ހޮނިހިރު20201128

އާކުރެވުނީ: 08:43:52

Back ކަވާސާ ޞިއްޙަތު ޞިއްޙަތުގެ ބައިތައް މަންމާއިދަރިފުޅު މާބަނޑުދުވަސްވަރު ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

nidhaairu-dhimaava-udhagoo-57މާބަނޑު ދުވަސްވަރު ނިދީގެ އުދަގޫވުމަކީ ވަރަށް ގިނަމައިންނަށް ދިމާވާ ކަމެކެވެ. ރޭގަނޑު ނިދި ނައުމާއި ދުވާލިގަޑީގައި ގިނައިން ނިދި އައުމަކީ ވަރަށް ގިނަ ފަހަރު ދިމާވާ ކަމެކެވެ. ރަނަގަޅު ގޮތަކީ ހަށިގަނޑުގެ ގޮވުމަށް އިޖާބަދީ ދުވާލު ގަޑީގައިވެސް މަދުވެގެން ދެގަޑިއިރުވަރު ނިދާލުމެވެ. އަދި ރޭގަނޑު މަދުވެގެން 8 ގަޑިއިރު ވަރު ނިދާލުމެވެ.

* ދުވާލުގަޑީގައި ގިނައިން ނިދިއައުން.

* ނިދަން ފަސޭހަގޮތަކަށް އޮށޯވެއޮންނަން ނޭގުން.

* އަވަސްއަވަހަށް ކުޑަކަމުދާން ތެދުވާން ޖެހުން.

ދުވާލުގަޑީގައި ގިނައިން ނިދިއައުން.

ބަނޑަށް ކުރީކޮޅު ވަރަށް ގިނަމައިންނަށް ދުވާލު ގަޑިތަކުގައި ވަރުބަލިކަން އިހުސާސްވެ ނިދިއައުމަކީ ވަރަށް ގިނައިން ދިމާވާ ކަމެކެވެ. މިހެން ދިމާވަނީ ބަލިވެއިނުމުން ހަށިގަނޑުގައި އިތުރުވެގެންދާ އަންހެން ހޯމޯނެއް ކަމުގައިވާ ޕްރޮޖެސްޓިރޯންގެ ސަބަބުންނެވެ. މިއީ ދަރިފުޅު އުފެދި ބޮޑުވުމުގައި އެހީތެރިވެދޭ އަންހެން ހޯމޯނެއް ކަމުގައިވިޔަސް މިހޯމޯންގެ ސަބަބުން ނިދިއައުން އިތުރު ކޮށްދެއެވެ. ޠަބީޢީ ކޮށް ހަށިގަނޑުގައި އުފެދޭ މިހޯމޯންގެ ސަބަބުން ދުވާލުގެ ވަގުތު ތަކުގައި ހަށިގަނޑަށް އިހުސާސް ކުރެވެނީ އަބަދުވެސް ބުރަމަސައްކަތެއްކޮށް ވަރުބަލިވެފައިވާ ކަމުގެ އިހުސާސެވެ. ވުމާއެކު އަރާމު ކުރުމަށް އަބަދުވެސް ހުންނާނީ ނިދާލަން ބޭނުން ވެފައެވެ.

މިހޯމޯންގެ ސަބަބުން ދުވާލުގެ ވަގުތުތަކުގައި ނިދި ވަރުބަލިކަން އާދަޔާ ޚިލާފަށް އިހުސާސް ކުރެވުނު ނަމަވެސް ރޭގަނދުގެ ވަގުތު ތަކުގައި ނިދި ނައުމަކީވެސް އެކަށީގެންވާ ކަމެކެވެ. މިކަމުގެ ސަބަބުން ދުވާލުގެ ވަގުތު ތަކުގައިވާ ވަރުބަލިކަން އިތުރަށް ބޮޑުވެގެންދެއެވެ. ދެރައީ މިކަމަށް ދުވާލުގަޑީގައި ނިދާ އަރާމު ކުރުން ނޫން އެހެން ފަރުވާއެއް ނެތެވެ. އަދި ނިދަން ބޭނުން ނުވިޔަސް ވިސްނާށެވެ. އެނދުގައި އޮށޯވެގެން ހޭދަކުރާ ވަގުތަކާއި ނިދާ ވަގުތަކާއި މާބޮޑު ތަފާތެއް ނުހުރެއެވެ. ވީމާ ނިދަން ބޭނުން ނުވިޔަސް އެނދުގައި އޮށޯވެ އަރާމުކޮށްލެވިދާނެއެވެ.

ނިދަން ފަސޭހަގޮތަކަށް އޮށޯވެއޮންނަން ނޭގުން.

ބަލިވެއިނުމުން އުރަމައްޗަށް އަންނަ ބަދަލުތަކާއި އެކު އުރަމަތި ބޮޑުވެ ރިއްސާތީ ފަސޭހަގޮތަކަށް އޮވެ ނިދަން ވަރަށް ގިނަފަހަރު އޮންނަނީ ނޭގިފައެވެ. ހާއްސަކޮށް ބަންޑުން އޮށޯވެގެން ނިދާމައިންނަށް މިކަމުގެ އުދަގޫ ވަކިން ބޮޑެވެ. ވިމާ ބަނޑަށް ފުރަތަމަ 3 މަހަކީ ކޮންމެ މަޔަކަށްވެސް ނިދާއިރު ވާތްފަރާތަށް އޮވެ ނިދަން ފަރިތަކުރަން އެންމެ ރަނގަޅު ދުވަސްވަރެވެ. މިގޮތަށް އޮވެ ނިދުމުން ރަހިމަށާއި ކުޑަދަރިފުޅަށް ގެންގޮސްދޭ ލޭ އިތުރުވާނެއެވެ. އަދި ލޭގައި އުފެދޭ ބޭނުން ނުވާ މާއްދާތައް ފުރޭނުމަށް ގުރުދާއަށްވެސް ބޮޑަށް ފަސޭހަވާނެއެވެ. މިގޮތަށް ނިދަން އަވަހަށް އާދަކުރިވަރަކަށް ފަހުން ފަސޭހަވާނެއެވެ.

އަވަސްއަވަހަށް ކުޑަކަމުދާން ތެދުވާން ޖެހުން.

ބަލިވެއިނުމުން ހަށިގަނޑުގައި ހުންނަ ފެނާއި ލޭ ވަރަށް ބޮޑުތަން އިތުރުވެގެންދެއެވެ. ވުމާއެކު ގުރުދާއިން ފުރޭނިގެން އުފެދޭ ކުޑަކަމުދާއެއްޗެތިވެސް އިތުރުވެއެވެ. މީގެއިތުރުން ބޮޑުވަމުންދާ ރަހިމުން މަސާނާ ބޮޑަށް ފިތި އަވަސްއަވަހަށް ކުޑަކަމުދާން ޖެހިދެއެވެ. މިކަމުގެ ސަބަބުން ވަރަށް ގިނަމައިން އިރުއިރުކޮޅާ ނިދިން ހޭލައިގެން ފާހާނާ ކުރަންދާން ޖެހެއެވެ. އަދި މިއީ ވަރަށް ގިނަ ފަހަރު ވަރަށް ބޮޑަށް އުދަގޫވާ ކަމެކެވެ. މިހެންވާނަމަ ހެނދުނާއި މެންދުރު ކުރީގައި ގިނަގިނައިން ދިޔާއެއްޗެތި ބޯށެވެ. އަދި މެންދުރު ފަހު ދިޔާއެއްޗެތި ބުއިން މަދު ކުރާށެވެ. އަދި ރޭގަނޑުގައި ދިޔާއެއްޗެތި ނުބޯށެވެ.

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.