ގާތުންދިނުމަށް ތައްޔާރުވުން.
- ޑރ. މުޙައްމަދު ފައިޞަލް
- 29 ޑިސެމްބަރު 2009
ގާތުންދިނުމަށް ތައްޔާރުވާނީ ކިހިނެއް؟
ގާތުން ދިނުމަށް ތައްޔާރުވާއިރު ދަރިފުޅު ވިހެއުމުގެ ކުރިން ވިޔަސް މިކަމާއި ގުޅޭ ވީހާވެސް ގިނަ މައުލޫމާތެއް ހޯދާށެވެ. ގާތުންދޭ މީހުންގެ ލަފާ ހޯދާށެވެ. އެމީހުންނަށް ދިމާވާ އުދަގޫތަކާއި ކަންތައް ކުރާގޮތް އޮޅުންފިލުވާށެވެ. ގިމައުލޫމާތާއި ލަފާ ހޯދިވަރަކަށް ގާތުން ދޭން ފަށާއިރު ފަސޭހަވާނެއެވެ. އެއީ މިއީ ގާތުންދޭ އިރު ދިމާވާ ތަފާތު ކަންކަމަށް އަވަސް ހައްލު ހޯދަން ފަސޭހަވާނެ ކަމަކަށްވާތީއެވެ.
ބަލިވެއިނުމާއިއެކު މައިމީހާ ގާތުންދިނުމާއިމެދު ވިސްނިޔަސް އަދި ނުވިސްނިޔަސް ހަށިގަނޑުދާނީ ގާތުން ދިނުމަށް ތައްޔާރުވަމުންނެވެ. މާބަނޑުދުވަސްވަރު އުރަމަތި ބޮޑުވެ ވާންވެ ރިއްސަނީ މިހެންވާތީއެވެ. އެއީ ބަލިވެއިނުމުން އުރަމަތީގެ ކިރުހޮޅިތަކާއި ކިރުގޮބުތައް ބޮޑުވަމުންދެއެވެ. އަދި އުރަމަތީގައި ލޭ ހިނގުން ނުވަތަ ދައުރު ކުރުންވެސް އިތުރު ވެގެންދެއެވެ.
އުރަމަތީގެ ބޮޑުކުޑަމިނަކީ އެއްގޮތަކަށްވެސް ގާތުން ދިނުމުގައި ފަސޭހަވުމާއި ނުވުމާއި ގުޅުން ހުރި ކަމެއްނޫނެވެ. އެއީ ބަލިވެއިނުމުން އުރަމަތީގައި އުންނަ ކިރު ހޮޅިތަކާއި ގޮބިތައް ބޮޑުވިޔަސް އުރަމަތީގެ ސައިޒަކަށް މާބޮޑު ބަދަލެއް ނާދެއެވެ. އާއްމިގޮތެއްގައި އުރަމަތި ގިނަފަހަރު މާބޮޑަށް ބޮޑުވެފައިހުންނަނަނީ އުރަމަތީގައި ހުންނަ ފެޓު ނުވަތަ ސަރުބީގެ ސަބަބުންނެވެ. މިއީ ކިރު އުފެއްދުމުގައި އެއްވެސް ރޯލެއްއަދާކުރާ އެއްޗެއްނުނެވެ. ވަރަށް ގިނަ މީހުންނަށް ހީވެފައި އޮންނަނީ އުރަމަތި ބޮޑެތި މީހުންގެ ކިރު އުފެދޭލެއް ގިނަވާނެ ކަމުގައެވެ. ނަމަވެސް މިއީ ކުށް ހީއެކެވެ. އެއީ އުރަމަތީގައި ހުންނަ ކިރުކޮބުތަކާއި ހޮޅިތަށް ހުންނަނީ އެންމެންގެވެސް ގާތްގަޑަކަށް އެއްވަރަށެވެ. ކިރުއުފެއްދުމުގެ ދައުރު އަދާ ކުރަނި މި ގޮބުތަކުންނެވެ. އުރަމަތީގަ ސައިޒު ބޮޑުކުރާ ސަރުބީތަކަކުން ނޫނެވެ.
ގާތުން ދިނުމަށް ތައްޔާރުވާއިރު ވައްގަޑަށް ވަކިން ހާއްސަ ސަމާލިކަމެއް ދޭން ޖެހޭތަ؟
ނޫނެކެވެ. ގާތުންދޭން ބޭނުންވާ މީހަކު ކޮންމެހެން ވައްގަޑަށް ހާއްސަ ސަމާލު ކަމެއް ދޭކަށް ނުޖެހެއެވެ. އާއްމުގޮތެއްގައި ބަލިވެއިނުމުން ހަށިގަނޑުގެ ހޯމޯންތަކަށް އަންނަ ބަދަލާއި އެކު ވައްގަޑު ދަނީ ޠަބީޢީގޮތުން ގާތުން ދިނުމަށް ތައްޔާރު ވަމުންނެވެ. ވަށްގަޑުގައި ހާއްސަކުރީމު ލުމާއި ބޮޑުކުރުމަށް މަސާޖު ކުރުމަކީ ކޮންމެހެން ބޭނުން ކަމެއްނޫނެވެ. އަދި މިފަދަ ކަންތަކަކީ ބައެއްފަހަރު ވަށްގަޑު ފާރުވެ ގާތުން ދިނުމަށް އުދަގޫވާނެ ކަމެކެވެ. ވީމާ ވައްގަޑު ހިސާބަށްވުރެ ކުޑަނަމަ ނުވަތަ ރަނގަޅަށް ބޭރަށް ނިކުމެފައި ނުއިންނަނަމަ އަމިއްލައަށް ފަރުވާ ކުރުމުގެ ބަދަލުގައި ޑޮކުޓަރެއްގެ ލަފާ ހޯދާށެވެ.