ބުރާސްފަތި20180920

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް މަންމާއިދަރިފުޅު މާބަނޑުދުވަސްވަރު ފަރުޖުގައި އެކަށީގެންވާވަރަށް ތެތްކަން ނުއުފެދުމަކީ ބަލިވެއިނުމަށް ހުރަސްއަޅާ ކަމެއްތަ؟

ފަރުޖުގައި އެކަށީގެންވާވަރަށް ތެތްކަން ނުއުފެދުމަކީ ބަލިވެއިނުމަށް ހުރަސްއަޅާ ކަމެއްތަ؟

farjga-ekasheegenvaa-thekkan-64ފަހަރުގައި ބަލިވެއިންނަން ބޭނުންވާމީހަކު ބަލިވެއިނުއިންނަ ސަބަބަކީ މިއީ ކަމުގައި ވެދާނެއެވެ. ނަމަވެސް ފަރުޖުގައި އެކަށީގެންވާވަރަށް ތެތްކަން ނުއުފެދުނަސް އެއީ ބަލިވެނުއިންނަ ސަބަބުކަމުގައި ނުވުމަކީ ދުރުކަމެއް ނޫނެވެ. އެންމެފުރަތަމަ އޯވަރީން ބިސްބޭރުކުރޭތޯ ބަލާށެވެ. މިކަން ބަލަން އެންމެ ފަސޭހަގޮތަކީ ހަށިގަނޑުގެ ހޫނުމިން ބެލުމެވެ.

ކޮންމެދުވަހަކު ހެނދުނު ޑިޖިޓަލް ތަމޯމީޓަރަކުން ހަށިގަނޑުގެ ފިނިހޫނުމިން ބަލައި ނޯޓު ކުރަމުން ގެންދާށެވެ. އޯވަރީން ބިސްބޭރުވާއިރު ހަށިގަނޑުގެ ފިނިހޫނު މިން 0.5 ޑިގުރީވަރު މަތިވާނެއެވެ. މިގޮތަށް އާއްމުކޮށް ވާނީ ކުރިއަށް އޮތް މައްސަރުކަންތައް ވުމުގެ ދެހަފުތާވަރު ކުރިންނެވެ. އަދި މިހޫނުމިން މައްސަރު ކަންތައް ވަންދެން ގިނަފަހަރު ހުންނާނެއެވެ.

އޯވަރީން މިސް ބޭރު ނުކުރާ ކަމަށް ޝައްކު ކުރެވޭނަމަ ދިރިއުޅުމުގެ ވައްޓަފާޅި ބަދަލު ކުރަން ޖެހިދާނެއެވެ. އަދި ޑޮކުޓަރެއްގެ ލަފާހޯދުމަށްހަނދާން ނައްތައި ނުލާށެވެ.

ނަމޫނާ ބަރުދަނަކަށް ހަށިގަނޑު ގެންދިއުން އެއީ ކުރަންޖެހޭ ހަމައެކަނި ކަންތައް ކަމުގައި ވުމަކީ ވަރަށް ގާތް ކަމެކެވެ. މިސާލަކަށް މާހިކި އަނަރޫފަނަމަ ހަށިގަނޑުން އެކަށީގެންވާވަރަށް އަންހެން ހޯމޯން އެސްޓްރޯޖެން ނުއުފައްދާނެއެވެ. މިއީ ބިސްކޮއްޓުމަށް ކޮންމެހެންވެސް ބޭނުންތެރި ހޯމޯނެކެވެ. އޯވަރީން ބިސްބޭރުކުރުމަށް ބޭނުންވާވަރަށް މިހޯމޯން އުފެއްދުމަށްޓަކައި ހަށިގަނޑުގެ ސަރުބީގެ މަދުވެގެން %18 ހުންނަން ޖެހޭނެއެވެ. ހަމައެފަދައިން ހިސާބަށްވުރެ ފަލަވުމަކީ ބިސްކޮއްޓުމަށް ހުރަސްއަޅާ ކަމެކެވެ. އެއީ އެފަދަ ހާލަތުގައި އެސްޓްރޯޖެން ހޯމޯން އުފައްދާވަރު ހިސާބަށްވުރެ ގިނަވުމުގެ ސަބަބުންނެވެ.

ފަރުޖުގައި އެކަށިގެންވާވަރަށް ތެތްކަން ނުއުފައްދަނީ އުމުރުގެ ސަބަބުން ކަމުގައި ވެދާނެއެވެ. އުމުރުން 20ގެ އަހަރުތަކުގައި ބިސް އޯވަރީން ބޭރުވާއިރު ހަފުތާއެއްހައި ދުވަސްވަންދެން ވަރަށް ބޮޑަށް ފަރުޖުގައި ތެތްކަން އުފެދޭއިރު 30ގެ އުމުރުތަކުގައި މިގޮތަށް ގިނައިން ތެތްކަން އުފެދިފައި ހުންނަނީ އެންމެ ދެތިންދުވަހުއެވެ. އަދި 40ގެ އަހަރުތަކުގައި މިގޮތަށް ތެތް ކަން ހުންނާނީ އެންމެ ދުވަހަކުއެވެ. އަދި ބައެއްފަހަރު އެއްގޮތަކަށްވެސް މިގޮތަށް ތެތްކަން އިތުރު ނުވުމަކީ މިއުމުރުގެ އަންހެނުންނަށް ވަރަށް ގިނައިން ދިމާވަ ކަމެކެވެ.

ޖިންސީ ލައްޒަތުގެ ބަދަލުގައި ދަރިޔަކު ހޯދުމަށް ޖިންސީ ގުޅުން ހިންގާއިރު ބައެއްފަހަރު ދިމާވާ ހާސްކަމާއި ނުތަނަވަސް ކަމަކީވެސް ފަރުޖުގައި އުފެދޭ ތެތް ކަން ކުޑަކުރާ ކަމެކެވެ. އަދި ޝަކުވާއަކީ ފަރުޖުގައި ތެތްކަން އުފެއްދިނަމަވެސް އުފައްދާވަރު ކުޑަވުން ކަމުގައިވާނަމަ ޖިމާއުވާއިރު އެކަމަށް ބޭނުން ކުރުމަށް ހުންނަ ޕްރީ ސީޑް ކަހަލަ ހާއްސަ ކްރީމެއް ބޭނުން ކުރެވިދާނެއެވެ. މިފަދަ ކްރީމެއް ވާންޖެހޭނީ ފަރުޖުގެ ތެތްކަން އިތުރު ކުރުމާއި އެކު ދަރިފަންޏަށް ގެއްލުން ނުވާ ކްރީމަކަށެވެ.

ދަރިންހޯދުމަށް (Clomid) ފަދަ ބޭސް ބޭނުން ކުރާ މީހުންނަށް ވެސް މިހެން ދިމާވުމަކީ އެކަށީގެންވާ ކަމެކެވެ. އެއީ (Clomid) އަކީ އޯވަރީން ބިސް ބޮޑުކޮށް ބޭރު ކުރުމަށް އެހީތެރިވެދޭ ބޭހަކަށް ވީނަމަވެސް މިބޭހުގެ އަރިމަތީ އަސަރުތަކުގެ ތެރޭގައި ފަރުޖުގެ ތެތްކަން ކުޑަކުރުން ހިމެނެއެވެ.

ކޮންމެފަދަ ސަބަބަކާހުރެ ފަރުޖުގެ ތެތްކަން ކުޑަވިޔަސް ހާސް ނުވާށެވެ. އެއްމެ ފަސޭހަ އެއްމެ ރަނގަޅު ފަރުވާއަކީ ގިނަގިނައިން ފެނާއި ދިޔާއެއްޗެތި ބުއިމެވެ. އަދި ކެއްސުމަށާއި ރޯގާއަށް އަދި އަރިދަފުސް ފަދަ ބަލިތަކަށް ބޭނުން ކުރާ ބޭސްތައް މަދުކުރުމެވެ. މިބޭސްތަކަކީ ހަށިގަނޑުގެ ހުރިހާތަނެއްގެ ތެތްކަންވެސް ކުޑަކުރާ ބޭސްތަކެކެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.