ބުރާސްފަތި20201203

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް މަންމާއިދަރިފުޅު މާބަނޑުދުވަސްވަރު ބަލިވެއިނުމުންވާ އުދަގޫތައް ކުޑަކުރުމަށް ޒިންކު ބޭނުންކުރާށެވެ.

ބަލިވެއިނުމުންވާ އުދަގޫތައް ކުޑަކުރުމަށް ޒިންކު ބޭނުންކުރާށެވެ.

zinc-beynun-kuraasheve-136މާބަނޑު މީހުންނަށް ޒިންކު ބޭނުންވަނީ ކީއްވެ؟

ހަށިގަނޑަށް ޒިންކު ބޭނުންވަނީ ޑީއެންއޭ އުފެއްދުމަށާއި މަރާމާތު ކުރުމަށާއި އޭގެ ވަޒީފާ ފުރިހަމައަށް އަދާ ކުރުމަށްޓަކައެވެ. ހަށިގަނޑުގެ ހުރިހާ ވިރާސީ މައުލޫމާތެއް ރައްކާ ކުރެވިފައި ހުންނަނީ ޑީއެންއޭގައެވެ. އަދި މިއީ ހަށިގަނޑުގެ ހުރިހާ ހަތާތަކެއް އުފެއްދުމަށް ބޭނުންވާ އެއްޗެކެވެ. ވުމާއިއެކު މާބަނޑު ދުވަސްވަރު ވަރަށް އަވަހަށް ބޮޑުވަމުން އަންނަ ދަރިފުޅުގެ ހަތާތައް އުފެދި ބޮޑުވުމަށް ޒިންކަކީ ކޮންމެހެންވެސް ބޭނުން މާއްދާއެކެވެ.

ޒިންކަކީ ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށްވެސް ކޮންމެހެން ބޭނުންތެރި މިނެރަލް އެކެވެ. އަދި މިއީ ރަހަލުމާއި ވަސްދުވުމުގެ ހިއްސު ސަލާމަތުން ބެހެއްޓުމަށްވެސް ބޭނުންތެރި މާއްދާއެކެވެ. އަދި ހަށިގަނޑުން ހަލާކުވާ ތަންތަން ފަސޭހަވުމަށްވެސް ޒިންކު ބޭނުންވެއެވެ. ސިއްހަތުރަނގަޅު ދަރިފަންޏާއި ބިސް އުފެއްދުމަށްވެސް ޒިންކަކީ ވަރަށް ބޭނުންތެރި މާއްދާއެކެވެ.

މާބަނޑު މީހުންނަށް ކިހާ ޒިންކެއް ބޭނުންވޭ؟

މާބަނޑުމީހުންނަށް ދުވާލަކަށް ބޭނުންވަނީ 11 މިލިގުރާމް ޒިންކެވެ. އަދި ބަލިވެއިނުމުގެ ކުރިން 9 މިލިގުރާމު ބޭނުންވެއެވެ. ގާތުންދޭ ދުވަސްވަރު ދުވާލަކު 12 މިލިގުރާމް ބޭނުން ވެއެވެ. 18 އަހަރުން ދަށުގައި ބަލިވެއިންނަނަމަ ދުވާލަކު 13 މިލިގުރާމު ބޭނުންވެއެވެ. މިއުމުރުގައި ގާތުންދޭއިރު 14 މިލިގުރާމު ދުވާލަކަށް ބޭނުންވެއެވެ.

ކާނާގެ އިތުރުން ޒިންކު ބޭނުން ކުރަން ޖެހޭނެތަ؟

ކާކާނާގައި އެކަށީގެންވާ ވަރަށް ޒިންކު ނުހުންނަ ނަމަ ކާނާގެއިތުރުން ޒިންކު ބޭނުން ކުރަން ޖެހޭނެއެވެ. އާއްމުގޮތެއްގައި ގިނައިން މަސް ކާމީހުންނަށް އެކަށީގެންވާ ވަރަށް ޒިންކު ލިބޭނެއެވެ. ނަމަވެސް ޒިންކަކީ ހަޖަމް ކުރުމަށްފަހު ހަށިގަނޑަށް ނަގަން އުދަގޫ މާއްދާ އަކަށް ވުމުން ކާނާގެ އިތިރިން ޒިންކު ބޭނުން ކުރުން ބުއްދިވެރިއެވެ. ހާއްސަކޮށް ފަތްޕިލާވެލި ގިނައިން ކާ މީހުންނެވެ. ހަށިގަނޑަށް ބޭނުންވާ ވަރު ޒިންކު ކާނާއިން ހޯދުމަށްޓަކައި ކާ ކާނާގައި ދުވާލަކަށް 40 މިލިގުރާމަށް ވުރެ ގިނައިން ޒިންކު ހުރެގެން ނުވާނެއެވެ.

ޒިންކު ގިނައިން ލިބޭ ކާބޯތަކެއްޗަކީ ކޮބާ؟

ޒުވާރި ބިންބި ދޮނަޅަ ގެރިމަސް ފަދަ ކާނާއަކީ ޒިންކު ވަރަށް ގިނައިން ހުންނަ ބާވަތްތަކެކެވެ. މިއިން ކޮންމެ ބާވަތަކުންވެސް ދުވާލަކަށް ބޭނުންވާ ވަރު ލިބިދާނެއެވެ. ޒިންކު ގިނަ ބައެއް ކާނާ ތިރީގައި އެވަނީއެވެ.

- ގެރިމަސް ( 100 ގުރާމު ގެރިމަހުގައި ގާތްގަޑަކަށް 5.4 މިލިގުރަމު ޒިންކު ހުންނާނެއެވެ.)

- ބޭކެޑު ބީންސް ( ތައްޓެއްގައި ގާތްގަޑަކަށް 14.8 މިލިގުރާމު ހުންނާނެއެވެ.)

- ޒުވާރި ބިންބި (100 ގުރާމުގައި ގާތްގަޑަކަށް 0.56މިލިގުރާމު ހުންނާނެއެވެ.)

ހަށިގަނޑުގައި ޒިންކު މަދުކަން އެނގޭނެ އަލާމާތްތަކަކީ ކޮބާ؟

ޒިންކު ހަށިގަނޑުން މަދުވުމން ފެންނަ އެންމެ އާއްމު އަލާމާތް ތަކަކީ އިސްތަށިފެއިބުމާއި ބަނޑު ދިޔާވުމާއި ކާހިތް ނުވުމެވެ. ޒިންކު މަދުވުމުން ހަށިގަނޑަށް ގެއްލުންވަނީ މަސްތުވާތަކެތި ބޭނުން ކުރާ މީހންނާއި ގޮހޮރުގެ ބަލިތައް ހުންނަ މީހުންނަށެވެ.

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.