އަންގާރަ20180911

އާކުރެވުނީ: 08:43:52

ބަލިވެއިނުމަށްފަހު ރަނގަޅު ބުރާއެއް ހޯދުން

ragalhu-bra-ei-hoadhun-34* ބަލިވެއިނުމަށްފަހު އާބުރާއެއް ހޯދަން ޖެހޭނީ ކޮންއިރަކުން؟

* ބުރާގެ ބަދަލުގައި ޕެޓީ ލުމަކީ ކޮންކަހަލަ ކަމެއް؟

* މާބަނޑުދުވަސްއރު އަޅާ ބުރާއެއް ހޯދުމުގައި ބަލަން ޖެހޭ ކަންތައްތަކަކީ ކޮބާ؟

* ގާތުންދޭއިރު އާބުރާ ހޯދަން ޖެހޭނެތަ؟

* މާބަނޑު ދުވަސްވަރު ނިދާއިރު ބުރާ އެޅުމަކީ ކޮންކަހަލަ ކަމެއް؟

ބަލިވެއިނުމަށްފަހު އާބުރާއެއް ހޯދަން ޖެހޭނީ ކޮންއިރަކުން؟

އާއްމުގޮތެއްގައި ބަލިވެއިނުމަށްފަހު ފުރަތަމަ ތިންމަހުގެ ތެރޭގައި އުރަމަތި ބޮޑުވާނެއެވެ. ނަމަވެސް ބޮޑުވާ މިންވަރު އެކިމީހުންގެ ތަފާތެވެ. ބައެއް އަންހެނުންގެ އުރަމަތި ވަރަށް އަވަހަށް ބޮޑުވާން ފަށާނެއެވެ. އަދި ބައެއްމީހުންގެ އުރަމަތި ވިހެއުމާއި ވަރަށް ކައިރިވާއިރުވެސް މާބޮޑުތަނެއް ބޮޑެއްނުވާނެއެވެ. ވުމާއެކު ބައެއް މީހުންނަށް ވަރަށް އަވަހަށް އާ ބުރާ ހޯދަން ޖެހޭއިރު އަނެއްބައި މިހުންނަށް ވަރަށް ލަސްވަންދެން އާ ބުރާ ނުހޯދިޔަސް ފުދޭނެއެވެ.

ބުރާގެ ބަދަލުގައި ޕެޓީ ލުމަކީ ކޮންކަހަލަ ކަމެއް؟

ބުރާގެ ބަދަލުގައި ދަށުންލާ ޕެޓީ ނުވަތަ ގަޔަށް ބާރު ދަށުންލާ އެއްޗިއްސަކީ މާބަނޑު ދުވަސްވަރު ލާން އެންމެ ރަނގަޅު އެއްޗިއްސެއް ނޫނެވެ. އެއީ:-

- ބަލިވެއިނުމަށްފަހު އުރަމަތީގެ ބޮޑުމިނާ ސިފަ ދުވަހުން ދުވަހަށް ދާނީ ބަދަލުވަމުންނެވެ. އެއީ އުރަމަތީގައި ކިރު އުފައްދާތީއެވެ.

- ވިހަން ކައިރިވާއިރު އުރަމަތި ފޮއްސިވުމަކީ ވަރަށް އާއްމުކޮށް ދިމާވާ ކަމެކެވެ. އެއީ ހަށިގަނޑުގައި އިތުރުވާ ފެނުގެ ސަބަބުންނެވެ.

- ދަށުންލާ މިފަދަ އެއްޗިއްސަކީ ގަޔަށް ބާރު އެއްޗިއްސެވެ. ވުމާއެކު މިފަދަ އެއްޗެތި ލުމުން އުރަމަތީގައި ހުންނަ ކިރު ހޮޅިތައް ބެދި އުރަމަތި ރަތްވެ ދުޅަވުމަކީ ވަރަށް ގާތް ކަމެކެވެ.

މާބަނޑުދުވަސްވަރު އަޅާ ބުރާއެއް ހޯދުމުގައި ބަލަން ޖެހޭ ކަންތައްތަކަކީ ކޮބާ؟

މާބަނޑު ދުވަސްވަރު ބުރާގަންނައިރު އެއީ ގަޔަށްފަސޭހަ، ގޮށް ނުވަތަ ދަތި އަޅުވައި ނައްޓަން ފަސޭހަ އަދި ފަސޭހައިން ހުޅުވާލެވޭ ގޮތަށް ހުންނަ ބުރާއެއްތޯ ބެލުމަކީ ވަރަށް މުހިއްމު ކަމެކެވެ. އަދި ބުރާގެ އެތެރެއަށް ފަސޭހައިން ޕެޑު ލެއްވެން ހުރޭތޯ ބެލުންވެސް ރަނގަޅެވެ. އެއީ ކިރުބޭރުވާނަމަ ޕެޑުލެއްވުމަށެވެ. އަދި ބުރާ ބޮޑުކުރެވެން ހުރޭތޯވެސް ބަލާށެވެ.

ގާތުންދޭއިރު އާބުރާ ހޯދަން ޖެހޭނެތަ؟

އާއްމުގޮތެއްގައި މާބަނޑު ދުވަސްވަރު އަޅަން ތައްޔާރު ކޮށްފައި ހުންނަ ބުރާއަކީ ވިހެއުމަށްފަހު ނުވަރަ ގާތުންދޭއިރުވެސް އެޅުމަށް ތައްޔާރު ކޮށްފައި ހުންނަ ބުރާއެވެ.

މާބަނޑު ދުވަސްވަރު ނިދާއިރު ބުރާ އެޅުމަކީ ކޮންކަހަލަ ކަމެއް؟

މާބަނޑު ދުވަސްވަރު އަދި ގާތުން ދޭއިރު ބުރާއެޅުމަކީ ނުވަތަ ނޭޅުމަކީވެސް މައްސަލައެއް ނޫނެވެ. އެކިމީހުންނަށް ފަސޭހައީ އެކިގޮތަށެވެ. ފަސޭހަ ގޮތަކަށް ކަންތައް ކުރުމަކުން މައްސަލައެއް ނެތެވެ. ގާތުންދޭއިރު ނުވަތަ ވިހަން ކައިރިވާއިރު އުރަމަތިން ކިރު ބޭރުވުމަކީ އެކަށިގެންވާ ކަމެކެވެ. ވުމާއެކު މިފަދަ ހާލަތުގައި ބުރާއެޅުން ރަނގަޅުވާނެއެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.