ހޮނިހިރު20201121

އާކުރެވުނީ: 08:43:52

އަތްފައި ދުޅަވުން ނުވަތަ ފޮއްސިވުން

fossivun-112މާބަނޑުދުވަސްވަރު ފައިތިލަޔާއި ފައިގެ ކުޑަހުޅު ދުޅަވެ ފޮއްސިވަނީ ކީއްވެ؟

އާއްމުގޮތެއްގައި ފޮއްސިވަނީ ނުވަތަ ދުޅަވަނީ ހަތާތަކުގެ ދޭތެރޭގައި ދިޔާއެއްޗެތި ގިނަވުމުންނެވެ. މާބަނޑު ދުވަސްވަރު ފޮއްސިވުމަކީ ޠަބީޢީ ކަމެކެވެ. އެއީ ބަލިވެއިނުމާއި އެކު ހަށިގަނޑަށް އިތުރުވެގެންދާ ފެނުގެ ނިސްބަތް ވަރަށް ބޑުތަން މަތިވެގެން ދެއެވެ. ހަމައެއާއި އެކު ލޭވެސް ގިނަވެއެވެ. މީގެއިތުރުން ލޭގައި ހިމަނޭ މާއްދާތަކަށް އަންނަ ބަދަލު ތަކަކީވެސް މާބަނޑު ދުވަސްވަރު ދުޅަވުމަށް މެދުވެރިވާ ސަބަބު ތަކުގެ ތެރެއިން ސަބަބެކެވެ.

މިކަންތައްތަކުގެ އިތުރުން ބޮޑުވެގެންދާ ރަހިމުގެ ސަބަބުން ފައިން ހިތަށް ލޭ ގެންގޮސްދޭ ލޭހޮޅިތައް ފިތުމުގެ ސަބަބުން ފައިގާ ލާ ޖަމާވެ ފައި ދުޅަވާން މެދުވެރި ވެއެވެ.

އާއްމުގޮތެއްގައި މިގޮތަށް ފައިދުޅަވެ ފޮއްސިވަނީ ބަނޑަށް 6 މަހަށް ފަހުގައެވެ. އަދި ހާއްސަކޮށް ހަވީރުގައެވެ. އަރިއަކަށް އޮށޮވެ އޮތުމަކީ މިކަން ކުޑަކުރުމަށް ކުރެވިދާނެ ވަރަށް ރަނގަލު ކަމެކެވެ. ހާއްސަކޮށް ވާތްފަރާތަށެވެ. އެއީ ހިތަށް ލޭގެންގޮސްދޭ މައި ލޭހޮޅި އިންނަނީ މައިބަދައިގެ ކަނާތް ފަރާތުގައި ކަމަށް ވުމުން އަރިއަކަށް އޮށޯވެ އޮތުމުން ލޭހޮޅިއަށް ކުރާ ބާރު ކުޑަވެގެންދާނެއެވެ.

މާބަނޑުދުވަސްވަރު ދުޅަވާ ދުޅަވުން ނުވަތަ ފޮއްސިވުން ވިހެއުމަށްފަހު ވަރަށް އަވަހަށް ރަނގަޅީ ވާނެއެވެ.

މިއީ ކަންބޮޑުވާން ޖެހޭކަމެއްތަ؟

މަބަނޑުމީހުންގެ ފައި ކޮއްމެސްވަރަކަށް ދުޅަވެ ފޮއްސިވުމަކީ ވަރަށް އާދައިގެ ޠަބީޢީ ކަމެކެވެ. މިގޮތަށް ދުޅަވާއިރު އަތްވެސް ކޮއްމެވެސް ވަރަކަށް ދުޅަވުމަކީ ވެދާނެ ޠަބީޢީ ކަމެކެވެ.

ނަމަވެސް މާބަނޑު ދުވަސްވަރު އަތްފައި ދުޅަވާ ކޮންމެ ފަހަރަކު އެއީ ޠަބީޢީ ކަމެއް ނޫނެވެ. ތިރީގައި އެވާފަދަ ހާލަތް ތަކުގައި އެއީ ވަރަށް ނުރައްކާތެރި ކަމެއްގެ ސަބަބުން ކަމުގައި ވުމަކީ ވެދާނެ ކަމެކެވެ. ވީމާ އެފަދަ ހާލަތެއްގައި ނަމަ ލަސް ނުކޮށް ޑޮކުޓަރެއްގެ ލަފާ ހޯދާށެވެ.

- މޫނު ދުޅާވުން (ހާއްސަކޮށް ލޮލުފިޔަ ދުޅަވުން)

- އާދަޔާ ޚިލާފަށް މާބޮޑަށް އަތްފައި ދުޅަވުން.

- ކުއްލިއަކަށް ނުވަތަ ވަރަށް އަވަހަށް ފައިތިލައާއި ފައިގެ ކުޑަހުޅު ދުޅަވުން.

- އެއްފަޔަށްވުރެ އަނެއްފައި ބޮޑަށް ދުޅަވުން.

މިކަން ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބާ؟

- ވީވަރަކުން ފައި އެލުވައިލައިގެން ނުއިދެ ވޭތޯ ބަލާށެވެ. އަދި އިސީދެ އިންނަން ޖެހިއްހެ ހާލަތެއްގައި ކުޑަގޮޑިއެއްފަދަ އެއްޗެއްގެ މައްޗަށް ފައިލައިގެން އިންނާށެވެ.

- ގޭގައި ވީވަރަކުން ވާތްފަރާތަށް އޮށޯވެ އޮންނާށެވެ.

- އިށީދެގެން އިންނައިރު އެއްފައިމައްޗަށް އަނެއްފައި ލައިގެން ނުއިންނާށެވެ.

- އިށީދެ އިންނައިރު އިރުއިރުކޮޅާ ފައި ދަމާލާށެވެ. ފައިދަމާލާއިރު ފުރަތަމަ ފުންނާބުން ފައިގެ މަސްތަކަށް ވާންވާހެން ފައިތިލަ ކުރިއަށް ލަބާލުމަށްފަހު ދެން ކުޑަކަޅުވާއަށް ވާންވާނެހެން މައްޗަށް ފައިތިލަ ލަބާލަށެވެ. އަދި ކަކުލު ހުޅުން ދެފުށް ދަފުރާތަށް ފައި އަބުރާލާށެވެ. ދެން ފައިގެ އިނގިލިތައް އެއްއިނގިލި އަނެއްއިގިއްޔާ ދުރުވާ ގޮތަށް ހަރަކާތް ކުރާށެވެ.

- ގިނަވަގުތު އިށީދެގެން ނުއިންނާށެވެ. އަދި އިށީދެ އިންނަން ޖެހޭނަމަ އިރުއިރުކޮޅާ އޮށޯވެލާށެވެ.

- ބާރު އިސްޓާކީނަށް، ބޫޓަށް އަދި ޓައިޓު ސޮޓޮިން ފަދަ އެއްޗިއްސަށް ނާރާށެވެ.

- ގަވައިދުން ކަސްރަތު ކުރާށެވެ. މިގޮތުން ހިނގުމާއި ފެތުމަކީ ވަރަށް ރަނގަޅު ކަސްރަތު ލިބޭ ކަމކެވެ.

- ރަނގަޅަށް ކާށެވެ. ނަމަވެސް އާދަޔާ ޚިލާފަށް ކާބޯހައިޑްރޭޓްސް ހުންނަ ކާނާ ނުކާށެވެ.

 

މާބަނޑުދުވަސްވަރު ފައިތިލަޔާއި ފައިގެ ކުޑަހުޅު ދުޅަވެ ފޮއްސިވަނީ ކީއްވެ؟

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.