުގެ ލޭހިނގުން ރަނގަޅުވެ ދަރިފުޅުގެ މަހަށް ލޭގެންގޮސްދޭ މިންވަރު އިތުރުވާނެއެވެ. އަދި ކކުޑަދަރިފުޅަށް ބޭނުންވާ ކާނާ ފަސޭހަކަމާއި އެކު ގެންގޮސްދޭނެއެވެ.

މީގެއިތުރުން ގުރުދާ ނުވަތަ ކިޑުނީ އަށްވެސް މިގޮތަށް ނިދުމުން ކުރާ ފައިދާ ބޮޑުވާނެއެވެ. އެއީ ގުރުދާއަށް ގިނަ ލޭގެންގޮސްދިނުމުން ލޭގައިހުންނަ ބޭކާރު މާއްދާތަށް ސާފުކޮށް ކުޑަކަމުދާ އެއްޗެތީގެ ތެރެއަށް ފޮނުވައިދޭނެއެވެ. އަދި ހަށިގަނޑުގައި އިތުރުވާ ދިޔާއެއްޗެތިވެސް ސާފުކޮށްދޭނެއެވެ. ވުމާއެކު އަތްފައި ދުޅަވުން ކުޑަކޮށްދޭނެއެވެ. ބަލިވެއިންނަތާ ކުރީކޮޅުއްސުރެ މިގޮތަށް ނިދަން އާދަކޮށްފިނަމަ ބަނޑުބޮޑުވެ އެހެންގޮތަކަށް އޮވެ ނުނިދޭ ހިސާބަށް ދާއިރު މިގޮތަށް އޮންނާނީ ފަރިތަވެފައެވެ.

ބަނޑަށް 4 މަސްވުމަށްފަހު އުއްޑުންއޮވެ އެއްގޮތަކަށްވެސް ނުނިދާށެވެ. އެއީ މިގޮތަށް އޮވެ ނިދުމުން ބޮޑުވެފެއިވާ ރަހިމުގެ ބަރުން ބުރިކަށްޓާއި ބުރިކަށީގެ މަސްތައް އަދި ހިމަގޮހޮރާއި ހިތަށް ލޭ ގެންގޮސްދޭ މައި ލޭހޮޅިއަށް ބަރުވެ ފިތޭގޮތް ދިމާވެއެވެ. ވުމާއެކު ބުރަކަށީގައި ރިއްސުމާއި ފުރަގަސްފަރާތުން ލޭ އައިސް ފުރަގަސްފަރާތް ފޭބުމާއި ކާއްއެއްޗެތި ރަނގަޅަށް ހަޖަމް ނުވުމާއި ނޭވާލާން އުދަގޫވުމާއި ލޭގެ ހިނގުމަށް ހުރަސް އެޅޭގޮތް ދިމާވުމުގެ ފުރުޞަތު ބޮޑުވެއެވެ. އަދި ލޭގެ ޕުރެޝަރަށް ބަދަލު އަންނަގޮތްވެސް ދިމާވެއެވެ. ލޭގެހިގުން ދައްވެ މޫނުމައްޗަށް އަދިރި އަޅާގޮތް ބައެއް މީހުންނަށް ދިމާވާއިރު އަނެއްބައިމީހުންގެ ލޭމައްޗަށްދާގޮތްވެސް ދިމާވެއެވެ.

Comments