ހުކުރު20180914

އާކުރެވުނީ: 08:43:52

މާބަނޑުދުވަސްވަރު

ރަހިމުގައި ފެން (އެމްނިއޮޓިކު ފެން) ގިނަވުން (Polyhydraminos)

rahimuga-fen-ginavun-50އެމްނިއޮޓިކު ފެން އުފެއްދުމުގެ ދައުރުގައި މައިމީހާއާއި ކުޑަދަރިފުޅުވެސް ބައިވެރިވެއެވެ. ބަލިވެއިދެ ފުރަތަމަ 14 ހަފުތާގައި މިފެން އުފައްދަނީ މައިމީހާގެ ލެއިންނެވެ. އެއަށްފަހު މައިމީހާގެ ލޭގެ އިތުރުން ކުޑަދަރިފުޅުގެ ކުޑަކަމުދާ އެއްޗެތިންނެވެ. އަދި މިފެނުގެ ބޮޑުބަޔަކީވެސް ދަރިފުޅުގެ ކުޑަކަމުދާއެއްޗިއްސެވެ. މިފެން އަބަދުވެސް ހުންނަނީ ދައުރުވެ ދައިރުވެއެވެ. އަދި ދުވާލަކު އެތައްފަހަރަކު ހުންނަނީ އާވެއާވެއެވެ. މިކަމުގައި ދަރިފުޅު ވަރަށް ބޮޑު ރޯލެއް އަދާކުރެއެވެ.

ތަފްޞީލު...



ބަލިވެއިނުމުން ދިމާވާ އުދަގޫތަކުގެ ތެރެއިން.. އަނގައިގާ ކުޅު ގިނަވުން ނުވަތަ ކުޅު ދިޔާވުން.

agaigaa-kulhu-ginavun-51އަނގައިގާ ކުޅު ދިޔާވުމާއި ކުޅު ގިނަވުމަކީ ބަލިވެއިނުމަށްފަހު ވަރަށް ގިނަ މާބަޑު މީހުންނަށް ކުރެވޭ އިހުސާސެކެވެ. ހާއްސަކޮށް މޭނުބައިކޮށް ހޮޑުލަވާނަމައެވެ. އަދި ބައެއްމަދު މާބނޑުމީހުންނަށް އާދަޔާ ޚިލާފަށް އަނގައިގާ ކުޅު ގިނަވާކަން ފާހަގަ ކުރެވެއެވެ. އަދި އެކަމަށް ހައްލެއް ހޯދުމަށް މަޖުބޫރުވެއެވެ. އާއްމުގޮތެއްގައި ބަލިވެއިނުމުން އަނގައިގާ ކުޅު ގިނަވަނީ ބަލިވެއިނުމުން އާދަޔާ ޚިލާފަށް ހޮޑުލެވޭ މީހުންނަށެވެ.

ތަފްޞީލު...



ވިހެއުމަށްފަހު ސާޅީސް ނުވަނީސް ޖިންސީ ޖުޅުން ހިންގުމަކީ ކޮންކަހަލަ ކަމެއް؟  

saalhees-nuvanees-35ވިހާތަނުން ޖިންސީ ގުޅުން ހިންގުމަކީ ސިއްހީގޮތުން އެއްގޮތަކަށްވެސް ރައްކާތެރި ކަމެއް ނޫނެވެ. އެއީ ވިހެއީކަމުގައިވިޔަސް އަދި އޮޕަރޭޝަން ކޮށްގެން ދަރިފުޅު ނެގިކަމުގައި ވިޔަސް ރައްކާތެރި ކަމެއް ނޫނެވެ. ވިހެއުމަށްފަހު ނުވަތަ ދަރިފުޅު ނެގުމަށްފަހު ރަހިމަށާއި ރަހިމުގެ ކަރަށް ވަރަށް ބޮޑެތި އަވަސް ބަދަލުތަކެއް އަންނަމުންދެއެވެ.

ތަފްޞީލު...



މާބަނޑުމީހުންނަށް ކެލްސިއަމް އެހާ މުހިއްމީ ކީއްވެ؟

calcium-beynumee-keeve-33މާބަނޑު މީހުންނަށް ކެލްސިއަމް ބޭނުންވަނީ ބަނޑުގައިވާ ދަރިފުޅުގެ ވަރަށްގިނަ ގުނަވަންތައް އުފެދި ބޮޑުވުމަށް ކެލްސިއަމް ބޭނުން ވާތީއެވެ. އުފެދި ބޮޑުވުމަށް ކެލްސިއަމް ބޭނުންވާ ގުނަވަންތަކުގަ ތަރޭގައި ކަށި، ދަތް، ހިތް، ނާރުތައް އަދި މަސްތައް ހިމެނެއެވެ. މީގެއިތުރުން ހިތުގެ ހިގުމާއި ލޭގަޑުވުމަށްވެސް ކެލްސިއަމަކީ ވަރަށް ބޭނުންތެރި މާއްދާއެކެވެ.

ތަފްޞީލު...



މާބަނޑު ދުވަސްވަރު ކޮފީ ބުއިން

maabadu-cofee-buin-32ދުވާލަކު 300 މިލިގުރާމަށްވުރެ ގިނައިން ކެފެއިން ބޭނުން ކުރުމަކީ ދަރިފުޅަށް ގެއްލުންވާ ކަމެކެވެ. ނަމަވެސް މިއަށްވުރެ މަދުން ބޭނުން ކުރުމަކުން ދަރިފުޅަކަށް ގެއްލުމެއް ނުލިބޭނެއެވެ. ވުމާއެކު މަދުފަހަރަކު ކޮފީ ތައްޓެއް ބުއިމަކުން ދަރިފުޅަކަށް ގެއްލުމެއް ނުލިބޭނެއެވެ. އާއްމުގޮތެއްގައި 240 މިލިލީޓަރ ހުންނަ އާދައިގެ ކޮފީ ތައްޓެއްގައި 300 މިލިގުރާމްވަރު ކެފެއިން ހުންނާނެއެވެ.

ތަފްޞީލު...



ފޯލިކު އެސިޑު .... ކުޑަދަރިފުޅު އުފެދުމުގެ އުނިކަމުން ހިޔާމަތްކޮށްދޭ

folic-acid-58ފޯލިކު އެސިޑު ނުވަތަ ވިޓަމިން ބީ9 އަކީ އުފެދުމުގައި ދަރިފުޅަށް ދިމާވާ ބައެއް އުނިކަންތައްތަކުން ދަރިފުޅު ހިމާޔަތް ކޮށްދޭ މާއްދާއެކެވެ. ސްޕައިނާ ބިފިޑާ ފަދަ ބަލިތަކަކީ ފޯލިކު އެސިޑު ބޭނުން ނުކުރާ މައިންގެ ދަރިން އުފަންވާއިރު ޖެހުން ވަރަށް ގާތް ބަލިތަކެކެވެ. ސްޕައިނާ ބިފިޑާ އަކީ މައިބަދަ ފުރިހަމަ އަށް ނުއުފެދުމުގެ ސަބަބުން ނުވަތަ މައިބަދަ އުފެދުމުގައި ދިމާވާ އުނިކަމެއްގެ ސަބަބުން މައިބަދައިގެ އެތެރޭގައި ހުންނަ

ތަފްޞީލު...



ދުވަސްނުފުރާ ވިހާ ކުދިންނަށް ގާތުން ދިނުން.

gaathun-dhinun-29މައިމީހާގެ ކިރަކީ ހުރިހާ ކުޑަކުދިންނަށްވެސް ވަރަށް މުހިއްމު ބޭނުންތެރި ކާނާއެކެވެ. ދުވަސްނުފުރާ ވިހާ ކުދިންނަށް އެހެން ކުދިންނަށްވުރެ ބޮޑަށް މިކިރު މުހިއްމުވެފާ ބޭނުންތެރިއެވެ. އެއީ ދުވަސްނުފުރާ ވިހާ ކުދިންނަށް އެންމެ އެކަށިގެންވާ ގޮތަށް އެންމެ ފުރިހަމައަށް ގުދުރަތީ ގޮތުން މައިމީހާގެ ހަށިގަނޑުގައި ކިރު އުފައްދައިދެއެވެ. މިކިރުގައި ދަރިފުޅަށް އިތުރަށް ބޭނުންވާ ހަކަތައާއި، ވިޓަމިނާއި އަދި ޕްރޮޓިން ވަރަށް ފުރިހަމައަށް ގުދުރަތީގޮތުން އުފެދިފައި ހުރެއެވެ.

ތަފްޞީލު...



ލޭ ރަނގަޅު ކުރުމަށް ދަގަނޑުހުންނަ ކާނާ ބޭނުން ކުރާށެވެ.

dhagadu-kaanabeynun-67ލޭގައި ހިމެނޭ މާއްދާއެއް ކަމަށްވާ ހިމޮގުލޮބިން އުފެއްދުމަށް ދަނގަޑަކީ ކޮއްމެހެންވެސް ބޭނުންތެރި މާއްދާއެކެވެ. ހިމޮގުލޮބިން އަކީ ލޭގެ ރަތްހަތާގައި ހުންނަ ޕްރޮޓީންއެކެވެ. ހަށިގަނޑުގެ އެކިހިސާބުތަކަށް އޮކުސިޖަން ގެންގޮސްދެނީ ހިމޮގުލޮބިން މެދުވެރިކޮށެވެ. އަދި ހަށިގަނޑުގެ މަސްތަކުގައި ހުންނަ ހުންނަ ޕްރޮޓީނެއް ކަމުގައިވާ މަޔޯގުކލޮބިން އުފެއްދުމަށްވެސް ދަގަނޑަކީ ކޮންމެހެން ބޭނުން ތެރި މާއްދާއެކެވެ. މިއީ މަހުގެ ހަތާތަކަށް ހަކަތަ ހޯދުމަށްޓަކައި އޮކުސިޖަން ގެންގިސްދޭ އުޅަދެވެ.

ތަފްޞީލު...



ޠަބީޢީކޮށް ވިހެއުން

thabee-ee-ko-viheun-77ޠަބީޢީކޮށް ވިހާއިރުވާ އެންމެ ބޮޑު އުދަނގުލަކީ ތަދުވުމެވެ. ވޭނުގައި ވިހަން ބޭނުން ނުވާމީހަކު ޠަބީޢީކޮށް ވިހެއުމަށްވުރެ އައްސިކޮށްގެން ވިހެއުން ރަނގަޅުވާނެއެވެ. ހަމއެއާއިއެކު އުދަގުލުންވިހާ ހާލަތްތަކުގައި ޠަބީޢީކޮށް ވިހެއުމަކީ އެހާ ރައްކާތެރި ކަމެއްނޫނެވެ. އަދިވިހާއިރު އެހީތެރިވެދޭންވެއް އުނދަގޫ ކަމެކެވެ. އެއީ ވިހެއުމުގެ ތަދުގައި ގިނައިރުވެ ވަރުބަލިވުމުން އޮންނާނީ އަރާމުކުރަން ނުވަތަ ނިދާލަން ބޭނުން ވެފައެވެ. މިފަދަ ހާލަތުގައި އައްސިކުރުން ރަނގަޅުވާނެއެވެ.

ތަފްޞީލު...



ގާތުންދޭން ފަށައިގަތުން

gaathun-dhyn-fashaigathun-28ވިހެއުމަށްފަހު ވީހާވެސް އަވަހަކަށް ދަރިފުޅުގެ ތުންފަތް މައިމީހާގެ ވައްގަޑުގައި ޖެއްސޭތޯ ބަލާށެވެ. ދަރިފުޅު ދުނިޔެއަށް އަންނައިރު މައިމީހާގެ އުރަމަތީގައި އަދި ރަނގަޅަށް ކިރެއް ނުއުފެދޭނެއެވެ. ނަމަވެސް ފުރަތަމަ ދެތިން ދުވަހު އުރަމަތިން އަންނަ ރީދޫ ކުލައިގެ ކިރަކީ މަދު އެހެނަސް ދަރިފުޅަށް ވަރަށް ފައިދާ ހުރި ކިރެކެވެ. އަދި ކިތައްމެ މަދު ނަމަވެސް އެއިން ދަރިފުޅަށް ފުރަތަމަ ދެތިން ދުވަހު ފުދޭނެއެވެ.

ތަފްޞީލު...



މާބަނޑު ދުވަސްވަރު އުރަމައްޗަށް އަންނަ ބަދަލުތައް

uramachai-anna-badhalu-27ބަލިވެއިނުމުން ހަށިގަނޑުގެ ހޯމޯންތަކަށް އަންނަ ބަދަލާއިއެކު އުރަމަތީގެ ހަތާތަކާއި ލޭގެ ހިގުމަށް ވަރަށް ބޮޑެތި ބަދަލިތައް އާދެއެވެ. ވުމާއިއެކު އުރަމަތިބޮޑުވެ އިހުސާސް ގަދަވެއެވެ. މިއީ ވަރަށް ގިނަ އަންހެނުންނަށް މައްސަރުކަންތައް ދިމާވާއިރުވެސް ދިމާވާ ކަމެކެވެ. އާއްމުގޮތެއްގައި އުރަމަތި ބޮޑުވެ ރިއްސުމަކީ ބަލިވެއިނުމުން އެންމެ ފުރަތަމަ ދިމާވާ އަލާމާތް ތަކުގެ ތެރެއިން އަލާމާތެކެވެ.

ތަފްޞީލު...



ވިހެއުމަށްފަހު ހަށިގަނޑަށް އަންނަ ބަދަލު

viheumafahu-anna-badhalu-26ބަލިވެއިނުމުގެ ކުރިން ހުރިވަރަށް ވިހާތަނުން ލުޔެއް ނުވާނެއެވެ. މިކަމަށް ވަގުތު ނަގާނެއެވެ. ނަމަވެސް ވިހާތަނުން ވަރަށް ބޮޑުތަން ލުއިވެގެން ދާނެއެވެ. ދަރިފުޅުގެ 3- 3.5 ކިލޯއާއި މަހުގެ 0.5- 1 ކިލޯއާއި ބޭރުވެގެންދާ ފެނާއި ލެއިން ގާތްގަޑަކަށް ކިލޯއަކާއިއެކު ޖުމުލަ ވިހާތަނުން ގާތްގަޑަކަށް 5- 5.5 ކިލޯ ލުއިވެގެންދާނެއެވެ. ވިހާތަނުން ލުއިވެގެންދާ ގާތްގަނޑަކަށް 5 ކިލޯގެ އިތުރުން ކުރިއަށްއޮތް ދުވަސްތަކުގައިވެސް ހަށިގަނޑު ދާނީ ލުއިވަމުންނެވެ.

ތަފްޞީލު...



ހިރުގަނޑުން ލޭއައުން

hirugadun-ley-aun-25ހިރުގަނޑު ދުޅަވުމާއިއެކު ދަތްއުނގުޅާއިރު ލޭއައިސް ތަދުވުމަކީ ވަރަށްގިނަ މާބަނޑު މީހުންގެ ޝަކުވާއެކެވެ. މިއީ ބަލިވެއިނުމުން އިތުރުވެގެންދާ އަންހެން ހޯމޯނެއް ކަމުގައިވާ ޕްރޮޖެސްތްރޯން ހޯމޯންގެ ސަބަބުންވާ ކަމެކެވެ. މިހޯމޯން އިތުރުވުމުން ހިރުގަނޑުގައި ތަފާތު ވައްތަރުގެ ބެކުޓީރިޔާތައް އަށަލުމުގެ ފުރުޞަތު އިތުރުވެގެން ދެއެވެ. އަދި މިއާއި އެކު ބަލިވެއިނުމުގެ ހަށިގަނޑަށް އިތުރުވެގެންދާ ލެޔަކީ މިކަމުގައި ވަރަށް ބޮޑު ރޯލެއް އަދާ ކުރާ ކަމެކެވެ.

ތަފްޞީލު...



ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.