ހުކުރު20201127

އާކުރެވުނީ: 08:43:52

އިތުރު ކުއްޖަކު ހޯދުމަށް ތައްޔާރުތަ؟

ithuru-kujjaku-hodhumai-thayyarutha-24މިއީ ޖަވާބުދޭން ދަތި ސުވާލެކެވެ. ބައެއް ބެލެނިވެރިން ބުނާގޮތުގައި މިއީ ފުރަތަމަ ކުއްޖާ ހޯދުމަށް ވިސްނަން ޖެހޭވަރަށް ވުރެ މާބޮޑަށް ވިސްނަން ޖެހޭ ކަމެކެވެ. އެއި އިތުރު ދަރިއަކު ހޯދުމަށް ވިސްނަ ވިސްނުމަކީ ހަމައެކަނި ދަރިއަކު ހޯދުމަށްޓަކައި ވިސްނާ ވިސްނުމެއް އެކަންޏެއް ނޫނެވެ. މިއީ މުޅި ދިރިއުޅުމަށް ބަދަލުތަކެއް ގެނައުމަށް ވިސްނާ ވިސްނުމެކެވެ. ދިރިއުޅުމުގެ ވައްޓަފާޅިއަށެވެ. ކުރަންޖެހޭ ހޭދަޔާއި ވަޒީފާއާއި ދެމަފިރިންގެ ދޭތެރޭގެ ގުޅުމަށެވެ. އަދި މިހުރިހާ ކަމަކަށްވުރެ ބޮޑަށް ދަރިފުޅާއި ދެމެދު އޮންނަ ގުޅުމަށެވެ.

* އިތުރު ކުއްޖަކު ހޯދުމަށް އެންމެ އެކަށީގެންވާ ވަގުތަކީ ކޮބާ؟

* އިތުރު ކުއްޖަކު ހޯދުމަށް އިތުރަށް ވިސްނަން ޖެހޭ ކަންތަކަކީ ކޮބާ؟

އިތުރު ކުއްޖަކު ހޯދުމަށް އެންމެ އެކަށީގެންވާ ވަގުތަކީ ކޮބާ؟

މިސުވާލަށް ޖަވާބު ދިނުމުގައި ދެގޮތަކަށް ވިސްނިދާނެއެވެ. ބޮޑަށް ރަނގަޅުވާނީ ދެކުދިންގެ ދޭތެރެ ގާތްވި ވަރަކަށް ހެއްޔެވެ؟ ނުވަތަ ނުވަތަ ދުރުވި ވަރަކަށް ހެއްޔެވެ؟ ބައެއް މައިންބަފައިން ވިސްނާގޮތުގައި ދޭތެރެ ގާތްވި ވަރަކަށް ރަނގަޅުވާނެއެވެ. އެއީ ދެކުދިންގެ އުމުރު އެހާ ތަފާތު ނުވުމުން ކުޅޭއެއްޗެތި އަދި އެހެނިހެންވެސް އެއްޗެތި ހޯދަން ފަސޭހަވުމާއެކު އެކީގައި ކުޅިއުޅުމަށްވެސް ފަސޭހަވާނެއެވެ. އަނެއްބައި މައިންބަފައިން ވިސްނާ ގޮތުގައި ދޭތެރެ ގާތްވުމުން ދަރިންނަށް ދޭންޖެހޭ ސަމާލުކަމާއި އޯގާތެރިކަން ދިނުމަށް ދަތިވާނެއެވެ. ވުމާއެކު ދޭތެރެ ދުރުކުރުން ބޮޑަށް ރަނގަޅެވެ.

މިސުވާލުތަކަށް ނުވަތަ ހިޔާލުތަކަށް ޖަވާބު ދިނުމަށް ތަފާތު ދިރާސާތައްވަނީ ކުރެވިފައެވެ. ތިރީގައި އެވަނީ މިގޮތުން ކުރެވިފައިވާ ބައެއް ދިރާސާތަކެވެ.

* ޖާރނަލް އޮފް ދި އެމެރިކަން މެޑިކަލް އެސޯސިއޭޝަން އިން ކޮށްފައިވާ ދިރާސާއެއްގައި ވާގޮތުން ދެބާބަނޑު ދޭތެރޭގައި 18 މަހަށްވުރެ ކުޑަނަމަ ނުވަތަ 5 އަހަރަށް ވުރެ ދުރުނަމަ ފަހުކުއްޖާ ދުވަސް ނުފުރައި ވިހެއުމާއި، ވިހާއިރު ހުންނަން ޖެހޭ ވަރަށް ބަރު ނުވުމާއި ބަނޑުގައި ދަރިފުޅު ވާމުއްދަތާއި އެކަށީގެންވާ ވަރަށް ބަރު ނުވުން ދިމާވާވަރު އިތުރެވެ. ގަބޫލު ކުރެވޭގޮތުގައި ދެމާބަނޑު ދޭތެރޭ ގާތްވުމުން އިސްވެ ދެންނެވުނު ކަންތައް ދިމާވަނީ މައިމީހާ ވިހެއުމަށްފަހު ނަފުސާނީގުތުންނާއި ޖިސްމާނީގޮތުން ހަށިގަނޑު ޠަބީޢީ ހާލަތަށް އައުމަށް ބޭނުންވާ މުއްދަތު ނުލިބުމުގެ ސަބަބުންނެވެ. ހާއްސަކޮށް ފުރަތަމަ ދަރިފުޅަށްފަހު މައިމީހާ ޠަބީޢީ ހާލަތަށް އައުމަށް ބޭނުންވާ މުއްދަތު އިތުރެވެ. ގިނަ ކުދިން ހޯދާ ވަރަކަށް މިގޮތަށް ބޭނުންވާ މުއްދަތު ދާނީ ކުޑަވަމުންނެވެ.

* ނިއު އިންގްލޭންޑް ޖާރނަލް އޮފް މެޑިސިން ކޮށްފައިވާ ދިރާސާއެއްގައި ވާގޮތުން އިތުރު ކުއްޖަކު ހޯދުމަށް އެއްމެ ރަނގަޅީ އެންމެފަހު ދަރިފުޅު ވިހޭތާ 18-23 މަހާއި ދޭތެރޭގައެވެ. އެދިރާސާގައި ވާގޮތުގައި ކުރީ ކުއްޖާ ވިހޭތާ 6 މަސް ނުވަނިސް އިތުރު ކުއްޖަކު ހޯދާނަމަ ވިހާއިރު ހުންނަން ޖެހޭ ބަރުދަން ނުހުރުމާއި ދުވަސް ނުފުރާ ވިހެއުމުގެ ފުރުޞަތު %40 އިތުރެވެ. އަދި ދެކުދިން ދޭތެރޭ 10 އަހަރަށް ވުރެ އިތުރު ނަމަ ދުވަސް ނުފުރާ ވިހެއުމުގެ ފުރުޞަތު %50 އަށް އިތުރު ވެއެވެ.

* ޔުނިވަރސިޓީ އޮފް ކެލިފޯނިޔާގައި ކުރެވިފައިވާ ދިރާސާއެއްގައި ވާގޮތުގައި ދެކުދިން ދޭތެރޭގައި ބަހައްޓަން އެންމެ ރަނގަޅު މުއްދަތަކީ 24-35 މަހެވެ. މިއައްވުރެ އަވަހަށް އިތުރު ކުއްޖަކު ހޯދުމަކީ ކުއްޖާ ވިހާއިރު ހުންނަން ޖެހޭ ބަރުދަން ނުހުރުމުގެ ފުރުޞަތު އިތުރުވާކަމެކެވެ.

* އާއިލާ ރޭވުމުގެ ތަޖުރިބާކާރެއްކަމުގައިވާ ޕްރޮފެސަރ ޖެނީކިޑުވެލް ވިދާޅުވާ ގޮތުގައި އިތުރު ކުއްޖަކު ހޯދަން އެންމެ ރަނގަޅީ ދޮށީކުއްޖާއަށް އަހަރުނުވަނީހެވެ. ނުވަތަ 4 އަހަރު ވުމުގެ ފަހުންނެވެ. އެއީ ދަރިންނަށް އަދި މައިންބަފައިންނަށް ވެސް އެންމެ ރަނގަޅުވަގުތެވެ. އަދި މިމުއްދަތަކީ ކުދިންގެ މެދުގައިވެސް ގުޅުން ރަނަގަޅުވެ އަދި މައިން ބަފައިންނާ ކުދިންނާއި މެދުވެސް ގުޅުން އެންމެ ރަނގަޅުވާ ދުރުމިނެވެ. އެއީ އަހަރުނުވާ ކުދިންނަށް އާއިލާއަށް އިތުރުވާ ކުއްޖަކާއި މެދު އެއްވެސް އާދަޔާ ހިލާފު އިހުސާސެއް ނުކުރެވޭނެއެވެ. އަދި ކުއްޖާއަށް 4 އަހަރުވާއިރު އެކުއްޖަކު ހުންނާނީ މައިންބަފައިންގެ ފަރާތުން ލޯތްބާއި އަޅާލުން ލިބިފައެވެ. ނުވަތަ އެކަށީގެންވާ ވަގުތު މައިންބަފައިންނާއި އެކު ހޭދަކުރެވިފައެވެ. މީގެއިތުރުން މިއުމުރަށްދާއިރު އަމިއްލަ ގޮތްތަކަކަށްވެސް ދަރިފުޅު ވާނީ ހޭނިފައެވެ.

އިތުރު ކުއްޖަކު ހޯދުމަށް އިތުރަށް ވިސްނަން ޖެހޭ ކަންތަކަކީ ކޮބާ؟

- ކުރީ ދަރިފުޅު ދަރިފުޅު ނުވަތަ ދަރިންގެ އުމުރުން މިހާރު ކިތައް އަހަރުވެއްޖެތަ؟

މިހާރު ތިބި ކުދިންގެ އުމުރަކީ އިތުރު ކުއްޖަކު ހޯދުމުގައި ވަރަށް ވިސްނަން ޖެހޭ އެއްކަމެވެ. އިސްވެދިޔަ ދިރާސާތަކުން މިކަމަށް އެހީ ހޯދިދާނެއެވެ. މިސާލަކަށް ފަހުދަރިފުޅަށް 6 މަސް ނުވަނިސް އިތުރު ކުއްޖަކު ހޯދުމަކީ ޞިއްހީ ގޮތުން ރަނގަޅު ކަމެއްނޫނެވެ. ނަމަވެސް އިސްވެދިޔަ ދިރާސާ ތަކާއި އެކުވެސް މައިންބަފައިންގެ ހިޔާލު މިކަމުގައި ތަފާތެވެ. ބައެއް މައިންބަފައިންގެ ނަޒަރުގައި ދެކުދިންގެ ދޭތެރެ ވީވަރަކަށް ދުރުކުރުމަކީ އެންމެ ރަނގަޅު ގޮތެވެ. އެއީ އެކުދިންނަށް ބޭނުންވާ އެހީތެރިކަން އެންމެ އެކަށީގެންވާ ގޮތުގައި ފޯރުކޮށްދެވޭނީ އޭރުންނެވެ. އަނެއްބައި ބެލެނިވެރިން ދެކޭގޮތުގައި ދޭތެރެ ގާތްވިވަރަކަށް ރަނގަޅުވާނެއެވެ. އެއީ އޭރުން އެކުދިންގެ މުޅިއުމުރަށް ތިމާގެ ކަމުގެ އިތުރުން ރައްޓެހިކަން އޮންނާނެއެވެ. ވީމާ ގޮތްނޭގޭ ކުދިންނާއި އެކުލަވައިގެން ދިއުމުގެ ފުރުޞަތު ކުޑަވާނެއެވެ. ތިރީގައި އެވަނީ ތަޖުރިބާކާރު ބައެއްމައިންގެ ބަހެވެ.

* އަލުގަނޑުގެ ދެކުދިންގެ ދޭތެރޭ ތިންއަހަރާއިބައި ހުރެއެވެ. އަޅުގަނޑުދެކޭގޮތުގައި މިއީ ދެކުދިންގެ ދެމެދުގައި ހުންނަން އެންމެ ރަނގަޅު ދުރުމިނެވެ. އަލުގަނޑަށް ދެވަނަ ކުއްޖާލިބުނީ ފުރަތަމަ ކުއްޖާ ޑައިޕަރ ޖެއްސުން ހުއްޓާލި ތަނާހެންނެވެ. ދެވަނަ ކުއްޖާ އުފަންވުމުންވެސް އަޅުގަނޑުގެ މައިކުލުނަ އިތުރުވެގެންދިޔައެވެ.

* އަލުގަނޑުގެ ފުރަތަމަ ދެކުދިންގެ ދޭތެރޭގައި ތިންއަހަރާއި ބައި ހުރެއެވެ. ވުމާއިއެކު ފުރަތަމަ ކުއްޖާއާއި އެކު ވަގުތުހޭދަކުރުމުގެ ފުރުޞަތު އަޅުގަނޑަށް ލިބުނެވެ. އަޅުގަނޑު ދެކޭގޮތުގައި ދޭތެރެ ބޮޑަށް ދުރުވިވަރަކަށް ބޮޑަށް ރަނގަޅުވާނެއެވެ. އެއީ ދަރިފުޅު ބޮޑުވިވަރަކަށް ޖިސްމާނީގޮތުންނާއި ނަފުސާނީގޮތުން ދިމާވާ ކަންކަމުގައި ކުރާ އަސަރު ކުޑަވެ ކުއްޖާއަށް އަޅާލަން ފަސޭހަވާނެއެވެ. އަޅުގަނޑުގެ ދެވަނަ ކުއްޖާއާއި މިހާރު ލިބެން ތައްޔާރުވެފައިވާ ކުއްޖާއައި ދޭތެރޭ މިހާރަށްވުރަ ދުރުވިނަމައޭ އަޅުގަނޑު ހިތަށް އަރައެވެ. މިދެކުދިންގެ ދޭތެރޭގައި ހުރީ އެންމެ 2 އަހަރެވެ. ނެޕީޖައްސައްޖެހޭ ދެކުދިން ތިބުމަކީ އަޅުގަނޑު ކަންބޮޑުވާ ކަމެކެވެ. އަދި މިހާކުޑަ ދެކުދިން ތިބުމުގެ ސަބަބުން ޖިސްމާނީގޮތުން ދިމާވާނެ ގޮންޖެހުންތަކާއިމެދު ފިކުރުބޮޑުވެއެވެ. އެއީ މިކަމަމަށް ވަރަށްގިނަ ވަގުތު ބޭނުންވާނެތީއެވެ.

* އަޅުގަނޑުގެ ދޮށީ 3ކުދިންއެއްކުއްޖަކު އަނެއްކުއްޖަކާއި ދޭތެރޭ ހުންނަނީ ދޮޅުއަހަރުގެ ދުރުމިނެވެ. ވުމާއިއެކު އެހުރިހާ ކުދިން ޅަކޮށްތިބިއިރު އެއީ ވަރަށް އުދަގޫވި ކަމެކެވެ. ނަމަވެސް އެދުރުމިނަކީ ވަރަށް ރަނގަޅު ދުރުމިނެކެވެ. އެއީ އެކުދިން ގާތްގަޑަކަށް އެއްއުމުރެއްގެ ކުދިންނަށް ވުމުން އުޅެނީ ވަރަށް އެކުއެކީގައެވެ. އަޅުގަނޑު އެދެނީ މިއަށްވުރެވެސް ގިނަކުދިން އެއްއުމުރެއްގެ ތިބުމެވެ. އެއީ ބޮޑުއާއިލާއެއްގެ އިހުސާސް ވަރަށްބޮޑަށް އަލުގަޑު ކުރާހިތްވެއެވެ.

- ކުރީ ދަރިފުޅު ނުވަތަ ދަރިންގެ ސަބަބުން ދިރިއުޅުމަށް އައިބަދަލުތަކަކީ ކޮބާ؟

ފުރިހަމަ ގޮތަކަށް ދަރިންގެ ކަންތައްތައް އިންތިޒާމު ކުރެވެމުން ދޭހެއްޔެވެ؟ އަދި ދަރިންނަށް އެކަށީގެންވާގޮތަށް އަދި ހިތްހަމަޖެހޭވަރަށް އަޅާލެވޭ ހެއްޔެވެ؟ ހުރިހާމީހުންނަށްވެސް އަރާމުގައި ރޭގަނޑު ނިދާލެވޭހެއްޔެވެ؟ މިސުވާލުތަކުގެ ބޭނުމަކީ ދެމަފިރިންނަށް އެކަށީގެންވާވަރަށް ހުސްވަގުތު ލިބޭތޯ ބެލުމެވެ. ނުވަތަ އިތުރު ކުއްޖަކު ފުރިހަމައަށް ބެލުމުގެ ފުރުޞަތު އަބައޮތްތޮ ބެލުމެވެ. އަދި ދެމަފިރިންނަށް އެކީގައި ވަގުތު ހޭދަކުރާނެ ފުރުޞަތު ލިބޭ ހެއްޔެވެ؟ ވިސްނާށެވެ. އިތުރު ކުއްޖަކު ހޯދުމަކީ އިތުރަށް ފައިސާހޯދަން މަސައްކަތް ކުރަން ޖެހޭނެ ކަމެކެވެ. ވީމާ ފައިސާ ހޯދޭނަ ގާބިލްކަމާއި ޖިސްމާނީގޮތުން އިތުރު ބުރައެއް އުފުލުމުގެ ކުޅަދާނަކަން ހުރިތޯ ބަލާށެވެ. އަދި މިހާރު ތިބި ކުދިންތިބީ ކޮއްކޮއެއްގެ އިންތިޒާރުގައިތޯ ބަލާށެވެ. އިތުރު ކުއްޖަކު ހޯދުމުގެ ކުރިން މިހުރިހާ ކަމަކަށް ބަލައި ވިސްނާށެވެ.

- މާލީ ހާލަތު ހުރީ ކިހިނެއް؟

ފައިސާއަކީ ހުރިހާއެއްޗެއްނޫނެވެ. ނަމަވެސް ކުދިން ގިނަވި ވަރަކަށް އިތުރު ފައިސާ ބޭނުންވާނެކަން ޔަގީނެވެ. ރާއްޖެކަހަލަ ތަނެއްގައި އަހަރެއްގެ މައްޗަށް ކުއްޖަކަށް މަދުވެގެން 6000ރުފިޔާވަރު ހަރަދުވާނެއެވެ. އެހެންގޮތަކަށް ބުނާނަމަ މަހެއްގެ މައްޗަށް ކުއްޖަކަށް މަދުވެގެން 300 ރުފިޔާވަރު ހަރަދުވާނެއެވެ. އެއީ ކާބޯތަކެއްޗާއި އަންނައުނާއި އަދި ބޭސްފަރުވާއާއި ގޭގެ އިތުރު ހަރަދުތަކަށެވެ. ވުމައެކު އިތުރުވާ ކޮންމެކުއްޖަކީ މަހަކަށް މަދުވެގެން 300 ރުފިޔާ އިތުރަށް ހަރަދުވާނެ ކަމެކެވެ. ވުމާއެކު އިތުރު ކުއްޖަކު ހޯދުމުގެ ކުރިން ލިބޭ އާމްދަނީއާއި ލިބިދާނެ އާމްދަނީއާއިމެދުވިސްނާށެވެ.

- ދެމަފިރިންގެ އުމުރުން ކިތައް އަހަރު ވެއްޖެތަ؟

ދެމަފިރިންގެ އުމުރަކީ އިތުރު ކުއްޖަކު ހޯދުމުގައި ވަރަށްބޮޑަށް ވިސްނާންޖެހޭ ކަމަކަވަ. ހާއްސަކޮށް އަނބިމީހާގެ އުމުރެވެ. އަނބިމީހާގެ އުމުރުން 38އަހަރުވެފައިވާނަމަ އިތުރު ކުއްޖަކު ހޯދުމުގައި ދޭތެރެ ދުރުކުރުމަކީ އެއްގޮތަކަށްވެސް ބޭނުން ކަމެއްނޫނެވެ. އެއީ ކުރީކުއްޖާއަށް އަހަރު ނުވިޔަސް ވެހެެވެ. އެއީ ދޭތެރެ ދުރުކޮށްފިނަމަ ފަހަރުގައި އިއްދައިން ކެޑިދާނެތީއެވެ. ނަމަވެސް އަނބިމީހާގެ އުމުރުން 30 އަށްވުރެ ދަށްނަމަ ދަރިންގެ އުމުރަށްބަލައި ދޭތެރެ ދެމަފިރިން ރުހޭ ރަނގަޅު ގޮތަކަށް ބެހެއްޓުމަކީ އެންމެ ރަނަގަޅު ކަމެކެވެ.

- އިތުރު ކުއްޖަކު ހޯދަން ދެމަފިރިން ރުހޭތަ؟

ބައެއްފަހަރު ދެމަފިރިންގެ ތެރެއިން އެކަކު އިތުރު ކުއްޖަކު ހޯދަން ބޭނުންވާއިރު ދެވަނަ މީހާ އެކަމަށް ބޭނުން ނުވުމަކީ މަދުންނަމަވެސް ދިމާވާ ކަމެކެވެ. މިއީ ވަރަށް ގިނަފަހަރު ހައްލުކުރަން ވަރަށްދައި އުދަގޫ މައްސަލައެކެވެ. މިކަމުގައި އެންމެ ފުރަތަމަ ކުރުން މުހިއްމު ކަމަކީ ދެމަފިރިން ދެބަސްވާ ސަބަބާއި މެދު ސުލްހަވެރިކަމާއިއެކު ދެމަފިރިން ވާހަކަ ދެއްކުމެވެ. އަދި ކޮންމެމީހަކުވެސް އެމީހަކު ބޭނުންވާގޮތް ސަބަބާއިއެކު ބުނެދޭށެވެ. ފަހަރުގާ އަނެކާގެ ބަސް އެއީ އެންމެ ހިތްހަމ ޖެހޭގޮތް ކަމުގައި ނުވިޔަސް ދެމަފިރިން އެކަކު އަނެކަކު ދެނެގެންނަން މިކަމުން ފަސޭހަވާނެއެވެ.

- އިތުރު ކުއްޖަކުހޯދުމާއިމެދު ހިތް ބުނަނީ ކީކޭ؟

ހަމަޖެހިލައިގެން އިށީދެ ނިންމި ގޮތަގައިހުރި ފައިދާއާއި ގެއްލުންތައް ގަޑެއްގައި ނޯޓު ކުރާށެވެ. ހިތްބުނަމުންގެންދާނީ މިފަދަ ގޮތަކަށެވެ. އިތުރު ކުއްޖަކު ހޯދައިފިނަމަ.... .....

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.